ދަނޑުވެރިކަން ކުރަމުންދިޔަ ސަރަހައްދެއްގައި މަސްތުވާތަކެތި ރައްކާކޮށް ވިޔަފާރި ކުރަމުންދިޔަ މީހަކު އުމުރަށް ޖަލަށް!
6 އޮކްޓޯބަރު 2026 | އަންގާރަ 08:47ގދ. ގަމުގައި ދަނޑުވެރިކަން ކުރާ ސަރަހައްދެއްގައި މަސްތުވާތަކެތި ރައްކާކޮށް ވިޔަފާރިކުރި މައްސަލައިގައި ދައުވާލިބޭ މީހާގެ މައްޗަށް ކުށް ސާބިތުވާކަމަށް ގައްދޫ މެޖިސްޓްރޭޓް ކޯޓުން ވަނީ ކަނޑައަޅާފައި. ފުލުހުން ހިންގި އޮޕަރޭޝަނެއްގައި އަތުލައިގަތް މި މައްސަލައިގައި އޭނާގެ މައްޗަށް މަސްތުވާތަކެތި ޓްރެފިކްކުރުމުގެ ދައުވާގެ އިތުރުން ހުއްދަ ނުނަގައި ކަންކަން ކުރުމުގެ ދައުވާވެސް ސާބިތުވެފައިވޭ


ޑައިމޯފިން ޓްރެފިކް ކުރުމުގެ ކުށް ސާބިތުވެ، ނޫރީގެ / ގދ. ގައްދޫ، އަލީ ޝަޒީނު (37އ) 25 އަހަރަށް ޖަލަށްލާން ހުކުމްކޮށްފި | ޕޮލިސް
ޑައިމޯފިން ޓްރެފިކް ކުރުމުގެ ކުށް ސާބިތުވެ، ގދ. ގައްދޫ، ނޫރީގެ އަލީ ޝަޒީނު 25 އަހަރަށް ޖަލަށް ލުމާއެކު 100،000 (އެއްލައްކަ) ރުފިޔާއިން ޖޫރިމަނާކުރުމަށް ގައްދޫ މެޖިސްޓްރޭޓް ކޯޓުން ހުކުމްކޮށްފި އެވެ.
މަސްތުވާތަކެއްޗާބެހޭ ގާނޫނުގެ 105 ވަނަ މާއްދާގެ ދަށުން އޭނާގެ މައްޗަށް ހުކުމް އިއްވާފައިވަނީ 2026 އޮކްޓޫބަރު 4 ވަނަ ދުވަހު އެވެ.
މި މައްސަލަ ފުލުހުންގެ ޚިދުމަތަށް ހުށަހަޅާފައި ވަނީ 2021 އޮގަސްޓު 10 ވަނަ ދުވަހު އެވެ. މި މައްސަލައިގެ ތަހުގީގު ނިންމައި، އޭނާގެ މައްޗަށް ދައުވާ އުފުލުމަށް ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވާފައިވަނީ 2021 ސެޕްޓެމްބަރު 1 ވަނަ ދުވަހު އެވެ.
ދިވެހި ފުލުހުންގެ ޚިދުމަތުން މައުލޫމާތުދޭ ގޮތުގައި ގދ. ގަމުގައި، އަލީ ޝަޒީނު ދަނޑުވެރިކަން ކުރަމުންދިޔަ ސަރަހައްދެއްގައި މަސްތުވާތަކެތި ރައްކާކޮށް، އެ ތަކެތީގެ ވިޔަފާރިކުރާކަމަށް ތުހުމަތުކުރެވުނު މައްސަލައާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން އެ ތަން ބަލައިފާސްކުރުމުގެ ތެރޭގައި، މަސްތުވާތަކެއްޗަށް ޝައްކުކުރެވޭ ބާވަތްތަކާއި ބަނގުރާ ފެނިފައިވެ އެވެ.
މި މައްސަލައިގެ ތަހުގީގު ނިންމައި، ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވުމުން އޭނާގެ މައްޗަށް ދެ ދައުވާއެއް ކޮށްފައިވެ އެވެ. އެއީ މަސްތުވާތަކެތި ޓްރެފިކްކުރުމުގެ ދައުވާއާއި ހުއްދަ ނަގައިގެން ކުރަންޖެހޭ ކަމެއް ހުއްދަ ނުނަގައި ކުރުމުގެ ދައުވާ އެވެ.
މި ދެ ދައުވާ ވެސް އޭނާގެ މައްޗަށް ސާބިތުވާކަމަށް ކޯޓުން ވަނީ ކަނޑައަޅާފަ އެވެ. އަދި އޭނާ އުމުރަށް ޖަލަށްލުމަށް ވަނީ ހުކުމްކޮށްފަ އެވެ.










