ރައީސް ޔާމީން ޔޫއޭއީއަށް ވަޑައިގަންނަވަނީ
15 އޮކްޓޯބަރު 2017 | އާދީއްތަ 14:22ދަތުރުފުޅާއި ބެހޭ ތަފްޞީލް ރައީސް އޮފީހުން ނުދޭ

މިއުވާން މުހައްމަދު | 15 އޮކްޓޯބަރު 2017 | އާދީއްތަ 14:22

ރައީސް ޔާމީން
އޮކްޓޯބަރު 17ވަނަ ދުވަހު ރައީސް އަބްދުﷲ ޔާމީން ޔޫއޭއީއަށް ވަޑައިގަންނަވަން ހަމަޖެހިފައިވާކަމަށް ރާއްޖެ.އެމްވީއަށް އެނގިއްޖެއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި ރައީސް ޔާމީން ވަޑައިގަންނަވަނީ ޔޫއޭއީގެ ޑުބާއީއަށެވެ.
މިކަމާއި ގުޅޭގޮތުން ރައީސް އޮފީހުގެ ތަރުޖަމާން އިބްރާހިމް މުއާޒް އަލީއަށް ގުޅާލުމުން ވިދާޅުވީ ރައީސް ޔާމީންގެ ބައެއް ދަތުރުފުޅުތައް ރޭވިފައިވާކަމަށާއި، އެހެން ނަމަވެސް އެދަތުރުފުޅުތަކާއި ބެހޭ މައުލޫމާތު ހާމަކުރެވެން ނެތްކަމަށެވެ. ރައީސް ޔާމީން ޑުބާއީއަށް ވަޑައިގަންނަވަނީ ރަސްމީ ދަތުރުފުޅެއްގައިތޯ ނުވަތަ އަމިއްލަފުޅު ދަތުރެއްގައިތޯ ކަށަވަރެއް ނުވެއެވެ. ޔޫއޭއީއަކީ ސައޫދީ އާއިއެކު ޤަތަރާރިއެކު އޮންނަ ގުޅުން ކަނޑާލި އެއްޤައުމެވެ.









