Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ ޑޮނަލްޑް ޓްރަމްޕް

ވެރިކަމުގެ ފުރަތަމަ އަހަރު މުއްސަނދިންގެ ލިސްޓުގައި ރައީސް ޓްރަމްޕް 92 ދަރަޖަ ފަހަތަށް

18 އޮކްޓޯބަރު 2017 | ބުދަ 13:30

ޓްރަމްޕް ވަނީ ފޯބްސް އިން ނެރޭ އެމެރިކާގެ މުއްސަނދިންގެ ލިސްޓުގެ 248 ވަނައަށް ވެއްޓިފަ

އިސްމާއިލް ނާއިލް ނަޝީދު
އިސްމާއިލް ނާއިލް ނަޝީދު | 18 އޮކްޓޯބަރު 2017 | ބުދަ 13:30
ޓްރަމްޕް އެމަނިކުފާނުގެ އަމިއްލަ ގެކޮޅުގައި އާއިލާއާއިއެކު

ޓްރަމްޕް އެމަނިކުފާނުގެ އަމިއްލަ ގެކޮޅުގައި އާއިލާއާއިއެކު

އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕްގެ ނެޓް ވަރތު، ނުވަތަ އޭނާގެ މުއްސަނދިކަމުން، ފާއިތުވި 12 މަސްދުވަހުގެ ތެރޭގައި 600 މިލިއަން އެމެރިކާ ޑޮލަރު މަދުވެފައިވާ ކަމަށް ފޯބްސް މެގަޒިނުން ބުނެފިއެވެ.

ވެރިކަމަށް ވަޑައިގަތްތާ އަހަރެއް ވާން ގާތްވެފައިޥާއިރު، ޓްރަމްޕް ވަނީ ފޯބްސް އިން ނެރޭ އެމެރިކާގެ މުއްސަނދިންގެ ލިސްޓުގެ 248 ވަނައަށް ވެއްޓިފައެވެ. މިއީ 92 ދަރަޖައިގެ ވެއްޓުމެކެވެ.

ފޯބްސްއިން އެންމެ ފަހުން ނެރުނު މުއްސަނދިންގެ ލިސްޓުގައި ވާގޮތުން އެމަނިކުފާނުގެ ނެޓް ވަރތަކީ މިހާރު 3.1 ބިލިއަން އެމެރިކާ ޑޮލަރެވެ.

ފޯބްސް މެގަޒިނުން ބުނެފައިވާ ގޮތުގައި ޓްރަމްޕަށް މިވަރުގެ ގެއްލުމެއް ވާން ދިމާވީ، ނިއުޔޯކުގެ ރިއަލް އެސްޓޭޓް މާކެޓް ދައްވުމާއި، ޤާނޫނީ ބޮޑެތި މައްސަލަތަކެއް ކުރިމަތިވުމުގެ އިތުރުން، ޚަރަދުބޮޑު ރިޔާސީ ކެމްޕެއިނެއް ހިންގުމުގެ ސަބަބުންނެވެ. މީގެ ތެރެއިންވެސް އެންމެ ބޮޑު ގެއްލުމެއް ވެފައިވަނީ ރިއަލް އެސްޓޭޓް ދާއިރާއިން ލިބުނު ގެއްލުންތަކުން ކަމަށާ، އެ ދާއިރާއިން ޓްރަމްޕަށް 400 މިލިއަން ޑޮލަރުގެ ގެއްލުން ވެފައިވާ ކަމަށް އެ މެގަޒިނުން ބުނެފައިވެއެވެ.

މީގެ އިތުރުން ޓްރަމްޕްގެ ރިޔާސީ ކެމްޕޭނަށް، އެމަނިކުފާނުގެ އަމިއްލަ މާލިއްޔަތުން 66 މިލިއަން ޑޮލަރު ޚަރަދު ކޮށްފައިވާއިރު، ރިއަލް އެސްޓޭޓާއި އެސެޓް މެނޭޖްމަންޓާއި، އެފަދަ އެހެން ދާއިރާތަކުން މީހުން ތަމްރީނުކުރުމަށް ޓްރަމްޕް ހިންގަވާ ޓްރަމްޕް ޔުނިވަރސިޓީ އާއި ދެކޮޅަށް ކޮށްފައިވާ ފްރޯޑްގެ ދައުވާއަކާއި ގުޅިގެން އެމަނިކުފާނަށް 25 މިލިއަން ޑޮލަރުގެ ގެއްލުން ވެފައިވެއެވެ.

މި އަހަރުވެސް އެމެރިކާގެ އެންމެ މުއްސަނދި މީހެއްގެ ގޮތުގައި މައިކްރޯސޮފްޓްގެ އެއް ބާނީ، ބިލް ގޭޓްސް ރޭންކު ކުރެވުނުއިރު، އޭނާގެ މާލިއްޔަތުގައި މި އަހަރު 89 ބިލިއަން ޑޮލަރު ހުރިކަމަށް ފޯބްސް އިން ވަނީ ބުނެފައެވެ. މިއީ 2016 ވަނަ އަހަރު ބިލް ގޭޓްސްގެ މާލިއްޔަތުގައި ހުރި ފައިސާއަށްވުރެ 8 ބިލިއަން ޑޮލަރު އިތުރު އަދަދެކެވެ.

މި އަހަރު ލިސްޓުގައި ހިމެނިފައިވާ އެމެރިކާގެ ހުރިހާ މުއްސަނދިންގެ ޖުމްލަ މާލިއްޔަތުގެ އަދަދު 2.7 ޓްރިލިއަނަށް އަރައެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

3

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

4

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

5

ސީރިއާގެ ކުރީގެ ރައީސް ބައްޝާރުލް އަސަދު އާއި އޭނާގެ އަރިސް އާތިފް ނަޖީބު މަރާލަން ހުކުމްކޮށްފި

އިތުރަށް ކިޔާލަން

27 ފެބުރުއަރީ 2017

އަންނަ އަހަރު އެމެރިކާގެ ޑިފެންސް ބަޖެޓަށް 54 ބިލިއަން ޑޮލަރު ހުށަހަޅައިފި

27 ފެބުރުއަރީ 2017
އަންނަ އަހަރު އެމެރިކާގެ ޑިފެންސް ބަޖެޓަށް 54 ބިލިއަން ޑޮލަރު ހުށަހަޅައިފި
27 ފެބުރުއަރީ 2017

މިއަހަރުގެ ވައިޓް ހައުސް ކޮރެސްޕޮންޑެންޓްސް ޑިނާ އަށް ރައީސް ޓްރަމްޕް ވަޑައިނުގަންނަވާނެ

27 ފެބުރުއަރީ 2017
މިއަހަރުގެ ވައިޓް ހައުސް ކޮރެސްޕޮންޑެންޓްސް ޑިނާ އަށް ރައީސް ޓްރަމްޕް ވަޑައިނުގަންނަވާނެ
25 ފެބުރުއަރީ 2017

އިރާގުން ފުރަތަމަ ފަހަރަށް ސީރިޔާގައި ހަރަކާތްތެރިވާ އައިއެސްއަށް ހަމަލާ ދީފި

25 ފެބުރުއަރީ 2017
އިރާގުން ފުރަތަމަ ފަހަރަށް ސީރިޔާގައި ހަރަކާތްތެރިވާ އައިއެސްއަށް ހަމަލާ ދީފި
21 ފެބުރުއަރީ 2017

ސައުދީ ސްޓޮކް އެކްސްޗޭންޖް އިން ފުރަތަމަ ފަހަަރަށް އަންހެންބޭފުޅަކު، އެތަނުގެ ޗެއާޕާސަން ކަމަށް އައްޔަން ކުރައްވައިފި

21 ފެބުރުއަރީ 2017
ސައުދީ ސްޓޮކް އެކްސްޗޭންޖް އިން ފުރަތަމަ ފަހަަރަށް އަންހެންބޭފުޅަކު، އެތަނުގެ ޗެއާޕާސަން ކަމަށް އައްޔަން ކުރައްވައިފި
06 ފެބުރުއަރީ 2017

ފަސް އަހަރުގެ ތުއްތު ކުއްޖަކު މަންމައާ އަލުން ގުޅުމުގެ ސަބަބުން ޕާކިސްތާނުގެ ޝުކުރު އިންޑިއާ އަށް

06 ފެބުރުއަރީ 2017
ފަސް އަހަރުގެ ތުއްތު ކުއްޖަކު މަންމައާ އަލުން ގުޅުމުގެ ސަބަބުން ޕާކިސްތާނުގެ ޝުކުރު އިންޑިއާ އަށް
30 ޖެނުއަރީ 2017

ޓްރަމްޕުގެ ވެރިކަމުގައި މަރުވި ފުރަތަމަ އެމެރިކާ ސިފައިންގެ މީހާ ޔަމަނުގައި މަރުވެއްޖެ

30 ޖެނުއަރީ 2017
ޓްރަމްޕުގެ ވެރިކަމުގައި މަރުވި ފުރަތަމަ އެމެރިކާ ސިފައިންގެ މީހާ ޔަމަނުގައި މަރުވެއްޖެ
25 ޖެނުއަރީ 2017

ސީރިޔާ ހަނގުރާމައިގެ ސުލްހައިގެ މަޝްވަރާތައް: ފުރަތަމަ ދުވަސް ކޮޅެއްގައި ނުޖެހުނު

25 ޖެނުއަރީ 2017
ސީރިޔާ ހަނގުރާމައިގެ ސުލްހައިގެ މަޝްވަރާތައް: ފުރަތަމަ ދުވަސް ކޮޅެއްގައި ނުޖެހުނު
17 ޖެނުއަރީ 2017

ހަނދުގައި އެންމެ ފަހުން ހިނގި އެސްޓްރޮނޯޓް ޖީން 82 އަހަރުގައި ނިޔާވެއްޖެ

17 ޖެނުއަރީ 2017
ހަނދުގައި އެންމެ ފަހުން ހިނގި އެސްޓްރޮނޯޓް ޖީން 82 އަހަރުގައި ނިޔާވެއްޖެ
14 ޖެނުއަރީ 2017

ވިހެއިތަނުން ވަގަށްނެގި ކުއްޖަކު 18 އަހަރު ފަހުން ފެނިއްޖެ

14 ޖެނުއަރީ 2017
ވިހެއިތަނުން ވަގަށްނެގި ކުއްޖަކު 18 އަހަރު ފަހުން ފެނިއްޖެ
13 ޖެނުއަރީ 2017

ރެފިއުޖީން ދަތިއަޅުވާ ވައްޓާލި އަންހެން ނޫސްވެރިޔާ އަށް ތިން އަހަރުގެ ހުކުމެއް

13 ޖެނުއަރީ 2017
ރެފިއުޖީން ދަތިއަޅުވާ ވައްޓާލި އަންހެން ނޫސްވެރިޔާ އަށް ތިން އަހަރުގެ ހުކުމެއް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް