Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ބެލެންޑޯ 2017

ބެލެންޑޯއަށް ވާދަކުރާ ކުޅުންތެރިންގެ ލިސްޓު އާއްމުކޮށްފި

ސްޕެނިޝް ލަލީގާގައި ކުޅޭ 11 ކުޅުންތެރިން ހިމެނޭ

އަހްމަދު ސާއިފް ޝިޔާދް
އަހްމަދު ސާއިފް ޝިޔާދް, ރާއްޖެ އެމްވީ | 10 އޮކްޓޯބަރު 2017 | އަންގާރަ 09:17
މިދިޔަ އަހަރު ބެލެންޑޯ އެވޯޑާއެކު ރޮނާލްޑޯ

މިދިޔަ އަހަރު ބެލެންޑޯ އެވޯޑާއެކު ރޮނާލްޑޯ

ފްރާންސްގެ ފުޓްބޯޅަ މަޖައްލާއެއް ކަމަށްވާ "ފްރާންސް ފުޓްބޯލް"އިން ކޮންމެ އަހަރަކު ދޭ ބެލެންޑޯ އެވޯޑަށް ވާދަކުރާ ކުޅުންތެރިންގެ ނަންތައް އިއުލާނުކޮށްފިއެވެ.

1956 ވަނަ އަހަރުން ފެށިގެން ދެމުން އަންނަ މި އެވޯޑަކީ ކޮންމެ އަހަރަކުވެސް ދުނިޔޭގެ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާއަށް އެ މަޖައްލާގެ ފަރާތުން ދޭ އެވޯޑެކެވެ. 2010 ވަނަ އަހަރުން ފެށިގެން 2015 ވަނަ އަހަރާ ހަމަޔަށް "ފީފާ ބެލެންޑޯ" ގެ ނަމުގައި އެވޯޑު ދިން ނަމަވެސް "ފްރާންސް ފުޓްބޯލް" އިން ވަނީ މިދިޔަ އަހަރުން ފެށިގެން ފީފާ އާއިއެކު ހަދާފައިވާ އެއްބަސްވުން އުވާލުމަށްފަހު އަނެއްކާވެސް އެ މަޖައްލާގެ ނަމުގައި އެ އެވޯޑު ދޭން ފަށާފައެވެ.

މިއަހަރުގެ އެވޯޑަށް ވާދަކުރާ ކުޅުންތެރިން އިއުލާނު ކޮށްފައިވާއިރު އެ ކުޅުންތެރިންގެ ތެރޭގައި ދުނިޔޭގެ ނަން މަޝްހޫރު ގިނަ ކުޅުންތެރިން ހިމެނެއެވެ. ސްޕެނިޝް ލަލީގާގައި ކުޅޭ 11 ކުޅުންތެރިން ހިމެނޭއިރު ދުނިޔޭގެ އެންމެ ވަރުގަދަ ލީގުގެ ގޮތުގައި ގިނަ ބަޔަކު ދެކޭ އިނގިރޭސި ޕްރިމިއާ ލީގުން މި ލިސްޓަށް ނޮމިނޭޓް ވެފައި ވަނީ ހަތް ކުޅުންތެރިންނެވެ. އިޓާލިއަން ސެރީއޭގެ ފަސް ކުޅުންތެރިން ހިމެނޭއިރު ޖަރުމަނުގެ ބުންޑެސްލީގާގެ ވެސް ތިން ކުޅުންތެރިޔަކު ހިމެނެއެވެ. އަދި ފްރާންސްގެ ލީގު ވަންގައި ކުޅޭ ކުޅުންތެރިންގެ ތެރެއިން މިލިސްޓްގައި ހިމެނެނީ ހަތަރު ކުޅުންތެރިންނެވެ.

މި 30 ކުޅުންތެރިންގެ ލިސްޓު ހޯމަ ދުވަހު "ފްރާންސް ފުޓްބޯލް" އިން އާންމު ކޮށްފައިވާއިރު، އެންމެ ފާހަގަ ކުރެވެނީ މިދިޔަ ސީޒަނުގައި ޔުއެފާ ޗެމްޕިއަންސް ލީގުގެ ފައިނަލްގައި ވާދަކުރި ރެއާލް މެޑްރިޑްގެ ހަތް ކުޅުންތެރިން މި ލިސްޓުގައި ހިމެނޭ ކަމެވެ. އެގޮތުން މިދިޔަ އަހަރުވެސް މި އެވޯޑު ހޯދި ޕޯޗުގަލްގެ ކްރިސްޓިއާނޯ ރޮނާލްޑޯ އާއި، އެ ޓީމުގެ ކެޕްޓަން ސްޕެއިންގެ ސާޖިއޯ ރާމޯސް، ބްރެޒިލްގެ މާސެލޯ، ޖަރުމަނުގެ ޓޯނީ ކްރޫސް، ކްރޮއޭޝިއާގެ ލޫކާ މޮޑްރިޗް، ސްޕެއިންގެ އިސްކޯ އަދި ފްރާންސްގެ ކަރިމް ބެންޒީމާ ހިމެނިފައިވެއެވެ. ހަމައެހެންމެ ބާސާއިން މި ލިސްޓުގައި ހިމެނިފައިވަނީ ފަސް ފަހަރު މިއެވޯޑް ހޯދާފައިވާ އާޖެންޓީނާގެ ފޯވާޑް ލިއޮނެލް މެސީ އަދި އުރުގުއޭގެ ފޯވާޑް ލުއިސް ސުއަރޭޒް އެކަންޏެވެ. އެތުލެޓިކޯ މެޑްރިޑުން ހިމެނެނީ ސްލޮވީނިއާގެ ގޯލްކީޕަރު ޔާން އޮބްލަކް އާއި މިދިޔަ އަހަރު މި އެވޯޑުގެ ތިންވަނައަށް ދިޔަ ފްރާންސްގެ އެންޓޮއިން ގްރީޒްމަންއެވެ.

އިނގިރޭސި ޕްރިމިއާ ލީގުން މި ލިސްޓުގައި ހިމެނެނީ ޗެލްސީއަށް ޕްރިމިއާ ލީގު ހޯދައިދިނުމުގައި މުހިންމު ރޯލެއް އަދާކުރި ބެލްޖިއަމްގެ މިޑްފީލްޑަރ އެޑެން ހަޒާޑާއި ފްރާންސްގެ މިޑްފީލްޑަރ އެންގޯލޯ ކަންޓޭގެ އިތުރުން މިދިޔަ ސީޒަނުގައި ޕްރިމިއާ ލީގުގެ އެންމެ ގިނަ ލަނޑުޖެހި ކުޅުންތެރިޔާގެ އެވޯޑު ހޯދި ޓޮޓެންހަމް ހޮޓްސްޕަރ އަށް ކުޅޭ އިނގިރޭސި ފޯވާޑް ހެރީ ކޭންއެވެ. އަދި ލިވަޕޫލްގެ ސަދިއޯ މާނޭ އާއި ފިލިޕޭ ކުޓީނިއޯގެ އިތުރުން މެންޗެސްޓާ ޔުނައިޓެޑްގެ ޑޭވިޑް ޑެހެޔާ އާއި ސިޓީގެ ކެވިން ޑެބްރައިނާ ވެސް މި ލިސްޓުގައި ހިމެނެއެވެ.

އިޓާލިއަން ސެރީއޭ އިން ހިމެނެނީ ޔުވެންޓަސްގެ ޕައުލޯ ޑިބާލާ އާއި ޖިއަންލުއީޖީ ބުފޮން އާއި އޭސީ މިލާންގެ ލިއޯނާޑޯ ބޮނޫޗީ އަދި ނަޕޯލީގެ ޑްރައިސް މާޓެންސްގެ އިތުރުން އޭއެސް ރޯމާގެ އެޑިން ޒެކޯއެވެ. ބުންޑެސްލީގާއިން ހިމެނެނީ ބަޔާން މިއުނިކަށް ކުޅޭ ޕޮލެންޑްގެ ފޯވާޑް ރޮބާޓް ލެވަންޑޯސްކީ އާއި މެޓްސް ހުމެލްސްގެ އިތުރުން ބޮރޫޝިއާ ޑޯޓްމަންޑްގެ ޕިއާ އެމެރިކް އޮބަމެޔާންގްއެވެ.

ފްރާންސްގެ ލީގު 1 އިން ހިމެނެނީ އެޑިންސަން ކަވާނީއާ ރަޑަމެއަލް ފަލްކާއޯ އަދި ޒުވާން ފޯވާޑް ކިލިއަން އެމްބާޕޭގެ އިތުރުން ދުނިޔޭގެ އެންމެ އަގުބޮޑު ކުޅުންތެރިޔާ ނޭމާއެވެ.

މިއަހަރުވެސް މި އެވޯޑު ގެންދާނެ ކަމަށް ގިނަ ބަޔަކު ގަބޫލު ކުރަނީ ރެއާލް މެޑްރިޑްގެ ފޯވާޑް ކްރިސްޓިއާނޯ ރޮނާލްޑޯއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

މިނިވަން ޗެމްޕިއަންޝިޕްގައި ވާދަކުރާ އޮޅުވެލިފުށި ޓީމަށް ޖާޒީ ހަވާލުކޮށްފި

މިނިވަން ޗެމްޕިއަންޝިޕްގައި ވާދަކުރާ އޮޅުވެލިފުށި ޓީމަށް ޖާޒީ ހަވާލުކޮށްފި

30 މާރިޗު 2017
ދެ ގޯލު ކިޕަރުން އިތުރުކޮށް 29 ކުޅުންތެރިންގެ ސްކޮޑެއް ފަލަސްތީން މެޗަށް އެކުލަވާލައިފި

ދެ ގޯލު ކިޕަރުން އިތުރުކޮށް 29 ކުޅުންތެރިންގެ ސްކޮޑެއް ފަލަސްތީން މެޗަށް އެކުލަވާލައިފި

18 މާރިޗު 2017
މިއީ ރަނގަޅު ފެށުމެއް، ނަތީޖާ އެނބުރުނީ ކުޅުންތެރިންގެ މަސައްކަތުން: ނިޒާމްބެ

މިއީ ރަނގަޅު ފެށުމެއް، ނަތީޖާ އެނބުރުނީ ކުޅުންތެރިންގެ މަސައްކަތުން: ނިޒާމްބެ

11 މާރިޗު 2017
ކުޅުންތެރިންގެ ހިތްވަރު ފެނިފައި އުއްމީދު އާވެއްޖެ: ސޮބާ

ކުޅުންތެރިންގެ ހިތްވަރު ފެނިފައި އުއްމީދު އާވެއްޖެ: ސޮބާ

10 މާރިޗު 2017
ޔޫތު ނެޓްބޯޅަ ޗެމްޕިއަންޝިޕްގައި ވާދަކުރާ ރާއްޖޭގެ ސްކޮޑް ފައިނަލްކޮށްފި

ޔޫތު ނެޓްބޯޅަ ޗެމްޕިއަންޝިޕްގައި ވާދަކުރާ ރާއްޖޭގެ ސްކޮޑް ފައިނަލްކޮށްފި

04 މާރިޗު 2017

އަހަރުތަކުން މިއަދު

20 ޖޫން
އިސްރާއީލުން އަވަހާރަ ކޮށްލި ކަމަށް ބުނި އީރާނުގެ ލީޑަރުގެ މުޝީރު ދުނިޔޭގައި އެބަ ހުންނެވި!
20251 އަހަރު ކުރިން
ދުނިޔެ

އިސްރާއީލުން އަވަހާރަ ކޮށްލި ކަމަށް ބުނި އީރާނުގެ ލީޑަރުގެ މުޝީރު ދުނިޔޭގައި އެބަ ހުންނެވި!

އީދު މިސްކިތުން މި މަހު އެކަނި 10 ފަންކާ ވަގަށް ނަގައިފި
20242 އަހަރު ކުރިން
ރާއްޖެ

އީދު މިސްކިތުން މި މަހު އެކަނި 10 ފަންކާ ވަގަށް ނަގައިފި

މާދަމާގެ ޖަލްސާއަކީ އިދިކޮޅުން އެދިގެން ކަމެއް ހާސިލްކުރަން ބާއްވާ ޖަލްސާއެއް - އަސްލަމް
20233 އަހަރު ކުރިން
ރާއްޖެ

މާދަމާގެ ޖަލްސާއަކީ އިދިކޮޅުން އެދިގެން ކަމެއް ހާސިލްކުރަން ބާއްވާ ޖަލްސާއެއް - އަސްލަމް

ޔޯގާ ހަރަކާތުގެ ހަމަނުޖެހުމުގައި ސިޔާސީ ޕާޓީއެއްގެ ބައިވެރިވުން އޮތްނަމަ ފިޔަވަޅުއަޅާނަން: އީސީ
20224 އަހަރު ކުރިން
ރާއްޖެ

ޔޯގާ ހަރަކާތުގެ ހަމަނުޖެހުމުގައި ސިޔާސީ ޕާޓީއެއްގެ ބައިވެރިވުން އޮތްނަމަ ފިޔަވަޅުއަޅާނަން: އީސީ

ރައީސް ސާލިހުގެ ކޮއްކޯފުޅު އަހުމަދު މުހައްމަދު ސާލިހު އަވަހާރަވެއްޖެ
20215 އަހަރު ކުރިން
ރާއްޖެ

ރައީސް ސާލިހުގެ ކޮއްކޯފުޅު އަހުމަދު މުހައްމަދު ސާލިހު އަވަހާރަވެއްޖެ

ޝޯ ފެށުމުގެ ކުރިން ޑާންސް އިންޑިއާ ޑާންސްގެ ހޯސްޓް ޝޯއިން ވަކިވެއްޖެ
20197 އަހަރު ކުރިން
ރާއްޖެ

ޝޯ ފެށުމުގެ ކުރިން ޑާންސް އިންޑިއާ ޑާންސްގެ ހޯސްޓް ޝޯއިން ވަކިވެއްޖެ

މަހެއް ފަހުން އަދީބަށް ދިން އާއިލީ ބައްދަލުވުން: ބިއްލޫރި ދޮރެއްގެ ބިއްދޮށުން ފޯނުގެ އަތްގަނޑުން!
20188 އަހަރު ކުރިން
ރާއްޖެ

މަހެއް ފަހުން އަދީބަށް ދިން އާއިލީ ބައްދަލުވުން: ބިއްލޫރި ދޮރެއްގެ ބިއްދޮށުން ފޯނުގެ އަތްގަނޑުން!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު