Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއަމާން އުދަރެސް

އަމާން އުދަރެސް-2 ޓަވަރުން އިރުއިރުކޮޅާ ކަރަންޓު ކެނޑޭ މައްސަލަ: އަދިވެސް ހައްލެއް ނުލިބޭ، ރައްޔިތުން ބޮޑު ތަކުލީފެއްގައި!

18 ނޮވެމްބަރު 2026 | ބުދަ 17:24

ހުޅުމާލެ ފޭސް 2 ގެ "އަމާން އުދަރެސް-2" ޓަވަރުން ބުދަ ދުވަހުގެ ހެނދުނުން ފެށިގެން މެދުކެނޑިނުއެޅި ކަރަންޓު ކެނޑެމުންދާތީ، އެ އިމާރާތުގައި ދިރިއުޅޭ އާންމުންނަށް ބޮޑެތި ދަތިތަކަކާ ކުރިމަތިލާން ވަނީ ޖެހިފައި. މި މައްސަލަ ހައްލުކުރުމަށް ފަހި ދިރިއުޅުން ކޯޕަރޭޝަނުން މަސައްކަތް ކުރަމުންދިޔަ ނަމަވެސް، ޚިދުމަތް މެދުކެނޑެން މެދުވެރިވި ސަބަބާއި އަލުން ކަރަންޓު ނުކެނޑި މިކަން ހައްލުވާނެ ވަގުތެއް ސާފުނުވާތީ އާންމުން ދަނީ ކަންބޮޑުވުން ފާޅުކުރަމުން

އަމްނާ އިމާދު
އަމްނާ އިމާދު | 18 ނޮވެމްބަރު 2026 | ބުދަ 17:24
އަމާން އުދަރެސް-2 ޓަވަރުން އިރުއިރުކޮޅާ ކަރަންޓު ކެނޑޭތީ އެޕާޓްމަންޓްތަކުގައި ދިރިއުޅޭ ބަޔަކު ބޭރުގައި މަޑުކޮށްލައިގެން

އަމާން އުދަރެސް-2 ޓަވަރުން އިރުއިރުކޮޅާ ކަރަންޓު ކެނޑޭތީ އެޕާޓްމަންޓްތަކުގައި ދިރިއުޅޭ ބަޔަކު ބޭރުގައި މަޑުކޮށްލައިގެން | ރާއްޖެއެމްވީ

ހުޅުމާލެ ފޭސް 2 ގައި ތަރައްގީކޮށްފައިވާ "އަމާން އުދަރެސް-2" ޓަވަރުގެ ހުރިހާ އެޕާޓްމަންޓްތަކަކުން ބުދަ ދުވަހުގެ ހެނދުނުން ފެށިގެން އިރުއިރުކޮޅާ ކަރަންޓު ކެނޑި، އެ އިމާރާތުގައި ދިރިއުޅޭ ގިނަ އަދަދެއްގެ ރައްޔިތުން ބޮޑު ތަކުލީފަކާ ކުރިމަތިލާން ޖެހިއްޖެ އެވެ.

ރާއްޖެއެމްވީއަށް އެ ޓަވަރުގައި ދިރިއުޅޭ ރައްޔިތަކު މައުލޫމާތު ދިން ގޮތުގައި ބުދަ ދުވަހުގެ ހެނދުނު ގާތްގަނޑަކަށް 10:00 ހާއިރުން ފެށިގެން އިރުއިރުކޮޅާ ކަރަންޓު ކެނޑޭ ކަމަށާއި، ބްރޭކަރު އެރުވި ނަމަވެސް، ކަރަންޓު ކެނޑެމުންދާ ކަމަށް ބުންޏެވެ. މިގޮތަށް ކަރަންޓު ކެނޑޭތީ އެކަން އެވަގުތު މިކަމާ ގުޅިގެން ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ)ގެ ސަމާލު ކަމަށް ގެނެސްފައިވާ ކަމަށާއި، އެ މައްސަލަ ހައްލު ކުރުމަށް މަސައްކަތް ކުރަމުންދާ ކަމަށް އެ ކޯޕްރޭޝަނުން ބުނެފައިވާ ކަމަށް ވެސް އޭނާ ބުންޏެވެ.

Advertisement - newsAdvertisement
އަމާން އުދަރެސް-2 ޓަވަރުން އިރުއިރުކޮޅާ ކަރަންޓު ކެނޑޭ މައްސަލަ ބޮޑު. ބުދަ ދުވަހުގެ ހެނދުނު 10:00ން ފެށިގެން އަދިވެސް ދަނީ ކަރަންޓު ކެނޑުމުން

އަމާން އުދަރެސް-2 ޓަވަރުން އިރުއިރުކޮޅާ ކަރަންޓު ކެނޑޭ މައްސަލަ ބޮޑު. ބުދަ ދުވަހުގެ ހެނދުނު 10:00ން ފެށިގެން އަދިވެސް ދަނީ ކަރަންޓު ކެނޑުމުން | ރާއްޖެއެމްވީ

ނަމަވެސް ކަރަންޓު ކެނޑެން ދިމާވެގެން އުޅޭ މައްސަލައެއް ސާފުކޮށް ނުދޭ ކަމަށާއި، މިމައްސަލަ ހައްލުވެ، ކަރަންޓު ލިބޭނެ ވަގުތެއް އެފްޑީސީން އަންގާފައިނުވާ ކަމަށް އޭނާ ބުންޏެވެ.

މިއަދު ހެނދުނު ކަރަންޓު ކެނޑެން ފެށީ. އަދިވެސް މިރޭގެ މިހިސާބަށް ކަރަންޓެއް ނުލިބޭ. ގިނަ ބަޔަކު މިތަނުގެ ބޭރުގައި އެބަތިބި އެޕާޓްމަންޓަށް ކަރަންޓު ނުލިބޭތީ
އާއްމު ރައްޔިތެއް

އިރުއިރުކޮޅާ ކަރަންޓު ކެނޑޭތީ ޒަރޫރީ އެތައް ކަމަކަށް ވަނީ ބުރޫ އަރައިފައިކަން ފާހަގަކޮށް އޭނާ ބުނީ، އެޕާޓްމަންޓްތަކަށް ގަނެފައިވާ ކަރަންޓު ބޭނުންކުރާ ގިނަ އެއްޗިއްސަށް މިކަމުގެ ސަބަބުން ގެއްލުންވާ ކަމަށާއި، ހަލާކުވުމުގެ ބިރު އެބައޮތް ކަމަށެވެ. 

އަދި މިއިން ކޮންމެ އެޕާޓްމަންޓެއްގައި ގިނަ ބަޔަކު ދިރިއުޅެމުންދާއިރު، ކަރަންޓުގެ މި މައްސަލައާ ގުޅިގެން އުމުރުން ދުވަސްވީ މީހުންނާއި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ އިތުރުން، ސްކޫލު ކުދީންނަށް މިކަމުގެ ސަބަބުން ވަނީ އިންތިހާއަށް ދަތިތަކާ ކުރިމަތިލާން ޖެހިފައި ކަމަށް ވެސް އޭނާ ބުންޏެވެ. 

މީގެ އިތުރުން އަސާސީ މިފަދަ ޚިދުމަތެއް ދިގުލައިގެންދާ ގޮތަށް މެދުކެނޑި، އަންދާޒާ ކުރެވޭ ވަގުތެއް ވެސް ނޭނގި އުޅެން ޖެހުމަކީ އިންތިހާއަށް ކަންބޮޑުވާ ކަމެއް ކަމަށް އޭނާ ފާހަގަކުރި އެވެ.

އަމާން އުދަރެސް-2 ގެ އެޕާޓްމަންޓްތަކުން ކަރަންޓު ކެނޑުނު ނަމަވެސް ލިފްޓް އޭރިޔާއިން ކަރަންޓެއް ނުކެނޑެ އެވެ. 

އަމާން އުދަރެސްފަހި ދިރިއުޅުން ކޯޕަރޭޝަންކަރަންޓް

އެންމެ ހިނގާ

1

ފެނަކައިގެ ކުރީގެ އެމްޑީ ސައީދުގެ ކިބައިން މަޑަވެލީ ދާއިރާގެ ކުރީގެ މެންބަރު ފިރުޝާން މާފަށް އެދިވަޑައިގެންފި

2

ދަތުގެ ވޭނަށް ލުޔެއް ހޯދަން ދިޔަ ދަތުރު ނިމުނީ އާއިލާގެ ހިތްތައް ކުދިކުދިކޮށްލި މަރަކުން

3

ފައިސަލް އާއި އާޒިމްގެ ކެމްޕޭނަށް އެމްޕީއެލް މުވައްޒަފަކު ހުރަސްއަޅައިފި

4

ޖަލްސާ ބޭއްވުމުގެ ކުރިން ޕީއެންސީއަށް 1 ލައްކަ މެންބަރުން ހަމަކުރުމަށް 1 މިލިއަން ޑޮލަރު ޚަރަދުކުރި!

5

ތިން ދުވަސް ތެރޭ ދެވަނަ ފަހަރަށް އީރާނުން ބަޙްރައިނަށް ހަމަލާދިނުމުން ޢަރަބި ދުނިޔެ ކެކިއަރައިފި

އިތުރަށް ކިޔާލަން

11 އޮކްޓޯބަރު 2026

އެފްޑީސީން ވަނީ ފަހި ފްލެޓުތައް ''ޖޫރިމަނާ ފްލެޓުތަކަކަށް'' ބަދަލުކޮށްފައި: ސޮބާހު

11 އޮކްޓޯބަރު 2026
އެފްޑީސީން ވަނީ ފަހި ފްލެޓުތައް ''ޖޫރިމަނާ ފްލެޓުތަކަކަށް'' ބަދަލުކޮށްފައި: ސޮބާހު
02 އޮކްޓޯބަރު 2026

އަމާން އުދަރެސް 5 ގައި ރޯވެ، އިމާރާތުގެ ފެން ހޮޅިއަކަށް ގެއްލުންވި، ޓަވަރުގެ ބައެއް ޔުނިޓުތަކަށް ފެނާއި ކަރަންޓުގެ ޚިދުމަތް ކެނޑޭނެ: އެފްޑީސީ

02 އޮކްޓޯބަރު 2026
އަމާން އުދަރެސް 5 ގައި ރޯވެ، އިމާރާތުގެ ފެން ހޮޅިއަކަށް ގެއްލުންވި، ޓަވަރުގެ ބައެއް ޔުނިޓުތަކަށް ފެނާއި ކަރަންޓުގެ ޚިދުމަތް ކެނޑޭނެ: އެފްޑީސީ
02 އޮކްޓޯބަރު 2026

ހުޅުމާލެ ފޭސް 2 ގެ އަމާން އުދަރެސް ޓަވަރުގެ ގްރައުންޑް ފްލޯގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި

02 އޮކްޓޯބަރު 2026
ހުޅުމާލެ ފޭސް 2 ގެ އަމާން އުދަރެސް ޓަވަރުގެ ގްރައުންޑް ފްލޯގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި
31 އޯގަސްޓު 2026

އަމާން އުދަރެސް ޓަވަރަކުން ކުއްޖަކު ވެއްޓިއްޖެ!

31 އޯގަސްޓު 2026
އަމާން އުދަރެސް ޓަވަރަކުން ކުއްޖަކު ވެއްޓިއްޖެ!
30 އެޕްރީލު 2026

މިފަހުން ބޭއްވި ތިން އިންތިޚާބަށްފަހު، މަޑުއްވަރިން ކަރަންޓު ނުކެނޑޭ ދުވަހެއް މަދުވާނެ: އިންތިޚާބީ ރައީސް ޝިހާމް

30 އެޕްރީލު 2026
މިފަހުން ބޭއްވި ތިން އިންތިޚާބަށްފަހު، މަޑުއްވަރިން ކަރަންޓު ނުކެނޑޭ ދުވަހެއް މަދުވާނެ: އިންތިޚާބީ ރައީސް ޝިހާމް
25 އެޕްރީލު 2026

ހުޅުމާލެ ފޭސް-2 ގެ ބޮޑު ސަރަހައްދަކުން ކަރަންޓު ކުއްލި ގޮތަކަށް ކެނޑިއްޖެ

25 އެޕްރީލު 2026
ހުޅުމާލެ ފޭސް-2 ގެ ބޮޑު ސަރަހައްދަކުން ކަރަންޓު ކުއްލި ގޮތަކަށް ކެނޑިއްޖެ
13 މާރިޗު 2026

އައްޑޫ ސިޓީގެ ކަރަންޓަށް ލޯޑު ބޮޑުވެ އެކި ވަގުތުތަކުގައި ކަރަންޓު ކަނޑާތާ ތިން ދުވަސް، ހައްލުވާނެ އިރެއް ނޭނގޭ: މޭޔަރު

13 މާރިޗު 2026
އައްޑޫ ސިޓީގެ ކަރަންޓަށް ލޯޑު ބޮޑުވެ އެކި ވަގުތުތަކުގައި ކަރަންޓު ކަނޑާތާ ތިން ދުވަސް، ހައްލުވާނެ އިރެއް ނޭނގޭ: މޭޔަރު
25 ފެބުރުއަރީ 2026

ނޮޅިވަރަންފަރުން ކަރަންޓު ކެނޑުން: އަލުން ޚިދުމަތް ދެވުނީ ގާތްގަނޑަކަށް 19 ގަޑިއިރު ފަހުން!

25 ފެބުރުއަރީ 2026
ނޮޅިވަރަންފަރުން ކަރަންޓު ކެނޑުން: އަލުން ޚިދުމަތް ދެވުނީ ގާތްގަނޑަކަށް 19 ގަޑިއިރު ފަހުން!
23 ފެބުރުއަރީ 2026

ރައީސް މުއިއްޒު ވިދާޅުވި ގޮތަށް ކަރަންޓު ބިލުން ޑިސްކައުންޓް ދިނުމަށްފަހު ސްޓެލްކޯއަށް ލިބެންޖެހޭ ބާކީ ފައިސާ ލިބޭ ގޮތާ ގުޅޭގޮތުން ސުވާލު ކުރުމުން އާރްޓީއައި ހުށަހެޅުމަށް އެކުންފުނިން ބުނެފި

20 ފެބުރުއަރީ 2026

ކަރަންޓުގެ މައްސަލަ ހައްލު ނުވެ ރޯދަ މަހުގެ ފުރަތަމަ ހުކުރުގައި ވެސް މުޅި އައްޑޫ ސިޓީ ކަރަންޓަށް ޖެހިފައި

20 ފެބުރުއަރީ 2026
ކަރަންޓުގެ މައްސަލަ ހައްލު ނުވެ ރޯދަ މަހުގެ ފުރަތަމަ ހުކުރުގައި ވެސް މުޅި އައްޑޫ ސިޓީ ކަރަންޓަށް ޖެހިފައި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް