Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެފަތަހް - ހަމާސް އެއްބައިވަންތަކަމުގެ އެއްބަސްވުން

ފަތަހް އާއި ހަމާސް އިން ގައުމީ އެއްބައިވަންތަ ކަމުގެ އެއްބަސްވުމެއްގައި ސޮއިކޮށްފި

އެއްބަސްވުމަކަށް އާދެވުނީ ތިން ދުވަހުގެ މުއްދަތައް ފުޅާދާއިރާއެއްގައި ކުރެވުނު މަޝްވަރާތަކަށް ފަހުގައެވެ.

ރާއްޖެ އެމްވީ | 23 ޖުލައި 2024 | އަންގާރަ 09:56
ބެއިޖިންގެ ޑިއައުޔުޓައި ސްޓޭޓް ގެސްޓްހައުސްގައި ބޭއްވި އިވެންޓެއްގެ ތެރެއިން - ފަތާހުގެ ސެންޓްރަލް ކޮމިޓީގެ ނައިބު ރައީސް(ވ)، ޗައިނާގެ ޚާރިޖީ ވަޒީރު(މ) އާއި ހަމާސްގެ މެމްބަރު މޫސާ އަބޫ މަރްޒޫކް

ބެއިޖިންގެ ޑިއައުޔުޓައި ސްޓޭޓް ގެސްޓްހައުސްގައި ބޭއްވި އިވެންޓެއްގެ ތެރެއިން - ފަތާހުގެ ސެންޓްރަލް ކޮމިޓީގެ ނައިބު ރައީސް(ވ)، ޗައިނާގެ ޚާރިޖީ ވަޒީރު(މ) އާއި ހަމާސްގެ މެމްބަރު މޫސާ އަބޫ މަރްޒޫކް

ފަލަސްތީނުގެ އެންމެ ބޮޑު ވާދަވެރި ދެ ޖަމާއަތް ކަމަށްވާ ފަތަހް އާއި ހަމާސް އިން ގައުމީ އެއްބައިވަންތަ ކަމުގެ އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

މިއީ އިޒްރޭލުން ގާޒާ ގައި ހިންގާ ހަނގުރާމަ ނިމުމަކަށް އައުމަށް ފަހު ގާޒާ ފަލަސްތީނުގެ ކޮންޓްރޯލްގެ ދަށުގައި ބޭއްވުމަށް ދެ ފަރާތުން ގުޅިގެން މަސައްކަތް ކުރުމަށް ވީ އެއްބަސްވުމެއް ކަމަށް އޭއެފްޕީން ބުނެފައިވެއެވެ.

ޗައިނާ އިން މެދުވެރިއެއްގެ ދައުރު އަދާކުރި ވާހަކަތަކުގައި އަންގާރަ ދުވަހު އެއްބަސްވުމަކަށް އާދެވުނީ ތިން ދުވަހުގެ މުއްދަތައް ފުޅާދާއިރާއެއްގައި ކުރެވުނު މަޝްވަރާތަކަށް ފަހުގައި ކަމަށް ޗައިނާގެ ޚާރިޖީ ވަޒީރު ވޮންގް ޔީ ވިދާޅުވިއެވެ.

ގައުމީ އެއްބައިވަންތަ ކަމުގެ ވަގުތީ ސަރުކާރެއް އެކުލަވާލުމަށް ހަމާސް އާއި ފަތަހް ޖަމާއަތުން ސޮއި ކުރިއިރު ފަލަސްތީނުގެ އިތުރު އެހެން ބާރަ ގްރޫޕަކުންވެސް އެއްބަސްވުމުގައި ބައިވެރިވެ ސޮއިކޮށްފައިވެއެވެ.

ހާމާސް އާއި ފަތަހް ޖަމާއަތުން މީގެ ކުރިންވެސް އެއްބައިވަންތަ ކަމުގެ އެއްބަސްވުން ތަކުގައި ސޮއި ކޮށްފައި ވީނަމަވެސް، ވާދަވެރިކަން ބޮޑު މި ދެ ޖަމާއަތުން އެ އެއްބަސްވުންތަކަށް އަމަލު ކޮށްފައި ނުވާކަން ފާހަގަ ކުރެވެއެވެ.

އަނެއްކޮޅުން އިޒްރޭލުން ބުނެފައިވަނީ ހަނގުރާމައިގެ ފަހުން ވެސް ގާޒާ ހިންގުމުގައި ފަތަހް އަށްވެސް ހަމާސް އަށްވެސް އެއްވެސް ދައުރެއް ނުދޭނެ ކަމަށެވެ.

ފަތަހް އާއި ހަމާސް ގެ ގުޅުން އެންމެ ބޮޑަށް ހީނަރު ވެގެން ދިޔައީ 2007 ވަނަ އަހަރު ހަމާސް ޖަމާއަތުން އެކަނި ގާޒާ ހިންގަން ފެށި ހިސާބުންނެވެ. އޭރު ހަމާސް އިން ވަނީ ބާރުގެ ބޭނުން ކޮށްގެން ގާޒާ އިން ފެޔަށް ފަތަހް ޖަމާއަތް ޖައްސާފައެވެ.

2006 ވަނަ އަހަރު ފަލަސްތީނުގެ އިންތިޚާބު ހަމާސް އިން ކާމިޔާބު ކުރުމާއެކު ހަމާސް އިން އިސްވެ އުފައްދާފައި އޮތް ގުޅިފައިވާ އިއްތިހާދުގެ ސަރުކާރު ފަލަސްތީނުގެ ރައީސް އަދި ފަތަހް ޖަމާއަތުގެ ވެރިޔާ މަހްމޫދު އައްބާސް އުވާލެއްވި ހިސާބުން، ގާޒާ ގެ ކޮންޓްރޯލް ފަތަހް ޖަމާއަތައް ގެއްލި، ފަތަހް ޖަމާއަތުގެ ބާރު އޮންނަ ފަލަސްތީނު ސަރުކާރުގެ ކޮންޓްރޯލް ހުޅަނގު އައްސޭރީގެ ބައެއް ސަރަހައްދުތަކަށް އެކަނި އޮންނަ ގޮތައް ހަނިވެގެން ދިޔައެވެ.

އަނެއްކޮޅުން އޮކްޓޯބަރ 7 ގައި އިޒްރޭލް ސިފައިން ގާޒާ އަށް އަރާ ހިންގަންފެށި ނުރައްކާތެރި ހަނގުރާމަ އާ އެކު ހަމާސްގެ ފުރިހަމަ ކޮންޓްރޯލް ގާޒާ އިން ގެއްލިގެން ދިޔަކަން ވަނީ ފާހަގަ ކުރެވިފައެވެ.

ބެއިޖިންގައި ސޮއިކުރި އެއްބަސްވުމާ ބެހޭ ގޮތުން ހަމާސްގެ ތަރުޖަމާނު ހުސާމް ބަދްރަން ޓެލެގްރާމް ގައި އާންމު ކުރި ބަޔާނުގައި ބުނެފައިވަނީ މި މުއާހަދާ އަކީ ފަލަސްތީނުގެ އެއްބައިވަންތަ ކަމަށް ކުރިއަށް އެޅުނު ރަނގަޅު އިތުރު ފިޔަވަޅެއް ކަމަށެވެ.

ބަޔާނުގައި ބުނެފައިވަނީ، މި އެއްބަސްވުމުގެ އެންމެ މުހިންމު ކަމަކީ ގާޒާ އާއި ހުޅަނގު އައްސޭރީގައި ހުރިހާ ފަރާތަކުން ގުޅިގެން އެއްބައިވަންތަ ކަމުގެ ވަގުތީ ސަރުކާރެއް އުފައްދާ، އައު ސަރުކާރުގެ ބެލުމުގެ ދަށުން ގާޒާ އަލުން އާރާސްތު ކުރުމުގެ މަސައްކަތް ބަލަހައްޓާ އައު އިންތިޚާބަކަށް ތައްޔާރުވުމަށް ކުރަންޖެހޭ މަސައްކަތް ކުރުން ކަމަށެވެ.

ޗައިނާގައި ފަލަސްތީނުގެ ޖަމާއަތްތައް ގުޅިގެން ވީ އެއްބަސްވުމަށް އިހްތިރާމް ނުކުރާނޭ ކަމަށް އިޒްރޭލުގެ ޚާރިޖީ ވަޒީރު ކަޓްޒް އެކްސް ގައި ކުރި ޕޯސްޓެއްގައި ބުނެފައިވެއެވެ.

ހަމާސްފަތަހްޗައިނާގެ ފޮރިން މިނިސްޓަރ ވަންގް ޔީ

އިތުރަށް ކިޔާލަން

07 ޑިސެމްބަރު 2025

ހަމާސް ގެ ހަތިޔާރު ފަލަސްތީނު ދައުލަތައް ހަވާލުކުރަން ތައްޔާރު ކަމަށް ބުނެފި

07 ޑިސެމްބަރު 2025
ހަމާސް ގެ ހަތިޔާރު ފަލަސްތީނު ދައުލަތައް ހަވާލުކުރަން ތައްޔާރު ކަމަށް ބުނެފި
06 ޑިސެމްބަރު 2025

ހަމާސް އިން ޣައްޒާ ގެ ވެރިކަން ކުރާކަށް ބޭނުމެއް ނޫން ކަމަށް ބުނެފި

06 ޑިސެމްބަރު 2025
ހަމާސް އިން ޣައްޒާ ގެ ވެރިކަން ކުރާކަށް ބޭނުމެއް ނޫން ކަމަށް ބުނެފި
05 ޑިސެމްބަރު 2025

ޣައްޒާ ގައި ހަމާސް އާ ދެކޮޅަށް ހަރަކާތްތެރިވާ ހަތިޔާރުއެޅި ފަލަސްތީނުގެ ޖަމާޢަތެއްގެ ވެރިޔާ މަރާލައިފި

05 ޑިސެމްބަރު 2025
ޣައްޒާ ގައި ހަމާސް އާ ދެކޮޅަށް ހަރަކާތްތެރިވާ ހަތިޔާރުއެޅި ފަލަސްތީނުގެ ޖަމާޢަތެއްގެ ވެރިޔާ މަރާލައިފި
19 ނޮވެމްބަރު 2025

އަންގާރަ ދުވަހު ސަލާމަތީ މަޖިލީހުން ޣައްޒާ އާ ބެހޭ ގޮތުން ފާސްކުރި ގަރާރުގައި މުހިންމު ކަންތައްތަކެއް ވަނީ ގަސްދު ގައި އުނި ކޮށްފައި: އީރާނު

19 ނޮވެމްބަރު 2025
އަންގާރަ ދުވަހު ސަލާމަތީ މަޖިލީހުން ޣައްޒާ އާ ބެހޭ ގޮތުން ފާސްކުރި ގަރާރުގައި މުހިންމު ކަންތައްތަކެއް ވަނީ ގަސްދު ގައި އުނި ކޮށްފައި: އީރާނު
19 ނޮވެމްބަރު 2025

އިޒްރޭލުގެ ހަމަލާއެއްގައި ލުބުނާނުގެ ރެފިއުޖީ ކޭމްޕެއްގެ ކައިރިން 13 މީހުން މަރުވެއްޖެ

19 ނޮވެމްބަރު 2025
އިޒްރޭލުގެ ހަމަލާއެއްގައި ލުބުނާނުގެ ރެފިއުޖީ ކޭމްޕެއްގެ ކައިރިން 13 މީހުން މަރުވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު