Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެރަސްމާލެ

ރަސްމާލެ މަޝްރޫއާ ދެކޮޅަށް މާލޭގެ މަގުތަކުގައި ދަމާފައިވާ ބެނާތައް ކަނޑަމުން ދިޔަ ދެ މީހުން ފުލުހުންގެ ބެލުމުގެ ދަށަށް!

13 ނޮވެމްބަރު 2026 | ހުކުރު 05:56

ރަސްމާލެ މަޝްރޫއާ ދެކޮޅަށް މާލޭގައި ދަމާފައި ހުރި ބެނާތައް ކަނޑައި ގެއްލުންދިން ދެ މީހަކު އާންމުންގެ އެހީތެރިކަމާއެކު ފުލުހުންގެ ބެލުމުގެ ދަށަށް ވަނީ ގެންގޮސްފައި. މި އަމަލަކީ ސަރުކާރުގެ ނުފޫޒުން ހިންގާފައިވާ ކަމެއް ކަމަށް ތުހުމަތުކޮށް ގިނަ ބަޔަކު ކަންބޮޑުވުން ފާޅުކުރަމުންދާއިރު، މި މަޝްރޫއާ ދެކޮޅަށް ބާއްވާ ބޮޑު މުޒާހަރާ ހުކުރު ދުވަހުގެ ރޭ އާޓިފިޝަލް ބީޗުގައި ބޭއްވުމަށް ވަނީ ރޭވިފައި

އަމްނާ އިމާދު
އަމްނާ އިމާދު | 13 ނޮވެމްބަރު 2026 | ހުކުރު 05:56

ރަސްމާލެ މަޝްރޫއާ ދެކޮޅަށް މާލޭގެ މަގުތަކުގައި ދަމާފައިވާ ބެނާތައް ކަނޑަމުން ދިޔަ ދެ މީހުން ފުލުހުންގެ ބެލުމުގެ ދަށަށް ގެންދަނީ | ރާއްޖެއެމްވީ

ރަސްމާލެއިން ބޭރު މީހުންނަށް ދާއިމީކޮށް ބިން ދިނުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކާ ދެކޮޅަށް މާލޭގެ މަގުތަކުގައި ދަމާފައިވާ ބެނާތައް ކަނޑަމުން ދިޔަ ދެ މީހުން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފި އެވެ. 

ދެ ފިރިހެނުން ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔައީ އާއްމު ރައްޔިތުންގެ އެހީތެރިކަމާއެކު ބުރާސްފަތި ދުވަހުގެރޭގެ ވަގުތެއްގަ އެވެ. 

Advertisement - newsAdvertisement

ރާއްޖެއެމްވީއަށް، މަންޒަރު ދުށް ފަރާތްތަކުން ބުނީ ރަސްމާލެ މަޝްރޫއާ ދެކޮޅު ހެދުމުގެ ގޮތުން މާލޭގެ އެކި މަގުތަކުގައި ހަރުކޮށްފައިހުރި ބެނާތަކަށް އެކިވަރުގެ ގެއްލުން ދީފައިވާ ކަމަށެވެ. އަދި ބުރާސްފަތި ދުވަހުގެ ރޭ އިރާކޮޅު ވެސް ގެއްލުން ދެމުން ދިޔަ ނަމަވެސް ފުލުހުން ބަލަހައްޓައިގެން ތިބި ކަމަށާއި، އެމީހުން ހައްޔަރު ކުރުމަށް މަސައްކަތް ވެސް ނުކުރާ ކަމަށެވެ. 

އޭގެފަހުން ބުރާސްފަތި ދުވަހުގެ ރޭ މެންދަމު ވަގުތު ދެ މީހަކު ދިގު ދަނޑިއެއްގައި ތޫނު އެއްޗެއް ހަރުކޮށްގެން ބެނާތައް ކަނޑަމުން ދަނިކޮށް އާއްމުންގެ ބަޔަކު ފަހަތުން ގޮސް އެމީހުން އަތުލައިގަތީ ކަމަށާއި، އޭގެފަހުން ފުލުހުން އައިސް އެ މީހުންގެ ފުލުހުންގެ ކާރަށް އަރުވައިގެން ގެންދިޔައީ ކަމަށް މަންޒަރު ދުށް މީހުން ބުނެ އެވެ. 

ސޯޝަލް މީޑިއާގައި އާއްމުވެފައިވާ ވީޑިއޯތަކުން ބެނާތައް ކަނޑަން ގެންގުޅުނު ދަނޑި ވެސް ފުލުހުންގެ ބެލުމުގެ ދަށަށް ގެންދާ މަންޒަރު ފެނެ އެވެ. އަދި އެވަގުތު އެތަނަށް އެއްވެ ތިބި އާއްމު ރައްޔިތުން ވަނީ ސަރުކާރަށް ބޮޑެތި ތުހުމަތުތަކެއް ވެސް ކޮށްފަ އެވެ.

އެ ދެ ފިރިހެނުންނަކީ މިސަރުކާރުގެ ޕާޓީ، ޕީއެންސީއަށް ނިސްބަތްވާ ދެ މީހުން ކަމަށާއި، އެމީހުން އެ މަސައްކަތް ކުރީ ސަރުކާރުން ފައިސާ ދީގެން ކަމަށް ތުހުމަތު ކޮށްފައިވެ އެވެ. 

މީގެ އިތުރުން މިމައްސަލައާ ގުޅިގެން ގައުމީ ހަރަކާތުގައި އިސްކޮށް އުޅުއްވާ ގިނަ ބޭފުޅުން ކަންބޮޑުވުން ފާޅުކޮށްފައިވެ އެވެ. އަދި މިމައްސަލަ ބަލައި، ފިޔަވަޅު އެޅުމަށް ވެސް ގޮވާލާފަ އެވެ. 

ފާޑު ކިޔާ ފަރާތްތަކުން ބުނީ، ބެނާތައް ކެނޑުމުން އެކަނި ވެސް މިކަމަށް ސަރުކާރުގެ ނުފޫޒު އޮތް މިންވަރު ހާމަވާ ކަމަށާއި، މިމަޝްރޫއަށް ގިނަ ރައްޔިތުން ތާއީދު ނެތްކަން ސަރުކާރަށް އެނގޭތީ ރައްޔިތުންނަށް އެކި ގޮތްގޮތުން ފިއްތުންތައް ކުރިމަތި ކުރުވުމަށް މަސައްކަތް ކުރާ ކަމަށެވެ. އަދި ބެނާތައް ކަނޑައި، ގެއްލުން ދިން ނަމަވެސް އަލުން ބެނާތައް ދަމައި، މި މަޝްރޫއާ ގުޅިގެން ގައުމާ ރައްޔިތުންނަށް ލިބޭނެ ގެއްލުންތައް ހާމަކުރާނެ ކަމަށެވެ. 

މި މައްސަލައާ ގުޅޭގޮތުން ފުލުހުންގެ ބަހެއް ވަނީ ލިބޭ ގޮތް ނުވެފަ އެވެ. 

ރަސްމާލެ މަޝްރޫއުގެ ބޮޑު ސަރަހައްދެއް އީގަލް ހިލްސްއަށް ދާއިމާކޮށް ދޭ މައްސަލައާ ދެކޮޅަށް ގައުމީ ހަރަކާތުން އިސްވެ އޮވެ ބާއްވާ ބޮޑު މުޒާހަރާ ހުކުރު ދުވަހުގެ ރޭ 8:30 ގައި އާޓިފިޝަލް ބީޗުގައި އޮންނާނެ އެވެ. 

ދިވެހި ފުލުހުންގެ ޚިދުމަތްރަސްމާލެ

އެންމެ ހިނގާ

1

ވަޒީރު އިހުސާނުގެ "ހަމަހިމޭންކަން" ބުނެދެނީ ކޮންވާހަކަ އެއް؟

2

"އަދަދު" އޮންލައިންގެ އެޑިޓަރުގެ މައްޗަށް ކުރާ ގަޒްފު ދައުވާގައި ރައީސް މުއިއްޒުއަކީ ހެއްކެއް ކަމަށް ބަލައިނުގަނެވޭނެ ކަމަށް، އަދި އީޝާއަކީ ހެއްކެއް ކަމަށް ބަލައިގަނެވޭނެ ކަމަށް ނިންމައިފި

3

ޓީއެމްއޭގެ ސީޕްލޭނެއް ފުރަން އުޅުމުގެ ތެރޭގައި ނުރައްކާތެރި ހާދިސާއެއް ހިނގައި ކެބިން ކުރޫއަކަށް ވަރަށް ބޮޑަށް އަނިޔާވެއްޖެ

4

ޕީއެންސީ މެންބަރު ހުސެންބެގެ މެސެޖު: ޒަޔަނިސްޓު އަނިޔާވެރިންގެ އެޖެންޓުންނަށް ރާއްޖޭގެ ވެލިފުކެއްގައިވެސް އަތްލުމުގެ ފުރުސަތު ދީގެންނުވާނެ، ގައުމުގެ ހައްގުގައި ހަމަހިމޭންކަން ހިޔާރުކުރުމަކީ ދުވަހެއްގެ ކޮޅުންވެސް ވާނެ ކަމެއް ނޫން

5

ޖީ.އެސް.ޓީގެ ގޮތުގައި މިލިއަނަށްވުރެ ގިނަ ފައިސާ ދައްކަންޖެހޭ 25 ފަރާތެއްގެ ނަން މީރާއިން ހާމަކޮށްފި

އިތުރަށް ކިޔާލަން

12 ނޮވެމްބަރު 2026

އިދިކޮޅުގައި ތިބި ސިޔާސީ ބޮޑެތި ހުރިހާ ޕާޓީތަކުން ހުކުރު ދުވަހުގެ ރޭ ބާއްވާ ބޮޑު އެއްވުމުގައި ބައިވެރިވާނެ: މައުރޫފް

12 ނޮވެމްބަރު 2026
އިދިކޮޅުގައި ތިބި ސިޔާސީ ބޮޑެތި ހުރިހާ ޕާޓީތަކުން ހުކުރު ދުވަހުގެ ރޭ ބާއްވާ ބޮޑު އެއްވުމުގައި ބައިވެރިވާނެ: މައުރޫފް
12 ނޮވެމްބަރު 2026

ރަސްމާލެ މަޝްރޫއާ ދެކޮޅަށް ދައްކާ ވާހަކަތަކަކީ ސިޔާސީ ވާހަކައެއް ނޫން، މި މަޝްރޫއުގެ ސަބަބުން ރާއްޖޭގައި އިސްރާއީލުގެ އަވަށެއް އުފެދިދާނެ ކަމުގެ ކަންބޮޑުވުން އެބައޮތް: ގާލިބު

ރައީސް މުއިއްޒު އަކީ ފައިސާ ފޮއްޗެއް ދިއްކޮށްލާ ކޮންމެ ބަޔަކަށް ގައުމުގެ ހާރިޖީ ސިޔާސަތު ވިއްކާލާ ވެރިއެއް، މިއަދު ރެފަރެންޑަމެއް ނެގިޔަސް، 15 އިންސައްތަވެސް ނުލިބޭނެ: މީކާއިލް

ރައީސް މުއިއްޒުގެ ކުރިން ބަންޑާރަ ނައިބު އުޝާމް އިސްތިއުފާ ދޭންޖެހޭ، ދައުވާ ވެސް ކުރާނަން: އިމްރާން

12 ނޮވެމްބަރު 2026
ރައީސް މުއިއްޒުގެ ކުރިން ބަންޑާރަ ނައިބު އުޝާމް އިސްތިއުފާ ދޭންޖެހޭ، ދައުވާ ވެސް ކުރާނަން: އިމްރާން
12 ނޮވެމްބަރު 2026

އެހެން ދީންތަކުގެ މީހުން ވަޒަންވެރިވާނެ މަގު ފަހިނުކުރުމަށް ޑރ. އިޔާޒު އިލްތިމާސްކުރައްވައިފި

12 ނޮވެމްބަރު 2026
އެހެން ދީންތަކުގެ މީހުން ވަޒަންވެރިވާނެ މަގު ފަހިނުކުރުމަށް ޑރ. އިޔާޒު އިލްތިމާސްކުރައްވައިފި
11 ނޮވެމްބަރު 2026

ރަސްމާލެ އިން ބިން ހޯދުމަށް 58،000 އާއިލާ އިން އެދިއެދި ތިއްބާ ރައްޔިތުން ގާތު އަހާނުލައި، ޣައިރު ދީންތަކުގެ މީހުންނަށް އެތަން ދޭން ޖާގައެއް ނުދޭނަން: އަލީ ހުސެއިން

ރައީސް މުއިއްޒު އިންތިޚާބު ކުރީ ބޭނުންވީމަ ގައުމުގެ ތަންތަން ކަނޑައި، ބޭރުގެ ފަރާތްތަކަށް ދޭކަށް ނޫން: މައުރޫފް

11 ނޮވެމްބަރު 2026
ރައީސް މުއިއްޒު އިންތިޚާބު ކުރީ ބޭނުންވީމަ ގައުމުގެ ތަންތަން ކަނޑައި، ބޭރުގެ ފަރާތްތަކަށް ދޭކަށް ނޫން: މައުރޫފް
11 ނޮވެމްބަރު 2026

ރަސްމާލެ މަޝްރޫއަށް އަނެއްކާވެސް ކޮންސަލްޓެންޓެއް ހޯދަނީ، މިފަހަރު ހޯދަނީ މަޝްރޫއުގެ މާސްޓަރ ޕްލޭން ތައްޔާރުކޮށްދޭނެ ކޮންސަލްޓެންޓެއް!

11 ނޮވެމްބަރު 2026
ރަސްމާލެ މަޝްރޫއަށް އަނެއްކާވެސް ކޮންސަލްޓެންޓެއް ހޯދަނީ، މިފަހަރު ހޯދަނީ މަޝްރޫއުގެ މާސްޓަރ ޕްލޭން ތައްޔާރުކޮށްދޭނެ ކޮންސަލްޓެންޓެއް!
11 ނޮވެމްބަރު 2026

ޕީއެންސީ މެންބަރު ހުސެންބެގެ މެސެޖު: ޒަޔަނިސްޓު އަނިޔާވެރިންގެ އެޖެންޓުންނަށް ރާއްޖޭގެ ވެލިފުކެއްގައިވެސް އަތްލުމުގެ ފުރުސަތު ދީގެންނުވާނެ، ގައުމުގެ ހައްގުގައި ހަމަހިމޭންކަން ހިޔާރުކުރުމަކީ ދުވަހެއްގެ ކޮޅުންވެސް ވާނެ ކަމެއް ނޫން

11 ނޮވެމްބަރު 2026
ޕީއެންސީ މެންބަރު ހުސެންބެގެ މެސެޖު: ޒަޔަނިސްޓު އަނިޔާވެރިންގެ އެޖެންޓުންނަށް ރާއްޖޭގެ ވެލިފުކެއްގައިވެސް އަތްލުމުގެ ފުރުސަތު ދީގެންނުވާނެ، ގައުމުގެ ހައްގުގައި ހަމަހިމޭންކަން ހިޔާރުކުރުމަކީ ދުވަހެއްގެ ކޮޅުންވެސް ވާނެ ކަމެއް ނޫން
11 ނޮވެމްބަރު 2026

ޤައުމުގެ ދުރު ރާސްތާއަށް އަސަރުކުރާ ފަދަ ހައްސާސް ކަންކަމުގައި ރައްޔިތުން ދެކޭ ގޮތް ބެލުމަކީ މުހިއްމު ކަމެއް: ސަލީމް

11 ނޮވެމްބަރު 2026
ޤައުމުގެ ދުރު ރާސްތާއަށް އަސަރުކުރާ ފަދަ ހައްސާސް ކަންކަމުގައި ރައްޔިތުން ދެކޭ ގޮތް ބެލުމަކީ މުހިއްމު ކަމެއް: ސަލީމް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް