Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - businessAdvertisement
ވިޔަފާރި-އިގްތިސާދުއެސްޓީއޯ

އެސްޓީއޯގެ ފައިދާ 23 އިންސައްތަ އިތުރުވެ 400 މިލިއަނަށް!

30 އޮކްޓޯބަރު 2026 | ހުކުރު 07:25

އެސްޓީއޯގެ އާމްދަނީ ދަށްވި ނަމަވެސް، ހިންގުމުގެ ފައިދާ 23 އިންސައްތަ އިތުރުވެ މި އަހަރުގެ ތިންވަނަ ކުއާޓަރުގައި ސާފު ފައިދާގެ ގޮތުގައި 281 މިލިއަން ރުފިޔާ ވަނީ ލިބިފައި. ކުންފުނީގެ މާލީ ހާލަތު ރަނގަޅުވެ ހިއްސާގެ އަގު އުފުލިފައިވާއިރު، ރިސޯޓުތަކަށް ތެޔޮ ފޯރުކޮށްދިނުމާއި ރިއަލް އެސްޓޭޓް ފަދަ އާ ދާއިރާތަކުން ވިޔަފާރި ފުޅާކުރުމަށް ބޯޑުން ވަނީ ނިންމާފައި

ޝާއިން މުޙައްމަދު
ޝާއިން މުޙައްމަދު | 30 އޮކްޓޯބަރު 2026 | ހުކުރު 07:25
އެސްޓީއޯގެ މައި އޮފީސް އިމާރާތް

އެސްޓީއޯގެ މައި އޮފީސް އިމާރާތް | ރާއްޖެއެމްވީ

ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން (އެސްޓީއޯ) އިން 2026 ވަނަ އަހަރުގެ ތިންވަނަ ކުއާޓަރުގެ މާލީ ރިޕޯޓު އާންމުކޮށްފި އެވެ.

މި ރިޕޯޓުގައިވާ ގޮތުން ޖުލައި މަހުން ފެށިގެން ސެޕްޓެމްބަރު މަހުގެ ނިޔަލަށް އެ ކުންފުންޏަށް އާމްދަނީގެ ގޮތުގައި 6.48 ބިލިއަން ރުފިޔާ ލިބިފައިވެ އެވެ. މިއީ އޭގެ ކުރީ ކުއާޓަރާ އަޅާބަލާއިރު 7 އިންސައްތައިގެ ދަށްވުމެއް ނަމަވެސް، ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގަށް އައި ބަދަލުތަކާއެކު ވެސް ކުންފުނީގެ ފައިދާ ވަނީ އިތުރުވެފަ އެވެ. އެގޮތުން ތިންވަނަ ކުއާޓަރުގެ ހިންގުމުގެ ފައިދާ ވަނީ 23 އިންސައްތަ އިތުރުވެ 400 މިލިއަން ރުފިޔާއަށް އަރާފަ އެވެ.

ކުންފުނީގެ މާލީ ހާލަތަށް ބަލާއިރު، ޓެކްސްއަށް ކަނޑުމަށްފަހު ސާފު ފައިދާގެ ގޮތުގައި 281 މިލިއަން ރުފިޔާ ވަނީ ލިބިފަ އެވެ. މިއީ 2025 ވަނަ އަހަރުގެ މި މުއްދަތުގައި ލިބުނު 186 މިލިއަން ރުފިޔާއާ އަޅާބަލާއިރު ބޮޑު ކުރިއެރުމެކެވެ. ހިއްސާއަކަށް ޖެހުނު ފައިދާ 249 ރުފިޔާގައި ހުރިއިރު، ކުންފުނީގެ ރިޒާވް ވަނީ 6.28 ބިލިއަން ރުފިޔާއަށް އިތުރުވެފަ އެވެ. މީގެ އިތުރުން އެސްޓީއޯގެ ހިއްސާގެ އަގު ވެސް ވަނީ މި ކުއާޓަރުގައި 12.7 އިންސައްތަ މައްޗަށް ގޮސްފަ އެވެ. ކުއާޓަރު ނިމުނުއިރު ހިއްސާއެއްގެ ބާޒާރު އަގަކީ 2,400 ރުފިޔާ އެވެ.

މި މުއްދަތުގެ ތެރޭގައި އެސްޓީއޯގެ ބޯޑުން ވަނީ ކުންފުނީގެ ކުރިމަގަށް މުހިންމު ނިންމުންތަކެއް ނިންމާފަ އެވެ. އޭގެ ތެރޭގައި ރިސޯޓުތަކަށް ބޭނުންވާ ތެޔޮ ރައްކާކުރާނެ އިންފްރާސްޓްރަކްޗަރ ގާއިމުކުރުމާއި، ކޮންސްޓްރަކްޝަން ސޮލިއުޝަންސްގެ ދަށުން ރިއަލް އެސްޓޭޓް މަސައްކަތްތަކަށް ޚާއްސަ ޔުނިޓެއް އުފެއްދުން ހިމެނެ އެވެ. އަދި ހަވީރީ މަގުގައި ނިޕޯން ޕެއިންޓްގެ ޚާއްސަ ޝޯރޫމެއް ހުޅުވުމަށާއި، ރެޑީމިކްސް ކޮންކްރީޓްގެ ޚިދުމަތް ފުޅާކުރުމަށް ޕަވަރމިކްސްގެ ވަސީލަތްތައް ތަރައްގީކުރުމަށް ވެސް ވަނީ ފާސްކޮށްފަ އެވެ.

ކުންފުނީގެ އިންސާނީ ވަސީލަތްތަކަށް ބަލާއިރު، ތިންވަނަ ކުއާޓަރު ނިމުނުއިރު މުވައްޒަފުންގެ ޖުމްލަ އަދަދަކީ 1,895 އެވެ. މީގެ ތެރެއިން 70 އިންސައްތައަކީ ދިވެހިންނެވެ. މުވައްޒަފުން ތަމްރީނުކުރުމަށް މި ކުއާޓަރުގައި އެކަނިވެސް 2.7 މިލިއަނަށްވުރެ ގިނަ ރުފިޔާ ހޭދަކޮށްފައިވެ އެވެ. އަދި ކުންފުނީގެ އިޖުތިމާއީ ޒިންމާގެ ދަށުން ކްލަބް މޯލްޑިވްސް ކަޕަށް ވީއޭއާރް ސިސްޓަމް ތައާރަފުކުރުމަށް 215,000 ރުފިޔާގެ އެހީތެރިކަން ފޯރުކޮށްދިނުމާއި، ތަފާތު ރަށްރަށުގެ ތައުލީމީ އަދި އިޖުތިމާއީ ކަންކަމަށް އެހީތެރިކަން ދީފައިވާކަން ރިޕޯޓުގައި ފާހަގަކޮށްފައިވެ އެވެ.

މަޝްރޫއުތަކުގެ ތެރެއިން ހުޅުމާލޭގައި ތަރައްގީކުރާ މަލްޓި-ޕާޕަސް ވެއަރހައުސްގެ ފުރަތަމަ ތިން ފަންގިފިލާގެ ކޮންކްރީޓް މަސައްކަތް ނިމިފައިވާއިރު، ފުނަދޫ ޓާމިނަލްގެ ފަޔަރ ސޭފްޓީ މަޝްރޫއު ވަނީ ޓެސްޓްކުރުމުގެ މަރުހަލާގަ އެވެ. އަދި ރަށްރަށުގައި ގާއިމުކުރާ މޮޑިއުލަރ ފިއުލް ސްޓޭޝަންތަކުގެ ފުރަތަމަ ފިޔަވަހީގެ 86 އިންސައްތަ މަސައްކަތް ވަނީ ނިމިފަ އެވެ. މީގެ އިތުރުން އިއާދަކުރަނިވި ހަކަތައަށް އަމާޒުކޮށްގެން ސޯލާ އިންސްޓަލޭޝަން މަޝްރޫއެއް ވެސް އެސްޓީއޯއިން ވަނީ ފަށާފަ އެވެ.

އެސްޓީއޯގެ މިހާރުގެ މިލްކުވެރިކަމަށް ބަލާއިރު، ދިވެހި ސަރުކާރުގެ 81.63 އިންސައްތަ ހިއްސާ އޮންނައިރު، އާންމު ރައްޔިތުންގެ ހިއްސާއަކީ 18.37 އިންސައްތަ އެވެ. ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރުގެ މަގާމުގައި ޝިމާދު އިބްރާހީމް ހުންނެވިއިރު، ބޯޑު ޗެއާމަނަކީ އާމިރު މަންސޫރު އެވެ. މި ކުއާޓަރުގެ ތެރޭގައި ބޯޑު މެންބަރު ދާނިޝް މުހައްމަދު އަމީން ވަނީ މަގާމުން އިސްތިއުފާ ދެއްވާފަ އެވެ.

އެސްޓީއޯމާލީ ރިޕޯޓު

އެންމެ ހިނގާ

1

އަލައްބާރުގެ ވާހަކަތަކުން ފަޅާއެރި ސިއްރު: އެތައް މިލިއަން ޑޮލަރެއް ދިޔައީ ކޮން އަބްދުﷲ އަކަށް؟

2

އިންތިޚާބަށްފަހު އީރާނާ ދެކޮޅަށް ވަރުގަދަ ހަމަލާތަކެއް ދޭނެ ކަން ޓްރަމްޕް ގަލްފުގެ ޤައުމުތަކަށް އަންގަވައިފި

3

ގޭސް ހޮޅިތަކުގެ ތެރެއިން ވަދެ ރަޝިޔާ ސިފައިން ވަށައިލައި، ޔޫކްރެއިނުން ކުއްލި ހަމަލާތަކެއް ދީފި

4

ކުށްވެރިއެއް ނޫންކަމަށް ކަނޑައެޅީ ޖަލު ހުކުމް ތަންފީޒުކޮށް ނިމުނު ދުވަހު، ހުކުމް ކުރުމާއެކު ވަގުތުން ފެށީ ރޯން

5

ޑިގްރީ ނިންމާފައި ގްރެޖުއޭޝަނަށް ފައިސާ ދެއްކި ފަހުން އެންގީ ގްރެޖުއޭޓް ނުވެވެނީ "ނަސީބު ދެރަކަމުން" ކަމަށް!

އިތުރަށް ކިޔާލަން

19 ސެޕްޓެމްބަރު 2026

ޒަމާނީ ފެންވަރަށް ތަރައްގީކުރަން ކަމަށް ބުނެ، ހާބަރު ފުޑް ކޯޓުތައް ހުސްކުރަން އަންގައިފި

19 ސެޕްޓެމްބަރު 2026
ޒަމާނީ ފެންވަރަށް ތަރައްގީކުރަން ކަމަށް ބުނެ، ހާބަރު ފުޑް ކޯޓުތައް ހުސްކުރަން އަންގައިފި
23 އޯގަސްޓު 2026

ސަރުކާރުން އޮފްޝޯ ބަންކަރިން ހިދުމަތް ދިނުމަށް ގެނައި ދެ ބޯޓަށް ދައްކާފައިވާ ފައިސާއާއި، ވިޓޯލް އާ އެކު ހަދާފައިވާ އެއްބަސްވުމުގެ ދަށުން ދައްކާފައިވާ ފައިސާގެ އަދަދު ހާމަކުރަން އެސްޓީއޯ އިން ދެކޮޅު ހަދައިފި

29 ޖުލައި 2026

އެސްޓީއޯ ހިންގުމުގެ ފައިދާ ފުރަތަމަ ކުއާޓަރާ އަޅާބަލާއިރު 12 އިންސައްތަ ދަށަށް ހިނގައްޖެ

29 ޖުލައި 2026
އެސްޓީއޯ ހިންގުމުގެ ފައިދާ ފުރަތަމަ ކުއާޓަރާ އަޅާބަލާއިރު 12 އިންސައްތަ ދަށަށް ހިނގައްޖެ
19 ޖުލައި 2026

ބޭހުގެ ދަތިކަން ހައްލުކުރުމަށް މަދުވާ ބޭސްތައް ދުރާލާ ލަފާކުރެވޭނެ އިލެކްޓްރޯނިކް ސިސްޓަމެއް ގާއިމު ކުރަނީ

19 ޖުލައި 2026
ބޭހުގެ ދަތިކަން ހައްލުކުރުމަށް މަދުވާ ބޭސްތައް ދުރާލާ ލަފާކުރެވޭނެ އިލެކްޓްރޯނިކް ސިސްޓަމެއް ގާއިމު ކުރަނީ
21 ޖޫން 2026

މިއީ އާ ކަމެއް، އާ ވިސްނުމެއް، އާ ގޮތެއް ސިކުނޑީގަ ނެތް ސަރުކާރެއް: ބޮންޑާ

21 ޖޫން 2026
މިއީ އާ ކަމެއް، އާ ވިސްނުމެއް، އާ ގޮތެއް ސިކުނޑީގަ ނެތް ސަރުކާރެއް: ބޮންޑާ
19 ޖޫން 2026

އެސްޓީއޯގެ ފާމަސީތަކުގައި މަސައްކަތް ކުރާ 800 މުވައްޒަފުން ތިބީ ވަރަށް ބޮޑު ބިރުވެރިކަމެއްގެ ތެރޭގައި: ޝިފާޒު

19 ޖޫން 2026
އެސްޓީއޯގެ ފާމަސީތަކުގައި މަސައްކަތް ކުރާ 800 މުވައްޒަފުން ތިބީ ވަރަށް ބޮޑު ބިރުވެރިކަމެއްގެ ތެރޭގައި: ޝިފާޒު
17 ޖޫން 2026

މޯލްޑިވް ގޭހުން ވިޔަފާރި ތަކަށް ވިއްކާ ގޭހުގެ އަގު ބޮޑުކޮށްފި

17 ޖޫން 2026
މޯލްޑިވް ގޭހުން ވިޔަފާރި ތަކަށް ވިއްކާ ގޭހުގެ އަގު ބޮޑުކޮށްފި
08 ޖޫން 2026

އީދުގެ ކުރިން 15 ރުފިޔާ އަށް ލިބުނު ފިޔާ ކިލޯގެ އަގު 45 ރުފިޔާ އާއި ހަމައަށް އުފުލިއްޖެ

08 ޖޫން 2026
އީދުގެ ކުރިން 15 ރުފިޔާ އަށް ލިބުނު ފިޔާ ކިލޯގެ އަގު 45 ރުފިޔާ އާއި ހަމައަށް އުފުލިއްޖެ
07 ޖޫން 2026

ސަރުކާރުގެ ކުންފުނިތަކަށް ގާބިލްކަން ނެތް މިންވަރުން މަޝްރޫޢުތައް ހަވާލުކުރުމުން އޭގެ ނޭދެވޭ އަސަރު ކުރަނީ އާދައިގެ މުވައްޒަފުންނަށް: ނިޝާން

07 ޖޫން 2026
ސަރުކާރުގެ ކުންފުނިތަކަށް ގާބިލްކަން ނެތް މިންވަރުން މަޝްރޫޢުތައް ހަވާލުކުރުމުން އޭގެ ނޭދެވޭ އަސަރު ކުރަނީ އާދައިގެ މުވައްޒަފުންނަށް: ނިޝާން
20 މެއި 2026

ހިޔާލުފާޅުކުރުމުގެ މިނިވަންކަން ބޭނުންކުރުމުން ވަޒީފާއިން ވަކިކުރުމަކީ ބޭއިންސާފެއް، އެމްޑީޕީން އެފަރާތްތަކަށް އެހީވާނެ: މައުރޫފް

20 މެއި 2026
ހިޔާލުފާޅުކުރުމުގެ މިނިވަންކަން ބޭނުންކުރުމުން ވަޒީފާއިން ވަކިކުރުމަކީ ބޭއިންސާފެއް، އެމްޑީޕީން އެފަރާތްތަކަށް އެހީވާނެ: މައުރޫފް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް