Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުސާޖިއޯ އަގުއޭރޯ

ސިޓީއަށް މެސީ ގެންނަން ބޭނުން: އަގުއޭރޯ

12 އޮކްޓޯބަރު 2017 | ބުރާސްފަތި 15:07

މެސީ ގެނައުމުގައި ސިޓީއަށް ފައިސާއަކީ އެއްވެސް މައްސަލަ އަކަށް ނުވާނެ

އަހްމަދު ސާއިފް ޝިޔާދް
އަހްމަދު ސާއިފް ޝިޔާދް | 12 އޮކްޓޯބަރު 2017 | ބުރާސްފަތި 15:07
އަގުއޭރޯ އަދި މެސީ

އަގުއޭރޯ އަދި މެސީ

މެންޗެސްޓާ ސިޓީއަށް ބާސެލޯނާއަށް ކުޅެމުން އަންނަ އާޖެންޓީނާގެ ކެޕްޓަން ލިއޮނެލް މެސީ ގެންނަން ބޭނުންވާ ކަމަށް އެ ޓީމުގެ ފޯވާޑް ސާޖިއޯ އަގުއޭރޯ ބުނެފިއެވެ.

ބުދަ ދުވަހުގެ ރޭ އާޖެންޓީނާއަށް ވޯލްޑް ކަޕްގެ ޖާގައެއް ކަށަވަރު ކޮށްދިން މެސީ ސިޓީއަށް ގެންނަން ބޭނުންވާ ކަމަށް "ޓީވައިސީ ސްޕޯޓްސް" އާ ވާހަކަ ދައްކަމުން އަގުއެރޯ ވަނީ ބުނެފައެވެ. މޭކަށިގަނޑަށް ލިބުނު އަނިޔާއެއްގެ ސަބަބުން މި މެޗުގައި ނުކުޅެވުނު އަގުއޭރޯ، ސިޓީއަށް މެސީ ގެންނަން ބޭނުންވާ ކަމަށް ބުނިއިރު މެސީ ބާސާއާއެކު ހަދާފައިވާ ކޮންޓްރެކްޓް އަދި އާކޮށްފައެއް ނުވެއެވެ.

ބާސާއާއެކު އޭނާ ހަދާފައިވާ ކޮންޓްރެކްޓްގައި ބާކީ އެއް އަހަރު އޮތް އިރު އަންނަ ޖެނުއަރީ މަހުގެ ކުރިން އޭނާ އާ ކޮންޓްރެކްޓެއްގައި ސޮއި ނުކޮށްފިނަމަ އެހެން ކްލަބުތަކުން މެސީ އަށް ކޮންޓްރެކްޓް ހުށަހެޅުމުގެ ފުރުސަތު ހުޅުވިގެން ދާނެއެވެ.

އަގުއޭރޯ ބުނެފައިވަނީ މެސީ ގެނައުމުގައި ސިޓީއަށް ފައިސާއަކީ އެއްވެސް މައްސަލަ އަކަށް ނުވާނެ ކަމަށާއި އެހެނަސް ބާސާގެ ނިޝާނެއް އެ ކްލަބުން ގެނައުމަކީ ނުވާނެ ކަމެ ކަމަށެވެ. އެގޮތުން ކްރިސްޓިއާނޯ ރޮނާލްޑޯ އާއި ލިއޮނެލް މެސީ އަކީ އެ ދެ ކުޅުންތެރިން ކުޅޭ ކްލަބުތަށް ރަމްޒުކޮށްދޭ އެންމެ ވަރުގަދަ ނިޝާންތަށް ކަމަށާއި އެހެންކަމުން ތަފާތު ކްލަބަކަށް އެފަދަ ކުޅުންތެރިން ގެނައުމަށް ކުރެވޭ މަސައްކަތުގެ ނަތީޖާ ނުފެންނާނެ ކަމަށެވެ.

ހަމައެހެންމެ ސިޓީއަށް މެސީ ގެންނަން ބޭނުންވާ ކަމަށާއި އޭނާއަކީ ކޮންމެ ދަނޑިވަޅެއްގައިވެސް މެޗު ބަދަލުކޮށްލުމުގެ ހުނަރު ލިބިފައިވާ ކުޅުންތެރިއެއް ކަމަށް އަގުއޭރޯ ބުނެފައިވެއެވެ. އޭނާ އާއި ކުރިމަތިވި އެކްސިޑެންޓާ ބެހޭގޮތުން އަގުއޭރޯ ބުނެފައިވަނީ ހުސް ދެ ދުވަސް ލިބުމުން އޭނާ ނިންމީ އެމްސްޓަޑެމްއަށް ދާން ކަމަށާއި އެފަދަ ނުރައްކާތެރި ކަމަކާއި ދިމާވެދާނެ ކަމަށް ދުވަހަކުވެސް ގަބޫލް ނުކުރެވޭ ކަމަށެވެ. އަގުއޭރޯ ވަނީ އާދިއްތަ ދުވަހުގެ މެޗުގައި އޭނާ ފެނިދާނޭ ކަމުގެ އިޝާރާތެއް ވެސް ދީފައެވެ.

ސިޓީގެ ތާރީޚުގައި އެންމެ ގިނަ ލަނޑު ޖަހާފައިވާ އެރިކް ބްރޫކްގެ 177 ލަނޑުގެ ރެކޯޑާއި އަރާ ހަމަކުރަން އަގުއޭރޯ އަށް ބޭނުން ވަނީ އެންމެ ލަނޑެކެވެ.

މެންޗެސްޓަރ ސިޓީ މިވަގުތު އޮތީ ލަނޑުގެ ތަފާތުން އިނގިރޭސި ޕްރިމިއަރ ލީގު ތާވަލްގެ ކުރީގައެވެ. ލީގުގެ ދެވަނާގައިވާ މެންޗެސްޓަރ ޔުނައިޓެޑް އަދި ސިޓީ އަށް ވެސް ލިބިފައި ވަނީ 19 ޕޮއިންޓެވެ. ޔުނައިޓެޑަށް ފައިދާ 19 ލަނޑު އޮތްއިރު، ސިޓީ އަށް ފައިދާ 20 ލަނޑު އެބައޮތެވެ.

އިނގިރޭސި ޕްރިމިއަރ ލީގުގައި ހޮނިހިރު ދުވަހު ސިޓީ ނުކުންނާނީ ސްޓޯކް ސިޓީއާ ދެކޮޅަށެވެ.

އިތުރަށް ކިޔާލަން

22 ފެބުރުއަރީ 2017

ޔުނައިޓެޑްދެކެ ވަރަށް ލޯބެވޭ، ކްލަބުގައި މަޑުކުރަން ބޭނުން: މާޝިއާލް

22 ފެބުރުއަރީ 2017
ޔުނައިޓެޑްދެކެ ވަރަށް ލޯބެވޭ، ކްލަބުގައި މަޑުކުރަން ބޭނުން: މާޝިއާލް
16 ފެބުރުއަރީ 2017

ރެއާލްގައި ދިގު މުއްދަތެއް ހޭދަކުރަން ބޭނުން: ހަމޭސް ރޮޑްރިގޭޒް

16 ފެބުރުއަރީ 2017
ރެއާލްގައި ދިގު މުއްދަތެއް ހޭދަކުރަން ބޭނުން: ހަމޭސް ރޮޑްރިގޭޒް
16 ފެބުރުއަރީ 2017

އާސެނަލްގެ ވިލްޝެއާ ސިޓީއަށް ގެންދަން ގާޑިއޯލާ ބޭނުންވޭ: ޒަވީ

16 ފެބުރުއަރީ 2017
އާސެނަލްގެ ވިލްޝެއާ ސިޓީއަށް ގެންދަން ގާޑިއޯލާ ބޭނުންވޭ: ޒަވީ
15 ފެބުރުއަރީ 2017

ކޯޗުކަމުން ޝާޒް ވަކިކޮށް ސުޒެއިން ގެނައީ ހާސިލްކުރަން ބޭނުންވާ ކަންތައް ނުވެދާނެތީ: ނަޒީމް

15 ފެބުރުއަރީ 2017
ކޯޗުކަމުން ޝާޒް ވަކިކޮށް ސުޒެއިން ގެނައީ ހާސިލްކުރަން ބޭނުންވާ ކަންތައް ނުވެދާނެތީ: ނަޒީމް
09 ފެބުރުއަރީ 2017

ޖިރޫއާއެކު އާސެނަލްގައި ކުޅެން ބޭނުންވޭ: އޮންރީ

09 ފެބުރުއަރީ 2017
ޖިރޫއާއެކު އާސެނަލްގައި ކުޅެން ބޭނުންވޭ: އޮންރީ
07 ފެބުރުއަރީ 2017

ކެވިން ލަވް ޓްރޭޑްކޮށް، ކާމެލޯ އެންތަނީ ކެވެލިއަރސްއަށް ގެންނަން މަސައްކަތެއް ނުކުރަން: ލެބްރޯން ޖޭމްސް

07 ފެބުރުއަރީ 2017
ކެވިން ލަވް ޓްރޭޑްކޮށް، ކާމެލޯ އެންތަނީ ކެވެލިއަރސްއަށް ގެންނަން މަސައްކަތެއް ނުކުރަން: ލެބްރޯން ޖޭމްސް
14 ޖެނުއަރީ 2017

ނޭޕާލް ބަލިކޮށް އީރާނަށް ވަރުގަދަ ރައްދެއް ދޭން ބޭނުން: އަދީލް

14 ޖެނުއަރީ 2017
ނޭޕާލް ބަލިކޮށް އީރާނަށް ވަރުގަދަ ރައްދެއް ދޭން ބޭނުން: އަދީލް
10 ޖެނުއަރީ 2017

ލޯނެއްގެ ދަށުން ބަޓްޝުއާއީ ގެންނަން ވެސްޓްހަމްއިން ޝައުގުވެރިވޭ

10 ޖެނުއަރީ 2017
ލޯނެއްގެ ދަށުން ބަޓްޝުއާއީ ގެންނަން ވެސްޓްހަމްއިން ޝައުގުވެރިވޭ
07 ޖެނުއަރީ 2017

ސަންޗޭޒް ބޭނުންވަނީ އާސެނަލްގައި މަޑުކުރަން، ރަނގަޅު އެއްބަސްވުމެއް ހެދޭނެ: ވެންގާ

07 ޖެނުއަރީ 2017
ސަންޗޭޒް ބޭނުންވަނީ އާސެނަލްގައި މަޑުކުރަން، ރަނގަޅު އެއްބަސްވުމެއް ހެދޭނެ: ވެންގާ
04 ޖެނުއަރީ 2017

ޔުނައިޓެޑް ދޫކޮށްލަން ބޭނުންވާ ކަމަށް ޑިޕޭ ބުނެފި

04 ޖެނުއަރީ 2017
ޔުނައިޓެޑް ދޫކޮށްލަން ބޭނުންވާ ކަމަށް ޑިޕޭ ބުނެފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް