Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއެފްޕީއައިޑީ އެއާމޯލްޑިވްސް

އެފްޕީއައިޑީއާއި އެއާމޯލްޑިވްސް ޚިޔާނާތުގައި ގެއްލުނު ފައިސާ ހޯދުމުގެ މަސައްކަތް ފަށައިފި

12 އޮކްޓޯބަރު 2017 | ބުރާސްފަތި 11:36

އެފްޕީއައިޑީގެ ޚިޔާނާތް ހިންގާފައިވަނީ 1990 ވަނަ އަހަރު

އަޒުމޫން އަހުމަދު
އަޒުމޫން އަހުމަދު | 12 އޮކްޓޯބަރު 2017 | ބުރާސްފަތި 11:36
އެއާމޯލްޑިވްސްގެ ފްލައިޓެއް، ކުންފުނީގައި އެއާބަސްގެ ފަސް ފްލައިޓް އޮތް

އެއާމޯލްޑިވްސްގެ ފްލައިޓެއް، ކުންފުނީގައި އެއާބަސްގެ ފަސް ފްލައިޓް އޮތް

ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ވެރިކަމުގެ ތެރޭގައި ހިންގާފައިވާ ފިޝަރީޒް ޕްރޮޖެކްޓްސް އިމްޕިލިމެންޓޭޝަން ޑިޕާޓްމެންޓް (އެފްޕީއައިޑީ) އާއި އެއާމޯލްޑިވްސް ލިމިޓެޑްގެ ޚިޔާނާތުގެ މައްސަލަ ބަލަން ފަށާފައިވާކަމަށް ކޮމިޝަން އޮން ސްޓޭޓް އެސެޓްސް ރިކަވަރީއިން ބުނެފިއެވެ.

ޚިޔާނާތުގެ މައްސަލަތަކުގައި ދައުލަތަށް ގެއްލިފައިވާ ފައިސާ ހޯދުމަށް ރައީސް އަބްދުﷲ ޔާމީން އުފެއްދެވި ރިޔާސީ ކޮމިޝަނުން ބުރާސްފަތި ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ކޮމިޝަނުގެ ޗެއަރ، ހޯމް މިނިސްޓަރު އަޒްލީން އަހުމަދު ވިދާޅުވީ ރާއްޖޭގެ ތާރީޚުގައި މީގެ 18 ވަރަކަށް އަހަރުގެ ކުރިން ހިނގާފައި ހުރި ޚިޔާނާތުގެ ބޮޑެތި މައްސަލަތައް އެބަހުރި ކަމަށާއި އެގޮތުން އެފްޕީއައިޑީއާއި އެއާމޯލްޑިވްސް ގުޅުންހުރި މައްސަލަތައް ފާހަގަކުރައްވާ ކަމަށެވެ.

Advertisement - newsAdvertisement

އަޒްލީން ވިދާޅުވީ އެފްޕީއައިޑީއާއި އެއާމޯލްޑިވްސްގެ މައްސަލައާ ގުޅިގެން އެކި މުއައްސަސާތަކުން މައުލޫމާތާއި ލިޔެކިޔުންތައް ހޯދަމުންދާ ކަމަށެވެ. އަދި މިހާރު ކުރިއަށްދަނީ މައްސަލަ ދިރާސާކުރުމުގެ މަރުހަލާ ކަމަށާއި ކުރިއަށްދާނެ ގޮތެއް ނިންމާނީ އެ މަރުހަލާއަށް ފަހު ކަމަށް އޭނާ ވިދާޅުވިއެވެ.

ކޮމިޝަނުގެ ތަހުގީގަށް ފެންނަ ގޮތެއްގެ މަތިން މި ދެ މައްސަލަ އެންޓި ކޮރަޕްޝަން ކޮމިޝަނާއި އޮޑިޓަރ ޖެނެރަލްގެ އޮފީހާ ގުޅިގެން ނިންމައި ދައުލަތުގެ ފައިސާ ދައުލަތަށް އަނބުރާ ލިބެންޖެހޭ ގޮތަށް މަސައްކަތް ކުރެވެމުންދާ ކަމަށް އަޒްލީން ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވި ގޮތުގައި މި ދެ މައްސަލައަކީ ވަރަށް ގިނަ އަދަދެއްގެ ފައިސާ ދައުލަތަށް ގެއްލިފައިވާ ދެ މައްސަލައެވެ.

"މި ދެ މައްސަލައިގައި ހިމެނޭ ޖުމްލަ އަދަދުގެ ފައިސާ އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން ތިބޭފުޅުންނާ ކޮމިޝަންގެ ފަރާތުން ބައްދަލުކުރާ ބައްދަލުކުރުމުގައި ހާމަކުރެވޭނެ ވަރަށް އަޅުގަނޑުމެންނަށް މަސައްކަތް ކުރިއަށް ގެންދެވޭނެ ކަމަށް މި ބެލެވެނީ އެހެންވީމާ މިހާރު އެ ދެ މައްސަލައިގައި ހިމެނޭ ފައިސާގެ އަދަދު ދަންނަވަން އަޅުގަނޑަށް ދަތި،" މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ ކޮމިޝަނަށް މިހާތަނަށް ބެލިފައިވަނީ 1999 ވަނަ އަހަރުން ފެށިގެން މިއަހަރާ ހަމައަށް މި ވޭތުވެދިޔަ މުއްދަތުގެ ތެރޭގައި ހިމެނުނު ބައެއް މައްސަލަތައް ކަމަށެވެ. އަދި އެއަށްވުރެ "މުސްކުޅި" މައްސަލަތައްވެސް އެބަހުރި ކަމަށާއި އެ މައްސަލަތައް ދިރާސާކުރުމުގެ މަސައްކަތް ކުރިއަށްދާކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

އެފްޕީއައިޑީ ޚިޔާނާތުގެ މައްސަލަ ފެންމަތިވެފައި ވަނީ ރައީސް މައުމޫންގެ ވެރިކަމުގައި 1990 ވަނަ އަހަރުއެވެ. އެ މައްސަލައިގައި ރައްޔިތުންގެ މަޖިލީހުގެ މައްޗަންގޮޅި އުތުރު ދާއިރާގެ މެމްބަރު މާރިޔާ އަހުމަދު ދީދީގެ ކުރީގެ ފިރިކަލުން އަބްދުއްސައްތާރު އަލީ (ސަޓޯ)ގެ މައްޗަށާއި ރައީސް މައުމޫންގެ އަނބިކަނބަލުން ނަސްރީނާ އިބްރާހީމްގެ ބޭބޭފުޅު އިލްޔާސް އިބްރާހީމްގެ މައްޗަށް ތުހުމަތު ކުރިއެވެ.

އެއިރު އެފްޕީއައިޑީ ހިންގަމުން އައީ އެސްޓީއޯގެ ދަށުންނެވެ. އިލްޔާސް އިބްރާހިމް އަކީ އެސްޓީއޯގެ އެއިރުގެ މެނޭޖިންގ ޑިރެކްޓަރެވެ.

އެއާމޯލްޑިވްސްގެ ޚިޔާނާތުގެ މައްސަލައަކީ ވެސް ރައީސްގެ މައުމޫނާއި އެމަނިކުފާނުގެ ސަރުކާރުގައި އިސްކޮށް ހަރަކާތްތެރިވެވަޑައިގެންނެވި ބޭބޭފުޅުންގެ މައްޗަށް ބޮޑެތި ތުހުމަތުތަކެއް ކުރެވިފައިވާ މައްސަލައެކެވެ. ރައީސް އިބްރާހިމް ނާސިރުގެ ވެރިކަމުގައި 1974 ވަނަ އަހަރު އުފެއްދި އެއާމޯލްޑިވްސް އަކީ ރާއްޖޭގެ ފުރަތަމަ ގައުމީ އެއާލައިނެވެ.

ދިވެހި ސަރުކާރުގެ 51 ޕަސެންޓް ހިއްސާއާއި ނަލޫރީ ބަރުހާދު (މެލޭޝިއާ އެއާލައިންގެ މައި ހިއްސާދާރު) ގެ 49 އިންސައްތަ ހިއްސާ އޮތް އެއާ މޯލްޑިވްސް ބަނގުރޫޓުވެ ހުރިހާ އޮޕަރޭޝަނެއް ހުއްޓާލާފައިވަނީ ރައީސް މައުމޫންގެ ވެރިކަމުގައި 2000 ވަނަ އަހަރުއެވެ.

އެއާމޯލްޑިވްސް ބަނގުރޫޓުވިއިރު، ގާތްގަނޑަކަށް 69.2 މިލިއަން ޑޮލަރު، (ބިލިއަނަކަށް ވުރެ ގިނަ ރުފިޔާ) ގެ ގެއްލުން ކުންފުންޏަށް ވެފައިވެއެވެ. އެއާމޯލްޑިވްސްގެ ރަން ދުވަސްވަރު އެ އެއާލައިނުން ޔޫރަޕްގެ ގައުމުތަކަށްވެސް ދަތުރުކޮށްފައިވެއެވެ. އެގޮތުން ފްރާންސާއި، ޖަރުމަނާއި، އިނގިރޭސިވިލާތާ ރާއްޖެ ވައިގެ މަގުން ގުޅާލިއެވެ. މީގެ އިތުރުން އޭޝިއާ އާއި މެދުއިރުމަތީގެ ބައެއް ގައުމުތަކަށް ވެސް ދަތުރުކޮށްފައިވެއެވެ.

އެއާ މޯލްޑިވްސްގައި އެއާބަސް އޭ300ގެ ދެ ފްލައިޓާއި، އެއާބަސް އޭ310 ގެ ތިން ފްލައިޓް އޮތެވެ. އަދި ޑޭޝް8 ގެ ފްލައިޓަކާއި ޑޯނިއާ 228ގެ ދެ ފްލައިޓާއި، ކޮންވްއެއާ 440 ގެ ދެ ފްލައިޓުގެ އިތުރުން ސްކައިވޭންގެ ފްލައިޓެއް އޮތެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

3

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

4

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

5

ސީރިއާގެ ކުރީގެ ރައީސް ބައްޝާރުލް އަސަދު އާއި އޭނާގެ އަރިސް އާތިފް ނަޖީބު މަރާލަން ހުކުމްކޮށްފި

އިތުރަށް ކިޔާލަން

05 ފެބުރުއަރީ 2017

އަނެއްކާވެސް އެކިއެކި ޕްރޮމޯޝަންތަކުގެ ނަމުގައި މަކަރު ހަދައިގެން ފައިސާ ހޯދާ މައްސަލަތައް އިތުރުވެއްޖެ

05 ފެބުރުއަރީ 2017
އަނެއްކާވެސް އެކިއެކި ޕްރޮމޯޝަންތަކުގެ ނަމުގައި މަކަރު ހަދައިގެން ފައިސާ ހޯދާ މައްސަލަތައް އިތުރުވެއްޖެ
22 ޖެނުއަރީ 2017

ދޮންކެޔޮ އެންޓަޕްރައިސަސް އަށް ނޭނގި ސަލްޓަންސްގެ ފައިސާ ޚަރަދުނުކުރަން އަންގައިފި

22 ޖެނުއަރީ 2017
ދޮންކެޔޮ އެންޓަޕްރައިސަސް އަށް ނޭނގި ސަލްޓަންސްގެ ފައިސާ ޚަރަދުނުކުރަން އަންގައިފި
21 ޖެނުއަރީ 2017

ޓާޓާ ފްލެޓަށް ފައިސާ ދެއްކޭނެ މީހުންނާ ނުދެއްކޭނެ މީހުން ސާފްވާނީ ބޭންކްތަކުން ހަދާ ފައިނޭޝަން ސްކްރީނިން ނިމުމުން: އެޗްޑީސީ

21 ޖެނުއަރީ 2017
ޓާޓާ ފްލެޓަށް ފައިސާ ދެއްކޭނެ މީހުންނާ ނުދެއްކޭނެ މީހުން ސާފްވާނީ ބޭންކްތަކުން ހަދާ ފައިނޭޝަން ސްކްރީނިން ނިމުމުން: އެޗްޑީސީ
20 ޖެނުއަރީ 2017

"ހިޔާނަތްތެރިވެފައިވާ" މީހުން ފައިސާ އަނބުރާ ދެއްކުމަށް ދަނީ އެއްބާރުލުން ދެމުން: ފިނޭންސް މިނިސްޓްރީ

20 ޖެނުއަރީ 2017
"ހިޔާނަތްތެރިވެފައިވާ" މީހުން ފައިސާ އަނބުރާ ދެއްކުމަށް ދަނީ އެއްބާރުލުން ދެމުން: ފިނޭންސް މިނިސްޓްރީ
20 ޖެނުއަރީ 2017

ފެނަކައިން ޑޮލަރު ގަންނަން ފައިސާ ދިން މައްސަލައިގެ ތަހުގީގު އަދި ވެސް ނުނިމޭ: އޭސީސީ

20 ޖެނުއަރީ 2017
ފެނަކައިން ޑޮލަރު ގަންނަން ފައިސާ ދިން މައްސަލައިގެ ތަހުގީގު އަދި ވެސް ނުނިމޭ: އޭސީސީ
15 ޖެނުއަރީ 2017

ސްޓެލްކޯއިން ދެލައްކަ ޑޮލަރު ގަންނަން ދިން ފައިސާ ގެއްލިއްޖެ

15 ޖެނުއަރީ 2017
ސްޓެލްކޯއިން ދެލައްކަ ޑޮލަރު ގަންނަން ދިން ފައިސާ ގެއްލިއްޖެ
15 ޖެނުއަރީ 2017

ޔުނިމެކްސް މޯލްޑިވްސްގެ އޮފީސް ފަޅާލާ ތިން ލައްކައަށްވުރެ ފައިސާ ވަގަށް ނަގައިފި

15 ޖެނުއަރީ 2017
ޔުނިމެކްސް މޯލްޑިވްސްގެ އޮފީސް ފަޅާލާ ތިން ލައްކައަށްވުރެ ފައިސާ ވަގަށް ނަގައިފި
11 ޖެނުއަރީ 2017

ރަބަރޭ މަރާލުމަށް ފަހު ބިލާލް ފޮޓޯ ފޮނުވި، ރާވައި ފައިސާ ޚަރަދުކުރީ އިބްރާހިމް: ދައުލަތް

11 ޖެނުއަރީ 2017
ރަބަރޭ މަރާލުމަށް ފަހު ބިލާލް ފޮޓޯ ފޮނުވި، ރާވައި ފައިސާ ޚަރަދުކުރީ އިބްރާހިމް: ދައުލަތް
10 ޖެނުއަރީ 2017

ސަތާރަ މިލިއަން ރުފިޔާ އަދިވެސް ނުލިބޭ، ފައިސާ ހޯދަން ވަނީ ދައުވާކޮށްފައި: ފެނަކަ

10 ޖެނުއަރީ 2017
ސަތާރަ މިލިއަން ރުފިޔާ އަދިވެސް ނުލިބޭ، ފައިސާ ހޯދަން ވަނީ ދައުވާކޮށްފައި: ފެނަކަ
06 ޖެނުއަރީ 2017

ވަގަށް ނަގާފައިވާ ގިނަ އަދަދެއްގެ ފައިސާ ހޯދާ މީހަކު ހައްޔަރުކޮށްފި

06 ޖެނުއަރީ 2017
ވަގަށް ނަގާފައިވާ ގިނަ އަދަދެއްގެ ފައިސާ ހޯދާ މީހަކު ހައްޔަރުކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް