Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެދުސްތޫރީ ފަސާނާ

ޢަދްލު އިންސާފް ހޯދަންވެސް މިއަދު ރާއްޖޭގައި ބިރުގަނޭ:ސުއޫދު

18 އޮކްޓޯބަރު 2017 | ބުދަ 18:51

ތިމާ އަމިއްލައަށް ގޮސް އަދުލު އިންސާފު ހޯދަން އުނދަގޫ ހިސާބަށް މިހާރު ވަނީ ގޮސްފައި

އަހުމަދު މުހުސިނު
އަހުމަދު މުހުސިނު | 18 އޮކްޓޯބަރު 2017 | ބުދަ 18:51
ސުއޫދު ރާއްޖެ ޓީވީގައި ވާހަކަ ދައްކަވަނީ

ސުއޫދު ރާއްޖެ ޓީވީގައި ވާހަކަ ދައްކަވަނީ

ރާއްޖޭގައި މިއަދު ޢަދްލު އިންސާފް ހޯދުމަށް ދާންވެސް ބިރުގަންނަ ކަމަށް ކުރީގެ ބަންޑާރަނައިބު އަދި މަޝްހޫރު ޤާނޫނީ ވަކީލް ހުސްނުއް ސުއޫދު ވިދާޅުވެއްޖެއެވެ.

ޤާނޫނީ ވަކީލުން ޖުޑިޝަރީގެ މައްސަލަތަކުގެ ވާހަކަ ދެއްކެވުމުން މިހާރުވެސް ސަސްޕެންޑް ކޮށްފައިވާ ސުއޫދު ވިދާޅުވީ ރާއްޖޭގައި މިހާރުގެ ޙާލަތު ހުރިގޮތުން އަދްލު އިންސާފަކީ ވަރަށް އަބުއި އެއްޗެއް ކަމަށާއި އެއީ ކޮންމެ ކޮންމެ މީހަކަށް ލިބޭނެ އެއްޗެއް ނޫން ކަމަށެވެ.

Advertisement - newsAdvertisement

ސުއޫދު ވިދާޅުވީ އަދްލު އިންސާފްގެ ވާހަކަ ދައްކަންވެސް ބިރުގަންނަ ހިސާބަށް ގޮސްފައިވާ ކަމަށާއި އެވާހަކަ ދައްކައިފިނަމަ ބްލެކްލިސްޓް ވެގެންދާ ކަމަށް އަމިއްލައަށް ޤަބޫލް ކުރެވޭވަރަށް ބިރުވެރިކަން އުފެދިފައިވާ ކަމަށެވެ.

"އޭނާއަކީ މުޖުތަމައުގެ އޮއިވަރާ އެއްގޮތައް ދަތުރުކުރާ މީހެއް ނޫނޭ. އެހެންވެ އެމީހަކުވެސް އެގޮތައް ބްރޭންޑް ވާކަށްވެސް ނޭދޭ. އެހާހިސާބުގައި މިއޮތީ އަދުލު އިންސާފްގެ ވާހަކަ ދެއްކުމާ އަދުލު އިންސާފު ހޯދަން ބިރުގަންނަ ވަރުގަ. ތިމާ އަމިއްލައަށް ގޮސް އަދުލު އިންސާފު ހޯދަން އުނދަގޫ ހިސާބަށް މިހާރު ވަނީ ގޮސްފައި" ސުއޫދު ވިދާޅުވިއެވެ.

މިހާރު މިއޮތް ޤާނޫން އަސާސީ ހެއްދެވުމުގައި ރައްޔިތުންގެ ޚާއްޞަ މަޖިލީހުގައިވެސް އުޅުއްވި ސުއޫދު ވިދާޅުވީ އަދްލު އިންސާފް ހޯދުމަށް އުޅުމަކީ ބިރުވެރިކަމެއް ކަމުގައި ގިނަ ބަޔަކަށް ޤަބޫލް ކުރެވިފައި އޮންނަ ކަމަށް ވިދާޅުވެ އެފަދަ ބައެއް ހަޤީގީ މިސާލުތައް ވިދާޅުވެ ދެއްވާފައެވެ.

"އަދްލު އިންސާފް ހޯދަން ބިރުވެރިކަމެއްގެ ގޮތުގައި އޮންނަނީ އޭގެ ސަބަބުން ގެއްލުން ތަކެއް ނުވަތަ އަދަބު ތަކެއް ލިބިދާނެ ކަމުގެ ބިރުވެރިކަން މުޅި މުޖުތަމައުގައި އަށަގެންނެވުމުގެ ރޫހެއްގައި މަސައްކަތް ކުރެވެމުންދާތީ" ސުއޫދު ވިދާޅުވިއެވެ.

ސުއޫދު ވިދާޅުވީ މިހާރު ޖަވާބުދާރީ ކުރުވޭނެ އެއްވެސް ގޮތެއް ނެތްކަމަށާއި މުޖުމަތަމައުގެ ތެރޭގައި އަދްލު އިންސާފްގެ ވާހަކަ ދައްކައި އަދްލު އިންސާފް ލިބިގަތުމުގެ މަސައްކަތް ފެށުމުން އެމީހަކަށް އެހެނިހެން ނުރައްކާތައް ހުރިކަން ޤަބޫލް ކުރާ ކުރެވުން ނައްތާލުމަށް މަސައްކަތް ކުރަން ޖެހިފައިވާ ކަމަށެވެ.

ސުއޫދު ވިދާޅުވީ ޢަދްލު އިންސާފް ނުލިބުމުގެ ކަންކަން ޤާނޫނީ ވަކީލުންނަށް ވުމުން އެނގޭވަރު ތަންކޮޅެއް ބޮޑު ކަމަށާއި އެފަދަ ކަންކަން ޢާއްމުން ހިއްސާ ކުރަމުންދާ ކަމަށެވެ. ސުއޫދު ވަނީ އެފަދަ އިތުރު މައްސަލަތައްވެސް ފަސާނާގެ މި ބައްދަލުވުމުގައި ވިދާޅުވެފައެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

3

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

4

ދުނިޔޭގެ ބާރުގަދަ އެމެރިކާގެ ރައީސަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލައްވަން އީރާނުން ޖައްސުވައިފި

5

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

އިތުރަށް ކިޔާލަން

03 ފެބުރުއަރީ 2017

ރާއްޖެއެމްވީގެ އާ ވެބްސައިޓް މިއަދު އައްޑޫގައި ތައާރަފުކުރާނެ!

03 ފެބުރުއަރީ 2017
ރާއްޖެއެމްވީގެ އާ ވެބްސައިޓް މިއަދު އައްޑޫގައި ތައާރަފުކުރާނެ!
30 ޖެނުއަރީ 2017

ބެލްޖިއަމް ކޮންސިއުލޭޓް އޮފީހެއް ރާއްޖޭގައި ހުޅުވައިފި

30 ޖެނުއަރީ 2017
ބެލްޖިއަމް ކޮންސިއުލޭޓް އޮފީހެއް ރާއްޖޭގައި ހުޅުވައިފި
27 ޖެނުއަރީ 2017

ޕީޕީއެމްގެ ޕްރައިމަރީގެ ވޯޓުލުން މިއަދު ބާއްވަނީ

27 ޖެނުއަރީ 2017
ޕީޕީއެމްގެ ޕްރައިމަރީގެ ވޯޓުލުން މިއަދު ބާއްވަނީ
26 ޖެނުއަރީ 2017

ރާއްޖޭގައި މިނިވަން އިންސާފްވެރި އިންތިޚާބެއް ބޭއްވޭނެ މާހައުލެއް ނެތް: ފާރިސް

26 ޖެނުއަރީ 2017
ރާއްޖޭގައި މިނިވަން އިންސާފްވެރި އިންތިޚާބެއް ބޭއްވޭނެ މާހައުލެއް ނެތް: ފާރިސް
26 ޖެނުއަރީ 2017

އިންޑިޔާ އަށް ވުރެ ވެސް ރާއްޖޭގައި ކޮރަޕްޝަން ބޮޑު: ސީޕީއައި

26 ޖެނުއަރީ 2017
އިންޑިޔާ އަށް ވުރެ ވެސް ރާއްޖޭގައި ކޮރަޕްޝަން ބޮޑު: ސީޕީއައި
17 ޖެނުއަރީ 2017

ޕާސްޕޯޓު ނެތި ރާއްޖޭގައި އުޅެމުންދާކަމަށް ބުނެ، އެމެރިކާގެ ރައްޔިތަކު ހުޅުމާލެއިން ހައްޔަރުކޮށްފި

17 ޖެނުއަރީ 2017
ޕާސްޕޯޓު ނެތި ރާއްޖޭގައި އުޅެމުންދާކަމަށް ބުނެ، އެމެރިކާގެ ރައްޔިތަކު ހުޅުމާލެއިން ހައްޔަރުކޮށްފި
16 ޖެނުއަރީ 2017

ރާއްޖެޓީވީގެ ޒަރީރަށް ހުކުމް ކުރުން މިއަދު

16 ޖެނުއަރީ 2017
ރާއްޖެޓީވީގެ ޒަރީރަށް ހުކުމް ކުރުން މިއަދު
09 ޖެނުއަރީ 2017

މާލޭގެ ގެއެއްގައި މަރުވެފައި އޮއްވާ ފެނުނު ދެމަފިރިން މިއަދު ވަޅުލަނީ

09 ޖެނުއަރީ 2017
މާލޭގެ ގެއެއްގައި މަރުވެފައި އޮއްވާ ފެނުނު ދެމަފިރިން މިއަދު ވަޅުލަނީ
06 ޖެނުއަރީ 2017

ރައީސް ޔާމީނާއި އެމަނިކުފާނުގެ ސިޔާސަތު މިއަދު ފެއިލްވެއްޖެ: ޝިފާ

06 ޖެނުއަރީ 2017
ރައީސް ޔާމީނާއި އެމަނިކުފާނުގެ ސިޔާސަތު މިއަދު ފެއިލްވެއްޖެ: ޝިފާ
06 ޖެނުއަރީ 2017

މިނިވަން އިންސާފްވެރި އިންތިހާބެއް ހޯދުމަށް ގޮވާލާ އެމްޔޫއޯގެ ޖަލްސާއެއް ބ. އަތޮލޫގައި

06 ޖެނުއަރީ 2017
މިނިވަން އިންސާފްވެރި އިންތިހާބެއް ހޯދުމަށް ގޮވާލާ އެމްޔޫއޯގެ ޖަލްސާއެއް ބ. އަތޮލޫގައި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް