Raajje.mv
Raajje.mv
  • ރާއްޖެ
  • ކުޅިވަރު
  • ދުނިޔެ
  • ވިޔަފާރި - އިގްތިސާދު
  • ރިޕޯޓު
  • ފޮޓޯ
  • ވާހަކަ
  • ސިއްހަތު
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
ރަޝިޔާ ޔޫކްރެއިން މަސްރަހު

ޔޫކްރެއިންގެ އިރުމަތީ ސަރަހައްދު މިނިވަން ދައުލަތެއްގެ ގޮތުގައި ކަނޑައަޅާ ޔޫކްރެއިންއަށް އެރުމަށް ޕުޓިން އަންގަވައިފި

މި ދެސަރަހައްދަކީ ވަކި މިނިވަން ދެ ދައުލަތުގެ ގޮތުގައި ބަލައިގަތުމަށް ނިންމަވާފައިމިވަނީ އެފަދަ ކަމެއް ނުކުރުމަށް ހުޅަނގުން ތަކުރާރުކޮށް އިންޒާރު ދެމުންދަނިކޮށް

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ, ރާއްޖެ އެމްވީ | 22 ފެބުރުއަރީ 2022 | އަންގާރަ 05:23
ރަޝިޔާގެ ރައީސް ވްލަޑްމިއަރ ޕުޓިން ޔޫކްރެއިންގެ އިރުމަތީ ދެ ސަރަހައްދު ވަކި ދައުލަތެއްގެ ގޮތުގައި ބަލައިގަތުމުގެ ލިޔުމުގައި ސޮއިކުރައްވަނީ

ރަޝިޔާގެ ރައީސް ވްލަޑްމިއަރ ޕުޓިން ޔޫކްރެއިންގެ އިރުމަތީ ދެ ސަރަހައްދު ވަކި ދައުލަތެއްގެ ގޮތުގައި ބަލައިގަތުމުގެ ލިޔުމުގައި ސޮއިކުރައްވަނީ

ޔޫކްރެއިންގެ އިރުމަތީ ސަރަހައްދަކީ ވަކި މިނިވަން ދައުލަތެއްގެ ގޮތުގައި ރަޝިޔާ އިން ބަލައިގަތުމަށް ނިންމިކަން އިއުލާނުކޮށް، އެ ސަރަހައްދުތަކުގެ ސުލްހަ ބަލަހައްޓަން ކަމަށް ވިދާޅުވެ ރަޝިޔާގެ ސިފައިން އެސަރަހައްދަށް އަރަން އެ ގައުމުގެ ރައީސް ވްލަޑްމިއަރ ޕުޓިން އަމުރުކުރައްވައިފި އެވެ.

ޔޫކްރެއިންގެ އިރުމަތީގައި އޮންނަ މި ދެސަރަހައްދަކީ ވަކި މިނިވަން ދެ ދައުލަތުގެ ގޮތުގައި ބަލައިގަތުމަށް ނިންމަވާފައިމިވަނީ އެފަދަ ކަމެއް ނުކުރުމަށް ހުޅަނގުން ތަކުރާރުކޮށް އިންޒާރު ދެމުންދަނިކޮށެވެ. ވަކި މިނިވަން ދައުލަތެއްގެ ގޮތުގައި ބަލައިގަތުމަށް ޕުޓިން ނިންމަވާފައިވާ ދެ ސަރަހައްދަކީ ޑޮނެޓްސްކް ޕީޕަލްސް ރިޕަބްލިކާއި ލުހަންސްކް ޕީޕަލްސް ރިޕަބްލިކެވެ.

ހުޅަނގުން ވަނީ ރަޝިޔާއިން އެ ދެސަރަހައްދު ވަކި މިނިވަން ދައުލަތެއްގެ ގޮތުގައި ބަލައިގަނެފިނަމަ އެކަން ވެގެންދާނީ ގާނޫނާއި ޚިލާފު އަދި ސުލްހައިގެ ވާހަކަތައް މަރާލުންކަމަށް ބުނެފައެވެ.

ޔޫކްރެއިންގެ އިރުމަތީ ދެ ސަރަހައްދަކީ މިނިވަން ދެ ދައުލަތުގެ ގޮތުގައި ބަލައިގަތުމަށް ޕުޓިން މިނިންމެވީ ސެކިޔުރިޓީ ކައުންސިލްގެ ބައްދަލުވުމަކަށްފަހުއެވެ. މިނިންމެވުމާއެކު ރަޝިޔާ ސިފައިންނަށް އެސަރަހައްދަށް ހަތިޔާރާއެކު ދިޔުމުގެ ފުރުސަތު ފަހިވެގެންދާނެއެވެ.

ޓީވީ މެދުވެރިކުރައްވާ ރަޝިޔާގެ ރައްޔިތުންނާއި މުޚާތަބުކުރައްވަމުން ޕުޓިން ޔޫކްރެއިން ސިފަކުރެއްވީ ރަޝިޔާގެ ބައެއްގެ ގޮތުގައެވެ. ޕުޓިން ވިދާޅުވީ އިރުމަތީ ޔޫކްރެއިން އަކީ ރަޝިޔާގެ ތާރީޚަށް ބަލާއިރު ރަޝިޔާގެ ބިމެއްކަމަށެވެ. އަދި ޕުޓިންގެ މިނިންމެވުމަށް ރަޝިޔާގެ ރައްޔިތުން ގަބޫލުވާނެކަމުގެ ޔަގީންކަން އެބައޮތްކަމަށް ޕުޓިން ވިދާޅުވިއެވެ.

މީގެއިތުރުން ޕުޓިންގެ ވާހަކަފުޅުގައި ވަނީ ޔޫކްރެއިން އަކީ ދުވަހަކުވެސް އަމިއްލަ ދައުލަތެއްގެ ސިފަ ލިބިފައިވާ ގައުމެއް ނޫންކަމަށް ވިދާޅުވެފައެވެ. އަދި ސޯވިއެޓް ޔޫނިއަން އަށްފަހު ޔޫކްރެއިން އިން ރަޝިޔާ ފުށުން ހުރިހާ ކަމެއް ބޭނުންވާކަމަށާއި ނަމަވެސް ބަދަލެއްގެ ގޮތުން ރަޝިޔާއަށް އެއްވެސް އެއްޗެއް ދޭން ބޭނުންނުވާކަމަށް ވިދާޅުވިއެވެ.

ޕުޓިންގެ މިނިންމެވުން ޖަރުމަނާއި ފްރާންސްގެ ލީޑަރުންނާއި ފޯނުން ހިއްސާކުރެއްވުމަށްފަހު ޔޫކްރެއިންގެ އިރުމަތީ ސަރަހައްދަކީ މިނިވަން ދެ ދައުލަތުގެ ގޮތުގައި ބަލައިގަތުމުގެ އެއްބަސްވުމުގައި ސޮއިކުރެއްވި ތަން ޓީވީ މެދުވެރިކޮށް ވަނީ ދުރަށް ދައްކާފައެވެ.

ޔޫކްރެއިންގެ އިރުމަތީ ސަރަހައްދަކީ ރަޝިޔާ އިން 2014 ވަނަ އަހަރު ޔުކްރެއިންގެ ކްރައިމިއާ ހިފުމާއެކު ވަކިވެގަތުމަށް މަސައްކަތްކުރާ ބައެކެވެ. ޑޮންބަސްގެ ނަމުން ނަންދީފައިވާ އެ ސަރަހައްދުގެ ހަމަނުޖެހުމުގައި މިހާތަނަށް 140،000 މީހުން މަރުވެފައި ވާއިރު ރަޝިޔާ އިން އަންނަނީ ޔޫކްރެއިން އިން ވަކިވެގަތުމަށް މަސައްކަތްކުރާ މީހުންނަށް އެހީތެރިވެދެމުންނެވެ.

އެ ދެ ސަރަހައްދަކީ މިނިވަން ތަނެއްކަމަށް ކަނޑައަޅާ ރަޝިޔާ އިން މިހާރު ބޭނުންވަނީ އެތަނަށް ސިފައިން ފޮނުވާ، ރަޝިޔާ އަށް ތާއީދުކުރާ ހަނގުރާމަވެރިންނަށް އެހީވާށެވެ. މިމައްސަލައިގައި ޔޫކްރެއިން އަށް އޮތީ ދެ ގޮތެކެވެ. އެއީ ޔޫކްރެއިންގެ ބައެއް ގެއްލިއްޖެކަމަށް ގަބޫލުކޮށް އެ ސަރަހައްދު ދޫކޮށްލުން ނުވަތަ ރަޝިޔާ އާއި ދެކޮޅަށް ހަނގުރާމަކުރުމެވެ.

ޕުޓިން ވިދާޅުވަމުން ގެންދަވަނީ ޔޫކްރެއިން އަށް ހަމަލާދީ އެގައުމަށް އެރުމުގެ ވިސްނުމެއް ނުގެންގުޅޭކަމަށެވެ. ނަމަވެސް އެމެރިކާ އާއި ހުޅަނގުން އަންނަނީ ރަޝިޔާގެ މިވާހަކަތަކާމެދު ޝައްކުތައް އުފައްދަމުންނެވެ.

ޔުކްރެއިންރަޝިއާ

ކޮމެންޓް

އިތުރަށް ކިޔާލަން

ކޮރަޕްޝަންގެ ތުހުމަތު އަމާޒުވެފައި ވަނިކޮށް، ޒެލެންސްކީ ގެ އެންމެ ގާތް އަދި އަރިހުގައި ހުންނެވި ޔާމަކް އިސްތިއުފާ ދެއްވައިފި

ކޮރަޕްޝަންގެ ތުހުމަތު އަމާޒުވެފައި ވަނިކޮށް، ޒެލެންސްކީ ގެ އެންމެ ގާތް އަދި އަރިހުގައި ހުންނެވި ޔާމަކް އިސްތިއުފާ ދެއްވައިފި

29 ނޮވެމްބަރު 2025
ރަޝިޔާ އިން ކުރިމަތިވާނެ ނުރައްކަލަކަށް ފްރާންސް ފަސް ޖެހިގެން ނުވާނެ: މެކްރޮން

ރަޝިޔާ އިން ކުރިމަތިވާނެ ނުރައްކަލަކަށް ފްރާންސް ފަސް ޖެހިގެން ނުވާނެ: މެކްރޮން

27 ނޮވެމްބަރު 2025
ހަނގުރާމަ ހުއްޓާލުމަށް ހުށަހެޅި ޕްލޭން އާ ގުޅިގެން ޔޫކްރެއިން ގެ ކުރިމަތީގައި ވަނީ ވަރަށް އުނދަގޫ ނިންމުމެއް: ރައީސް ޒެލެންސްކީ

ހަނގުރާމަ ހުއްޓާލުމަށް ހުށަހެޅި ޕްލޭން އާ ގުޅިގެން ޔޫކްރެއިން ގެ ކުރިމަތީގައި ވަނީ ވަރަށް އުނދަގޫ ނިންމުމެއް: ރައީސް ޒެލެންސްކީ

22 ނޮވެމްބަރު 2025
100 މިލިއަން ޑޮލަރުގެ ޚިޔާނާތުގެ މައްސަލައިގައި ޔުކްރެއިންގެ ޖަސްޓިސް މިނިސްޓަރ ސަސްޕެންޑް ކޮށްފި

100 މިލިއަން ޑޮލަރުގެ ޚިޔާނާތުގެ މައްސަލައިގައި ޔުކްރެއިންގެ ޖަސްޓިސް މިނިސްޓަރ ސަސްޕެންޑް ކޮށްފި

12 ނޮވެމްބަރު 2025
ރަޝިއާގައި އުފައްދައި ޓެސްޓު ކުރަމުން އައި ކެންސަރު ވެކްސިން ކާމިޔާބު ކަމަށް ބުނެފި

ރަޝިއާގައި އުފައްދައި ޓެސްޓު ކުރަމުން އައި ކެންސަރު ވެކްސިން ކާމިޔާބު ކަމަށް ބުނެފި

09 ސެޕްޓެމްބަރު 2025

އަހަރުތަކުން މިއަދު

10 ޖެނުއަރީ
ދަ ޑިމޮކްރެޓްސްގެ އިސް ބައެއް މީހުން އެމްޑީޕީ އަށް، މި ހަފްތާގައި އިތުރު ބަޔަކު ސޮއިކުރަނީ
20251 އަހަރު ކުރިން
ރާއްޖެ

ދަ ޑިމޮކްރެޓްސްގެ އިސް ބައެއް މީހުން އެމްޑީޕީ އަށް، މި ހަފްތާގައި އިތުރު ބަޔަކު ސޮއިކުރަނީ

ރައީސްގެ ވައުދާއެއްގޮތަށް ފުލެޓް ހަވާލު ނުކުރެވޭނެ ކަމަށް ހައުސިންގ މިނިސްޓްރީން ބުނެފި
20242 އަހަރު ކުރިން
ރާއްޖެ

ރައީސްގެ ވައުދާއެއްގޮތަށް ފުލެޓް ހަވާލު ނުކުރެވޭނެ ކަމަށް ހައުސިންގ މިނިސްޓްރީން ބުނެފި

ހެރީގެ ކަންތައް މިހާރު "ހައްދުން މައްޗަށް" ހިނގައްޖެ؟
20233 އަހަރު ކުރިން
ތަފާތު ޚަބަރު

ހެރީގެ ކަންތައް މިހާރު "ހައްދުން މައްޗަށް" ހިނގައްޖެ؟

ދެން ސައިކަލް ލައިސަންސަށް އެދި ހުށަހެޅޭނީ 40 ގަޑިއިރު ދުއްވުމަށްފަހު
20224 އަހަރު ކުރިން
ރާއްޖެ

ދެން ސައިކަލް ލައިސަންސަށް އެދި ހުށަހެޅޭނީ 40 ގަޑިއިރު ދުއްވުމަށްފަހު

މިމަހުގެ ފަހުކޮޅު ރާއްޖެއަށް ވެކްސިން ލިބޭނެ!
20215 އަހަރު ކުރިން
ރާއްޖެ

މިމަހުގެ ފަހުކޮޅު ރާއްޖެއަށް ވެކްސިން ލިބޭނެ!

ލަކީ ހިޔާ ކޮންޑަމީނިއަމްގެ ފްލެޓްތައް ވިއްކަން ފަށަނީ
20197 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ލަކީ ހިޔާ ކޮންޑަމީނިއަމްގެ ފްލެޓްތައް ވިއްކަން ފަށަނީ

މެޑަމް ފާތުން ކުރައްވާ ދަތުރުތައް: ސެލްފީ ނަގަން 10 މީހުން، ބައްދާލަން 5 މީހުން، އުޖޫރަ 500ރ!
20188 އަހަރު ކުރިން
ރާއްޖެ

މެޑަމް ފާތުން ކުރައްވާ ދަތުރުތައް: ސެލްފީ ނަގަން 10 މީހުން، ބައްދާލަން 5 މީހުން، އުޖޫރަ 500ރ!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު