ހުއްޓިފައި ހުރި މަޝްރޫއުތައް އަލުން ފަށާ، ރައްޔިތުންނަށް އުއްމީދެއް ގެނެސްދޭނީ އެމްޑީޕީގެ ސަރުކާރެއްގައިކަން ރައްޔިތުން ވެސް ގަބޫލު ކުރޭ: މެންބަރު ދީދީ
28 ނޮވެމްބަރު 2026 | ހޮނިހިރު 08:35މި ސަރުކާރުގެ ކެބިނެޓާއި ކުންފުނިތަކުގެ ވެރިންނަކީ ނާގާބިލު ބޭފުޅުން ކަމަށާއި، އޭގެ ސަބަބުން ތަރައްގީގެ މަޝްރޫއުތައް ހުއްޓި ކަންކަން ބޮއްސުންލާފައިވާ ކަމަށް މަރަދޫ ދާއިރާގެ މެންބަރު އަހުމަދު ދީދީ ވިދާޅުވެއްޖެ. އޭނާ ވިދާޅުވީ މި ހާލަތުން އަރައިގަނެ، ހުއްޓިފައިވާ މަސައްކަތްތައް އަލުން ފަށައި ރައްޔިތުންނަށް އުއްމީދެއް ގެނެސްދެވޭނީ އެމްޑީޕީގެ ސަރުކާރަކަށް ކަމަށް މިހާރު އާންމުން ގަބޫލުކުރާ ކަމަށް


ރައްޔިތުންގެ މަޖިލީހުގެ މަރަދޫ ދާއިރާގެ މެންބަރު އަހުމަދު ދީދީ | ރާއްޖެއެމްވީ
ހުއްޓިފައި ހުރި މަޝްރޫއުތައް އަލުން ފަށައިގެން ރައްޔިތުންނަށް އުއްމީދެއް ގެނެސްދޭނީ އެމްޑީޕީގެ ސަރުކާރެއްގައި ކަން މިހާރު ރައްޔިތުން ވެސް ގަބޫލު ކުރާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ މަރަދޫ ދާއިރާގެ މެންބަރު އަހުމަދު ދީދީ ވިދާޅުވެއްޖެ އެވެ.
ރާއްޖެޓީވީގެ "ވައުދުނާމާ" ޕްރޮގްރާމްގައި ވާހަކަދައްކަވަމުން މެންބަރު ދީދީ ވިދާޅުވީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުގެ އެންމެ ބޮޑު ނާކާމިޔާބީއަކީ އެމަނިކުފާނުގެ ކެބިނެޓަށާއި ކުންފުނިތަކުގެ ވެރިންނަށް ނާގާބިލު ޓީމެއް ނެގުން ކަމަށެވެ.
އެގޮތުން، މަސައްކަތް ހަވާލު ކުރާނީ އެކަމުގައި އެންމެ ތަޖުރިބާކާރު، ގާބިލުކަން ހުރި އަދި 24 ގަޑީއިރު މަސައްކަތް ކުރާނެ ކަން ޔަގީންވާ ބޭފުޅުންނަށް ކަމަށް ރައީސް މުއިއްޒު ވިދާޅުވި ކަން ފާހަގަކުރައްވާ މެންބަރު ދީދީ ވިދާޅުވީ ފެނިގެން ދަނީ އެ މަންޒަރެއް ނޫން ކަމަށާއި ފެނިގެން ދަނީ ދުވަހަކަށް ވުރެ ދުވަހެއް ދުވަހެއް ދަށަށް ގޮސް ކަންކަން ނުކުރެވި ބޮއްސުންލައިގެންދާ މަންޒަރު ކަމަށެވެ.
އަޅުގަނޑު ދަންނަވާނީ އައްޑޫ ސިޓީ ރައްޔިތުން މި ތަހައްމަލު ކުރަމުންދާ 5 އަހަރު އިރާދަކުރެއްވިއްޔާ ނިމުމަކަށް އައުމުގެ ސިގްނަލް އެބަ އަޅުގަނޑުމެންނަށް ފެނޭ. ރައްޔިތުން އެބަ ބޭނުންވޭ މިސަރުކާރު ނިމުމަކަށް ގެނެސް އަނެއްކާ ވެސް ރައްޔިތުން ދެކެމުންދިޔަ އުއްމީދުތައް އަލުން ފަށައިގެން ކުރިއަށް ގެންދާނެ ސަރުކާރެއް. އެހެންވީމާ އެމްޑީޕީއަކީ އޭގެ ސޮލިއުޝަން ކަމުގައި ވަރަށް ގިނަ ރައްޔިތުން އެބަ ގަބޫލު ކުރޭއަހުމަދު ދީދީ
މި ސަރުކާރަށް އެއްވެސް މަޝްރޫއުއެއް ނުހިނގުނުކަން ރައްޔިތުން ގަބޫލުކޮށްފި ކަމަށް މެންބަރު ދީދީ ވިދާޅުވި އެވެ. އަދި ރައްޔިތުންގެ އުއްމީދަކީ މިސަރުކާރު ވީހާވެސް އަވަހަށް ބަދަލު ވެގެން އަނެއްކާ ވެސް އައު ފެށުމަކުން އެމްޑީޕީ ސަރުކާރެއް އައިސް ރައްޔިތުންނަށް ހިދުމަތްތައް ފޯރުކޮށްދޭން ފެށުން ކަމަށް މެންބަރު ދީދީ ވިދާޅުވި އެވެ.
މީގެ އިތުރުން، ހުއްޓިފައި ހުރި ހުރިހާ ކަމެއް އަލުން ފަށައިގެން ރައްޔިތުންނަށް އުއްމީދެއް ގެނެސްދޭނީ އެމްޑީޕީގެ ސަރުކާރެއްގައިކަން ރައްޔިތުން ވެސް ގަބޫލުކުރާ ކަމަށް މެންބަރު ދީދީ ވިދާޅުވި އެވެ.











