Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ރާއްޖެ ޓީވީ

ރައީސް ޔާމީނަށް ބަދަލު ނަގައިދިން ފަދައިން ރާއްޖެ ޓީވީއަށް ލިބުނު ގެއްލުމަށް ބަދަލު ނަގައިދޭން ޖެހޭ: ވަކީލް

މުލަކު ދާއިރާގެ މެންބަރު ހުށަހެޅުއްވި ބަދަލުގައި ސެކިއުރިޓީ ކަންކަމުގެ ބަދަލު ހިމެނޭ

އަހުމަދު މުހުސިނު
އަހުމަދު މުހުސިނު, ރާއްޖެ އެމްވީ | 18 އޮކްޓޯބަރު 2017 | ބުދަ 17:02
ނިޝާން: ރާއްޖެ ޓީވީ ފަލަ ސުރުޚީގައި

ނިޝާން: ރާއްޖެ ޓީވީ ފަލަ ސުރުޚީގައި

މިހާރުގެ ރައީސުލް ޖުމްހޫރިއްޔާ އަދި ރައްޔިތުންގެ މަޖިލީހުގެ މުލަކު ދާއިރާގެ ކުރީގެ މެންބަރު ޢަބްދުﷲ ޔާމީނަށް ގެއްލުމުގެ ބަދަލު ނަގައިދިން ފަދައިން ފުލުހުންގެ އިހުމާލުން ރާއްޖެ ޓީވީއަށް ލިބުނު ގެއްލުމުގެ ބަދަލު ނަގައިދޭން ޖެހޭނެ ކަމަށް ރާއްޖެ ޓީވީގެ ޤާނޫނީ ވަކީލް މުހައްމަދު ނިޝާން ވިދާޅުވެއްޖެއެވެ.

ނިޝާން ވިދާޅުވީ ރާއްޖެ ޓީވީ ރޯކޮށްލާފައިވަނީ ފުލުހުންގެ އެހީތެރިކަމަށް ރާއްޖެ ޓީވީން އެދިފައި ވަނިކޮށް ކަމަށާއި އެހެންކަމުން އެކަން ހިނގުމުގައި ފުލުހުންގެ އިހުމާލު ހިމެނޭ ކަމަށެވެ.

Advertisement - newsAdvertisement

ރައީސް ޔާމީން މުލަކު ދާއިރާގެ މެންބަރު ކަމުގައި ހުންނަވަނިކޮށް އޭރުގެ ސަރުކާރުން އާރަށުގައި ބެހެއްޓުމުން ނަގައިދިން ބަދަލަށް އިޝާރާތް ކުރައްވާ ނިޝާން ވިދާޅުވީ އެމައްސަލައާއި ރާއްޖެ ޓީވީން ނަގައިދޭން އެދޭ ބަދަލަކީ އެއް ބަދަލެއް ކަމަށެވެ.

ނިޝާން ވިދާޅުވީ ރައީސް ޔާމީނަށް ނަގައިދިން ބަދަލު ކަނޑައެޅުމުގައި ސެކިއުރިޓީ ކަންކަން ބަލަހައްޓަން ދިޔަ ޚަރަދުވެސް ހިމެނޭ ކަމަށާއި ރާއްޖެ ޓީވީ ރޯކޮށްލާފައި ވަނީ ޓީވީން އެދުނު ސެކިއުރިޓީ ފޯރުކޮށްދީފައި ނުވާތީ ކަމަށެވެ. އަދި ރާއްޖެ ޓީވީން އެދިފައިވަނިކޮށް އެކަން ހިނގުމުގައި ފުލުހުންގެ އިހުމާލް އެބައޮތްކަމަށާއި އެކަމުގެ ބަދަލު ލިބިދޭން ޖެހޭނެ ކަމަށެވެ.

"އެއީ 2010 ވަނަ އަހަރުގެ ގަޒިއްޔާތަކެއް. ސުޕްރީމް ކޯޓުން ވަނީ ބަދަލު ނަގައިދިނުމަށް ހުށަހެޅި މައްސަލަ ބަލައިގެންފައިވަނީ. ބަދަލު ނަގައިވެސް ދީފައިވޭ" ނިޝާން ވިދާޅުވިއެވެ.

ރާއްޖެޓީވީ ރޯކޮށްލުމުގެ ސަބަބުން ލިބުނު 11.65 މިލިއަން ރުފިޔާގެ ގެއްލުމުގެ ބަދަލު ހޯދަން ހުށަހެޅި މައްސަލަ ބެލެން ނެތްކަމަށް ކަނޑައަޅައި ސިވިލް ކޯޓުންވަނީ އެ މައްސަލަ ބޭރުކޮށްލައިފައެވެ.

މިމައްސަލަ ސިވިލް ކޯޓަށް ބަލައި ނުގަންނަން ނިންމާފައިވަނީ ސިވިލް ކޯޓުގެ ރެޖިސްޓްރާ އެވެ.

އޮކްޓޯބަރު 7، 2013 ވަނަ ދުވަހުގެ ރޭ ރާއްޖެ ޓީވީ ރޯކޮށްލީ ފުލުހުންގެ އިހްމާލުން ކަމަށް ކަނޑައަޅައި ދިނުމަށާއި އެހެންވެ، ގެއްލުމުގެ ބަދަލު ހޯދައި ދިނުމަށް ރާއްޖެ ޓީވީން ސިވިލް ކޯޓަށް ހުށަހެޅި މައްސަލަ ބޭރުކޮށްލީ، މަރާލާފައިވާ ބްލޮގަރ ޔާމީން ރަޝީދުގެ މަރުގެ މައްސަލައިގައި ފުލުހުންގެ އިހުމާލުވާ ކަމަށްބުނެ އޭނާގެ ބައްޕަ ސިވިލް ކޯޓަށް ހުށަހެޅި މައްސަލައަށް ރިއާޔަތްކޮށެވެ.

ސިވިލް ކޯޓުގެ ރެޖިސްޓްރާގެ ނިންމުމުގައި ވަނީ ދައުވާ ފޯމުގެ މައުލޫމާތުތަކުން މިއީ ރާއްޖެޓީވީއަށް ގެއްލުންދީ ރޯކޮށްލާނެ ކަމަށް ބުނެ އިންޒާރުދީ ބިރުދައްކަމުން ގެންދިއުމުގެ ސަބަބުން އެކަން ފުލުހުންނަށް އަންގައި، ފުލުހުންގެ ސަމާލުކަމަށް ގެނެސްފައި ވަނިކޮށް، ފުލުހުންގެ ގާނޫނީ މަސްއޫލިއްޔަތު އަދާ ނުކުރުމުގެ ސަބަބުން، ތޫނު ހަތިޔާރާއި އަލިފާން ރޯކުރުމަށް ބޭނުންކުރާ ޒާތުގެ ތަކެތި ހިފައިގެން ގްރޫޕަކުން ގޮސް ރޯކޮށްލި ހާދިސާއެއްކަން އެނގޭ ކަމަށެވެ.

މީގެ އިތުރުން ރާއްޖެޓީވީ ރޯކޮށްލުމުން 11،656،833.62ރ ގެ ގެއްލުން ލިބިފައިވާތީ އެކަމުގައި ފުލުހުންގެ އިހުމާލެއް އޮތްކަމަށް ކަނޑައަޅައި، ގެއްލުން ލިބުނީ ފުލުހުންގެ އިހުމާލުން ކަމަށް ވުމުންނާއި ޒިންމާ އަދާނުކުރުމުގެ ސަބަބުން ކަމަށް ވާތީ، މިކަމުގައި ޒިންމާ އުފުލަންޖެހޭ ފަރާތަކީ ފުލުހުން ކަމަށް ކަނޑައަޅައިދީ، އަދި އެކަމުގެ ސަބަބުން ލިބުނު ގެއްލުމުގެ ބަދަލު ފުލުހުންގެ ނަންގަވައި ދިނުން އެދި ހުށަހަޅާފައިވާ މައްސަލައެއް ކަމަށް އެނގޭ ކަމަށް ވެސް ރަޖިސްޓްރާގެ ނިންމުމުގައި ވެއެވެ.

މިމައްސަލަ ބަލައިގަނެވެން ނެތް ކަމަށް ރެޖިސްޓްރާ ނިންމާފައިވާ ނިންމުމުގައި ވަނީ ރާއްޖެޓީވީން ހުށަހަޅާފައިވާ މި ދައުވާ އާއި އެއްގޮތަށް ލިޔުންތެރިޔާ ޔާމީން ރަޝީދުގެ މަރުގެ މައްސަލައިގައި ފުލުހުންގެ އިހުމާލު އޮތް ކަމަށް ބުނެ އޭނާގެ އައިލާގެ ފަރާތުން ސިވިލް ކޯޓަށް ހުށަހެޅުމުން އެމައްސަލާގައި ނިންމާފައިވަނީ މަދަނީ މުއާމަލާތްތައް އިސްތިސްނާވާ ގޮތުގައި ފުލުހުންގެ މައްޗަށް ރައްދުކޮށް ހުށަހެޅޭ ގާނޫނާއި ގަވާއިދާ ހިލާފަށް އަމަލުކުރި ނުވަތަ ދޫކޮށްލި އަމަލުގެ މައްސަލަތަކާއި ޝަކުވާތައް ހުށަހަޅަންޖެހެނީ ސިވިލް ކޯޓަށް ނޫން ކަމަށާއި އެފަދަ މައްސަލަތަކުގެ އިހުތިސާސް ސިވިލް ކޯޓަށް ލިބިގެން ނުވާ ކަމަށް ކަނޑައަޅަފައިވާ ކަމަށެވެ. އަދި އެމައްސަލަ ކަނޑައަޅާފައިވާ އުސޫލް މަތީ މަރުހަލާގެ ކޯޓަކުން ބާތިލް ކޮށްފައިނުވާ ކަމަށް ވެސް ރަޖިސްޓްރާގެ ނިންމުމުގައި ވެއެވެ.

އެހެންކަމުން ރާއްޖެޓީވީން ހުށަހަޅާފައިވާ ދައުވާއަކީ ވެސް ޔާމީން ރަޝީދުގެ މަރުގެ މައްސަލާގައި ފުލުހުންގެ އިހުމާލު އޮތް ކަމަށް ބުނެ އާއިލާއިން ހުށަހެޅި މައްސަލައާއި އެއްބާވަތެއްގެ މައްސަލައެއް ކަމަށް ބެލެވެން އޮތުމުން ޔާމީން ރަޝީދުގެ އާއިލާއިން ހުށަހެޅި މައްސަލާގައި އެ ކޯޓުން ނިންމާފައިވާ ނިންމުމާ އެއްގޮތަށް ރާއްޖެޓީވީން ހުށަހަޅަފައިވާ ދައުވާއަކީ ވެސް ސިވިލް ކޯޓުގެ އިހުތިސާސްގެ ލިބިގެންނުވާ މައްސަލައެއް ކަމަށް ސިވިލް ކޯޓުގެ ރަޖިސްޓްރާގެ ނިންމުމުގައި ވެއެވެ.

ސިވިލް ކޯޓުގެ ރެޖިސްޓްރާ އެގޮތަށް ނިންމިއިރު، ރާއްޖެޓީވީ ރޯކޮށްލި މައްސަލާގައި ފުލުހުންގެ އިހުމާލެއް އޮތްތޯ އޭރު އޮތް ޕޮލިސް އިންޓެގްރިޓީ ކޮމިޝަނުން ބެލުމަށް ފަހު ދެ ފުލުހެއްގެ އިހުމާލެއް އޮތް ކަމަށް ނިންމައި ދައުވާ ކުރުމަށް ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށް ވެސް ފޮނުވާފައި ވެއެވެ. ނަމަވެސް ފަހުން ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން ވަނީ އެމައްސަލަ އަނބުރާ ފޮނުވާލާފަ އެވެ.

ސިވިލް ކޯޓްގެ ރަޖިސްޓްރާގެ މި ނިންމުން އިސްތިއުނާފު ކުރުމަށް ރާއްޖެ ޓީވީން ވަނީ ނިންމައިފަ އެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު

ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު

07 ޖެނުއަރީ 2017
ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި

ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި

07 ޖެނުއަރީ 2017
އައިޖީއެމްއެޗްގެ އައިސީޔޫގައި ތިބޭ ބަލި މީހުނަށް ޒިޔާރަތްކުރާ ގަޑިއަށް ބަދަލުގެނެސްފި

އައިޖީއެމްއެޗްގެ އައިސީޔޫގައި ތިބޭ ބަލި މީހުނަށް ޒިޔާރަތްކުރާ ގަޑިއަށް ބަދަލުގެނެސްފި

07 ޖެނުއަރީ 2017
އަންހެނުން ބާރުވެރިކުރުމަށް ރައީސް ޔާމީން ވަނީ ނުކުޅެދިފަ: ޝިދާތާ

އަންހެނުން ބާރުވެރިކުރުމަށް ރައީސް ޔާމީން ވަނީ ނުކުޅެދިފަ: ޝިދާތާ

07 ޖެނުއަރީ 2017
ފްލެޓް މައްސަލާއިގައި ރައީސް އޮފީހުގެ ޖަވާބު: ހައުސިން މިނިސްޓްރީއަށް ހުށައަޅައިގެން ހައްލުކުރޭ

ފްލެޓް މައްސަލާއިގައި ރައީސް އޮފީހުގެ ޖަވާބު: ހައުސިން މިނިސްޓްރީއަށް ހުށައަޅައިގެން ހައްލުކުރޭ

07 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

24 އެޕްރީލު
ރައީސަށް ލަފާދޭ ޒުވާނުންގެ ބޯޑުން މަޝްހޫރު ޓީވީ ޕްރެޒެންޓަރު ހުވައިނާ އިސްތިއުފާ ދީފި
20251 އަހަރު ކުރިން
ރާއްޖެ

ރައީސަށް ލަފާދޭ ޒުވާނުންގެ ބޯޑުން މަޝްހޫރު ޓީވީ ޕްރެޒެންޓަރު ހުވައިނާ އިސްތިއުފާ ދީފި

މެޑިސިން ކިޔަވަމުންދާ 200ށް ވުރެ ގިނަ ދަރިވަރުން ގޮތެއް ނުދައްކާ މަގުމަތިކޮށްލަނީ
20242 އަހަރު ކުރިން
ރިޕޯޓު

މެޑިސިން ކިޔަވަމުންދާ 200ށް ވުރެ ގިނަ ދަރިވަރުން ގޮތެއް ނުދައްކާ މަގުމަތިކޮށްލަނީ

''އިރުއަރަންދެން ދަގަނޑު ހޮޅިއަކުން ތަޅާ އަނިޔާކުރި'' އެކަމަކު ވެސް އެ ކައިވެނީގައި ތިން އަހަރު
20233 އަހަރު ކުރިން
ރިޕޯޓު

''އިރުއަރަންދެން ދަގަނޑު ހޮޅިއަކުން ތަޅާ އަނިޔާކުރި'' އެކަމަކު ވެސް އެ ކައިވެނީގައި ތިން އަހަރު

ރައީސް ޞާލިހުގެ އެދަތުރު: އާއިލާ ބޭފުޅުންގެ ދުލުން
20224 އަހަރު ކުރިން
ރިޕޯޓު

ރައީސް ޞާލިހުގެ އެދަތުރު: އާއިލާ ބޭފުޅުންގެ ދުލުން

އިންތިހާއަށް އާދޭސްކުރިން، އެކަމަކު އަޅާނުލި: ''ދިރިއުޅުން ހަލާކުވެގެންދިޔައީ އެންމެ ހަތަރު ދުވަހުން''
20215 އަހަރު ކުރިން
ރިޕޯޓު

އިންތިހާއަށް އާދޭސްކުރިން، އެކަމަކު އަޅާނުލި: ''ދިރިއުޅުން ހަލާކުވެގެންދިޔައީ އެންމެ ހަތަރު ދުވަހުން''

ލަންކާގެ ބޮމުގެ ހަމަލާތައް: ހަށިގޮއްވާލި ދެބެއިންގެ ބައްޕަ ހައްޔަރަށް
20197 އަހަރު ކުރިން
ދުނިޔެ

ލަންކާގެ ބޮމުގެ ހަމަލާތައް: ހަށިގޮއްވާލި ދެބެއިންގެ ބައްޕަ ހައްޔަރަށް

ސަރުކާރުން އަނބިމީހާ ވަރިކުރުން- ހާލަތުއް ޟަރޫރާ
20188 އަހަރު ކުރިން
ރިޕޯޓު

ސަރުކާރުން އަނބިމީހާ ވަރިކުރުން- ހާލަތުއް ޟަރޫރާ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު