Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ވިޔަފާރި-އިގްތިސާދުއެސްޓީއޯ

އެސްޓީއޯ ހިންގުމުގެ ފައިދާ ފުރަތަމަ ކުއާޓަރާ އަޅާބަލާއިރު 12 އިންސައްތަ ދަށަށް ހިނގައްޖެ

29 ޖުލައި 2026 | ބުދަ 15:15

2026 ވަނަ އަހަރުގެ ދެވަނަ ކުއާޓަރުގައި އެސްޓީއޯއަށް ސާފު ފައިދާގެ ގޮތުގައި 280 މިލިއަން ރުފިޔާ ލިބި، ހިއްސާގެ ބާޒާރުގައި އެ ކުންފުނީގެ އަގު ފަސް ކުއާޓަރުގެ ތެރޭގައި އެންމެ މަތީ މިންވަރަކަށް ވަނީ އުފުލިފައި. ކުންފުނީގެ މިލްކިއްޔާތާއި ނަގުދު ފައިސާގެ ރިޒާވަށް ކުރިއެރުން ލިބިފައިވޭ

ރާއްޖެ އެމްވީ | 29 ޖުލައި 2026 | ބުދަ 15:15
އެސްޓީއޯގެ 2026 ވަނަ އަހަރުގެ ދެވަނަ ކުއާޓަރުގެ ރިޕޯޓު

އެސްޓީއޯގެ 2026 ވަނަ އަހަރުގެ ދެވަނަ ކުއާޓަރުގެ ރިޕޯޓު | އެސްޓީއޯ

ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން (އެސްޓީއޯ) ގެ އެސްޓީއޯ ހިންގުމުގެ ފައިދާ ފުރަތަމަ ކުއާޓަރާ އަޅާބަލާއިރު 12 އިންސައްތަ ދަށަށް ހިނގައްޖެ އެވެ.

2026 ވަނަ އަހަރުގެ ދެވަނަ ކުއާޓަރުގައި އާމްދަނީގެ ގޮތުގައި 6.98 ބިލިއަން ރުފިޔާ ލިބިފައިވާއިރު މިއީ އޭގެ ކުރީ ކުއާޓަރާ އަޅާބަލާއިރު 27 އިންސައްތައިގެ ކުރިއެރުމެކެވެ. އާމްދަނީ އިތުރުވުމުގެ މައިގަނޑު ސަބަބަކީ ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލުމާ ގުޅިގެން ތެލުގެ ވިޔަފާރިން ލިބުނު އާމްދަނީ އިތުރުވުމާއި، ތެޔޮ ނޫން އެހެނިހެން ދާއިރާތަކުން ކުންފުންޏަށް ލިބުނު ކުރިއެރުމެވެ. ކުންފުނީގެ ޖުމްލަ އާމްދަނީގެ 86 އިންސައްތައަކީ ތެލުގެ ވިޔަފާރިން ލިބުނު އާމްދަނީ ކަމަށްވާއިރު، ބާކީ 14 އިންސައްތައަކީ އެހެނިހެން ވިޔަފާރިތަކުން ލިބުނު އާމްދަނީ އެވެ.

އެސްޓީއޯއިން އާންމުކޮށްފައިވާ އެ ކުންފުނީގެ މާލީ ރިޕޯޓުން ދައްކާގޮތުން މި ކުއާޓަރުގައި އެސްޓީއޯގެ ސާފު ފައިދާގެ ގޮތުގައި 280 މިލިއަން ރުފިޔާ ވަނީ ރިކޯޑު ކުރެވިފަ އެވެ. މިއީ 2026 ވަނަ އަހަރުގެ ފުރަތަމަ ކުއާޓަރުގައި ލިބުނު 276 މިލިއަން ރުފިޔާއާ އަޅާބަލާއިރު އެއް އިންސައްތައިގެ ކުރިއެރުމެކެވެ. ނަމަވެސް، ތެޔޮ ގަތުމަށް ހިނގި ޚަރަދު ބޮޑުވުމުގެ ސަބަބުން ހިންގުމުގެ ފައިދާ ނުވަތަ އޮޕަރޭޓިންގ ޕްރޮފިޓް ވަނީ ކުރީ ކުއާޓަރާ އަޅާބަލާއިރު 12 އިންސައްތަ ދަށަށް ގޮސްފައެވެ. އެގޮތުން ފުރަތަމަ ކުއާޓަރުގައި ހިންގުމުގެ ފައިދާގެ ގޮތުގައި 368 މިލިއަން ރުފިޔާ ލިބުނު ނަމަވެސް، ދެވަނަ ކުއާޓަރުގައި މި އަދަދު ހުރީ 324 މިލިއަން ރުފިޔާގަ އެވެ. ކުންފުނީގެ ހިއްސާއަކަށް ޖެހުނު ފައިދާ ނުވަތަ އާނިންގްސް ޕަރ ޝެއަރ ވެސް ވަނީ 245 ރުފިޔާއިން 248 ރުފިޔާއަށް އުފުލިފަ އެވެ.

ކުންފުނީގެ ހިއްސާގެ ބާޒާރަށް ބަލާއިރު، 2026 ވަނަ އަހަރުގެ ދެވަނަ ކުއާޓަރުގައި އެސްޓީއޯގެ ހިއްސާގެ އަގު ވަނީ ފާއިތުވި ފަސް ކުއާޓަރުގެ ތެރޭގައި އެންމެ މަތީ މިންވަރަށް އުފުލިފަ އެވެ. އެގޮތުން ހިއްސާއެއްގެ އެންމެ މަތީ އަގު 2,749 ރުފިޔާއަށް އެރިއިރު، އެންމެ ދަށް އަގަކީ 1,850 ރުފިޔާ އެވެ. ކުއާޓަރު ނިމުނުއިރު ހިއްސާގެ ބާޒާރުގެ އަގު ހުރީ 2,130 ރުފިޔާގަ އެވެ. މިއީ ކުރީ ކުއާޓަރާ އަޅާބަލާއިރު 6.5 އިންސައްތައިގެ ކުރިއެރުމެކެވެ. ހިއްސާގެ އަގު އުފުލުމާއެކު ކުންފުނީގެ މާކެޓް ކެޕިޓަލައިޒޭޝަން ވަނީ 2.40 ބިލިއަން ރުފިޔާއަށް އަރާފައެވެ. މި ކުއާޓަރުގައި ޖުމްލަ 76 މުއާމަލާތެއްގެ ދަށުން 1,028 ހިއްސާ ވަނީ ބަދަލުކޮށްފަ އެވެ.

ކުންފުނީގެ ޖުމްލަ މިލްކިއްޔާތު ނުވަތަ ނެޓް ވޯތު ވަނީ 6.08 ބިލިއަން ރުފިޔާއަށް އިތުރުވެފަ އެވެ. ކުންފުނީގެ ރިޒާވްގައި 6 ބިލިއަން ރުފިޔާ ހުރިއިރު، ހިއްސާއަކަށް ޖެހޭ މުދަލުގެ އަގު ނުވަތަ ނެޓް އެސެޓް ޕަރ ޝެއަރ ހުރީ 5,399 ރުފިޔާގަ އެވެ. މީގެ އިތުރުން، ކުންފުނީގެ މުދަލާއި ވަސީލަތްތައް އިތުރުކުރުމަށް ކުރެވުނު އިންވެސްޓްމަންޓްތަކާއެކު، ޕްރޮޕަޓީ، ޕްލާންޓް އެންޑް އިކުއިޕްމަންޓްގެ އަގު ވަނީ 2.93 ބިލިއަން ރުފިޔާއަށް އުފުލިފަ އެވެ. މިއީ މައިގަނޑު ގޮތެއްގައި ކުންފުނީގެ އޮޕަރޭޝަންތަކަށް ބޭނުންވާ އުޅަނދުފަހަރާއި މެޝިނަރީ ގަތުމަށް ކުރެވުނު ޚަރަދުތަކެވެ.

ކުންފުނީގެ ކޭޝްފްލޯއަށް ބަލާއިރު، ހިންގުމުގެ ދާއިރާއިން 382 މިލިއަން ރުފިޔާގެ ފައިސާ ކުންފުންޏަށް ވަދެފައިވެ އެވެ. އިންވެސްޓްމަންޓްތަކަށް 267 މިލިއަން ރުފިޔާ ޚަރަދުކޮށްފައިވާއިރު، ލޯނުތަކާއި މާލީ އެހެނިހެން ކަންކަމުން 196 މިލިއަން ރުފިޔާ ވަނީ ލިބިފަ އެވެ. ކުއާޓަރު ނިމުނުއިރު ކުންފުނީގެ އަތުގައި ނަގުދު ފައިސާގެ ގޮތުގައި 862 މިލިއަން ރުފިޔާ ހުއްޓެވެ. މިއީ ކުރީ ކުއާޓަރުގެ ނިޔަލަށް ހުރި 551 މިލިއަން ރުފިޔާއާ އަޅާބަލާއިރު ކުރިއެރުމެކެވެ.

އެސްޓީއޯގެ މިހާރުގެ ހިއްސާގެ އޮނިގަނޑަށް ބަލާއިރު، ދިވެހި ސަރުކާރުގެ 82 އިންސައްތަ ހިއްސާ އޮންނައިރު، ބާކީ 18 އިންސައްތަ ހިއްސާއަކީ އާންމު ރައްޔިތުންގެ ހިއްސާ އެވެ.

އެސްޓީއޯއެސްއޯއީތައް

އިތުރަށް ކިޔާލަން

19 ޖުލައި 2026

ބޭހުގެ ދަތިކަން ހައްލުކުރުމަށް މަދުވާ ބޭސްތައް ދުރާލާ ލަފާކުރެވޭނެ އިލެކްޓްރޯނިކް ސިސްޓަމެއް ގާއިމު ކުރަނީ

19 ޖުލައި 2026
ބޭހުގެ ދަތިކަން ހައްލުކުރުމަށް މަދުވާ ބޭސްތައް ދުރާލާ ލަފާކުރެވޭނެ އިލެކްޓްރޯނިކް ސިސްޓަމެއް ގާއިމު ކުރަނީ
21 ޖޫން 2026

މިއީ އާ ކަމެއް، އާ ވިސްނުމެއް، އާ ގޮތެއް ސިކުނޑީގަ ނެތް ސަރުކާރެއް: ބޮންޑާ

21 ޖޫން 2026
މިއީ އާ ކަމެއް، އާ ވިސްނުމެއް، އާ ގޮތެއް ސިކުނޑީގަ ނެތް ސަރުކާރެއް: ބޮންޑާ
19 ޖޫން 2026

އެސްޓީއޯގެ ފާމަސީތަކުގައި މަސައްކަތް ކުރާ 800 މުވައްޒަފުން ތިބީ ވަރަށް ބޮޑު ބިރުވެރިކަމެއްގެ ތެރޭގައި: ޝިފާޒު

19 ޖޫން 2026
އެސްޓީއޯގެ ފާމަސީތަކުގައި މަސައްކަތް ކުރާ 800 މުވައްޒަފުން ތިބީ ވަރަށް ބޮޑު ބިރުވެރިކަމެއްގެ ތެރޭގައި: ޝިފާޒު
17 ޖޫން 2026

މޯލްޑިވް ގޭހުން ވިޔަފާރި ތަކަށް ވިއްކާ ގޭހުގެ އަގު ބޮޑުކޮށްފި

17 ޖޫން 2026
މޯލްޑިވް ގޭހުން ވިޔަފާރި ތަކަށް ވިއްކާ ގޭހުގެ އަގު ބޮޑުކޮށްފި
08 ޖޫން 2026

އީދުގެ ކުރިން 15 ރުފިޔާ އަށް ލިބުނު ފިޔާ ކިލޯގެ އަގު 45 ރުފިޔާ އާއި ހަމައަށް އުފުލިއްޖެ

08 ޖޫން 2026
އީދުގެ ކުރިން 15 ރުފިޔާ އަށް ލިބުނު ފިޔާ ކިލޯގެ އަގު 45 ރުފިޔާ އާއި ހަމައަށް އުފުލިއްޖެ
07 ޖޫން 2026

ސަރުކާރުގެ ކުންފުނިތަކަށް ގާބިލްކަން ނެތް މިންވަރުން މަޝްރޫޢުތައް ހަވާލުކުރުމުން އޭގެ ނޭދެވޭ އަސަރު ކުރަނީ އާދައިގެ މުވައްޒަފުންނަށް: ނިޝާން

07 ޖޫން 2026
ސަރުކާރުގެ ކުންފުނިތަކަށް ގާބިލްކަން ނެތް މިންވަރުން މަޝްރޫޢުތައް ހަވާލުކުރުމުން އޭގެ ނޭދެވޭ އަސަރު ކުރަނީ އާދައިގެ މުވައްޒަފުންނަށް: ނިޝާން
20 މެއި 2026

ހިޔާލުފާޅުކުރުމުގެ މިނިވަންކަން ބޭނުންކުރުމުން ވަޒީފާއިން ވަކިކުރުމަކީ ބޭއިންސާފެއް، އެމްޑީޕީން އެފަރާތްތަކަށް އެހީވާނެ: މައުރޫފް

20 މެއި 2026
ހިޔާލުފާޅުކުރުމުގެ މިނިވަންކަން ބޭނުންކުރުމުން ވަޒީފާއިން ވަކިކުރުމަކީ ބޭއިންސާފެއް، އެމްޑީޕީން އެފަރާތްތަކަށް އެހީވާނެ: މައުރޫފް
09 މެއި 2026

ރާއްޖޭގައި އުޅޭ ބިދޭސީ މަސައްކަތްތެރިންނަށް ހަމަހަމަކަމާއެކު ސިއްހީ ހިދުމަތް ލިބޭނެ މަގު ފަހިކޮށްދިނުމަށް އދ. ގެ ސްޕެޝަލް ރެޕަޓުއާ ގޮވާލައްވައިފި

09 މެއި 2026
ރާއްޖޭގައި އުޅޭ ބިދޭސީ މަސައްކަތްތެރިންނަށް ހަމަހަމަކަމާއެކު ސިއްހީ ހިދުމަތް ލިބޭނެ މަގު ފަހިކޮށްދިނުމަށް އދ. ގެ ސްޕެޝަލް ރެޕަޓުއާ ގޮވާލައްވައިފި
08 މެއި 2026

ރާއްޖޭގައި ސިއްހީ ދާއިރާއަށް ބޭނުންވާ މުހިންމު އަސާސީ ބޭސްތަކާއި ސިއްހީ ސާމާނު ހޯދުމަށް ބޮޑެތި ގޮންޖެހުންތައް އެބަހުރި: އދ. ގެ ސްޕެޝަލް ރެޕަޓުއަރ

08 މެއި 2026
ރާއްޖޭގައި ސިއްހީ ދާއިރާއަށް ބޭނުންވާ މުހިންމު އަސާސީ ބޭސްތަކާއި ސިއްހީ ސާމާނު ހޯދުމަށް ބޮޑެތި ގޮންޖެހުންތައް އެބަހުރި: އދ. ގެ ސްޕެޝަލް ރެޕަޓުއަރ
07 މެއި 2026

ހަނޑޫ ހުސްވި ކަމަށް ބުނެ ރިޕޯޓް ކުރިކަމަށް ވިދާޅުވެ މިނިސްޓަރު ސައީދު ބޮޑު ދޮގެއް ހައްދަވައިފި

07 މެއި 2026
ހަނޑޫ ހުސްވި ކަމަށް ބުނެ ރިޕޯޓް ކުރިކަމަށް ވިދާޅުވެ މިނިސްޓަރު ސައީދު ބޮޑު ދޮގެއް ހައްދަވައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް