Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެއިބްރާހިމް ރަޝީދު (ބޮންޑާ)

މިއީ އާ ކަމެއް، އާ ވިސްނުމެއް، އާ ގޮތެއް ސިކުނޑީގަ ނެތް ސަރުކާރެއް: ބޮންޑާ

މި ސަރުކާރުން އަމިއްލަ ކުންފުނިތަކާއި ކުރީގެ ސަރުކާރުތަކުން ކޮށްފައިވާ މަސައްކަތްތަކުގެ ކްރެޑިޓް ނަގަމުންދާ ކަމަށް ވިދާޅުވެ، ކުރީގެ މެންބަރު އިބްރާހީމް ރަޝީދު (ބޮންޑާ) ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެ. ސަރުކާރުން ވިޔަފާރިތަކަށް ދައްކަންޖެހޭ ފައިސާ ނުދެއްކުމުގެ ސަބަބުން ބޭސްފިހާރަތައް ބަނގުރޫޓުވެ، އަސާސީ ބޭސްތައް ނުލިބި ރައްޔިތުން ބޮޑު ތަކުލީފެއް އުފުލަން ޖެހިފައިވާކަން އޭނާ ފާހަގަކުރެއްވި. މީގެ އިތުރުން، އަމިއްލަ ވިޔަފާރިތަކުގެ ތެރެއަށް ސަރުކާރުން ވަންނަމުންދާ ކަމަށާއި، ރައްޔިތުންގެ ހާލަތު ރަނގަޅު ކުރުމުގެ ބަދަލުގައި ސަރުކާރުން އިސްކަންދެނީ ސިޔާސީ ކަންކަމަށް ކަމަށްވެސް އޭނާ ވިދާޅުވި.

ޝާމާ ޝުއައިބް
ޝާމާ ޝުއައިބް | 21 ޖޫން 2026 | އާދީއްތަ 01:16
ރައްޔިތުންގެ މަޖިލީހުގެ މާފަންނު މެދު ދާއިރާގެ ކުރީގެ މެންބަރު އިބްރާހީމް ރަޝީދު (ބޮންޑާ)

ރައްޔިތުންގެ މަޖިލީހުގެ މާފަންނު މެދު ދާއިރާގެ ކުރީގެ މެންބަރު އިބްރާހީމް ރަޝީދު (ބޮންޑާ) | ރާއްޖެއެމްވީ

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ މި ސަރުކާރަކީ އާ ކަމެއް، އާ ވިސްނުމެއް އަދި އާ ގޮތެއް ވެސް ނެތް ސަރުކާރެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ މާފަންނު މެދު ދާއިރާގެ ކުރީގެ މެންބަރު އިބްރާހީމް ރަޝީދު (ބޮންޑާ) ވިދާޅުވެއްޖެ އެވެ. 

ރާއްޖެޓީވީގެ 'ފަލަސުރުޚީ' ޕްރޮގްރާމްގައި ވާހަކަދައްކަވަމުން މި ސަރުކާރުން އެހެން ސަރުކާރު ތަކުންނާ އަމިއްލަ ކުންފުނިތަކުން ކުރާ މަސައްކަތުގެ ކްރެޑިޓް ނަގަމުންދާ ކަމަށް ވިދާޅުވެ ބޮންޑާ ވަނީ ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފަ އެވެ. އެގޮތުން ބޮންޑާ ވިދާޅުވީ ޕޭޕަލް ގެ މަސައްކަތަކީ 2022 ވަނަ އަހަރު ކުރަން ފެށި ކަމެއް ކަމަށާ އެކަމުގެ ކްރެޑިޓް ވެސް މިހާރު ނަގަމުން އެ ދަނީ މި ސަރުކާރުން ކަމަށެވެ. 

އޭގެ އިތުރުން މިއަދު ރައްޔިތުންގެ ހާލަތު ވަރަށް ބޮޑަށް ދަށަށް ގޮސްފައިވާ ކަމަށާ ބޭނުންވާ އަސާސީ ބޭސްތައް ވެސް ނުލިބޭ ކަމަށް އޭނާ ވިދާޅުވި އެވެ. މި ހުރިހާ ކަމެއް ދިމާވާ އެންމެ ބޮޑު ސަބަބަކީ ސަރުކާރުން ކުންފުނިތަކަށް ދޭން ޖެހޭ ފައިސާ ނުދިނުން ކަމަށް ބޮންޑާ ފާހަގަ ކުރެއްވި އެވެ. 

އަސްލުވެގެން އުޅޭ ގޮތަކީ ސަރުކާރުގެ މެނިފެސްޓޯގަ އޮތީ ޔޫރަޕުން މޮޅު ބޭސް ގެންނަ ވާހަކަ. ޔޫރަޕުންނާ ދުބާއީ އިން ބޭސް ގެންނަ ވާހަކަ. މިހާރު ތިން އަހަރު ވެގެން ދާއިރުގަ ޔޫރަޕުންނާ ދުބާއީ އަކުން ބޭހެއް ނުގެނެވޭ ސަރުކާރަކަށް. ސަރުކާރުން ބަންގްލަދޭޝް ބައެއްގެ އަތުން ބޭސް އެތެރެކުރި. ދެން ލާރި ނުދީގެން، އެމީހުންނަށް ފައިސާ ނުދީގެން އެކަން ހުއްޓިއްޖެ. ދެން އިންޑިއާ ކުންފުންޏަކުން ބޭސް ގެނައީ. އެމީހުންނަށް ފައިސާ ނުދީގެން އެކަންތައް ހުއްޓިއްޖެ. ދެން ރައްޔިތުން ތަރަތަރަ ޖަހައިގަތީމަ މި ބުނަނީ ތިމަންނަމެން މިހާރު ޔޫރަޕުން މޮޅު ބޭސް ގެންނަނީ އޭ. މިއީ މެޑިކަލް މާފިއާ އޭ. އަހަރުމެން ޖެހޭނެ އޭ އެ ނޫން ގޮތެއް ހަދާނަމޭ. ދެން އައިނު ވިއްކަން. އައިނު ވިއްކަން ތިބޭ މީހުންނަށް ޕޭމަންޓް ނުދީ މިލިއަނުން. ބައެއް ތަންތަނަށް އެބަހުރި 300 މިލިއަން، 400 މިލިއަން ފާމަސީތަކަށް ދައްކަން ޖެހޭ ވަރު. ބޮޑެތި ތަންތަނަށް. ބިލިއަނުން ދަރާފަ. 
ރައްޔިތުންގެ މަޖިލީހުގެ މާފަންނު މެދު ދާއިރާގެ ކުރީގެ މެންބަރު އިބްރާހީމް ރަޝީދު (ބޮންޑާ) 

މި ސަރުކާރު އޮތީ އަމިއްލަ ކުންފުނިތަކަށް ބިލިއަނުން ދަރާފައި ކަމަށާ އެންމެ ފަހުން އަމިއްލަ ވިޔަފާރިތަކަށް ވެސް ސަރުކާރުން ވަންނަމުންދާ ކަމަށް ބޮންޑާ ވިދާޅުވި އެވެ. އެގޮތުން އައިނު ވިއްކުމުގެ ވިޔަފާރި ފާހަގަ ކުރައްވާ ބޮންޑާ ވިދާޅުވީ މިކަމުގައި ވެސް ސަރުކާރުން ފައިސާ ދައްކަން ޖެހޭ އެތައް ކުންފުންޏެއް އެބަހުރި ކަމަށެވެ. އަދި އެތައް ބޭސް ފިހާރައެއް ބަނގުރޫޓު ކޮށްލާފައިވާ ކަމަށް ވެސް ބޮންޑާ ވިދާޅުވި އެވެ. 

އެސްޓީއޯ އަކީ އަސާސީ ބޭސް ގެނައުމަށް ޚާއްސަކޮށް އުފެއްދި ތަނެއްކަން ފާހަގަ ކުރައްވާ ބޮންޑާ ވިދާޅުވީ އެ ކުންފުންޏަށް އެކަން ނުވެގެން އުޅެނީ ވެސް ފައިސާ ދައްކަން ޖެހޭ ފަރާތްތަކަށް އެ ފައިސާ ނުދައްކާތީ ކަމަށެވެ. މިހުރިހާ ކަމެއްގެ ބުރަ އުފުލަން ޖެހެނީ ރައްޔިތުން ކަމަށާ ރައްޔިތުންގެ ތަކުލީފުތަކަށް ލުޔެއް ހޯދަ ދިނުމަށް ސަރުކާރުން އެއްވެސް ކަމެއް ނުކުރާ ކަމަށް ވެސް ބޮންޑާ ވިދާޅުވި އެވެ. އަދި ވިދާޅުވީ މި ސަރުކާރުން ކުރާހާ ވެސް ކަމަކީ ވޯޓު ލިބޭތޯ ރަށްރަށަށް ދުއްވުން ކަމަށާ އެކަމުން ވެސް ވި ފައިދާ އެއް ނެތް ކަމަށެވެ. 

އިބްރާހިމް ރަޝީދު (ބޮންޑާ)ޕޭޕަލްއެސްޓީއޯ

އިތުރަށް ކިޔާލަން

20 ޖޫން 2026

ރާއްޖެއަށް ޕޭޕަލް ތައާރަފްކުރިއިރު ވިޔަފާރިތަކަށް ބޭނުންވާ 99 އިންސައްތަ ހިދުމަތް ނުލިބޭ: ޖައިލަމް

20 ޖޫން 2026
ރާއްޖެއަށް ޕޭޕަލް ތައާރަފްކުރިއިރު ވިޔަފާރިތަކަށް ބޭނުންވާ 99 އިންސައްތަ ހިދުމަތް ނުލިބޭ: ޖައިލަމް
19 ޖޫން 2026

ޕޭޕާލްގެ ކްރެޑިޓް ނަގައި ބަޔެއްގެ ބުރަ މަސައްކަތުގެ ކްރެޑިޓްވެސް ކާލައިފި

19 ޖޫން 2026
ޕޭޕާލްގެ ކްރެޑިޓް ނަގައި ބަޔެއްގެ ބުރަ މަސައްކަތުގެ ކްރެޑިޓްވެސް ކާލައިފި
19 ޖޫން 2026

އެސްޓީއޯގެ ފާމަސީތަކުގައި މަސައްކަތް ކުރާ 800 މުވައްޒަފުން ތިބީ ވަރަށް ބޮޑު ބިރުވެރިކަމެއްގެ ތެރޭގައި: ޝިފާޒު

19 ޖޫން 2026
އެސްޓީއޯގެ ފާމަސީތަކުގައި މަސައްކަތް ކުރާ 800 މުވައްޒަފުން ތިބީ ވަރަށް ބޮޑު ބިރުވެރިކަމެއްގެ ތެރޭގައި: ޝިފާޒު
17 ޖޫން 2026

މޯލްޑިވް ގޭހުން ވިޔަފާރި ތަކަށް ވިއްކާ ގޭހުގެ އަގު ބޮޑުކޮށްފި

17 ޖޫން 2026
މޯލްޑިވް ގޭހުން ވިޔަފާރި ތަކަށް ވިއްކާ ގޭހުގެ އަގު ބޮޑުކޮށްފި
08 ޖޫން 2026

އީދުގެ ކުރިން 15 ރުފިޔާ އަށް ލިބުނު ފިޔާ ކިލޯގެ އަގު 45 ރުފިޔާ އާއި ހަމައަށް އުފުލިއްޖެ

08 ޖޫން 2026
އީދުގެ ކުރިން 15 ރުފިޔާ އަށް ލިބުނު ފިޔާ ކިލޯގެ އަގު 45 ރުފިޔާ އާއި ހަމައަށް އުފުލިއްޖެ
07 ޖޫން 2026

ސަރުކާރުގެ ކުންފުނިތަކަށް ގާބިލްކަން ނެތް މިންވަރުން މަޝްރޫޢުތައް ހަވާލުކުރުމުން އޭގެ ނޭދެވޭ އަސަރު ކުރަނީ އާދައިގެ މުވައްޒަފުންނަށް: ނިޝާން

07 ޖޫން 2026
ސަރުކާރުގެ ކުންފުނިތަކަށް ގާބިލްކަން ނެތް މިންވަރުން މަޝްރޫޢުތައް ހަވާލުކުރުމުން އޭގެ ނޭދެވޭ އަސަރު ކުރަނީ އާދައިގެ މުވައްޒަފުންނަށް: ނިޝާން
20 މެއި 2026

ހިޔާލުފާޅުކުރުމުގެ މިނިވަންކަން ބޭނުންކުރުމުން ވަޒީފާއިން ވަކިކުރުމަކީ ބޭއިންސާފެއް، އެމްޑީޕީން އެފަރާތްތަކަށް އެހީވާނެ: މައުރޫފް

20 މެއި 2026
ހިޔާލުފާޅުކުރުމުގެ މިނިވަންކަން ބޭނުންކުރުމުން ވަޒީފާއިން ވަކިކުރުމަކީ ބޭއިންސާފެއް، އެމްޑީޕީން އެފަރާތްތަކަށް އެހީވާނެ: މައުރޫފް
09 މެއި 2026

ރާއްޖޭގައި އުޅޭ ބިދޭސީ މަސައްކަތްތެރިންނަށް ހަމަހަމަކަމާއެކު ސިއްހީ ހިދުމަތް ލިބޭނެ މަގު ފަހިކޮށްދިނުމަށް އދ. ގެ ސްޕެޝަލް ރެޕަޓުއާ ގޮވާލައްވައިފި

09 މެއި 2026
ރާއްޖޭގައި އުޅޭ ބިދޭސީ މަސައްކަތްތެރިންނަށް ހަމަހަމަކަމާއެކު ސިއްހީ ހިދުމަތް ލިބޭނެ މަގު ފަހިކޮށްދިނުމަށް އދ. ގެ ސްޕެޝަލް ރެޕަޓުއާ ގޮވާލައްވައިފި
08 މެއި 2026

ރާއްޖޭގައި ސިއްހީ ދާއިރާއަށް ބޭނުންވާ މުހިންމު އަސާސީ ބޭސްތަކާއި ސިއްހީ ސާމާނު ހޯދުމަށް ބޮޑެތި ގޮންޖެހުންތައް އެބަހުރި: އދ. ގެ ސްޕެޝަލް ރެޕަޓުއަރ

08 މެއި 2026
ރާއްޖޭގައި ސިއްހީ ދާއިރާއަށް ބޭނުންވާ މުހިންމު އަސާސީ ބޭސްތަކާއި ސިއްހީ ސާމާނު ހޯދުމަށް ބޮޑެތި ގޮންޖެހުންތައް އެބަހުރި: އދ. ގެ ސްޕެޝަލް ރެޕަޓުއަރ
07 މެއި 2026

ހަނޑޫ ހުސްވި ކަމަށް ބުނެ ރިޕޯޓް ކުރިކަމަށް ވިދާޅުވެ މިނިސްޓަރު ސައީދު ބޮޑު ދޮގެއް ހައްދަވައިފި

07 މެއި 2026
ހަނޑޫ ހުސްވި ކަމަށް ބުނެ ރިޕޯޓް ކުރިކަމަށް ވިދާޅުވެ މިނިސްޓަރު ސައީދު ބޮޑު ދޮގެއް ހައްދަވައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު