Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެސައިނާ ޕެނިންސޫލާ

ސައިނާގައި ދިން ހަމަލާތަކެއްގައި މިސްރު ސިފައިންގެ ތިން މީހަކު މަރާލައިފި

މިހަމަލާގައި 3 މީހަކު މަރުވެ، 11 މީހަކު ޒަޚަމްވެފައިވޭ

މުޙައްމަދު ޒާހިރު
މުޙައްމަދު ޒާހިރު | 15 އޮކްޓޯބަރު 2017 | އާދީއްތަ 18:37
ސައިނާ ޕެނިންސޫލާގައި މިސްރުގެ އަސްކަރީ ފައުޖުތައް ހަރަކާތްތެރިވަނީ

ސައިނާ ޕެނިންސޫލާގައި މިސްރުގެ އަސްކަރީ ފައުޖުތައް ހަރަކާތްތެރިވަނީ

މިސްރުގެ ސައިނާ ޕެނިންސޫލާގައި އިސްލާމިކް ސްޓޭޓްގެ ހަނގުރާމަވެރިން ކަމަށް ބެލެވޭ ބަޔަކު ދިން ހަމަލާތަކެއްގައި މިސްރު ސިފައިންގެ ތިން މީހަކު މަރާލައިފި އެވެ.

މިސްރުގެ ސަލާމަތީ އަދި ސިއްހީ އޮފިޝަލުންނާއި ހަވާލާދީ އެސޯސިއޭޓެޑް ޕްރެސް (އޭޕީ) އިން ބުނީ، ސައިނާ ޕެނިންސޫލާގައި ހަމަނުޖެހުން ބޮޑު އުތުރުގެ ސަރަޙައްދުގައި ހުރި މިސްރުގެ އަސްކަރީ 6 ޗެކްޕޮއިންޓަކަށް ހަމަލާދީފައިވާ ކަމަށެވެ. އަދި މިހަމަލާތަކުގައި މިސްރުގެ ސިފައިންގެ 3 މީހަކު މަރުވެ، 11 މީހަކު ޒަޚަމްވެފައިވާ ކަމަށް އޭޕީން ރިޕޯޓް ކޮށްފައިވެއެވެ.

ސައިނާ ޕެނިންސޫލާގެ އުތުރުގައި ޝެއިޚް ޒްވެއިދު އަވަށުގެ ކައިރީގައި އާދީއްތަ ދުވަހު ދިން ހަމަލާގައި މަރުވި މީހުންގެ އަދަދު އިތުރުވުން އެކަށީގެންވާ ކަމަށް ރިޕޯޓްތައް ބުނެ އެވެ.

ނަން ހާމަކުރަން ނޭދޭ އޮފިޝަލަކާއި ހަވާލާދީ އޭޕީ އިން ބުނީ، މިއީ އިސްލާމިކް ސްޓޭޓްގެ ހަނގުރާމަވެރިންގެ ހަމަލާތަކެއް ކަމަށް ބެލެވޭ ކަމަށާއި، އަސްކަރީ ޗެކްޕޮއިންޓް ތަކަށް ހަމަލާދީފައިވަނީ ފުލުފުލުގައި ކަމަށެވެ.

ފަލަސްތީނުގެ ޣައްޒާ އަދި އިޒްރޭލާއި ސަރަހައްދީ ރޮނގު ހިއްސާކުރާ، ސައިނާގެ އުތުރުގައި ގާއިމްވެފައިވާ ހަނގުރާމަވެރިންނާއި މިސްރުގެ ސަލާމަތީ ފައުޖުތަކާއި ދެމެދު ދޭތެރެދޭތެރެއިން ކުރިމަތިލުންތައް ހިނގައެވެ.

އެހެންނަމަވެސް، 2013 ވަނަ އަހަރު މިސްރުގެ ރައީސް މުޙައްމަދު މުރްސީގެ މުސްލިމް ބްރަދަހުޑްގެ ވެރިކަން އެޤައުމުގެ އަސްކަރިއްޔާގެ ބަޣާވާތަކުން ވައްޓާލިފަހުން އެސަރަޙައްދުގައި ހަނގުރާމަވެރިންނާއި މިސްރުގެ އަސްކަރިއްޔާގެ ފައުޖުތަކާއި ދެމެދު ހިނގާ ކުރިމަތިލުންތައް ވަނީ އިތުރުވެފައެވެ.

އެސަރަޙައްދުގައި ހަމަލާތައް އާއްމުވެފައިވާއިރު، ގިނަ ހަމަލާތަކުގެ ޒިންމާ ނަގާފައިވަނީ އިސްލާމިކް ސްޓޭޓްގެ ހަނގުރާމަވެރިންނާއި ގުޅުން އޮންނަ މިސްރުގެ ހަނގުރާމަވެރި ގްރޫޕަކުންނެވެ.

އިތުރަށް ކިޔާލަން

09 ފެބުރުއަރީ 2017

އެމެރިކާއިން ސީރިއާގައި ދިން ހަމަލާތަކެއްގައި އަލްގައިދާގެ 11 މީހުން މަރާލައިފި

09 ފެބުރުއަރީ 2017
އެމެރިކާއިން ސީރިއާގައި ދިން ހަމަލާތަކެއްގައި އަލްގައިދާގެ 11 މީހުން މަރާލައިފި
08 ފެބުރުއަރީ 2017

އިތުރުކުދިން އެޑޮޕްޓްކުރުމުގެ ހުއްދަ މެޑޯނާއަށް ދީފި

08 ފެބުރުއަރީ 2017
އިތުރުކުދިން އެޑޮޕްޓްކުރުމުގެ ހުއްދަ މެޑޯނާއަށް ދީފި
08 ފެބުރުއަރީ 2017

އަފްޣާނިސްތާނުގެ ސްޕްރީމް ކޯޓަށް ދިން ހަމަލާއެއް ގައި 21 މަރު

08 ފެބުރުއަރީ 2017
އަފްޣާނިސްތާނުގެ ސްޕްރީމް ކޯޓަށް ދިން ހަމަލާއެއް ގައި 21 މަރު
05 ފެބުރުއަރީ 2017

ޓްރަމްޕަށް ދިން ދައުވަތު ކެންސަލް ކުރުމަށް ގޮވާލައި އިނގިރޭސިވިލާތުގައި މުޒާހަރާކޮށްފި

05 ފެބުރުއަރީ 2017
ޓްރަމްޕަށް ދިން ދައުވަތު ކެންސަލް ކުރުމަށް ގޮވާލައި އިނގިރޭސިވިލާތުގައި މުޒާހަރާކޮށްފި
30 ޖެނުއަރީ 2017

ޓްރަމްޕުގެ ވެރިކަމުގައި މަރުވި ފުރަތަމަ އެމެރިކާ ސިފައިންގެ މީހާ ޔަމަނުގައި މަރުވެއްޖެ

30 ޖެނުއަރީ 2017
ޓްރަމްޕުގެ ވެރިކަމުގައި މަރުވި ފުރަތަމަ އެމެރިކާ ސިފައިންގެ މީހާ ޔަމަނުގައި މަރުވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު