Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެމަރުގެ އަދަބު

މަރުގެ އަދަބު ތަންފީޒުކުރާނީ ދަންޖައްސައިގެން ކަމަށް ބަޔާންކޮށް މަރުގެ އަދަބާގުޅޭ ބިލު ހުށަހަޅައިފި

9 ނޮވެމްބަރު 2026 | ހޯމަ 07:58

ރާއްޖޭގައި މަރުގެ އަދަބު ކަނޑައެޅުމާއި އެ އަދަބު ތަންފީޒުކުރުމުގެ ގާނޫނީ އޮނިގަނޑެއް އެކުލަވައިލުމަށްޓަކައި ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ބިލެއް ހުށަހަޅައިފި. މި ބިލުގައި މަރުގެ އަދަބު ތަންފީޒުކުރާނެ ގޮތާއި، އެކަން ބަލަހައްޓާނެ ހާއްސަ ކޮމިޓީއެއް އެކުލަވައިލުމުގެ އިތުރުން، ކުށްވެރިޔާއަށް ލިބިދޭ ހައްގުތަކާއި އަދަބު ތަންފީޒުކުރުން މަނާ ހާލަތްތައް ތަފްސީލުކޮށް ބަޔާންކޮށްފައިވޭ

ޝާމާ ޝުއައިބް
ޝާމާ ޝުއައިބް | 9 ނޮވެމްބަރު 2026 | ހޯމަ 07:58
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓު

ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓު | ސޯޝަލް މީޑިއާ

ކުށްވެރިޔާގެ މައްޗަށް މަރުގެ އަދަބު ތަންފީޒުކުރާނީ އޭނާ ދަންޖައްސައިގެން ކަމަށް ބަޔާންކޮށް، މަރުގެ އަދަބު ކަނޑައެޅުމާއި އަދަބު ތަންފީޒު ކުރުމާބެހޭ ބިލު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފި އެވެ. 

ސަރުކާރުގެ ފަރާތުން، ގުރައިދޫ ދާއިރާގެ މެންބަރު ހައްނާން މުހައްމަދު ރަޝީދު ހުށަހަޅުއްވާފައިވާ ބިލުގެ ފުރަތަމަ ކިޔުން ހޯމަ ދުވަހުގެ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ވަނީ އެޖެންޑާކޮށްފަ އެވެ. 

Advertisement - newsAdvertisement

އެ ބިލުގައި ބިލު ހުށަހެޅި މަގްސަދެއް ކަމުގައި ބުނެފައި ވަނީ ގާނޫނު އަސާސީ އާއި ބައިނަލްއަގްވާމީ ކަމާގުޅޭ އުސޫލުތަކާއި، އާންމު ރައްޔިތުންގެ އަދި ކުށްވެރިޔާގެ ހައްގުތަކަށް ރިއާޔަތް ކުރެވިގެން، ރާއްޖޭގައި މީހެއްގެ މައްޗަށް މަރުގެ އަދަބު ކަނޑައެޅުމާއި އަދަބު ތަންފީޒު ކުރުމާއި ގުޅޭ އުސޫލުތަކާއި އިޖުރާއަތު ބަޔާންކުރާ ހަރުދަނާ ގާނޫނީ އޮނިގަނޑެއް ތައާރަފް ކުރުމެވެ.

އެގޮތުން މި ބިލުގައި ރާއްޖޭގައި މީހެއްގެ މައްޗަށް މަރުގެ އަދަބު ކަނޑައެޅުގައި ކޯޓުތަކުން އަމަލުކުރަން ޖެހޭ އުސޫލުތައް ކަނޑައަޅައި، މަރުގެ އަދަބެއް ތަންފީޒުކުރުމުގެ ގޮތުން ދައުލަތުން ފުރިހަމަ ކުރަންޖެހޭ އިލްތިޒާމްތަކާއި، މަރުގެ އަދަބު ކަނޑައެޅުނު މީހާއަށް ލިބިގެންވާ ހައްގުތަކާއި، އަދަބު ތަންފީޒު ކުރުން މަނާކުރާ ހާލަތްތަކާ ސަބަބުތައް ބަޔާން ކޮށް އެނޫން ވެސް މަރުގެ އަދަބު ކަނޑައެޅުމާއި، އަދަބު ތަންފީޒުކުރުމާ ގުޅޭ އުސޫލުތަކާއި އިޖުރާއަތު ބަޔާންކުރުން ކަމަށް ވެސް ބިލުގައިވެ އެވެ. 

އެ ބިލުގައި ބުނީ ގާނޫނުގެ ދަށުން، ކުށްވެރިޔާގެ މައްޗަށް މަރުގެ އަދަބު ތަންފީޒުކުރުމުގެ ކަންކަން ބަލަހައްޓާނީ 7 މެންބަރުންގެ މައްޗަށް އެކުލެވޭ ކޮމިޓީ އަކުން ކަމަށެވެ. އެގޮތުން އެ ކޮމިޓީގައި ހިމެނޭނީ ކަރެކްޝަނަލް ސަރވިސްގެ ކޮމިޝަންޑް އޮފިސަރަކާއި، ފުލުހުންގެ ޚިދުމަތުގެ އިސް އޮފިސަރެއް، ޕްރޮސެކިއުޓަރެއް، ރައްޔިތުންގެ މަޖިލީހުގެ މެންބަރެއް، ޑޮކްޓަރެއް، ސުޕްރީމް ކޯޓުން ކަނޑައަޅާ ފަރާތެެއްގެ އިތުރުން ދީނީ ތަގްރީރު ކުރުމާއި ދީނީ ނަސޭހަތް ދިނުމުގެ ހުއްދަ ލިބިފައިވާ ފަރާތެކެވެ. 

އެ ބިލުގައި ވަނީ ކުށްވެރިޔާ އަށް ލިބިދޭ ހައްގުތައް ވެސް ތަފްސީލުކޮށް ބަޔާންކޮށްފަ އެވެ. 

ބިލުގައި ވާ ގޮތުން ކުށްވެރިޔާގެ މައްޗަށް މަރުގެ އަދަބު އަމަލީގޮތުން ތަންފީޒު ކުރުމުގެ އެންމެހައި ކަމެއް ރާވައި، ހިންގާނީ މޯލްޑިވްސް ކަރެކްޝަނަލް ސަރވިސަސް އިންނެވެ. އަދި އޭނާގެ މައްޗަށް އެ އަދަބު ތަންފީޒު ކުރާނީ އޭނާގެ ކަރުގައި މަޅިއެއް އަޅުވައި ބާރު ކުރުމަށްފަހު، އެ މަޅީގައި އޭނާ އެލޭނެ ގޮތް ހެދައި، ދަންޖައްސައިގެން ކަމަށް ވެސް ބިލުގައި ވަނީ ބަޔާންކޮށްފަ އެވެ. 

އޭގެ އިތުރުން މަރުގެ އަދަބު ތަންފީޒު ކުރާއިރު ހާޒިރުވާން ޖެހޭ އަދި ހާޒިރުވުމުގެ ހައްގު އޮތް ފަރާތްތަކާއި، އަދަބު ތަންފީޒު ކުރުމާއި، މައްޔިތާގެ ހަށިގަނޑު އާއިލާއާ ހަވާލު ކުރުން އަދި މި އަދަބު ތަންފީޒު ކުރުން މަނާ ކަންކަން ވެސް ބިލުގައި ތަފްސީލުކޮށް ހިމަނާފައިވެ އެވެ. 

މޯލްޑިވްސް ކަރެކްޝަންސް ސަރވިސްމަރުގެ އަދަބުރައްޔިތުންގެ މަޖިލިސް

އެންމެ ހިނގާ

1

އައިޖީސީއެސްއީ އިމްތިހާނުން ދިވެހި ޒުވާނަކު މުޅި ސްރީލަންކާ އިން އެއްވަނަ ހޯދައިފި

2

އާރުޑީސީ އިން 449 މީހުންނަށް ވަޒީފާ ދީފައިވަނީ އިއުލާނުނުކޮށް ފެންނަ މީހަކަށް ވަޒީފާ ދޭ ގޮތަށް: އޮޑިޓް

3

ރައީސްގެ ސެކިއުރިޓީ ކޮމްޕްރޮމައިޒް ވެދާނެ ކަމަށް ބުނެ ނުދިން މައުލޫމާތު އެންމެ ފަހުން ނުބަލަހައްޓާ މައުލޫމާތަކަށް!

4

އާރުޑީސީއާއި އެމްޓީސީސީ އެއްކޮށްލުން: ދެ އެމްޑީ އަށް ވެސް ދާން އުޅޭ މިސްރާބެއް ނޭނގޭ، "ބިކޯޒް އިޓްސް ބީން ނޮޓް ޑިސްކަސްޑް ސީދާ ވާން އުޅޭ ގޮތެއް"

5

މަސްތުވާތަކެތީގެ އޮޕަރޭޝަނެއްގައި ހައްޔަރުކުރި ތިން ޒުވާނުންގެ ބަންދަށް އިތުރު 30 ދުވަސް

އިތުރަށް ކިޔާލަން

04 ނޮވެމްބަރު 2026

މި އަހަރު ވެސް ބަޖެޓް ކޮމިޓީގެ މުގައްރިރަކަށް ސަލީމް، ނައިބަކަށް ފަޒާދު

04 ނޮވެމްބަރު 2026
މި އަހަރު ވެސް ބަޖެޓް ކޮމިޓީގެ މުގައްރިރަކަށް ސަލީމް، ނައިބަކަށް ފަޒާދު
04 ނޮވެމްބަރު 2026

ރަސްމާލެ މަޝްރޫއާ ގުޅިގެން ރެފަރެންޑަމަކަށް ދިޔުމާ ގުޅޭ ގަރާރު އެމްޑީޕީގެ ފަރާތުން މަޖިލީހަށް

04 ނޮވެމްބަރު 2026
ރަސްމާލެ މަޝްރޫއާ ގުޅިގެން ރެފަރެންޑަމަކަށް ދިޔުމާ ގުޅޭ ގަރާރު އެމްޑީޕީގެ ފަރާތުން މަޖިލީހަށް
04 ނޮވެމްބަރު 2026

ބޭކާރު ވާހަކަދައްކަން އުޅެގެން އެމްޑީޕީ އިން ހުށަހެޅި 6 ކަމަށް މިނިސްޓަރު ސައީދަށް ރައްދު ނުދެވުން، އެއީ އިތުބާރު ނެތް ސަބަބަކީ: މައުރޫފް

04 ނޮވެމްބަރު 2026
ބޭކާރު ވާހަކަދައްކަން އުޅެގެން އެމްޑީޕީ އިން ހުށަހެޅި 6 ކަމަށް މިނިސްޓަރު ސައީދަށް ރައްދު ނުދެވުން، އެއީ އިތުބާރު ނެތް ސަބަބަކީ: މައުރޫފް
03 ނޮވެމްބަރު 2026

މިނިސްޓަރު ސައީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ ބުދަ ދުވަހުގެ ޖަލްސާއަށް އެޖެންޑާކޮށްފި

03 ނޮވެމްބަރު 2026
މިނިސްޓަރު ސައީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ ބުދަ ދުވަހުގެ ޖަލްސާއަށް އެޖެންޑާކޮށްފި
02 ނޮވެމްބަރު 2026

ބަޖެޓު 2027: ބަހުސް ކުރުމަށް ކޮންމެ މެންބަރަކަށް 15 މިނެޓު، ސުވާލުތަކަށް ޖަވާބުދެއްވުމަށް މިނިސްޓަރަށް 45 މިނެޓު!

02 ނޮވެމްބަރު 2026
ބަޖެޓު 2027: ބަހުސް ކުރުމަށް ކޮންމެ މެންބަރަކަށް 15 މިނެޓު، ސުވާލުތަކަށް ޖަވާބުދެއްވުމަށް މިނިސްޓަރަށް 45 މިނެޓު!
02 ނޮވެމްބަރު 2026

ހޯމް ސްކޫލިންގ ތައާރަފު ކުރުމަށް ތައުލީމީ ގާނޫނަށް ހުށަހެޅި އިސްލާހުގެ ބިލު ބަލައިގަނެ ކޮމިޓީ އަށް

02 ނޮވެމްބަރު 2026
ހޯމް ސްކޫލިންގ ތައާރަފު ކުރުމަށް ތައުލީމީ ގާނޫނަށް ހުށަހެޅި އިސްލާހުގެ ބިލު ބަލައިގަނެ ކޮމިޓީ އަށް
02 ނޮވެމްބަރު 2026

ބެލެނިވެރިންނާއި ޓީޗަރުން ލައްވާ މަސައްކަތްކޮށް ފަންޑް ރެއިޒްކޮށްގެން ނޫނީ ސްކޫލްތަކަށް މިއަދު އިތުރު ހަރަކާތެއް ވެސް ނުބޭއްވޭ: މައުރޫފް

02 ނޮވެމްބަރު 2026
ބެލެނިވެރިންނާއި ޓީޗަރުން ލައްވާ މަސައްކަތްކޮށް ފަންޑް ރެއިޒްކޮށްގެން ނޫނީ ސްކޫލްތަކަށް މިއަދު އިތުރު ހަރަކާތެއް ވެސް ނުބޭއްވޭ: މައުރޫފް
02 ނޮވެމްބަރު 2026

އެއްވެސް އަސާސެއް ނެތި ފަނޑިޔާރުން ވަކިކުރި މައްސަލައިގައި ޖޭއެސްސީ ޖަވާބުދާރީވުމަށް ގޮވާލައި މަޖިލީހަށް ހުށަހެޅި ގަރާރު ބޭރުކޮށްލައިފި

02 ނޮވެމްބަރު 2026
އެއްވެސް އަސާސެއް ނެތި ފަނޑިޔާރުން ވަކިކުރި މައްސަލައިގައި ޖޭއެސްސީ ޖަވާބުދާރީވުމަށް ގޮވާލައި މަޖިލީހަށް ހުށަހެޅި ގަރާރު ބޭރުކޮށްލައިފި
26 އޮކްޓޯބަރު 2026

ރަސްމާލެ މަޝްރޫއުގެ ކަންބޮޑުވުމަށް ވުރެ ބޮޑު ކަންބޮޑުވުމެއް މި 5 އަހަރުތެރެއަކު ނާންނާނެ، ކެރިވަޑައިގަންނަވަންޏާ ރެފަރެންޑަމްއަކަށް ދާންވީ: މީކާއިލް

26 އޮކްޓޯބަރު 2026
ރަސްމާލެ މަޝްރޫއުގެ ކަންބޮޑުވުމަށް ވުރެ ބޮޑު ކަންބޮޑުވުމެއް މި 5 އަހަރުތެރެއަކު ނާންނާނެ، ކެރިވަޑައިގަންނަވަންޏާ ރެފަރެންޑަމްއަކަށް ދާންވީ: މީކާއިލް
26 އޮކްޓޯބަރު 2026

ކިތަންމެ ހިތްވަރެއް ހުއްޓަސް އޮރެންޖެއް ފެލައިގެން އަންނާރު ދިޔައެއް ނުނިކުންނާނެ: ޒިޔާދު

26 އޮކްޓޯބަރު 2026
ކިތަންމެ ހިތްވަރެއް ހުއްޓަސް އޮރެންޖެއް ފެލައިގެން އަންނާރު ދިޔައެއް ނުނިކުންނާނެ: ޒިޔާދު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް