Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެރަޝިއާ-ޔޫކްރެއިން ހަނގުރާމަ

ރޭގަނޑުގެ ވަރުގަދަ ޑްރޯން ހަމަލާތަކެއްގައި ޔޫކްރެއިނުން 10 އާންމުން މަރުވެ، ބަދަލުގައި ރަޝިއާގެ ތެޔޮ ކާރުހާނާތަކަށް ހަމަލާދީފި

29 ނޮވެމްބަރު 2026 | އާދީއްތަ 07:32

ރަޝިއާގެ ތެޔޮ ސާފުކުރާ ކާރުހާނާތަކަށާއި ހަކަތަ އުފައްދާ މަރުކަޒުތަކަށް ޔޫކްރެއިނުން ވަރުގަދަ ޑްރޯން ހަމަލާތަކެއް ދީފައިވާއިރު، ރަޝިއާއިން ވެސް ވަނީ ކީވްގެ އުމްރާނީ ވަސީލަތްތަކަށް އަމާޒުކޮށް ހަމަލާދީފައި. މި ހަމަލާތަކުގައި ދެ ގައުމުން ގިނަ އަދަދެއްގެ އާންމުން މަރުވެ، ހަކަތައިގެ ހިދުމަތްތަކަށް ބުރޫ އަރާފައިވާއިރު، ރަޝިއާއިން ވަނީ އެ ގައުމަށް އަމާޒުވި ހާހަކަށްވުރެ ގިނަ ޑްރޯން ވައްޓާލާފައިވާ ކަމަށް ބުނެފައި

ނިއުސް ޓީމް
ނިއުސް ޓީމް | 29 ނޮވެމްބަރު 2026 | އާދީއްތަ 07:32

ޔޫކްރެއިންގެ ރައީސް ވޮލޮދީމީރް ޒެލެންސްކީ ހިއްސާކުރައްވާފައިވާ ވީޑިއޯތަކުން، ޔޫކްރެއިންގެ ސިފައިން ރަޝިއާގެ އަމާޒުތަކަށް ހަމަލާދޭ މަންޒަރާއި، ރަޝިއާގެ ތެލާއި ހަކަތައިގެ ބިނާރަށް ދިން ހަމަލާތަކުގައި ގޮވުންތައް ހިނގާ މަންޒަރު | އެކްސް/ޒެލެންސްކީ

ރަޝިއާއާއި ޔޫކްރެއިނުން އެއް ގައުމު އަނެއް ގައުމުގެ ހަކަތައިގެ އުމްރާނީ ވަސީލަތްތަކަށް އަމާޒުކޮށް ހަމަލާތައް ބަދަލުކުރުން ކުރިއަށް ގެންދާއިރު، ރަޝިއާގެ ޑްރޯން ހަމަލާތަކުގައި ޔޫކްރެއިންގެ އެކި ސަރަހައްދުތަކުން ގާތްގަނޑަކަށް 10 އާންމުން މަރުވެއްޖެ އެވެ. މިއާއެކު، ރޭގަނޑުގެ ވަގުތުތަކުގައި ޔޫކްރެއިންގެ ގިނަ އަދަދެއްގެ ޑްރޯން ދިފާއުކޮށް، ވައްޓާލާފައިވާ ކަމަށް ރަޝިއާއިން ވަނީ ރިޕޯޓުކޮށްފަ އެވެ.

ރަޝިއާގެ ރޮސްޓޯވް ސަރަހައްދުގައި ހުންނަ ތެޔޮ ސާފުކުރާ ކާރުހާނާއަކަށާއި، ސަމާރާ ސަރަހައްދާއި ބަޝްކޯތޮސްތާންގައި ހުންނަ ތެލުގެ އިތުރު ދެ މަރުކަޒަކަށް ޔޫކްރެއިންގެ އަސްކަރިއްޔާއިން ހަމަލާދީފައިވާ ކަމަށް އެ ގައުމުގެ ދިފާއީ ވުޒާރާއިން ހޮނިހިރު ދުވަހު ބުންޏެވެ. މިއީ، ފާއިތުވި ފަސް ދުވަހުގެ ތެރޭގައި ނޮވޮޝަޚްތިންސްކް ތެޔޮ ސާފުކުރާ ކާރުހާނާއަށް ހަމަލާދިން ދެވަނަ ފަހަރެވެ.

Advertisement - worldAdvertisement

މި ގޮތުން، ސަމާރާ ސަރަހައްދުގައި ސާފުނުކުރާ ތެޔޮ އުފުލައި، ރައްކާކޮށް، އެއްކުރުމުގެ މައި މަރުކަޒެއް ކަމަށްވާ އެލްޕީޑީއެސް ސަމާރާއަށާއި، ބަޝްކޯތޮސްތާންގައި ހުންނަ ތެޔޮ ހޮޅިތަކުގެ މުހިންމު ޕަމްޕިންގ ސްޓޭޝަނެއް ކަމަށްވާ އެލްޕީޑީއެސް ނުރްލީނޯއަށް ވެސް ޔޫކްރެއިންގެ ސިފައިން ހަމަލާދީފައިވާ ކަމަށް އެ ވުޒާރާއިން ހާމަކުރި އެވެ.

ކީވްއާއި އުތުރުގެ ސަރަހައްދުތަކަށް ދިން ހަމަލާތައް

ރަޝިއާ ސިފައިން ޔޫކްރެއިންގެ ވެރިރަށް ކީވްގެ މުހިންމު އުމްރާނީ ވަސީލަތަކަށް ހަމަލާދީފައިވާ ކަމަށް އެ ސިޓީގެ މޭޔަރު ވިޓާލީ ކްލިޓްޝްކޯ ހޮނިހިރު ދުވަހު ވިދާޅުވި ކަމަށް މީޑިއާ ރިޕޯޓުތައް ބުނެ އެވެ. "މީގެ ސަބަބުން ސިޓީގެ ބައެއް ހިސާބުތަކުން ކަރަންޓާއި ފެނުގެ ހިދުމަތް މެދުކެނޑުމަކީ އެކަށީގެންވާ ކަމެއް،" ކްލިޓްޝްކޯ ވިދާޅުވި އެވެ.

ހޮނިހިރު ދުވަހުގެ ކުރީކޮޅު ކީވްގައި ވައިގެ ހަމަލާގެ އިންޒާރު ދީފައިވަނިކޮށް ގޮވުންތަކުގެ އަޑާއި ޑްރޯން ހަމަލާތަކުގެ އަޑު އިވިފައިވާ ކަމަށް ވެސް ރިޕޯޓުތައް ބުނެ އެވެ. ކީވްގައި ހުންނަ ސަބްސްޓޭޝަނަކަށާއި ކީވް ސަރަހައްދުގައި ހުންނަ ތަރމަލް ޕަވަރ ސްޓޭޝަނަކަށް ހަމަލާދިން ކަން ރަޝިއާގެ ދިފާއީ ވުޒާރާއިން ވަނީ ކަށަވަރުކޮށްދީފަ އެވެ. މީގެ އިތުރުން ކަޅު ކަނޑުގައި އަސްކަރީ މުދާ އުފުލަމުންދިޔަ އުޅަނދަކަށް ވެސް ހަމަލާދީފައިވާ ކަމަށް އެ ވުޒާރާއިން ބުންޏެވެ.

ޔޫކްރެއިންގެ އުތުރުގެ ޗެރްނިހީވް ސަރަހައްދުގެ ނީޛިންގައި ހުންނަ ވިޔަފާރި މަރުކަޒަކަށް ރަޝިއާއިން ދިން ހަމަލާއެއްގައި ހަތް މީހުން މަރުވެ، އިތުރު ހަތް މީހުން ޒަހަމުވެފައިވާ ކަމަށް އެ ސަރަހައްދުގެ ކުއްލިހާލަތްތަކުގައި ހަރަކާތްތެރިވާ އިދާރާއިން ބުންޏެވެ. ހަމަމިއާއެކު ކީވްއަށް ދިން ހަމަލާތަކުގައި އަންހެނަކު މަރުވެ، އިތުރު ހަތަރު މީހުން ޒަހަމުވެފައިވެ އެވެ.

ޒަޕޮރީޜިއާގެ ހާލަތާއި މަދަނީ ގެއްލުންތައް

ރަޝިއާގެ ބާރުގެ ދަށުގައި އޮތް ޔޫކްރެއިންގެ ދެކުނުގެ ޒަޕޮރީޜިއާ ސަރަހައްދުގައި ހަސްފަތާލެއްގެ އުޅަނދަކަށް ޔޫކްރެއިންގެ ޑްރޯނަކުން ދިން ހަމަލާއެއްގައި ނަރުހަކާއި ޑްރައިވަރަކު މަރުވެ، އިތުރު ދެ މީހުން ޒަހަމުވެފައިވާ ކަމަށް ކްރެމްލިންއިން އެ ސަރަހައްދުގައި އައްޔަންކޮށްފައިވާ އިދާރާތަކުން ބުންޏެވެ. ޒަހަމުވި މީހުންގެ ތެރޭގައި ހަނގުރާމައިގެ ކުރީސަފުގައި ހުންނަ އެ ހަސްފަތާލުގެ އިސް ޑޮކްޓަރު ވެސް ހިމެނޭ ކަން އެ އިދާރާތަކުން ފާހަގަކުރި އެވެ.

ޒަޕޮރީޜިއާއަކީ މޮސްކޯއިން ރަސްމީކޮށް ރަޝިއާގެ ބައެއްގެ ގޮތުގައި ކަނޑައަޅައި، އެއްކޮށް ހިފުމަށް މަސައްކަތް ކުރަމުންދާ ޔޫކްރެއިންގެ ހަތަރު ސަރަހައްދުގެ ތެރެއިން އެއް ސަރަހައްދެވެ. ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި އެ ސަރަހައްދަށް ރަޝިއާއިން 700 އަށްވުރެ ގިނަ ޑްރޯން ފޮނުވާލާފައިވާ ކަމަށާއި، އެ ހަމަލާތަކުގައި އެކަކު މަރުވެ ފަސް މީހުން ޒަހަމުވެފައިވާ ކަމަށް ޒަޕޮރީޜިއާގެ އަސްކަރީ އިދާރާގެ ވެރިޔާ އިވާން ފެޑޮރޯވް ހޮނިހިރު ދުވަހު ވިދާޅުވި އެވެ. ނަމަވެސް، ހަމަލާދީފައި ވާނީ އަސްކަރީ ކަންކަމާ ގުޅުންހުރި އަމާޒުތަކަށް ކަމަށް ރަޝިއާގެ ދިފާއީ ވުޒާރާއިން ބުންޏެވެ.

މޮސްކޯއަށް އަމާޒުވި ޑްރޯން ހަމަލާތަކާއި ސުލްހައިގެ މަސައްކަތް

ރޭގަނޑުގެ ވަގުތުތަކުގައި ޔޫކްރެއިންގެ 1,246 ޑްރޯން ދިފާއުކޮށް ވައްޓައިލާފައިވާ ކަމަށް ރަޝިއާގެ ދިފާއީ ވުޒާރާއިން ބުންޏެވެ. މިއީ، ހަނގުރާމަ ފެށުނު ފަހުން އެއް ރެއެއްގެ ތެރޭގައި ވައްޓައިލި ކަމަށް ރިޕޯޓުކުރި އެންމެ ގިނަ އަދަދުތަކުގެ ތެރެއިން އެއް އަދަދެވެ. ނަމަވެސް، ޔޫކްރެއިނުން ޖުމުލަ ފޮނުވައިލީ ކިތައް ޑްރޯން ކަމެއް ނުވަތަ އަމާޒަށް ވާސިލުވީ ކިތައް ޑްރޯން ކަމެއް އެ ވުޒާރާއިން ހާމަކޮށްފައެއް ނުވެ އެވެ.

އަށް ގަޑިއިރުގެ ތެރޭގައި މޮސްކޯއާ ދިމާއަށް އައި ޔޫކްރެއިންގެ 123 ޑްރޯން ދިފާއުކޮށް ވައްޓައިލާފައިވާ ކަމަށް މޮސްކޯގެ މޭޔަރު ސެރްގޭއި ސޮބްޔާނިން ވިދާޅުވި އެވެ. ހުކުރު ދުވަހުގެ ހަވީރުން ފެށިގެން މުޅި މޮސްކޯ ސަރަހައްދަށް 462 ޑްރޯން އައިސްފައިވާ ކަމަށާއި، އޭގެ ތެރެއިން ގިނަ ޑްރޯންތައް ނައްތައިލާފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ރަޝިއާއިން ޔޫކްރެއިނަށް އަރައިގަތް ހާދިސާއަށް ފަސް އަހަރު ފުރެން ކައިރިވަމުންދާއިރު، ދެ ފަރާތުން ދޭ ހަމަލާތައް ވަނީ އިތުރަށް އާންމުވެ، ތަފާތު އުކުޅުތައް ބޭނުންކުރާ ހައިބްރިޑް ހަމަލާތަކަކަށް ބަދަލުވެފަ އެވެ. ހަނގުރާމަ ހުއްޓުވުމަށް މެދުވެރިއެއްގެ ދައުރު އަދާކުރުމަށް އެމެރިކާއިން ކުރަމުންދާ މަސައްކަތްތަކުން، ހަނގުރާމައިގެ އަސީރުން ބަދަލުކުރުމުގެ އެއްބަސްވުންތައް ފިޔަވައި އިތުރު އެއްވެސް ނަތީޖާއެއް މިހާތަނަށް ހާސިލުވެފައެއް ނުވެ އެވެ.

މަސްދަރު: އަލް ޖަޒީރާ

ރަޝިއާ-ޔޫކްރެއިންކީވްމޮސްކޯ

އެންމެ ހިނގާ

1

ވަށަފަރު ގޮނޑި ގެއްލުމާ ގުޅިގެން ރައީސް މުއިއްޒުގެ އާއިލީ ބޭފުޅުން މަގާމުތަކުން ވަކި ކުރައްވައިފި!

2

އެމްޑީޕީގެ ގައުމީ މަޖިލީހުގެ ބޮޑު މެޖޯރިޓީ "ބޮޑު ބަދަލު" ޓީމްއިން ނަގައިފި

3

ސޯޝަލް މީޑިއާ މަނާކުރަން އުޅެނީ ހީލަތްތެރި ވިސްނުމަކުން؟

4

އެމްޑީޕީގެ އެތެރޭގެ އިންތިހާބުގެ ނަތީޖާއާއެކު ޕާޓީ އެއް ރޫހެއްގައި މަސައްކަތް ކުރުމުގެ ފުރުސަތު ބޮޑުވެގެން ދާނެ: ފައްޔާޒް

5

މެލޭޝިއާގެ ވައިގެ ސިފައިންގެ ވަސީލަތްތައް ބޭނުންކޮށްގެން ތިން ޓަނުގެ މަސްތުވާތަކެތި އުފުލައިފި

އިތުރަށް ކިޔާލަން

28 ނޮވެމްބަރު 2026

ޔޫކްރެއިނުން ދަންވަރު ދިން ޑްރޯން ހަމަލާތަކުގައި ބޭނުންކުރި 1,246 ޑްރޯން ދިފާއުކޮށް، ވައްޓާލި ކަމަށް ރަޝިއާއިން ބުނެފި

28 ނޮވެމްބަރު 2026
ޔޫކްރެއިނުން ދަންވަރު ދިން ޑްރޯން ހަމަލާތަކުގައި ބޭނުންކުރި 1,246 ޑްރޯން ދިފާއުކޮށް، ވައްޓާލި ކަމަށް ރަޝިއާއިން ބުނެފި
28 ނޮވެމްބަރު 2026

ހައިޕަރސޮނިކް މިސައިލް ހަރުކުރި އައު ނިއުކްލިއަރ ސަބްމެރިންއާއެކު ރަޝިއާގެ ކަނޑުގެ އަސްކަރިއްޔާ ވަރުގަދަކުރަނީ

28 ނޮވެމްބަރު 2026
ހައިޕަރސޮނިކް މިސައިލް ހަރުކުރި އައު ނިއުކްލިއަރ ސަބްމެރިންއާއެކު ރަޝިއާގެ ކަނޑުގެ އަސްކަރިއްޔާ ވަރުގަދަކުރަނީ
27 ނޮވެމްބަރު 2026

ރަޝިއާއިން ވަރުގަދަ ހަމަލާއެއް ދޭން ތައްޔާރުވާކަމުގެ އިންޒާރު ޒެލެންސްކީ ދެއްވައިފި

27 ނޮވެމްބަރު 2026
ރަޝިއާއިން ވަރުގަދަ ހަމަލާއެއް ދޭން ތައްޔާރުވާކަމުގެ އިންޒާރު ޒެލެންސްކީ ދެއްވައިފި
26 ނޮވެމްބަރު 2026

ދުރު ރާސްތާގެ ހަމަލާތައް ވަރުގަދަކޮށް، ރަޝިއާގެ އަސްކަރީ މަރުކަޒެއްގައި އޮތް ފަސް މަތިންދާބޯޓަކަށް ޔޫކްރެއިނުން ގެއްލުންދީފި

26 ނޮވެމްބަރު 2026
ދުރު ރާސްތާގެ ހަމަލާތައް ވަރުގަދަކޮށް، ރަޝިއާގެ އަސްކަރީ މަރުކަޒެއްގައި އޮތް ފަސް މަތިންދާބޯޓަކަށް ޔޫކްރެއިނުން ގެއްލުންދީފި
25 ނޮވެމްބަރު 2026

ލީބިޔާ އަނެއްކާ ވެސް ބޭރުގެ ހަނގުރާމައެއްގެ މައިދާނަކަށް ބަދަލުވަނީތަ؟

25 ނޮވެމްބަރު 2026
ލީބިޔާ އަނެއްކާ ވެސް ބޭރުގެ ހަނގުރާމައެއްގެ މައިދާނަކަށް ބަދަލުވަނީތަ؟
25 ނޮވެމްބަރު 2026

ތެޔޮ ސާފުކުރާ ކާރުހާނާތަކަށް ދޭ ހަމަލާތަކާ ގުޅިގެން ޕުޓިންގެ ހަރުކަށި އިންޒާރެއް!

25 ނޮވެމްބަރު 2026
ތެޔޮ ސާފުކުރާ ކާރުހާނާތަކަށް ދޭ ހަމަލާތަކާ ގުޅިގެން ޕުޓިންގެ ހަރުކަށި އިންޒާރެއް!
24 ނޮވެމްބަރު 2026

ގޮވާމުގެ އެއްބަސްވުން އައުކުރުމަށް މޮސްކޯއިން ދެކޮޅު ހެދުމުން، ކަނޑުގެ ސަލާމަތާއި ހަކަތައިގެ ނިޒާމުތަކަށް އަމާޒުވާ ހަމަލާތަކުގެ ބަހުސް އދ.ގައި ހޫނުވެއްޖެ

24 ނޮވެމްބަރު 2026
ގޮވާމުގެ އެއްބަސްވުން އައުކުރުމަށް މޮސްކޯއިން ދެކޮޅު ހެދުމުން، ކަނޑުގެ ސަލާމަތާއި ހަކަތައިގެ ނިޒާމުތަކަށް އަމާޒުވާ ހަމަލާތަކުގެ ބަހުސް އދ.ގައި ހޫނުވެއްޖެ
24 ނޮވެމްބަރު 2026

ރަޝިއާގެ ހަމަލާތަކުގައި ކީވްއިން 15 މީހުން މަރުވެއްޖެ، ބަދަލުގައި ޔޫކްރެއިނުން ރަޝިއާގެ މަނަވަރެއް ފައްތާލައިފި

24 ނޮވެމްބަރު 2026
ރަޝިއާގެ ހަމަލާތަކުގައި ކީވްއިން 15 މީހުން މަރުވެއްޖެ، ބަދަލުގައި ޔޫކްރެއިނުން ރަޝިއާގެ މަނަވަރެއް ފައްތާލައިފި
23 ނޮވެމްބަރު 2026

ލީބިޔާގެ ބެންޣާޒީ ބަނދަރުގައި އޮތް ރަޝިއާގެ މަނަވަރަކަށް ޑްރޯން ހަމަލާއެއްދީ ފައްތާލައިފި

23 ނޮވެމްބަރު 2026
ލީބިޔާގެ ބެންޣާޒީ ބަނދަރުގައި އޮތް ރަޝިއާގެ މަނަވަރަކަށް ޑްރޯން ހަމަލާއެއްދީ ފައްތާލައިފި
23 ނޮވެމްބަރު 2026

ރަޝިއާގެ ހަމަލާތަކުގައި ޔޫކްރެއިނުން ހަތް މީހުން މަރުވުމާ ގުޅިގެން، ޕެޓްރިއަޓް މިސައިލްތައް ދޫކޮށްދިނުމަށް ޒެލެންސްކީ ގޮވާލައްވައިފި

23 ނޮވެމްބަރު 2026
ރަޝިއާގެ ހަމަލާތަކުގައި ޔޫކްރެއިނުން ހަތް މީހުން މަރުވުމާ ގުޅިގެން، ޕެޓްރިއަޓް މިސައިލްތައް ދޫކޮށްދިނުމަށް ޒެލެންސްކީ ގޮވާލައްވައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް