Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެރައްޔިތުންގެ މަޖިލިސް

ސިފައިން ލައްވައި މަޖިލިސް ޚަރާބު ކުރަނީ ޤާނޫނާއި ޚިލާފަށް: ރައީސް ނަޝީދު

12 އޮކްޓޯބަރު 2017 | ބުރާސްފަތި 13:42

ރައްޔިތުންގެ މަޖިލިސް ވަނީ ހިޞާރުކޮށްފައި

އިސްމާއިލް ނާއިލް ނަޝީދު
އިސްމާއިލް ނާއިލް ނަޝީދު | 12 އޮކްޓޯބަރު 2017 | ބުރާސްފަތި 13:42
ރައްޔިތުންގެ މަޖިލީހުގެ އެތެރޭގައި ސިފައިން ހަރަކާތްތެރިވަނީ

ރައްޔިތުންގެ މަޖިލީހުގެ އެތެރޭގައި ސިފައިން ހަރަކާތްތެރިވަނީ

ސިފައިން ލައްވައި މަޖިލިސް ޚަރާބު ކުރަނީ ޤާނޫނާއި ޚިލާފަށް ކަމަށް ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ބުރާސްފަތި ދުވަހު ރައީސް ނަޝީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ރައްޔިތުންގެ މަޖިލިސް ހިޞާރުކޮށް، އެ މަޖިލިސް ޚަރާބުކުރުމުގައި ދިވެހި ސިފައިން ލައްވައި އަމަލު ކުރުވަނީ ކަނޑައެޅިގެން ޤާނޫނާއި ޚިލާފަށް ކަމަށެވެ.

Advertisement - newsAdvertisement

ރައީސް ނަޝީދު މިފަދައިން ޓްވީޓް ކުރައްވާފައިވާއިރު ފަހަކަށް އައިސް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާ ބާއްވާ ކޮންމެ ދުވަހަކު ސިފައިން ދަނީ ރައްޔިތުންގެ މަޖިލީހުގެ ތެރޭގައި ހަރަކާތްތެރިވެ، ސަރުކާރަށް ތާޢީދު ނުކުރާ މެންބަރުންނަށް އެކި ޒާތުގެ ދުއްތުރާތައް ކުރަމުންނެވެ.

މަޖިލީހުގެ ތެރެއިން ސިފައިންގެ މިފަދަ އަމަލުތައް ފާޅުކަންބޮޑު ގޮތެއްގައި ފެންނަން ފަށާފައިވަނީ މި އަހަރުގެ ޖުލައި މަހުގެ 24 ވަނަ ދުވަހު، ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ވައްދާފައިވަނިކޮށް ރައްޔިތުންގެ މަޖިލީހުގެ ބައެއް މެންބަރުން މަޖިލީހަށް ވަޑައިގަތުމާއި ގުޅިގެންނެވެ. އޭގެ ފަހުން ޖުލައި 31 ވަނަ ދުވަހުވެސް މަޖިޅިހުގައި ވަނީ މިފަދަ ކަންތައްތަކެއް ހިނގާފައެވެ.

އެދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއަށް ސިފައިން ވަދެ، މެންބަރުންގެ ގަޔަށް އަތްލައި ހިންގި ކަންތައްތަކަށް ފަހު، މަޖިލީހުގެ ސެކިއުރިޓީ ބަލަހައްޓާ ސިފައިންގެ ސްޕެޝަލް ޕްރޮޓެކްޝަން ގްރޫޕް (އެސްޕީޖީ)ގެ އޮފިސަރުންނާ އޯގަސްޓް 1 ވަނަ ދުވަހުގެރޭ ބައްދަލުކުރައްވައި ޑިފެންސް މިނިސްޓަރ އާދަމް ޝަރީފް އުމަރު ވަނީ، ސިފައިން މަސައްކަތް ކުރަމުން ދަނީ ގާނޫނީ އިމުގެ ތެރެއިން ކަމަށާއި އެ މަސައްކަތުގައި ގޯހެއް ނުހަދާ ކުރިއަށް ދެވޭނެ ކަމުގެ ސައްތައިންސައްތަ ޔަގީންކަން އެބައޮތް ކަމަށް ވިދާޅުވެފައެވެ.

އެ ބައްދަލުވުމުގައި މިނިސްޓަރު ދެއްކެވި ވާހަކަފުޅު ލީކުވެފައިވާއިރު، މިނިސްޓަރު ވިދާޅުވެފައި ވަނީ ސިފައިންގެ ލީޑަޝިޕުން މަސްލަހަތު ގެއްލޭ އެއްވެސް ކަމެއް ނުކުރާނެ ކަމަށާއި ސިފައިންގެ ވެރިންގެ ޓޮލަރެންސް މާބޮޑުވާނެ ކަމަށެވެ.

"އަޅުގަނޑަށް ޔަގީން އަޅުގަނޑަށް ވުރެ މިތަނުގައި ތިއްބެވި ވެރިންގެ ޓޮލަރެންސް މާބޮޑުވާނެ، އެހެންނޫންނަމަ މިއަދަކީ އަޅުގަނޑު އެތަނަށް ގެންގޮއްސަ ހުރި ނަމަ މިއަދު އަޅުގަނޑު ކޮންމެވެސް މީހެއްގެ ދަތްދޮޅި ދުއްވާލީމުސް. އެކަމަކު އަޅުގަނޑަށް އެނގޭ އެއަށް ވުރެ މާރަނގަޅަށް މާ ރީތި އަދި ހަގީގަތުގައި އަޅުގަނޑުމެން އަބަދުވެސް އަޑުއަހާ ގޮތަށް ކެތްތެރިކަމާއެކީގައި ވަރަށް އިޚްލާސްތެރިކަމާއެކީގައި މަސައްކަތް ކުރައްވަމުން ތި ގެންދެވީ،" މިނިސްޓަރު ވިދާޅުވެފައިވެ އެވެ.

ކޮންމެވެސް މީހެއްގެ ދަތްދޮޅު ދުއްވާލީމުސް ކަމަށް މިނިސްޓަރު ވިދާޅުވެފައިވާއިރު، ބެލެވޭ ގޮތުގައި އެ އިޝަރާތް ކުރައްވަނީ އެ ދުވަހުގެ ޖަލްސާގައި އިހުތިޖާޖް ކުރި އިދިކޮޅު ސިޔާސީ ޕާޓީތަކަށް ނިސްބަތްވާ މެންބަރުންނަށެވެ.

އެންމެ ހިނގާ

1

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

2

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

3

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

4

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

5

10 އަހަރު ވަންދެން ލޯބީގެ ގޮތުން ގުޅިގެން އުޅުމަށް ފަހު، ރޮނާލްޑޯ އާއި ޖޯޖީނާ ކައިވެނިކޮށްފި

އިތުރަށް ކިޔާލަން

20 ޖެނުއަރީ 2017

މުދާ އުފުލުމުގެ ގަވައިދާ ޚިލާފުވެއްޖެ ނަމަ 750 ރުފިޔާ އިން ޖޫރިމަނާ ކުރަނީ

20 ޖެނުއަރީ 2017
މުދާ އުފުލުމުގެ ގަވައިދާ ޚިލާފުވެއްޖެ ނަމަ 750 ރުފިޔާ އިން ޖޫރިމަނާ ކުރަނީ
18 ޖެނުއަރީ 2017

ރައްޔިތުންގެ މަޖިލީހުން ކުރަނީ އިހްލާސްތެރި މަސައްކަތްތަކެއް ނޫން: ޝިފާ

18 ޖެނުއަރީ 2017
ރައްޔިތުންގެ މަޖިލީހުން ކުރަނީ އިހްލާސްތެރި މަސައްކަތްތަކެއް ނޫން: ޝިފާ
17 ޖެނުއަރީ 2017

ރައީސް ޔާމީންގެ ފެކްޝަނަށް ޕީޕީއެމްގެ ޕްރައިމަރީއެއް ނުބޭއްވޭނެ، އެކަންކުރަނީ އަސާސީ ގަވައިދާ ހިލާފަށް: މައުމޫނު ފެކްޝަން

17 ޖެނުއަރީ 2017
ރައީސް ޔާމީންގެ ފެކްޝަނަށް ޕީޕީއެމްގެ ޕްރައިމަރީއެއް ނުބޭއްވޭނެ، އެކަންކުރަނީ އަސާސީ ގަވައިދާ ހިލާފަށް: މައުމޫނު ފެކްޝަން
16 ޖެނުއަރީ 2017

ހަތަރު ޤައުމެއްގެ ސިފައިން ބައިވެރިވާ ކޯސްޓްގާޑު ބޭސިކް ޑައިވިންގ ކޯހެއް އެމްއެންޑީއެފް އިން ފަށައިފި

16 ޖެނުއަރީ 2017
ހަތަރު ޤައުމެއްގެ ސިފައިން ބައިވެރިވާ ކޯސްޓްގާޑު ބޭސިކް ޑައިވިންގ ކޯހެއް އެމްއެންޑީއެފް އިން ފަށައިފި
15 ޖެނުއަރީ 2017

ބަންގްލަދޭޝްގައި ތިބި ދިވެހި ކިޔަވާ ކުދިން މުޒާހަރާ ކުރަނީ

15 ޖެނުއަރީ 2017
ބަންގްލަދޭޝްގައި ތިބި ދިވެހި ކިޔަވާ ކުދިން މުޒާހަރާ ކުރަނީ
15 ޖެނުއަރީ 2017

ރިޔާސީ ބަޔާން ހުށަހެޅުއްވުމާއި މަޖިލިސް ހުޅުވުން ފެބްރުއަރީ 6 ގައި

15 ޖެނުއަރީ 2017
ރިޔާސީ ބަޔާން ހުށަހެޅުއްވުމާއި މަޖިލިސް ހުޅުވުން ފެބްރުއަރީ 6 ގައި
13 ޖެނުއަރީ 2017

ލަންކާގެ ދެ މަސް ބޯޓާއި މަސްވެރިން ސަލާމަތްކޮށްދިނުމުން ލަންކާ ސަރުކާރުގެ ތަޢުރީގް ދިވެހި ސިފައިންނަށް

13 ޖެނުއަރީ 2017
ލަންކާގެ ދެ މަސް ބޯޓާއި މަސްވެރިން ސަލާމަތްކޮށްދިނުމުން ލަންކާ ސަރުކާރުގެ ތަޢުރީގް ދިވެހި ސިފައިންނަށް
10 ޖެނުއަރީ 2017

ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ފޭދޫ ފިނޮޅު ކަނޑައަޅައި ދިނުމަށް ރައީސް މައުމޫން އަނެއްކާ ވެސް ގޮވާލައްވައިފި

10 ޖެނުއަރީ 2017
ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ފޭދޫ ފިނޮޅު ކަނޑައަޅައި ދިނުމަށް ރައީސް މައުމޫން އަނެއްކާ ވެސް ގޮވާލައްވައިފި
07 ޖެނުއަރީ 2017

ސިޑިއަކާއި ސިފައިންގެ ހެލިކޮޕްޓަރު ޖެހިގެން އަނިޔާވި މީހާގެ ހާލު އަދިވެސް ސީރިއަސް: އޭޑީކޭ

07 ޖެނުއަރީ 2017
ސިޑިއަކާއި ސިފައިންގެ ހެލިކޮޕްޓަރު ޖެހިގެން އަނިޔާވި މީހާގެ ހާލު އަދިވެސް ސީރިއަސް: އޭޑީކޭ
07 ޖެނުއަރީ 2017

އިންތިހާބު ބާއްވާނެ ތާރީހް އާދީއްތަ ދުވަހު އިޢުލާން ކުރަނީ

07 ޖެނުއަރީ 2017
އިންތިހާބު ބާއްވާނެ ތާރީހް އާދީއްތަ ދުވަހު އިޢުލާން ކުރަނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް