އެމްޑީޕީގެ އެތެރޭގެ އިންތިހާބުން ދައްކުވައިދެނީ ޑިމޮކްރަސީއަށް އެމްޑީޕީ ރައްޓެހިކަން އަދި އެމްޑީޕީ މެންބަރުން މިކަމަށް އަހުލުވެރިވެފައި ހުރި މިންވަރު: ފައިސަލް
27 ނޮވެމްބަރު 2026 | ހުކުރު 14:47އެމްޑީޕީގެ އެތެރޭގެ އިންތިޚާބަކީ ޑިމޮކްރަސީއަށް އެ ޕާޓީ އަހުލުވެރިވެފައިވާ މިންވަރު ހާމަކޮށްދޭ ކަމެއް ކަމަށް ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމް ވިދާޅުވެއްޖެ. އެމްޑީޕީ ވަރުގަދަވުމަކީ ރާއްޖޭގެ ޑިމޮކްރަސީއާއި ރައްޔިތުންގެ ހައްގުތައް ކަށަވަރުވުމަށް ލިބޭ ބާރެއްކަން ފާހަގަކުރައްވައި، މި އިންތިޚާބަށްފަހު އެ ޕާޓީ އިތުރަށް ވަރުގަދަވާނެ ކަމަށް އެމަނިކުފާނު ވިދާޅުވި


ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމް | ރާއްޖެއެމްވީ
އެމްޑީޕީގެ އެތެރޭގެ އިންތިހާބުން ދައްކުވައިދެނީ ޑިމޮކްރަސީއަށް އެމްޑީޕީ ރައްޓެހިކަން އަދި އެމްޑީޕީ މެންބަރުން މިކަމަށް އަހުލުވެރިވެފައި ހުރި މިންވަރު ކަމަށް ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމް ވިދާޅުވެއްޖެ އެވެ.
ހުކުރު ދުވަހު އޮތް އެމްޑީޕީ އެތެރޭގެ އިންތިޚާބުގައި ވޯޓުލާން ވަޑައިގެންނެވުމުގެ ކުރިން ރާއްޖެޓީވީއަށް ދެއްވި އިންޓަވިއުގައި ފައިސަލް ވިދާޅުވީ ހުކުރު ދުވަހު ބޭއްވާ އިންތިހާބުގެ ތެރެއިން ފެންނަނީ ވަރަށް ރަނގަޅަށް ކަންކަންދާ މަންޒަރު ކަމަށެވެ.
ހަމައެެއާއެކު ފައިސަލް ވަނީ އެމްޑީޕީގެ އެންމެހާ މެންބަރުންނަށް ލަސްނުކޮށް ވޯޓުލާން ދިޔުމަށް އިލްތިމާސް ކުރައްވާފަ އެވެ.
އަޅުގަނޑަށް މިހާރު ވެސް ދެތިން ދިމާލަކަށް ދެވިއްޖެ. ވަރަށް ބައިވަރު މީހުން އެނގިވަޑައިގަންނަަވާނެ މިއީ ޕާޓީއެއްގެ އެތެރޭގެ އެންމެ ބޮޑު އިންތިހާބު މިހާ ގިނަ އަދަދަކަށް ނުވަސްތޭކަ ގާތްގަނޑަކަށް ހާހަކަށް ގާއިކުރާ ވަރަށް ކެންޑިޑޭޓުން އެބަތިބި. މިއިން ވެސް މި ދައްކުވާ ދެނީ އެމްޑީޕީގައި އޮންނަ ވާދަވެރިކަމާއި، މިފަދަ ކަންކަން އިންތިޒާމް ކުރުމުގައި އެމްޑީޕީ ފަރިތަކަން، ހާއްސަކޮށް ޑިމޮކްރަސީއަށް އެމްޑީޕީ ރައްޓެހިކަން އަދި އެމްޑީޕީ މެންބަރުން މިކަމަށް އަހުލުވެރިވެފައި ހުރިކަންފައިސަލް ނަސީމް
އެމްޑީޕީ ވަރުގަދަވުމަކީ ރާއްޖޭގެ ޑިމޮކްރަސީ ވަރުގަދަވުންކަން ފާހަގަކުރައްވާ ފައިސަލް ވިދާޅުވީ މި ފަށަނީ ވަރަށް ބޮޑު މަސައްކަތެއް ކަމަށެވެ. އަދި އެމްޑީޕީ ވަރުގަދަވުމުން ރާއްޖޭގެ ރައްޔިތުންގެ ހައްގުތައް ކަށަވަރުވެ، ރައްޔިތުން ބޭނުންވާ ކަންކަންވެ އަދި ހަމަޖެހުން ގާއިމުވެގެން ދާނެ ކަމަށް ފައިސަލް ވިދާޅުވި އެވެ.
މީގެ އިތުރުން، އެމްޑީޕީއަކީ ރައްޔިތުންގެ ހިޔާލުތަކާއެކު ކުރިއަށްދާ ޕާޓީއެއް ކަމަށާއި މި އިންތިހާބަށްފަހު އެމްޑީޕީ ފެނިގެން ދާނީ ވަރަށް ވަރުގަދަކޮށް ކަމަށް ފައިސަލް ވިދާޅުވި އެވެ.











