Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ތަފާތު ޚަބަރުނިއުމާގެ ސަޕްރައިޒް

ނިއުމާގެ އެންމެ ބޮޑު "ސަޕްރައިޒް": ފިލްމު ކުޅުން ހުއްޓާލަނީ!

އަންނަ އަހަރު ރިލީޒްކުރާ ފިލްމަކީ ފިލްމަކުން އޭނާ ފެންނާނެ އެންމެ ފަހު ފަހަރު

ތަހާރަތު މުހައްމަދު ވަހީދު
ތަހާރަތު މުހައްމަދު ވަހީދު | 20 އޮކްޓޯބަރު 2017 | ހުކުރު 18:57
ބަތަލާ ނިއުމާ މުޙައްމަދުގެ "ސެލެބްރޭޓިން 20" އަލްބަމް ރިލީޒް ކުރުމުގެ ހަފްލާގައި ލަވަކިޔުންތެރިޔާ ޝިފާ ތަޢުފީޤް އެއަލްބަމް ނެރެދެނީ

ބަތަލާ ނިއުމާ މުޙައްމަދުގެ "ސެލެބްރޭޓިން 20" އަލްބަމް ރިލީޒް ކުރުމުގެ ހަފްލާގައި ލަވަކިޔުންތެރިޔާ ޝިފާ ތަޢުފީޤް އެއަލްބަމް ނެރެދެނީ

މަޝްހޫރު ބަތަލާ ނިއުމާ މުހައްމަދުގެ 40 ވަނަ އުފަންދުވަހުގެ "3 ސަޕްރައިޒް" އެންމެ ފަހުން ދީފިއެވެ.

ހުކުރުދުވަހުގެ ރޭ ދަރުބާރުގޭގައި ބޭއްވި ހަފްލާގައި ނިއުމާ ދިން އެންމެ ބޮޑު "ސަޕްރައިޒަކީ" އޭނާ ފިލްމު ކުޅުން ހުއްޓާލާނެ ކަމަށް ބުނި "ސަޕްރައިޒް"އެވެ.

"އަޅުގަނޑު އެކްޓިން ދާއިރާއިން މިއަދު ރިޓަޔާ ކުރާއިރު އަޅުގަނޑު އެދެނީ ދިވެހި ފިލްމީ އިންޑަސްޓްރީއަށް އަދަށް ވުރެ ފެހި މާދަމާއެއް" ކަމަށެވެ.

ނިއުމާގެ ދެވަނަ ސަޕްރައިޒަކީ އޭނާ ފިލްމު ކުޅެން ހުއްޓާލާނީ "ނިވައިރޯޅި" ކިޔާ ފިލްމެއް ކުޅުމަށް ފަހުގައި ކަމެވެ. އެ ފިލްމު ދައްކާނީ އަންނަ އަހަރުގެ އޮކްޓޯބަރު މަހު ކަމަށް ނިއުމާ ވަނީ ބުނެފައެވެ. އެ ފިލްމަކީ އޭނާ އެކްޓަރެއްގެ ގޮތުގައި ފެންނާނެ އެންމެ ފަހު ފިލްމް ކަމަށް އޭނާ ބުންޏެވެ.

ތިންވަނަ ސަޕްރައިޒަކީ ނިއުމާގެ "ބައޮގްރަފީ"އެވެ. ނިއުމާ ބުނީ އޭނާގެ 40 ވަނަ އުފަންދުވަހުގެ މުނާސަބަތާ ގުޅުވައިގެން ނެރޭ މި ބައޮގްރަފީގައި އޭނާގެ ނޭނގޭ އެތަކެއް ވާހަކަތަކެއް ހިމެނޭނެ ކަމަށެވެ. ފިލްމީ ދާއިރާގައި އޭނާ ހޭދަކުރި ދިގު މުއްދަތަކީ ފަސޭހަ ދުވަސްތަކެއް ނޫން ކަމަށާއި އެ "ބައޮގްރަފީ" ގައި އެހުރިހާ ވާހަކައެއް ހިމަނާފައި ވާނެ ކަމަށް ނިއުމާ ބުންޏެވެ.

މި ހަފްލާގައި ނިއުމާގެ ފިލްމީ ހަޔާތުގައި 20 އަހަރުވުމާއި ގުޅިގެން ވަނީ "ސެލެބްރޭޓިން 20" ގެ ނަމުގައި ލަވަ އަލްބަމެއް ނެރެފައެވެ. މި އަލްބަމުގައި ނިއުމާގެ އަމިއްލަ އަޑުން ކިޔާފައިވާ ލަވައެއް ވެސް ވަނީ ހިމަނާފައެވެ. "ސެލެބްރޭޓިން 20" ގައި ހިމެނެނީ ހަތްލަވައެވެ.

ދަރުބާރު ގޭގައި ބޭއްވި މި ހަފްލާގައި މުނިފޫހިފިލުވުމުގެ ދާއިރާގައި މަސައްކަތް ކުރާ ގިނަ ބަޔަކު ބައިވެރިވެފައި ވެއެވެ. ހަފްލާގައި ނިއުމާ ވަނީ ގިނަ ފަރާތްތަކަކަށް ޝުކުރު އަދާކޮށްފައެވެ.

ދިވެހި ފިލްމީ ދާއިރާއިން 1995 ވަނަ އަހަރު ފެނިގެންދިޔަ ނިއުމާ ވަނީ 1،000 އަށް ވުރެ ގިނަ ލަވަ ބެލުންތެރިންނާ ހަމައަށް ގެނެސްދީފައެވެ. އަދި އޭގެ އިތުރުން އެތަކެއް ޑްރާމާ ސީރީޒްއަކާއި އެތައް ފިލްމެއްގައި ވަނީ ހަރަކާތްތެރި ވެފައެވެ.

އިތުރަށް ކިޔާލަން

07 ފެބުރުއަރީ 2017

"މަލިކާ" އަށް ދަނީ ބޮޑު ތަރުހީބެއް ލިބެމުން: ނޫރު

07 ފެބުރުއަރީ 2017
"މަލިކާ" އަށް ދަނީ ބޮޑު ތަރުހީބެއް ލިބެމުން: ނޫރު
02 ފެބުރުއަރީ 2017

ޕީއާރު ޓީމަކީ ކުރިއަށް ދިއުމަށް ލިބޭ އެންމެ ބޮޑު ހިތްވަރު : ޝްރައްދާ

02 ފެބުރުއަރީ 2017
ޕީއާރު ޓީމަކީ ކުރިއަށް ދިއުމަށް ލިބޭ އެންމެ ބޮޑު ހިތްވަރު : ޝްރައްދާ
25 ޖެނުއަރީ 2017

ފިލްމު "އިރާދާ" އަންނަ މަހު 17 ގައި ރިލީޒްކުރަނީ

25 ޖެނުއަރީ 2017
ފިލްމު "އިރާދާ" އަންނަ މަހު 17 ގައި ރިލީޒްކުރަނީ
24 ޖެނުއަރީ 2017

ހިންދީ ފިލްމު "މެޝިން" މާޗު މަހު ރިލީޒްކުރަނީ

24 ޖެނުއަރީ 2017
 ހިންދީ ފިލްމު "މެޝިން" މާޗު މަހު ރިލީޒްކުރަނީ
17 ޖެނުއަރީ 2017

ސަންޖޭ ދަތުގެ މައްޗަށް އުފައްދާ ބަޔޮޕިކާއި ސަލްމާން ޚާންގެ ފިލްމު "ޓައިގަރ ޒިންދާ ހޭ" އާ އެއްދުވަހެއްގައި ރިލީޒްކުރަނީބާ؟

17 ޖެނުއަރީ 2017
ސަންޖޭ ދަތުގެ މައްޗަށް އުފައްދާ ބަޔޮޕިކާއި ސަލްމާން ޚާންގެ ފިލްމު "ޓައިގަރ ޒިންދާ ހޭ" އާ އެއްދުވަހެއްގައި ރިލީޒްކުރަނީބާ؟
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު