Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެނާލާފުށި - މުލި ކޯޒްވޭ

ނާލާފުއްޓާއި މުއްޔާ ދެމެދު ފާލަމެއްގައި ހިނގާފައި ދެވޭނެ ކަމަށް ރައީސް މުއިއްޒު ވިދާޅުވި މުއްދަތު ހަމަވާން 2 މަހަށް ވީއިރު ވެސް އެއްވެސް މަސައްކަތެއް ނުކުރޭ!

28 ނޮވެމްބަރު 2026 | ހޮނިހިރު 14:03

މ. މުއްޔާއި ނާލާފުށި ކޯޒްވޭއަކުން ގުޅާލުމުގެ މަޝްރޫއު ބާރު ސްޕީޑުގައި ކުރިއަށްގެންގޮސް 2027 ވަނަ އަހަރުގެ ޖެނުއަރީއަށް ނިންމަވާނެ ކަމަށް ރައީސް ޑރ. މުއިއްޒު ވިދާޅުވި ނަމަވެސް، އަމަލީ އެއްވެސް މަސައްކަތެއް ނުހިނގާތީ ދެ ރަށުގެ ރައްޔިތުން ދަނީ ކަންބޮޑުވުން ފާޅުކުރަމުން. އެތައް ސަރުކާރަކުން މި ވައުދުވަމުން އައި ނަމަވެސް، މަސައްކަތް ހުއްޓިފައި އޮތުމުގެ ރައްޔިތުންނަގެ ކަންބޮޑުވުން ވަނީ އިތުރުވެފައި

ޝާއިން މުޙައްމަދު
ޝާއިން މުޙައްމަދު | 28 ނޮވެމްބަރު 2026 | ހޮނިހިރު 14:03

ނާލާފުއްޓާއި މުއްޔާ ދެމުދު ފާލަމެއްގައި ހިނގާފައި ދެވޭނެ ކަމަށް ރައީސް މުއިއްޒު ވިދާޅުވި މުއްދަތު ހަމަވާން 2 މަހަށް ވީއިރު ވެސް އެއްވެސް މަސައްކަތެއް ނުކުރޭ! | ރާއްޖެއެމްވީ

މ. މުލި އަދި މ. ނާލާފުށި ކޯޒްވޭއަކުން ގުޅާލުމުގެ މަސައްކަތް އަންނަ އަހަރުގެ ޖެނުއަރީއަށް ނިންމަވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވި ނަމަވެސް އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ އެރަށު ރައްޔިތުން ކަންބޮޑުވުން ފާޅުކޮށްފި އެވެ. 

މ. މުލި އަދި މ. ނާލާފުށި ކޯޒްވޭއަކުން ގުޅާލުމަކީ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ވެރިކަމުގެ ދައުރުގެ ފަހުކޮޅު ގެންގުޅުއްވި ތަސައްވުރެކެވެ. މި ތަސައްވުރު ހަގީގަތަށް ހެދުމަށްޓަކައި މި މަސައްކަތް އެންމެ ފުރަތަމަ ފައްޓަވައިދެއްވީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރުގަ އެވެ. އެގޮތުން 2023 ވަނަ އަހަރުގެ އޮގަސްޓް މަހުގެ 30 ވަނަ ދުވަހު މި މަސައްކަތް އެމްޓީސީސީއާ ވަނީ 600 ދުވަހުގެ ތެރޭގައި ނިންމަން ހަވާލުކޮށްފަ އެވެ. 

Advertisement - newsAdvertisement

އެ މަޝްރޫއުގައި ދަށުން 125.58 މިލިއަން ރުފިޔާއަށް 565 މީޓަރުގެ ކޯޒްވޭއެއް އެޅުމަށް އޭރު ވަނީ ކަނޑައަޅާފަ އެވެ. އޭރު މި މަޝްރޫއު ކުރިއަށްގެންދަން ހަމަޖެހިފައި ވަނީ 3 ސެގްމަންޓަކަށް ބަހާލައިގެންނެވެ. ފުރަތަމަ ސެގްމެންޓުގައި 105 މީޓަރުގެ ބްރިޖެއް އަޅުމާއި ދެވަނަ ސެގްމެންޓްގައި ތާރު އަޅައިގެން ކޯޒްވޭއާއި މަގުތައް ހަދާ ނިންމުމުގެ އިތުރުން 3 ވަނަ ސެގްމެންޓްގައި 112 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމެންޓް ޖަހާ، 15 މީޓަރުގެ ސަރަހައްދެއްގައި ކޯޒްވޭ އަޅާ ސަރަހައްދުގައި ގްރޮވިން ޖަހެމަށް އޭރު ވަނީ ނިންމާފަ އެވެ.

ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރުގެ ފަހުކޮޅު ފެށުނު މި މަޝްރޫއު ކުރިއަށް ނުގޮސް ވެރިކަން ބަދަލުވެ ނިމިގެން ދިޔުމަށްފަހު، ރައީސް މުއިއްޒު ވެރިކަމާއި ހަވާލުވެވަޑައިގެން މި ދެރަށުގެ ރައްޔިތުންނަށް ކޯޒްވޭ ހަދައިދިނުމުގެ ވައުދުވެވަޑައިގެންނެވި އެވެ. ނަމަވެސް 2025 ވަނަ އަހަރުގެ މެއި މަހުގެ 20 ވަނަ ދުވަހާ ހަމައަށް އައިއިރު ވެސް މި ކޯޒްވޭގެ އެއްވެސް އަމަލީ މަސައްކަތެއްކޮށްފައި ނުވެ އެވެ.

ރައީސް މުއިއްޒު 2025 ވަނަ އަހަރުގެ މެއި މަހުގެ 20 ވަނަ ދުވަހު އެއާޕޯޓު ހުޅުވުމަށްޓަކައި މުއްޔަށް ވަޑައިގެން މުލީ އަދި ނާލާފުއްޓާ ދެމެދު އަޅާ ކޯޒްވޭގެ މަސައްކަތް ވަނީ އިފްތިތާހު ކޮށްދެއްވާފަ އެވެ. އެގޮތުން ރައީސް މުއިއްޒު ވިދާޅުވީ 2027 ވަނަ އަހަރުގެ ޖެނުއަރީ މަހު މި ކޯޒްވޭ މަތިން މީހުން ހިނގާ ހުރަސްކުރާނެ ކަމަށެވެ.  

ރައީސް ސޯލިހުގެ ވެރިކަމުގައި މި ކޯޒްވޭގެ ދިގުމިނެއްގެ ގޮތުގައި ކަނޑައަޅާފައި ވަނީ 565 މީޓަރު ނަމަވެސް، ރައީސް މުއިއްޒުގެ ސަރުކާރުން ކޯޒްވޭގެ ދިގު މިނުގެ ގޮތުގައި ކަނޑައަޅާފައިވަނީ 340 މީޓަރެވެ.    

މި މަޝްރޫއާ ގުޅޭ ގޮތުން ނާލާފުށި ކައުންސިލްގެ ނައިބު ރައީސް އިބްރާހީމް ޒުހައިދު ވާހަކަދައްކަވަމުން ވިދާޅުވީ ނާލާފުއްޓާއި މުލި ގުޅާލުމުގެ މަސައްކަތަކީ ހުރިހާ ސަރުކާރުތަކަކުން ވެސް ދެމުން އަންނަ މެސެޖެއް ކަމަށެވެ. ނަމަވެސް އެކަމަކީ ކުލަޖެހިފައި ނެތް ކަމެއް ކަމަށް އޭނާ ވިދާޅުވި އެވެ. 

މީ ވަރަށް މުހިއްމު މަޝްރޫއަކަށް ވަނީ އަޅުގަނޑުމެން ހަމަ ހުރިހާ ކަންކަމެއް އަނެއްހެން ބުނަންޏާ ގުޅިފައި މިހުންނަނީ މުއްޔަށް
އިބްރާހީމް ޒުހައިދު

އެގޮތުން ނާލާފުށީގެ ކިޔަވާ ކުދިން ކިޔަވަން މުއްޔަށް ދަނީ ކަނޑުދަތުުރުކޮށްފަ އެވެ. އަދި ނާލާފުށި ރައްޔިތުން ވަޒީފާ އަދާކުރުމަށް ވެސް މުއްޔަށް ދަނީ ކަނޑު ދަތުރުކޮށްފަ އެވެ. މުލީގެ ރައްޔިތުންނާއި ނާލާފުށި ރައްޔިތުން އެތައް ޒަމާނެއް ވަންދެން އުއްމީދު ކުރަމުން އައި މި ކޯޒްވޭގެ މަސައްކަތް ދެ ބުރަށް ފެށިގެން ދިޔައިރު ވެސް މިއަދާއި ހަމައަށް މި ކޯޒްވޭގެ މަސައްކަތް އެކަށީގެންވާ ގޮތަށް ކުރިއަކަށް ނުދެ އެވެ. 

ހަމައެއާއެކު، މި މަޝްރޫއުގެ މަސައްކަތް ކުރިއަށް ނުދާތީ އެ ދެ ރަށުގެ ރައްޔިތުން ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ. 

މިހާރު ކުރީގައި އެބޭފުޅުންނަށް އެންގެވީ ގާ އަޅަން، ތި ބޭފުޅުން ބައްލަވާލެއްވީމަ އެނގިލައްވާނެ މިހާރު އެހުރީ ގާ އަޅަން ފަށާފައި. ދަގަނޑުތައް ޖަހާފައި ކޮންކްރީޓް އަޅަން ޖެހި އެއްޗެހި އެތާ އެހުރީ ދަބަރަށް ވެގެން އެދަނީ
އާންމު ރައްޔިތެއް 

މިސަރުކާރަށް 3 އަހަރު ވެގެންދިޔައިރު، މި މަޝްރޫއުގެ ދަށުން ގާ އެޅުން ފިޔަވައި އިތުރު މަސައްކަތެއް ހިނގާފައި ނުވެ އެވެ. މި މަޝްރޫއުއަކީ ރައީސް މުއިއްޒު ބާރު ސްޕީޑްގައި ކުރިއަށް ގެންދަވާނެ ކަމުގެ ޔަގީން ދެއްވާފައިވާ މަސައްކަތެކެވެ.

ފަހުން އައިސްފައި މިރަށުގައި މުއިއްޒު ވިދާޅުވަނީ މިހާރު ޓެކްނިކަލް މައްސަލަތައް ހުރީމައި، އެ މަސައްކަތް އޭރުގައި ނުހިނގާފައި އެއޮތީ، މިހާރު އެދިމާވި ހުރިހާ ކަމެއް މިހާރު ހައްލުކޮށްފައި، މިހާރު ވާހަކައަކީ ބާރު ސްޕީޑްގައި ދާގޮތަށް، ދެން މަޑެއް ނުވާނޭ، ދެން ބާރަށޭ ދާނީ
އާންމު ރައްޔިތެއް 

މީގެ އިތުރުން، ރައީސް މުއިއްޒު 2023 ގެ ރިޔާސީ އިންތހާބުގެ ތެރެއިން މުލީގައި ބޭއްވެވި ޖަލްސާއަށް ނާލާފުށި ރައްޔިތުން ގެނެސް ވާހަކަފުޅު ދައްކަވަމުން ވަނީ މި ކޯޒްވޭގެ މަސައްކަތް ނިންމާ ދިނުމަކީ އެމަނިކުފާނުގެ ރިޔާސީ ވައުދުފުޅެއް ކަމަށް ވިދާޅުވެފަ އެވެ. ހަމައެއާއެކު ރައީސް މުއިއްޒު ނާލާފުއްޓަށް ކުރެއްވި ދަތުރުފުޅެއްގައި ނާލާފުށި ކައުންސިލާއި ބައްދަލުކުރައްވާ ކޯޒްވޭގެ މަސައްކަތް ނުހުއްޓި ކުރިއަށް ދާނެ ކަމުގެ ޔަގީން ވަނީ ދެއްވާފަ އެވެ. އަދި މަސައްކަތް ލަސްވެގެން ދަނީ ކޮންޓްރެކްޓަރަށް ބަދަލެއް ގެންނަން ޖެހިގެން ކަމަށް ރައީސް ވިދާޅުވި އެވެ. 

އެހެންނަމަވެސް، ކޮންޓްރެކްޓަރަށް ބަދަލު ގެނެސް، މަސައްކަތް އިފްތިތާހު ކުރިތާ އަހަރެއްވެގެން ދިޔައިރު ވެސް މަސައްކަތް ކުރިއަށް ގޮސްފައި ނުވެ އެވެ. 

މުލީނާލާފުށީމުލި-ނާލާފުށި ކޯޒްވޭ

އެންމެ ހިނގާ

1

އިންސާނިއްޔަތަށްޓަކައި ކަމަށް ވިދާޅުވެ، އަލިވާގެ އިލްޔާސް އިބްރާހީމްގެ އޮޕަރޭޝަނަށް 150،000 ސިންގަޕޫރު ޑޮލަރު ހަމަޖައްސަވައިދެއްވައިފި

2

އެމްޑީޕީގެ ގައުމީ މަޖިލީހުގެ ބޮޑު މެޖޯރިޓީ "ބޮޑު ބަދަލު" ޓީމްއިން ނަގައިފި

3

ސޯޝަލް މީޑިއާ މަނާކުރަން އުޅެނީ ހީލަތްތެރި ވިސްނުމަކުން؟

4

އެމްޑީޕީގެ އެތެރޭގެ އިންތިހާބުގެ ނަތީޖާއާއެކު ޕާޓީ އެއް ރޫހެއްގައި މަސައްކަތް ކުރުމުގެ ފުރުސަތު ބޮޑުވެގެން ދާނެ: ފައްޔާޒް

5

މެލޭޝިއާގެ ވައިގެ ސިފައިންގެ ވަސީލަތްތައް ބޭނުންކޮށްގެން ތިން ޓަނުގެ މަސްތުވާތަކެތި އުފުލައިފި

އިތުރަށް ކިޔާލަން

24 ނޮވެމްބަރު 2026

ނާލާފުށި ބިން ހިއްކުން: ކައުންސިލް އިންތިހާބާއި ދިމާކޮށް ޖެހި ބައުންޑްރީ ވޯލް އެއްކޮށް ގިރާލައިފި

24 ނޮވެމްބަރު 2026
ނާލާފުށި ބިން ހިއްކުން: ކައުންސިލް އިންތިހާބާއި ދިމާކޮށް ޖެހި ބައުންޑްރީ ވޯލް އެއްކޮށް ގިރާލައިފި
02 އޯގަސްޓު 2026

ތައުލީމާއި، ވަޒީފާގެ ފުރުސަތަށްޓަކައި ކޯޒްވޭގެ މަސައްކަތް ނާލާފުއްޓަށް މުހިއްމު، ކަންބޮޑުވުމަކީ މަސައްކަތް ކުރިއަށް ނުދިއުން!

02 އޯގަސްޓު 2026
ތައުލީމާއި، ވަޒީފާގެ ފުރުސަތަށްޓަކައި ކޯޒްވޭގެ މަސައްކަތް ނާލާފުއްޓަށް މުހިއްމު، ކަންބޮޑުވުމަކީ މަސައްކަތް ކުރިއަށް ނުދިއުން!
30 ޖުލައި 2026

ކޮންޓްރެކްޓަރަށް ދޭން ޖެހޭ ފައިސާ ނުދިނުމުގެ ސަބަބުން ނާލާފުށީ ފިޓްނަސް ސެންޓަރުގެ މަސައްކަތް ހުއްޓިފައި!

30 ޖުލައި 2026
ކޮންޓްރެކްޓަރަށް ދޭން ޖެހޭ ފައިސާ ނުދިނުމުގެ ސަބަބުން ނާލާފުށީ ފިޓްނަސް ސެންޓަރުގެ މަސައްކަތް ހުއްޓިފައި!
29 ޖުލައި 2026

ނާލާފުށީގައި ފެނާއި ނަރުދަމާގެ މަސައްކަތް ލަސްވެ ރައްޔިތުން ނަޖިސް ފެނުން ތާހިރުވާންޖެހޭ ހިސާބުގައި އޮތުމުން ރައީސަށް އާދޭހެއް!

29 ޖުލައި 2026
ނާލާފުށީގައި ފެނާއި ނަރުދަމާގެ މަސައްކަތް ލަސްވެ ރައްޔިތުން ނަޖިސް ފެނުން ތާހިރުވާންޖެހޭ ހިސާބުގައި އޮތުމުން ރައީސަށް އާދޭހެއް!
26 ޖުލައި 2026

ވަޒީފާގެ ފުރުސަތުތަކާއި ކިޔެވުމަށް އޮތް ހުރަސް: ނާލާފުށީ ރައްޔިތުންގެ އެންމެ ބޮޑު އާދޭހަކީ ކޯޒްވޭ

26 ޖުލައި 2026
ވަޒީފާގެ ފުރުސަތުތަކާއި ކިޔެވުމަށް އޮތް ހުރަސް: ނާލާފުށީ ރައްޔިތުންގެ އެންމެ ބޮޑު އާދޭހަކީ ކޯޒްވޭ
25 ޖުލައި 2026

ހަތަރު މަހުގެ މުސާރައާއެކު ވަކިވާން އެދުނު މުވައްޒަފުން ވަކި ކުރުމަށްފަހު މުސާރަ ނުދީ ލަސްކުރަނީ، އެޗްއާރުން ފޯނުވެސް ނުނަގާ!

25 ޖުލައި 2026
ހަތަރު މަހުގެ މުސާރައާއެކު ވަކިވާން އެދުނު މުވައްޒަފުން ވަކި ކުރުމަށްފަހު މުސާރަ ނުދީ ލަސްކުރަނީ، އެޗްއާރުން ފޯނުވެސް ނުނަގާ!
25 ޖުލައި 2026

ފެނަކަ ބްރާންޗްތައް ސްޓެލްކޯގެ ދަށަށް ބަދަލުކުރުމުގެ ތެރޭގައި ގިނަ އަދަދެއްގެ މުވައްޒަފުން ވަޒީފާއިން ވަކިކުރަނީ

25 ޖުލައި 2026
ފެނަކަ ބްރާންޗްތައް ސްޓެލްކޯގެ ދަށަށް ބަދަލުކުރުމުގެ ތެރޭގައި ގިނަ އަދަދެއްގެ މުވައްޒަފުން ވަޒީފާއިން ވަކިކުރަނީ
23 ޖޫން 2026

ސަރުކާރުގެ ޕޮލިސީ ތަންފީޒު ކުރުމަށް ނާލާފުށި ފެނަކަ އިން 19 މީހަކު ކުއްލިގޮތަކަށް ވާޒީފާ އިން ވަކިކޮށްފ

23 ޖޫން 2026
ސަރުކާރުގެ ޕޮލިސީ ތަންފީޒު ކުރުމަށް ނާލާފުށި ފެނަކަ އިން 19 މީހަކު ކުއްލިގޮތަކަށް ވާޒީފާ އިން ވަކިކޮށްފ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް