Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެރައްޔިތުންގެ މަޖިލިސް

ކިތަންމެ ހިތްވަރެއް ހުއްޓަސް އޮރެންޖެއް ފެލައިގެން އަންނާރު ދިޔައެއް ނުނިކުންނާނެ: ޒިޔާދު

26 އޮކްޓޯބަރު 2026 | ހޯމަ 07:06

ޓެކްސް ގާނޫނަށް ސަރުކާރުން ހުށަހެޅި އިސްލާހުތަކަށް ބަދަލު ގެންނަނީ ރައީސް މުއިއްޒު އަންގަވާ ގޮތަށް ކަމަށާއި، 20 ވަނަ މަޖިލީހުގެ މެންބަރުންނަށް މިނިވަންކަމާއެކު ބަސްބުނުމުގެ ފުރުސަތު ނެތް ކަމަށް ވައިކަރަދޫ ދާއިރާގެ މެންބަރު ހުސައިން ޒިޔާދު ވިދާޅުވެއްޖެ. ސަރުކާރުގެ ސިޔާސަތުތައް އަވަސްއަވަހަށް ބަދަލުވަމުންދާތީ ރައްޔިތުންގެ އިތުބާރު ގެއްލެމުންދާކަން ފާހަގަކުރައްވައި، ޒިޔާދު ވަނީ ދާއިރާތަކުގެ ތަރައްގީގެ މަޝްރޫއުތައް ހުއްޓިފައިވާތީ ކަންބޮޑުވުން ފާޅުކުރައްވާފައި

ޝާމާ ޝުއައިބް
ޝާމާ ޝުއައިބް | 26 އޮކްޓޯބަރު 2026 | ހޯމަ 07:06
ރައްޔިތުންގެ މަޖިލީހުގެ ވައިކަރަދޫ ދާއިރާގެ މެންބަރު ހުސައިން ޒިޔާދު

ރައްޔިތުންގެ މަޖިލީހުގެ ވައިކަރަދޫ ދާއިރާގެ މެންބަރު ހުސައިން ޒިޔާދު | ރައްޔިތުންގެ މަޖިލިސް

ކިތަންމެ ހިތްވަރެއް ހުއްޓަސް އޮރެންޖެއް ފެލައިގެން އަންނާރު ދިޔައެއް ނުނިކުންނާނެ ކަމަށާއި 20 ވަނަ މަޖިލީހުން ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ތެތް ފޮށާ އުފުލުން ނޫން ކަމެއް ނުކުރާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ވައިކަރަދޫ ދާއިރާގެ މެންބަރު ހުސައިން ޒިޔާދު ވިދާޅުވެއްޖެ އެވެ. 

ހޯމަ ދުވަހުގެ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ސަރުކާރުގެ ފަރާތުން، ކޮލަމާފުށި ދާއިރާގެ މެންބަރު އިބްރާހީމްދީދީ ހުށަހަޅުއްވާފައިވާ، މުދަލާއި ޚިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލުގެ ބަހުސް ވަނީ ކުރިއަށް ގެންގޮސްފަ އެވެ. 

Advertisement - newsAdvertisement

އެ ބިލަށް ބަހުސް ކުރައްވަމުން ޒިޔާދު ވިދާޅުވީ އޮކްޓޫބަރު 1 ވަނަ ދުވަހުން ފެށިގެން ބޭރުގެ ބުކިން ޕްލެޓްފޯމުތަކާއި ޓްރެވެލް އެޖެންޓުން އަދި ޓުއާ އޮޕަރޭޓަރުން ފޯރުކޮށްދޭ ޚިދުމަތްތަކުން ޖީއެސްޓީ ނަގާ ގޮތަށް ގާނޫނަށް ގެނައި ބަދަލު އުވާލަން ހުށަހެޅުމަށްފަހު މިއަދު އެކަން ކުރަނީ ރައްޔިތުންގެ އިތުބާރު ހޯދުމަށް ކަމަށް ބުނާ ބުނުން ހަމަނުޖެހޭ ކަމަށެވެ. އިއްޔެ ރަނގަޅުވީ ކަމެއް މިއަދު ގޯސް ވަނީ ކީއްވެކަން ވެސް ރައްޔިތުންނަށް އެނގޭ ކަމަށާއި އެއީ ރައީސް މުއިއްޒު އެގޮތަށް ވިދާޅުވާތީ ކަމަށް ޒިޔާދު ވިދާޅުވި އެވެ. 

މަޖިލީހުގައި ތިއްބެވި މެންބަރުންނަށް ރައީސް މުއިއްޒު އަންގަވާ ގޮތް ނޫން ގޮތަކަށް ވާހަކަ ނުދެއްކެވޭ ކަމަށާއި ކޮލަމާފުށި ދާއިރާގެ މެންބަރު މި ބިލު ހުށަހެޅުއްވީ ވެސް އެހެންވެގެން ކަމަށް މެންބަރު ވިދާޅުވި އެވެ. 

ބިލު ހުށަހެޅުއްވީ ކޮލަމާފުށި ދާއިރާގެ މެންބަރު. ކޮލަމާފުށީގެ ނަރުދަމާ ނުނިމި އޮންނަތާ 2 އަހަރު. ކެމްޕޭނަށް އެ ގެންދިޔަ ގޮތަށް ބިން ހިއްކުމުގެ މަސައްކަތް ހުއްޓިފަ އޮތީ. އާރްޑީސީގެ އެތައް މުވައްޒަފުންނެއް އެބަތިބި. ބޭރު މީހުން ވެސް މުސާރަ ދީފަ ބަހައްޓާފައި. އަހަރަކަށް ވުރެ ގިނަ ދުވަސްވެއްޖެ. މިވާހަކަތައް މި މަޖިލީހުގައި ނުދެއްކޭތީ އެ ބުނަނީ އެއީ ބޮޓުންނޭ. މި ނޫން ނަތީޖާއެއް ނެރެވޭނެތޯ. ގާނޫނު އަސާސީ އިން މި އޮތީ އެ ބަދަލު ގެނަސްފައި. ކިތަންމެ ހިތްވަރެއް ހުއްޓަސް އޮރެންޖެއް ފެލައިގެން އަންނާރު ދިޔައެއް ނުނިކުންނާނެ. ހެޔޮ އޮބި އެޅިޔަސް. އެކަމެއް ނުވާނެ. މި މަޖިލީހަކުން ރައީސުލްޖުމްހޫރިއްޔާގެ، ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ތެތް ފޮށާ އުފުލުން ނޫން ކަމެއް ދެން ނުކުރާނެ. އިއްޔެގައި މިއާ އެއްކޮޅަށް ހެސް ކިޔާފައި ބަހުސްކުރި ބޭބޭފުޅުން މިއަދު އެ ބުނަނީ އެއަށްވުރެ މިގޮތް މޮޅޭ. އިއްޔަ. މިހާ އަވަހަށް މި ބަދަލުވީ
ހުސައިން ޒިޔާދު

ޒިޔާދު ވިދާޅުވީ އުނބަށް ޖެހުމަކީ، ނުވަތަ ކަމެއް ބަދަލުކުރުމަކީ މައްސަލައެއް ނޫން ކަމަށެވެ. އެހެން ނަމަވެސް ތާއަބަދަށް ކުރާ ހަމައެކަނި ކަމަކީ އުނބަށް ޖެހުން ކަމަށް ވާނަމަ އެކަން މައްސަލައަކަށް ވާނެ ކަމަށެވެ. ސަރުކާރުން ކުރާ ހުރިހާ ކަމަކުން ގެއްލުންވަމުން ދަނީ ރައްޔިތުންނަށް ކަމަށާއި ރައްޔިތުންނާއި ވިޔަފާރިވެރިންނަށް ޓެކްސް އަށް ބަދަލު ގެނަސްގެން އަސަރެއް ނުކުރާނެ ކަމަށް ސަރުކާރުން ބުނި ނަމަވެސް ފެންނަމުން ދަނީ އެ މަންޒަރު ނޫން ކަމަށް ޒިޔާދު ވިދާޅުވި އެވެ. 

މީގެއިތުރުން ސަރުކާރުން ފޮނުވި ގޮތަށް ޓޯކިންގ ޕޮއިންޓްސްތައް ފަސޭހަކަމާއެކު ކިޔާލެވިދާނެ ކަމަށާއި ދެ މޫސުން ބެދޭއިރު ވައި ބަދަލުވާހެން ގާނޫނުތައް ބަދަލުވާނަމަ ރައްޔިތުންގެ އިތުބާރެއް ނުލިބޭނެ ކަމަށް ވެސް މެންބަރު ވިދާޅުވި އެވެ. އަދި މި ސަރުކާރަށް ރައްޔިތުން އިތުބާރު ނުކުރަނީ އެހެންވެ ކަމަށް މެންބަރު ޒިޔާދު ވިދާޅުވި އެވެ. 

ރައްޔިތުންގެ މަޖިލިސްމުދަލާއި ޚިދުމަތުން ޓެކްސް ނެގުމުގެ ގާނޫނުޙުސެއިން ޒިޔާދު (ފިއްޓޭ)

އެންމެ ހިނގާ

1

ޒެލެންސްކީއަށް ޕުޓިންގެ ކުރިމަތީގައި ދޫދެއްވަން މަޖުބޫރުވެއްޖެ

2

މާލޭގެ އަލިކަމުން ފެށިގެން ބަނޑޮސް ރިސޯޓާ ހަމައަށް: އަހުމަދު އާދަމްގެ ބަޔޮގްރަފީ ފޮތް ނެރެފި

3

ރަސްމާލެ މަޝްރޫއާ ދެކޮޅަށް މާލޭގެ މަގުތަކުގައި ދަމާފައިވާ ބެނާތައް ކެނޑީ ޕީއެންސީ މެންބަރު ފިޝާވިން ފައިސާދީގެން ކަމަށް ބެނާތައް ކެނޑި މީހާ އެއްބަސްވެއްޖެ

4

ބަޙްރައިނުގައި ހުރި އެމެރިކާގެ ރާޑަރުތަކާއި އަސްކަރީ މަރުކަޒަކަށް އީރާނުގެ ވަރުގަދަ ހަމަލާތަކެއް

5

ރަސްމާލެ މަޝްރޫއާ މެދު ކަންބޮޑުވުން ފާޅުކޮށް، އީގަލް ހިލްސްގެ ވެރިޔާ އަލައްބާރު އަށް ގައުމީ ހަރަކާތުން ހުޅުވާލެވިފައިވާ ސިޓީއެއް ފޮނުވައިފި

އިތުރަށް ކިޔާލަން

26 އޮކްޓޯބަރު 2026

މަޖިލީހުގެ ރައީސް އާއި ވަޒީރުންގެ މުސާރަ ބޮޑުކުރި މައްސަލައިގައި ހުށަހެޅި ކުއްލި މައްސަލަ ބަލައިނުގަނެ، ބޭރުކޮށްލައިފި

26 އޮކްޓޯބަރު 2026
މަޖިލީހުގެ ރައީސް އާއި ވަޒީރުންގެ މުސާރަ ބޮޑުކުރި މައްސަލައިގައި ހުށަހެޅި ކުއްލި މައްސަލަ ބަލައިނުގަނެ، ބޭރުކޮށްލައިފި
25 އޮކްޓޯބަރު 2026

މަޖިލީހުގެ ރައީސް އާއި ވަޒީރުންގެ މުސާރަ ބޮޑުކުރުމަށް ނިންމި ނިންމުން ކުށްވެރިކޮށް އެމްޑީޕީގެ މެންބަރުންގެ ބަޔާނެއް

25 އޮކްޓޯބަރު 2026
މަޖިލީހުގެ ރައީސް އާއި ވަޒީރުންގެ މުސާރަ ބޮޑުކުރުމަށް ނިންމި ނިންމުން ކުށްވެރިކޮށް އެމްޑީޕީގެ މެންބަރުންގެ ބަޔާނެއް
21 އޮކްޓޯބަރު 2026

ބޭރުގެ ޓުއާ އޮޕަރޭޓަރުންގެ އަތުން ޓެކްސް ނެގުން ހުއްޓާލަން ހުށަހެޅި ބިލު ކޮމިޓީ އަށް

21 އޮކްޓޯބަރު 2026
ބޭރުގެ ޓުއާ އޮޕަރޭޓަރުންގެ އަތުން ޓެކްސް ނެގުން ހުއްޓާލަން ހުށަހެޅި ބިލު ކޮމިޓީ އަށް
21 އޮކްޓޯބަރު 2026

ޕީއެންސީގައި ތިބީ ދުލުގެ ބުރަދަނެއް ނެތް ބައެއް، އިއްޔެ އުޅުނީ ހުކުމެއް ހަރާމް ވެގެން، މިއަދު ހަރާމް ވީ އެ މީހާ: މެންބަރު ޒިޔާދު

21 އޮކްޓޯބަރު 2026
ޕީއެންސީގައި ތިބީ ދުލުގެ ބުރަދަނެއް ނެތް ބައެއް، އިއްޔެ އުޅުނީ ހުކުމެއް ހަރާމް ވެގެން، މިއަދު ހަރާމް ވީ އެ މީހާ: މެންބަރު ޒިޔާދު
21 އޮކްޓޯބަރު 2026

ރައީސް މުއިއްޒު ވިދާޅުވަނީ ރަސްމާލެ އެގްރީމަންޓު ބެލުމަށް، އެ އެއްބަސްވުން ފެންނަ މީހެއް އޮތް ތަނެއް އެނގޭ މީހަކުވެސް ނެތް: މައުރޫފް

21 އޮކްޓޯބަރު 2026
ރައީސް މުއިއްޒު ވިދާޅުވަނީ ރަސްމާލެ އެގްރީމަންޓު ބެލުމަށް، އެ އެއްބަސްވުން ފެންނަ މީހެއް އޮތް ތަނެއް އެނގޭ މީހަކުވެސް ނެތް: މައުރޫފް
21 އޮކްޓޯބަރު 2026

އުތުރުތިލަފަޅު އެއްބަސްވުން އާންމު ނުކޮށްގެން ފަޔަށް ހިނިއަރައިގެން އުޅުނު ބަޔަކު އައިސް ބޭރު ބަޔަކަށް މި ގައުމަށް ފައިސާގެ ނުފޫޒާ ބާރު ފޯރުވަން ފުރުސަތު ދީފި: މީކާއިލް

21 އޮކްޓޯބަރު 2026
އުތުރުތިލަފަޅު އެއްބަސްވުން އާންމު ނުކޮށްގެން ފަޔަށް ހިނިއަރައިގެން އުޅުނު ބަޔަކު އައިސް ބޭރު ބަޔަކަށް މި ގައުމަށް ފައިސާގެ ނުފޫޒާ ބާރު ފޯރުވަން ފުރުސަތު ދީފި: މީކާއިލް
20 އޮކްޓޯބަރު 2026

ބޭސް ހޯދުމަށް ގޮންޖެހުންތަކެއް އެބަހުރި، ލަންކާއިން ހިލޭ ދޭ ނަފްސާނީ ބޭސް ކުރިއަށް އޮތް ހަފުތާގައި ލިބޭނެ: ސްޓޭޓްފާމާ

20 އޮކްޓޯބަރު 2026
ބޭސް ހޯދުމަށް ގޮންޖެހުންތަކެއް އެބަހުރި، ލަންކާއިން ހިލޭ ދޭ ނަފްސާނީ ބޭސް ކުރިއަށް އޮތް ހަފުތާގައި ލިބޭނެ: ސްޓޭޓްފާމާ
19 އޮކްޓޯބަރު 2026

20 ވަނަ ރައްޔިތުންގެ މަޖިލީހަކީ ކުލީ މެންބަރުންގެ މަޖިލީހެއް، މިއީ ބޮޓުންގެ މަޖިލީސް: މީކާއިލް

19 އޮކްޓޯބަރު 2026
20 ވަނަ ރައްޔިތުންގެ މަޖިލީހަކީ ކުލީ މެންބަރުންގެ މަޖިލީހެއް، މިއީ ބޮޓުންގެ މަޖިލީސް: މީކާއިލް
19 އޮކްޓޯބަރު 2026

މަޝްރޫއުތައް ނިންމުމަށް 58 ބިލިއަން ބޭނުންވޭ، ވަކި މަޝްރޫއުތަކަށް ވަކި ބަޖެޓެއް ކަނޑައެޅިފައެއް ނުވޭ: މިނިސްޓަރު

19 އޮކްޓޯބަރު 2026
މަޝްރޫއުތައް ނިންމުމަށް 58 ބިލިއަން ބޭނުންވޭ، ވަކި މަޝްރޫއުތަކަށް ވަކި ބަޖެޓެއް ކަނޑައެޅިފައެއް ނުވޭ: މިނިސްޓަރު
19 އޮކްޓޯބަރު 2026

5 އެއަރޕޯޓެއްގެ މަސައްކަތް ދަނީ ކުރިއަށް، އިސްދޫ ކަލައިދޫ އެއަރޕޯޓް މަސައްކަތް އަދި ކޮންޓްރެކްޓް ކުރެވިފައެއް ނުވޭ: މިނިސްޓަރު

19 އޮކްޓޯބަރު 2026
5 އެއަރޕޯޓެއްގެ މަސައްކަތް ދަނީ ކުރިއަށް، އިސްދޫ ކަލައިދޫ އެއަރޕޯޓް މަސައްކަތް އަދި ކޮންޓްރެކްޓް ކުރެވިފައެއް ނުވޭ: މިނިސްޓަރު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް