Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެރޮހިންޖާ މުސްލިމުން

ބަންގްލަދޭޝްގައި ރޮހިންޖާ މުސްލިމުންނަށް އެހީ ފޯރުކޮށްދެމުންދާ ތިން އެންޖީއޯއެއްގެ މަސައްކަތް ހުއްޓުވައިފި

މަސައްކަތް ހުއްޓުވި ތިން އެންޖީއޯ އިން ދިޔައީ އެހީ ފޯރުކޮށްދިނުމުގެ އިތުރުން ސިއްރު އޮޕަރޭޝަންތަކެއްވެސް ހިންގަމުން ކަމަށް ރިޕޯޓުތައް ބުނޭ

އަހުމަދު އަނޫޝު
އަހުމަދު އަނޫޝު | 12 އޮކްޓޯބަރު 2017 | ބުރާސްފަތި 10:41
 އެތައްހާސް ރޮހިންޖާ މުސްލިމުން ވަނީ އެބައިމީހުންގެ ގައުމު ދޫކޮށް ދާން ޖެހިފައި

އެތައްހާސް ރޮހިންޖާ މުސްލިމުން ވަނީ އެބައިމީހުންގެ ގައުމު ދޫކޮށް ދާން ޖެހިފައި

ބަންގްލަދޭޝްގައި ރޮހިންޖާ މުސްލިމުންނަށް އެހީ ފޯރުކޯށްދެމުންދާ ތިން އެންޖީއޯއެއްގެ މަސައްކަތް، ނަހަމަ ކަންކަން ހިންގަމުންދާތީ ކަމަށް ބުނެ ބަންގްލަދޭޝްގެ ސަރުކާރުން ހުއްޓުވައިފިއެވެ.

މިޔަންމާ އިން އެގައުމުގެ ރޮހިންޖާ މުސްލިމުންނާ މެދު ހިންގަމުންދާ ލާއިންސާނީ އަމަލުތަކާ ހެދި ގައުމު ދޫކޮށް ބަންގްލަދޭޝް އަށް ދަނީ އެތައްހާސް ރެފިއުޖީނެއް ހިޖުރަކުރަމުންނެވެ.

ރިޕޯޓުތައް ބުނާގޮތުން ބަންގްލަދޭޝް އިން މަސައްކަތް ހުއްޓުވި ތިން އެންޖީއޯ އަކީ މުސްލިމު އެއިޑް ބަންގްލަދޭޝް، އިސްލާމިކް ރިލީފް އަދި އައްލާމާ ފަޒްލުﷲ ފައުންޑޭޝަނެެެވެ.

ވެރިކަން ކުރާ ބަންގްލަދޭޝް އަވާމި ލީގް ޕާޓީ ގެ، ގާނޫނު ހަދާ މަޖިލީހުގެ މެމްބަރެއް ކަމަށްވާ މަހްޖަބީން ހާލިދް މީޑިއާ އަށް ވިދާޅުވީ މަނާ ކުރި ތިން އެންޖީއޯ އިން ދިޔައީ އެހީ ފޯރުކޮށްދިނުމުގެ އިތުރުން ސިއްރު އޮޕަރޭޝަންތައް ހިންގަމުންނެވެ. އެކަމަނާ އިތުރަށް ވިދާޅުވެފައި ވަނީ އެހީގެ ކަންކަން ކުރިއަށް ގެންދާ އިތުރު އެންޖީއޯތަކެއްގެ މަސައްކަތް ވެސް ހުއްޓުވާފައިވާ ކަމަށެވެ. އެ އެންޖީއޯތަކުގެ މަސައްކަތްެ ވެސް ހުއްޓުވާފައި ވަނީ ރަނގަޅު އުސޫލުތަކުގެ ތެރެއިން ކަންކަން ކުރިއަށް ނުގެންދާތީ ކަަމަށެވެ.

އޯގަސްޓް މަހު ފަހުކޮޅުން ފެށިގެން މިޔަންމާގެ އަސްކަރިއްޔާ އިން ވަނީ މިޔަންމާގެ ރޮހިންޖާ މުސްލިމުންނާ ދެކޮޅަށް އާ އޮޕަރޭޝަނެއް ފަށާފައެވެ. މިޔަމަންމާގެ މުސްލިމުންނާ ދެކޮޅަށް އެގައުމުގެ ސަރުކާރުން ބާރުދީގެން، އަސްކަރިއްޔާއިން ދަނީ ބާރުގެ ބޭނުންކޮށް، މުސްލިމުން ގެދޮރުން ފައްސާލައި، ބައެއް މީހުން މަރައި، އަދި އަންހެން ކުދިންގެ އިއްފަަތް ފޭރިގަންނަމުންނެވެ. މިޔަންމާގެ އަސްކަރިއްޔާ އިން ފަށާފައިވާ އޮޕަރޭޝަނާ ބެހޭ ގޮތުން އދ. އިން ބުނެފައި ވަނީ އެއީ "ނަސްލެއް ނައްތާލުމުގެ" އޮޕަރޭޝަނެއް ކަމަށެވެ. އޯގަސްޓް މަހު ފަހުކޮޅުން ފެށިގެން މިޔަންމާގެ އަސްކަރިއްޔާ އިން ހިންގާ ލާއިންސާނީ އަމަލުތަކުން ސަލާމަތްވުމަށް މިހާތަނަށް 500،000 އަށް ވުރެ ގިނަ ރޮހިންޖާ މުސްލިމުން ބަންގްލަދޭޝްއަށް ހިޖުރަ ކޮށްފައި ވެއެވެ.

އޯގަސްޓް މަހު ފަހުކޮޅުން ފެށިގެން މިޔަންމާގެ އަސްކަރިއްޔާ އިން އެގައުމުގެ ރޮހިންޖާ މުސްލިމުންނާ ދެކޮޅަށް ހިންގަމުންދާ ލާއިންސާނީ އަމަލުތަކުން ސަލާމަތްވުމަށް ބަންގްލަދޭޝްއަށް ދިޔަ މުސްލިމުން އެނބުރި މިޔަންމާ އަށް އަޔަނުދިނުމަށްޓަކައި މިޔަންމާގެ އަސްކަރިއްޔާ އިން "ތަރުތީބުވެގެން، ކޯޑިނޭޓެޑް ކުރެވިގެން އަދި ސިސްޓަމެޓިކް" ގޮތެއެްގައި މަސައްކަތް ކޮށްފައިވާ ކަމަށް އދ. ގެ އިންސާނީ ހައްގުތަކާ ބެހޭ އޮފީހުން ބުދަ ދުވަހު ވަނީ ބުނެފައެވެ.

އިތުރަށް ކިޔާލަން

23 މެއި 2017

ރޫހާނީގެ ރައްދު ޓްރަމްޕްއަށް: ތެހެރާނުގެ އެހީއާ ނުލައި މެދުއިރުމައްޗަށް ސުލްހައެއް ނުގެނެވޭނެ

23 މެއި 2017
ރޫހާނީގެ ރައްދު ޓްރަމްޕްއަށް: ތެހެރާނުގެ އެހީއާ ނުލައި މެދުއިރުމައްޗަށް ސުލްހައެއް ނުގެނެވޭނެ
13 މެއި 2017

މިޔަންމާގެ މުސްލިމުންނަށް ހަމަލާދިން ދެމީހަކު ހައްޔަރުކޮށް އިތުރު ބަޔަކު ހޯދަނީ

13 މެއި 2017
މިޔަންމާގެ މުސްލިމުންނަށް ހަމަލާދިން ދެމީހަކު ހައްޔަރުކޮށް އިތުރު ބަޔަކު ހޯދަނީ
05 އެޕްރީލު 2017

ސީރިޔާއަށް ހަ ބިލިއަން ޑޮލަރުގެ އެހީ ދިނުމަށް ވައުދުވެއްޖެ

05 އެޕްރީލު 2017
ސީރިޔާއަށް ހަ ބިލިއަން ޑޮލަރުގެ އެހީ ދިނުމަށް ވައުދުވެއްޖެ
05 އެޕްރީލު 2017

އެމެރިކާއިން ޔޫއެންއެފްޕީއޭ އަށް ދޭ މާލީ އެހީ ކަނޑާލައިފި

05 އެޕްރީލު 2017
އެމެރިކާއިން ޔޫއެންއެފްޕީއޭ އަށް ދޭ މާލީ އެހީ ކަނޑާލައިފި
28 މާރިޗު 2017

ޠާލިބާނަށް އެހީއެއް ނުވަން: ރަޝިއާ

28 މާރިޗު 2017
ޠާލިބާނަށް އެހީއެއް ނުވަން: ރަޝިއާ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު