Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ތަފާތު ޚަބަރުދިވެހި ފިލްމް

ނިއުމާގެ ވަދާއީ ފިލްމު، ނިވައިރޯޅީގެ ޝޫޓިން ފަށައިފި

މި ފިލްމުގެ ލީޑް ކާސްޓުންނަކީ ނިއުމާ އާއި ޔޫއްޕެ

އަޒްލިފާ އަބްދުﷲ
އަޒްލިފާ އަބްދުﷲ | 21 ޖޫން 2018 | ބުރާސްފަތި 09:32
ނިއުމާ މުހައްމަދު

ނިއުމާ މުހައްމަދު

މަޝްހޫރު ދިވެހި ބަތަލާ ނިއުމާ މުހައްމަދު ކުޅޭނެ އެންމެ ފަހު ފިލްމު، "ނިވައިރޯޅީ"ގެ ޝޫޓިން ފަށައިފިއެވެ.

މޫމިން ފުއާދުގެ ވާހަކައަކަށް ނިއުމާ ޑައިރެކްޓު ކުރާ އެ ފިލްމުގެ ލީޑް ކާސްޓުންނަކީ ނިއުމާ އާއި ޔޫއްޕެއެވެ. އެ ފިލްމުގެ ޕްރޮޑިއުސަރަކީ ވެސް ނިއުމާއެވެ.

ފަންސަވީސް ދުވަހުގެ ތެރޭގައި ޝޫޓިން ނިންމުމަށް ހަމަޖެހިފައިވާ އެ ފިލްމްގެ ހުރިހާ އިންޑޯ މަންޒަރެއް ނެގުމަށް ހަމަޖެހިފައި ވަނީ ރ. އިނގުރައިދޫގައެވެ. އަދި އެ އަތޮޅު އުނގޫފާރާއި މާލޭގައި ވެސް ފިލްމުގެ ބައެއް މަންޒަރުތަކެއް ނެގުމަށް ހަމަޖެހިފައިވާ ކަމަށް ނިއުމާ "ރާއްޖެއެމްވީ"އަށް ބުންޏެވެ.

ފިލްމްގެ 15 ޕަސެންޓް މިހާރު ނިމިފައިވާކަމަށް އޭނާ ބުންޏެވެ.

އެ ފިލްމުގެ ތަރިންނަކީ ޔޫސުފް ޝަފީއު (ޔޫއްޕެ)، ފާތިމަތު ޒީނަތު (ޒީތު)، ނިއުމާ މުހައްމަދު، އަމިނަތު ރިޝްފާ، އަހްމަދު ޒިޔާ، އަހްމަދު ސައީދު، މަރިޔަމް ޝަކީލާ، މަރިޔަމް ހަލީމް، އަމިނަތު ރަޝީދާ (އައިންތު)، އަހްމަދު އަޒްމީލް (އަޒޭ)، ނާޝިދާ މުހައްމަދު (ނާއްކޮ)، އަހްމަދު އާސިފް، އިސްމާއިލް ޒާހިރު، އާމިނަތު އިޝާލް ރަޝީދު އަދި އަޖްނާޒް އަލީއެވެ.

އެ ފިލްމަކީ ދިވެހި ފިލްމު އިންޑަސްޓްރީގައި މެދުނުކެނޑި 20 އަހަރު ގުނަމުންދާ އެންމެ ކުޅަދާނަ އެއް ބަތަލާ، ނިއުމާ މުހައްމަދުގެ ވަދާއީ ފިލްމެވެ.

އިތުރަށް ކިޔާލަން

08 ފެބުރުއަރީ 2017

"ހައްދު" ގެ ޝޫޓިން އަންނަ މާރޗްމަހު ފަށަނީ

08 ފެބުރުއަރީ 2017
"ހައްދު" ގެ ޝޫޓިން އަންނަ މާރޗްމަހު ފަށަނީ
08 ފެބުރުއަރީ 2017

"ޓިއުބްލައިޓް" ގެ ޝޫޓިން ނިންމާލައިފި

08 ފެބުރުއަރީ 2017
"ޓިއުބްލައިޓް" ގެ ޝޫޓިން ނިންމާލައިފި
29 ޖެނުއަރީ 2017

ބަންސާލީއަށް ދިން ހަމަލާއަށް ފަހު "ޕަދްމަވަތީ" ޝޫޓިން މެދުކަނޑާލައިފި

29 ޖެނުއަރީ 2017
ބަންސާލީއަށް ދިން ހަމަލާއަށް ފަހު "ޕަދްމަވަތީ" ޝޫޓިން މެދުކަނޑާލައިފި
25 ޖެނުއަރީ 2017

ފިލްމު "އިރާދާ" އަންނަ މަހު 17 ގައި ރިލީޒްކުރަނީ

25 ޖެނުއަރީ 2017
ފިލްމު "އިރާދާ" އަންނަ މަހު 17 ގައި ރިލީޒްކުރަނީ
24 ޖެނުއަރީ 2017

ހިންދީ ފިލްމު "މެޝިން" މާޗު މަހު ރިލީޒްކުރަނީ

24 ޖެނުއަރީ 2017
 ހިންދީ ފިލްމު "މެޝިން" މާޗު މަހު ރިލީޒްކުރަނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު