ބާ އިމްތިހާނާއި ތަމްރީނުތައް ފުރިހަމަކުރި 9 ބޭފުޅަކު ގާނޫނީ ވަކީލުކަމުގެ ހުވާކުރައްވައިފި
30 އޮކްޓޯބަރު 2026 | ހުކުރު 09:26ބާ ކައުންސިލުން ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި، ބާ އިމްތިހާނާއި އަމަލީ ތަޖުރިބާ ފުރިހަމަކުރި ނުވަ ބޭފުޅަކަށް ގާނޫނީ ވަކީލުކަމުގެ ހުއްދަ ދީފި. ހައިކޯޓުގެ ފަނޑިޔާރު އަބްދުލްމާނިއު ހުސައިން ހުވައިލައިދެއްވި މި ރަސްމިއްޔާތުގައި، ވަކީލުންނަށް ހުއްދަ ހަވާލުކޮށްދެއްވީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު މުހައްމަދު ސަލީމް


ދިވެހިރާއްޖޭގެ ބާ ކައުންސިލުން ކަނޑައަޅާފައިވާ މަރުހަލާތައް ކާމިޔާބުކަމާއެކު ފުރިހަމަކުރެއްވި ނުވަ ބޭފުޅަކު، ގާނޫނީ ވަކީލުކަމުގެ ހުވާކުރައްވައިފި | ޕީއެސްއެމް
ދިވެހިރާއްޖޭގެ ބާ ކައުންސިލުން ކަނޑައަޅާފައިވާ މަރުހަލާތައް ކާމިޔާބުކަމާއެކު ފުރިހަމަކުރެއްވި ނުވަ ބޭފުޅަކު، ގާނޫނީ ވަކީލުކަމުގެ ހުވައިކުރައްވައި، ވަކީލެއްގެ ގޮތުގައި މަސައްކަތްކުރުމުގެ ހުއްދަ ހޯއްދަވައިފި އެވެ.
މި ބޭފުޅުން ވަކީލުކަމުގެ ހުވައިކުރެއްވީ ބާ ކައުންސިލުން އިންތިޒާމުކޮށްގެން ބޭއްވި ހާއްސަ ރަސްމިއްޔާތެއްގަ އެވެ.
ބާ ކައުންސިލުން މައުލޫމާތު ދޭ ގޮތުގައި، އަލަށް ހުވައިކުރެއްވި މި ވަކީލުންނަކީ ގާނޫނީ ދާއިރާއިން ކޮލިފައިންގ ލޯ ޑިގްރީއެއް ހާސިލުކުރެއްވުމަށްފަހު، ގާނޫނީ ވަކީލުކަމުގެ އަމަލީ ތަޖުރިބާ ހޯދުމުގެ ޕްރޮގްރާމް ފުރިހަމަކުރައްވާފައިވާ ބޭފުޅުންނެވެ.
މީގެ އިތުރުން، މި ބޭފުޅުން ވަނީ ބާ ކައުންސިލުން ބާއްވާ ބާ އިމްތިހާނުން ފާސްވެ، ވަކީލުކަމުގެ ހުއްދަ ހޯދުމަށް ކަނޑައަޅާފައިވާ މުހިންމު މަރުހަލާތައް ކާމިޔާބުކަމާއެކު ނިންމަވާފަ އެވެ.
މި ރަސްމިއްޔާތުގައި އަލަށް ވަކީލުކަމުގެ ހުއްދަ ހާސިލުކުރެއްވި ބޭފުޅުންނަށް ހުވާ ލައިދެއްވީ ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރު އަލްއުސްތާޛު އަބްދުލްމާނިއު ހުސެއިން އެވެ. ހުވާކުރުމުގެ ރަސްމިއްޔާތަށްފަހު، ވަކީލުންނަށް މަސައްކަތްކުރުމުގެ ހުއްދަ ރަސްމީކޮށް ހަވާލުކޮށްދެއްވީ މި ރަސްމިއްޔާތުގެ ޝަރަފުވެރި މެހެމާން، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރު މުހައްމަދު ސަލީމު އެވެ.







