Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެޖަލުގައި މަރު ގިނަވުން

ޖަލުތަކުގެ މަރުގެ މައްސަލަތައް ތަހްގީގުކުރަން މިނިވަން ކޮމިޝަނެއް އުފެއްދުމަށް ރިޔާޒު ގޮވާލައްވައިފި

16 އޮކްޓޯބަރު 2017 | ހޯމަ 03:37

ސަރުކާރުގެ ގައުމީ ހިމާޔަތްތެރިކަމުގެ ވައުދު ފެއިލްވެއްޖެކަމަށް ރިޔާޒް ވިދާޅުވި

އާމިނަތު ނުޒުހާ
އާމިނަތު ނުޒުހާ | 16 އޮކްޓޯބަރު 2017 | ހޯމަ 03:37
ކިނބިދޫ ދާއިރާގެ މެންބަރު އަބުދުﷲ ރިޔާޒް

ކިނބިދޫ ދާއިރާގެ މެންބަރު އަބުދުﷲ ރިޔާޒް

ޖަލުތަކުގައި މީހުން މަރުވުން ގިނަވުމާއެކު އެ މައްސަލަ ސީދާ ރައީސް އަބުދުﷲ ޔާމީންގެ ބެއްލެވުމުގެ ދަށުން މިނިވަން ކޮމިޝަނަކުން ތަހުގީގުކުރުމަށް ކިނބިދޫ ދާއިރާގެ މެންބަރު އަބުދުﷲ ރިޔާޒު ގޮވަލައްވައިފިއެެވެ.

އާދިއްތަ ދުވަހުގެރޭ ރާއްޖެޓީވީގެ ފަލަސުރުޚީ ޕްރޮގްރަމްގައި ވާހަކަފުޅުދައްކަވަމުން ރިޔާޒް ވިދާޅުވީ އެސެޓް ރިކަވަރީ ކޮމިޝަނެއް އުފައްދަވައިގެން ފައިސާ ހޯދުމުގައި ސަރުކާރު އަވަދިނެތި އުުޅޭއިރު، ޖަލުތަކުގައި މީހުން މަރުވަމުންދާ މައްސަލަ ބަލައި ރައީސް އަބުދުﷲ ޔާމީން ދިވެހި ރައްޔިތުންނަށް ޖަވާބުދާރީވުން މާ ރަނގަޅުވާނެކަމަށެވެ.

Advertisement - newsAdvertisement

ދާދިފަހުން ހިނގައިދިޔަ އަބުދުﷲ ރަޝީދުގެ މަރާ ގުޅޭގޮތުން ރިޔާޒް ވިދާޅުވީ، އެއީ ސީދާ ސަރުކާރުގެ އިހުމާލު އެކުލެވޭ މަރެއްކަމަށާއި، އެކަމަށް ޒިންމާ ނަގައި، ސަރުކާރުން ޖަވާބުދާރީވާން ޖެހޭނޭކަމަށެވެ. ރައީސް ޔާމީން ވެރިކަމަށް ވަޑައިގަންނަވަމުން "ގައުމީ ހިމާޔަތްތެރިކަމޭ" ކިޔާ ވައުދެއް މެނިފެސްޓޯގައި ހިމެނި ނަމަވެސް އެ ވައުދު މަތިން ހަނދާން ނެތް ކަމަށް އޭނާ ވިދާޅުވި އެވެ.

ސަރުކާރުން އެއްވެސް ރައްޔިތަކަށް ހިމާޔަތް ނުދެވުނު އިރު، މި ސަރުކާރު ވެރިކަމަށް އައިފަހުން ދިވެހި އެތައް ޒުވާނުން ނެއް އަނިޔާވެރިކޮށް މަރާލަފައިވާކަމަށް ވެސް ރިޔާޒު ވިދާޅުވި އެވެ. އެމަރުތަކުގެ ތަހުގީގު ހިންގައި އިންސާފު ހޯދައި ނުދެވުމުގެ ނަތީޖާއަކީ، އެކަންކަން ތަކުރާރުވެ، ގޭންގްތަކަށްވެސް އިތުރު ހިތްވަރެއް ލިބުންކަމަށް ރިޔާޒް ވިދާޅުވިއެެވެ.

ގައުމުގެ ރައްޔިތުންގެ ހިމާޔަތާއި ރައްކާތެރިކަމުގެ ސިޔާސަތަށް ފާޑު ވިދާޅުވަމުން ރިޔާޒް ވިދާޅުވީ މާރާމާރީ އާއި، ގޭންގް ކުށްތައް ހުއްޓުވަން ސަރުކާރުގެ އެއްވެސް ސިޔާސަތެއް ނެތް އިރު އެކަންކަން ހުއްޓުވުމަށް އެއްވެސް މަސައްކަތެއް ނުކުރާކަމަށެވެ. އަދި ފުލުހުންގެ މުއައްސަސާއިންވެސް ގޭންގު ކުށްތައް ހިންގުމަށް އެކަށީގެންވާ މަސައްކަތްތައް ކުރާތަން ނުފެންނަކަމަށް ރިޔާޒް ވިދާޅުވިއެވެ.

މަރުގެ މައްސަލަތައް ތަހުގީގު ނުކުރެވިގެން ސަރުކާރުން އުޅެނީ ރައީސް ޔާމީންގެ ވެރިކަން ފަސޭހަކުރުމަށް އިދިކޮޅު ލީޑަަރުން ޖަލަށް ލާން ހަދައިގެންނެވެ

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

3

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

4

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

5

10 އަހަރު ވަންދެން ލޯބީގެ ގޮތުން ގުޅިގެން އުޅުމަށް ފަހު، ރޮނާލްޑޯ އާއި ޖޯޖީނާ ކައިވެނިކޮށްފި

އިތުރަށް ކިޔާލަން

25 ޖެނުއަރީ 2017

ކޯޓުގެ ހުކުމުން މީޑިޔާގެ މިނިވަންކަމަށް އޮތް ޕްރެޝަރ ހާމަވޭ: ޑޯރިސް

25 ޖެނުއަރީ 2017
ކޯޓުގެ ހުކުމުން މީޑިޔާގެ މިނިވަންކަމަށް އޮތް ޕްރެޝަރ ހާމަވޭ: ޑޯރިސް
23 ޖެނުއަރީ 2017

ކިނބުދޫ ދާއިރާގައި ހުރި މައްސަލަތައް ރިޔާޒު ޓްވިޓާއަށް އޮއްސާލައިފި

23 ޖެނުއަރީ 2017
ކިނބުދޫ ދާއިރާގައި ހުރި މައްސަލަތައް ރިޔާޒު ޓްވިޓާއަށް އޮއްސާލައިފި
21 ޖެނުއަރީ 2017

ރިސޯޓުގައި މަރުވި މީހާގެ މަރުގެ ތަހުގީގަށް ބްލަޑް ސާންޕަލް ނަގައިފި

21 ޖެނުއަރީ 2017
ރިސޯޓުގައި މަރުވި މީހާގެ މަރުގެ ތަހުގީގަށް ބްލަޑް ސާންޕަލް ނަގައިފި
19 ޖެނުއަރީ 2017

މައްސަލަތައް ހައްލުކުރެވޭނީ ޚަބަރު ލިޔާއިރު ރަނގަޅު އެންޓަނާއަކާއި ރަނގަޅު ފިލްޓަރެއް ގެންގުޅެގެން: ޝަހީބު

19 ޖެނުއަރީ 2017
މައްސަލަތައް ހައްލުކުރެވޭނީ ޚަބަރު ލިޔާއިރު ރަނގަޅު އެންޓަނާއަކާއި ރަނގަޅު ފިލްޓަރެއް ގެންގުޅެގެން: ޝަހީބު
13 ޖެނުއަރީ 2017

މިނިވަން އިންސާފުވެރި އިންތިޚާބެއް ހޯދުމަށް ގޮވާލައި އެމްޔޫއޯއިން އެއްވުމެއް ބާއްވަނީ

13 ޖެނުއަރީ 2017
 މިނިވަން އިންސާފުވެރި އިންތިޚާބެއް ހޯދުމަށް ގޮވާލައި އެމްޔޫއޯއިން އެއްވުމެއް ބާއްވަނީ
10 ޖެނުއަރީ 2017

ހައުސިންގ މިނިސްޓްރީގެ އޮޑިޓް ރިޕޯޓުގައި ހުރި މައްސަލަތައް މިދަނީ ބަލަމުން:އޭސީސީ

10 ޖެނުއަރީ 2017
ހައުސިންގ މިނިސްޓްރީގެ އޮޑިޓް ރިޕޯޓުގައި ހުރި މައްސަލަތައް މިދަނީ ބަލަމުން:އޭސީސީ
10 ޖެނުއަރީ 2017

ހަތަރު ބިލިއަން ރުފިޔާ ހިމެނޭ ދަރަނީގެ މައްސަލަތައް މިދިޔަ އަހަރު ސާބިތުވި: ސިވިލް ކޯޓް

10 ޖެނުއަރީ 2017
ހަތަރު ބިލިއަން ރުފިޔާ ހިމެނޭ ދަރަނީގެ މައްސަލަތައް މިދިޔަ އަހަރު ސާބިތުވި: ސިވިލް ކޯޓް
09 ޖެނުއަރީ 2017

ޝަރުއީ ކޯޓުތަކުގެ ސަބަބުން މިނިވަން އިންސާފުވެރި އިންތިހާބެއް ނުބޭއްވޭނެ: އަނަސް

09 ޖެނުއަރީ 2017
ޝަރުއީ ކޯޓުތަކުގެ ސަބަބުން މިނިވަން އިންސާފުވެރި އިންތިހާބެއް ނުބޭއްވޭނެ: އަނަސް
06 ޖެނުއަރީ 2017

ނިމިގެންދިޔަ އަހަރު ޑްރަގް ކޯޓަށް ހުށަހެޅުނު މައްސަލަތައް އިތުރުވެއްޖެ

06 ޖެނުއަރީ 2017
ނިމިގެންދިޔަ އަހަރު ޑްރަގް ކޯޓަށް ހުށަހެޅުނު މައްސަލަތައް އިތުރުވެއްޖެ
06 ޖެނުއަރީ 2017

މިނިވަން އިންސާފްވެރި އިންތިހާބެއް ހޯދުމަށް ގޮވާލާ އެމްޔޫއޯގެ ޖަލްސާއެއް ބ. އަތޮލޫގައި

06 ޖެނުއަރީ 2017
މިނިވަން އިންސާފްވެރި އިންތިހާބެއް ހޯދުމަށް ގޮވާލާ އެމްޔޫއޯގެ ޖަލްސާއެއް ބ. އަތޮލޫގައި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް