Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއަދީބުގެ ބޭސްފަރުވާ

އަދީީބުގެ ބޭސްފަރުވާގެ ކަންކަން ބަލަހައްޓަމުންދާ ކަމަށް ކަރެކްޝަނުން އެއްބަސްވެއްޖެ

16 އޮކްޓޯބަރު 2017 | ހޯމަ 03:12

އަދީބުގެ ބޭސްފަރުވާގެ ކަންކަން ބަލަހައްޓަމުންދާ ކަމަށް ކަރެކްޝަނުން ކުރިން އެއްބަސްނުވޭ

އަޒުމޫން އަހުމަދު
އަޒުމޫން އަހުމަދު | 16 އޮކްޓޯބަރު 2017 | ހޯމަ 03:12
ކަރެކްޝަނުގެ ބެލުމުގެ ދަށުން އަދީބުގެ މައްޗަށް ހިންގާ ޝަރީއަތަކަށް ކޯޓަށް ހާޒިރުކުރަނީ

ކަރެކްޝަނުގެ ބެލުމުގެ ދަށުން އަދީބުގެ މައްޗަށް ހިންގާ ޝަރީއަތަކަށް ކޯޓަށް ހާޒިރުކުރަނީ

ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ ބޭސްފަރުވާގެ ކަންކަން ބަލަހައްޓަމުންދާ ކަމަށް މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް އިން އެއްބަސްވެއްޖެ އެވެ.

އަދީބުގެ އާއިލާއިން ބުނާ ގޮތުގައި ކަރެކްޝަނުން ދަނީ އަދީބުގެ ބޭސްފަރުވާއަށް ހުރަސް އަޅަމުންނެވެ. ނަމަވެސް، ކަރެކްޝަނުން ބުނަމުންދިޔައީ އަދީބު ހުންނެވީ ފުލުހުންގެ ބެލުމުގެ ދަށުގައި ކަމަށާއި ބެލުމުގެ ދަށުގައި ނެތް ފަރާތެއްގެ ބޭސްފަރުވާއަށް އެ ސަރވިސްއަށް އެޅޭނެ ހުރަހެއް ނޯންނާނެ ކަމަށެވެ.

Advertisement - newsAdvertisement

ފުލުހުންގެ ބުނާ ގޮތުގައި ފުލުހުން ބަލަހައްޓަމުން ގެންދަނީ އަދީބުގެ ސަލާމަތީ ކަންކަމެވެ. އެހެން ނަމަވެސް އަދީބުގެ ބޭސްފަރުވާގެ ކަންކަން ބަލަހައްޓަމުން ގެންދަނީ ކަރެކްޝަނުން ކަމަށް ފުލުހުން ބުނެ އެވެ.

މީގެ ކުރިން ކަރެކްޝަނުން ދިޔައީ އަދީބުގެ ބޭސްފަރުވާގެ ކަންކަން ބަލަހައްޓަމުންދާކަން ދޮގުކުރަމުންނެވެ.

އެހެން ނަމަވެސް، މިކަމުގައި ކަރެކްޝަނާއި ފުލުހުން ދައްކާ ވާހަކަ ދިމާނުވާތީ އެތައް ބައެއްގެ ފާޑުކިޔުން އަމާޒުވުމުން ކަރެކްޝަނުން ވަނީ އަދީބުގެ ބޭސްފަރުވާގެ ކަންކަން ބަލަހައްޓަމުންދާ ކަމަށް އެއްބަސްވެފަ އެވެ.

ކަރެކްޝަނުގެ މީޑިއާ އޮފިޝަލް ވިދާޅުވީ އަދީބުގެ ބޭސްފަރުވާގެ ކަންކަން ބަލަހައްޓަމުންނުދާ ކަމަށް އެއްފަހަރުވެސް ބުނެފައިނުވާނެ ކަމަށާއި އެ ސަރވިސް އިން ބުނަމުންދިޔައީ އަދީބު ހުންނެވީ ފުލުހުންގެ ބެލުމުގައި ދަށުގައި ކަމަށެވެ.

އޮފިޝަލް ވިދާޅުވީ އަދީބުގެ ބޭސްފަރުވާއަށް ހުރަސްއަޅަމުންނުދާ ކަމަށާއި، ހަމަޖެހިފައި އޮންނަ އުސޫލުގެ ދަށުން ބޭސްފަރުވާގެ ކަންކަން ބަލަހައްޓަމުންދާ ކަމަށެވެ.

އަދީބުގެ އާއިލާއިން އާދިއްތަ ދުވަހު ނެރުނު ބަޔާނެއްގައި ބުނީ އަދީބު އަވަހާރަކޮށްލަން މަސައްކަތް ކުރަމުންދާކަމަށް މަޢުލޫމާތު ލިބިފައި ވަނިކޮށް އަދީބު އައިޖީއެމްއެޗަށް ގެނެސް އިންޖެކްޝަނެއް ޖެހުމަށް މަސައްކަތް ކޮށްފައިވާ ކަމަށާއި އެހެން ނަމަވެސް އެކަމުގައި ޝައްކުތައް އުފެދޭތީ އާއިލާގެ ފަރާތުން ސޮއިކުރަން ދިން ލިޔުންތަކުގައި ސޮއި ކުރުމަށް އިއުތިރާޒު ކޮށްފައިވާނެ ކަމަށެވެ.

ލިޔުންތަކުގައި ސޮއިކުރުމަށް އިއުތިރާޒު ކުރުމުން އޭގެ ފަހުން އަދީބުގެ ބޭސްފަރުވާގެ ކަންކަން ހުއްޓާލާފައިވާ ކަމަށް ބަޔާނުގައި ބުނެފައިވެއެވެ.

އަދީބުގެ ސިއްޙީ ހާލުކޮޅު ދެރަވެ ފުރާނައަށް ގެއްލުން ވެދާނެ ކަމަށް ޑޮކްޓަރުންނާ ހަވާލާދީ އާއިލާ އާއި ވަކީލުން ދަނީ ބުނަމުންނެވެ. އަދީބުގެ އެތެރެހަށީގައި ސިސްޓް އުފެދިފައިވުމާއި ލޮލަށް ގްލޮކޮމާ ޖެހިފައިވުމާއި ކިޑްނީގައި ހިލަ އުފެދިފައިވާތީ ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށް ފޮނުވައިދިނުމަށް އާާއިލާއާއި ވަކީލުން ދަނީ އެދެމުންނެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

3

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

4

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

5

ސީރިއާގެ ކުރީގެ ރައީސް ބައްޝާރުލް އަސަދު އާއި އޭނާގެ އަރިސް އާތިފް ނަޖީބު މަރާލަން ހުކުމްކޮށްފި

އިތުރަށް ކިޔާލަން

21 އެޕްރީލު 2017

ބްރޯޑްކާސްޓިންގ ކޮމިޝަނުން ރާއްޖެޓީވީއާމެދު ކަންކަން ކުރަމުންދާގޮތް ޑިޕްލޮމެޓިކް މިޝަންތަކާ ހިއްސާކޮށްފި

21 އެޕްރީލު 2017
ބްރޯޑްކާސްޓިންގ ކޮމިޝަނުން ރާއްޖެޓީވީއާމެދު ކަންކަން ކުރަމުންދާގޮތް ޑިޕްލޮމެޓިކް މިޝަންތަކާ ހިއްސާކޮށްފި
19 އެޕްރީލު 2017

ސަރުކާރުން ކަންކަން ކުރަނީ ރައްޔިތުންގެ ހައްގުގައިކަން ބޭރު ފަރާތްތަކަށް ހާމަކޮށްދެންޖެހޭ: ރައީސް ޔާމީން

19 އެޕްރީލު 2017
ސަރުކާރުން ކަންކަން ކުރަނީ ރައްޔިތުންގެ ހައްގުގައިކަން ބޭރު ފަރާތްތަކަށް ހާމަކޮށްދެންޖެހޭ: ރައީސް ޔާމީން
14 މާރިޗު 2017

އެޗްވަންއެންވަން ފެތުރުން: ކަންކަން ސިއްރުކުރުން، ދޮގު ހެދުން އިންތިހާ!

14 މާރިޗު 2017
އެޗްވަންއެންވަން ފެތުރުން: ކަންކަން ސިއްރުކުރުން، ދޮގު ހެދުން އިންތިހާ!
06 މާރިޗު 2017

އިލެކްޝަން ކޮމިޝަނުން ނާއިންސާފުން ކުރާކަންކަން ހާމަކުރާނީ އިއްތިހާދުން: ޝިފާ

06 މާރިޗު 2017
އިލެކްޝަން ކޮމިޝަނުން ނާއިންސާފުން ކުރާކަންކަން ހާމަކުރާނީ އިއްތިހާދުން: ޝިފާ
01 މާރިޗު 2017

ސައުދީ އަރަބިއްޔާ ސިޔާދަތަށް އުނިކަން އަންނަ ފަދަ ކަންކަން ރާއްޖޭގައި ރާވަމުންދާ ކަމަށް ފުލުހުން އިޝާރާތްކޮށްފި

01 މާރިޗު 2017
ސައުދީ އަރަބިއްޔާ ސިޔާދަތަށް އުނިކަން އަންނަ ފަދަ ކަންކަން ރާއްޖޭގައި ރާވަމުންދާ ކަމަށް ފުލުހުން އިޝާރާތްކޮށްފި
20 ފެބުރުއަރީ 2017

ގެމަނަފުށީ ކައުންސިލް އިދާރާގެ 2015 ވަނަ އަހަރުގެ މާލީ ކަންކަން އޮޑިޓް ކުރެވޭ ގޮތެއް ނުވި

20 ފެބުރުއަރީ 2017
ގެމަނަފުށީ ކައުންސިލް އިދާރާގެ 2015 ވަނަ އަހަރުގެ މާލީ ކަންކަން އޮޑިޓް ކުރެވޭ ގޮތެއް ނުވި
20 ފެބުރުއަރީ 2017

ފަނޑިޔާރުގޭގެ ކަންކަން ނިންމަނީ ފައިސާއިން، އަދަބު ދިނަސް މިވާހަކަ ދައްކަންޖެހޭ: އަލީ އާޒިމް

20 ފެބުރުއަރީ 2017
ފަނޑިޔާރުގޭގެ ކަންކަން ނިންމަނީ ފައިސާއިން، އަދަބު ދިނަސް މިވާހަކަ ދައްކަންޖެހޭ: އަލީ އާޒިމް
02 ފެބުރުއަރީ 2017

15 ދުވަހުގެ ތެރޭގައި ހުޅުދެލީ ސްކޫލްގެ ކަންކަން ރަނގަޅު ނުކޮށްފިނަމަ އަނެއްކާވެސް މުޒާހަރާ ކުރާނަން: ބެލެނެވެރިން

02 ފެބުރުއަރީ 2017
15 ދުވަހުގެ ތެރޭގައި ހުޅުދެލީ ސްކޫލްގެ ކަންކަން ރަނގަޅު ނުކޮށްފިނަމަ އަނެއްކާވެސް މުޒާހަރާ ކުރާނަން: ބެލެނެވެރިން
16 ޖެނުއަރީ 2017

ކަންކަން ހައްލުކުރެވޭނީ ހަމައެކަނި ރައްޔިތުންގެ އިންޤިލާބަކުން: ޑރ. މުސްތަފާ

16 ޖެނުއަރީ 2017
ކަންކަން ހައްލުކުރެވޭނީ ހަމައެކަނި ރައްޔިތުންގެ އިންޤިލާބަކުން: ޑރ. މުސްތަފާ
16 ޖެނުއަރީ 2017

ގައިދީންގެ އަދަބު ލުއިކޮށްދިނުމަށްޓަކައި ގާނޫނީ ގޮތުން ކުރަންޖެހޭ ކަންކަން އޮތީ ނިމުމުގެ މަރުހަލާގައި: އަޒްލީން

16 ޖެނުއަރީ 2017
ގައިދީންގެ އަދަބު ލުއިކޮށްދިނުމަށްޓަކައި ގާނޫނީ ގޮތުން ކުރަންޖެހޭ ކަންކަން އޮތީ ނިމުމުގެ މަރުހަލާގައި: އަޒްލީން
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް