ނާލާފުށީގައި ފެނާއި ނަރުދަމާގެ މަސައްކަތް ލަސްވެ ރައްޔިތުން ނަޖިސް ފެނުން ތާހިރުވާންޖެހޭ ހިސާބުގައި އޮތުމުން ރައީސަށް އާދޭހެއް!
29 ޖުލައި 2026 | ބުދަ 11:34މ. ނާލާފުށީގެ ފެނާއި ނަރުދަމާ ނިޒާމުގެ މަސައްކަތް ހުއްޓިފައި އޮތުމުގެ ސަބަބުން ރަށުގެ ފެން ތަޣައްޔަރުވެ، އާންމު ސިއްޙަތަށް ނުރައްކާވަމުންދާތީ އެރަށު ކައުންސިލުން ކަންބޮޑުވުން ފާޅުކޮށްފި. ސަރުކާރު ބަދަލުވިފަހުން މި މަޝްރޫޢު ކުރިއަށް ނުދާތީ، ރައްޔިތުންނަށް ލިބެމުންދާ ގެއްލުންތަކުން ސަލާމަތްކޮށްދީ ޒަރޫރީ މި ޚިދުމަތް އަވަސްކޮށްދިނުމަށް ކައުންސިލުން ވަނީ ރައީސް އަށް ގޮވާލާފައި

ނާލާފުށީގައި ފެނާއި ނަރުދަމާގެ މަސައްކަތް ލަސްވެ ރައްޔިތުން ނަޖިސް ފެނުން ތާހިރުވާންޖެހޭ ހިސާބުގައި އޮތުމުން ރައީސަށް އާދޭހެއް | ރާއްޖެ އެމްވީ
މ. ނާލާފުށީގައި ފެނާއި ނަރުދަމާގެ ނިޒާމުގެ މަސައްކަތް ލަސްވެފައިވާތީ ރައްޔިތުން ނަޖިސް ފެނުން ތާހިރުވެގެން ތިބެންޖެހޭ ޙާލަތުގައި ތިބިކަމަށާއި، މި މައްސަލަ ހައްލުކޮށްދިނުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒަށް އާދޭހާއެކު ގޮވާލާކަމަށް އެރަށު ކައުންސިލުން ބުނެފި އެވެ.
ރާއްޖެޓީވީއަށް ދިން އިންޓަވިއުއެއްގައި ނާލާފުށީ ކައުންސިލުން ހާމަކުރި ގޮތުގައި، ރަށުގެ ފެނާއި ނަރުދަމާގެ ހާލަތު އޮތީ ވަރަށް ގޯސްކޮށެވެ.
މިދިޔަ ސަރުކާރުގައި ފެނުގެ ނިޒާމަށް ބޭނުންވާ 80 ހޮޅި ވަޅުލާފައިވާއިރު، ނަރުދަމާގެ ނިޒާމަށް ބޭނުންވާ ބައެއް ހޮޅި ވެސް ގެނެސްފައިވާކަމަށާއި، އަދި ބައެއް އިތުރު މަސައްކަތްތަކެއް ވެސް ކޮށްފައިވާކަމަށް ކައުންސިލުން ބުނެ އެވެ.
ފެނާއި ނަރުދަމާގެ ހާލަތު އޮތީ ވަރަށް ގޯސްކޮށް، މިދިޔަ ސަރުކާރުގައި ފެނުގެ ނިޒާމަށް ބޭނުންވާ 80 ހޮޅި ވަޅުލާފައިވާއިރު، ނަރުދަމާގެ ނިޒާމަށް ބޭނުންވާ ބައެއް ހޮޅިވެސް ގެނެސްފައިވޭ، އަދި ބައެއް އިތުރު މަސައްކަތްތަކެއް ވެސް ކޮށްފައިވޭ، މި މަސައްކަތަކީ ކުރަން ޖެހިފައިވާ މުހިއްމު މަސައްކަތެއްމ ނާލާފުށީ ކައުންސިލް
މިއީ ކުރަން ޖެހިފައިވާ މުހިއްމު މަސައްކަތެއްކަން ފާހަގަކޮށް ކައުންސިލުން ބުނީ، ސަރުކާރު ބަދަލުވިފަހުން ވެސް އެކަށީގެންވާ ގޮތެއްގައި މަސައްކަތް ކުރެވިފައި ނުވާކަމަށެވެ.
މީގެ އިތުރުން، ފެން ހޮޅި އެޅުމަށްޓަކައި ރަށުގެ އެކި ދިމާތައް ކޮނެފައި ހުރިއިރު، އެ މަސައްކަތް ލަސްވާތީ ބޮޑެތި ގެއްލުންތައް ރައްޔިތުންނަށް ލިބެމުންދާކަމަށް ކައުންސިލުން ބުނެ އެވެ. އަދި އެކަމުގެ ސަބަބުން ފެން ތަޣައްޔަރުވުން ފަދަ ކަންކަން ދިމާވަމުންދާކަމަށް ވެސް ކައުންސިލުން ފާހަގަކުރި އެވެ.
ކައުންސިލުން ބުނީ، ނަޖިސް ފެނުން ތާހިރުވެގެން ތިބެންޖެހޭ ޙާލަތުގައި ރައްޔިތުން ތިބިއިރު، ޒަރޫރީ ބޭނުންތައް ފުއްދޭނެ ނިޒާމު ފުއްދައިދިނުމަށް ރައީސް މުއިއްޒަށް ގޮވާލާކަމަށެވެ. ރަށުގެ ފެނުގެ ނިޒާމު ހަލާކުވެފައިވުމުގެ ސަބަބުން ރައްޔިތުންނަށް ސާފު ފެން ލިބުމުގައި ދަތިތަކާ ކުރިމަތިލާންޖެހިފައިވާއިރު، މިއީ ސިއްޙީ ގޮތުން ވެސް ނުރައްކާތެރި ކަމެކެވެ.
ކައުންސިލުން ވަނީ މި މަސައްކަތް އަވަސްކޮށް ނިންމައި، ރައްޔިތުންނަށް ސާފު ފެން ފޯރުކޮށްދިނުމަށާއި ނަރުދަމާގެ ނިޒާމު ފުރިހަމަކޮށްދިނުމަށް ސަރުކާރަށް ގޮވާލާފަ އެވެ.




