Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެބޭހުގެ ދަތިކަން

ބޭހުގެ ދަތިކަން ހައްލުކުރުމަށް މަދުވާ ބޭސްތައް ދުރާލާ ލަފާކުރެވޭނެ އިލެކްޓްރޯނިކް ސިސްޓަމެއް ގާއިމު ކުރަނީ

ރާއްޖެއަށް ބޭނުންވާ ބޭސް ދުރާލާ ލަފާކޮށް ސްޓޮކް ކުރުމަށްޓަކައި ޑިޖިޓަލް އީ-ލޮޖިސްޓިކް ސިސްޓަމެއް އަންނަ ސެޕްޓެމްބަރު މަހު ގާއިމުކުރާނެ ކަމަށް ސްޓޭޓް ފާމަސުޓިކަލްސްއިން ބުނެފި. މި ސިސްޓަމްގެ އެހީގައި ރަށްރަށުގައި ބަލި މީހުން ތިބި އަދަދު ދެނެގަނެވި، މެދުނުކެނޑި ބޭސް ފޯރުކޮށްދެވޭނެ ކަމަށް އެ ކުންފުނިން ބުނި ނަމަވެސް، ބޭސް ލިބުމުގެ ދަތިކަމަށް އަދިވެސް ހައްލެއް ނުލިބޭތީ އާންމު ރައްޔިތުން އަންނަނީ ޝަކުވާ ކުރަމުން

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 19 ޖުލައި 2026 | އާދީއްތަ 06:48
ޑރ ޝާހު މާހިރު

ޑރ ޝާހު މާހިރު | ރާއްޖެއެމްވީ

ރާއްޖެއަށް ދިމާވެފައިވާ ބޭހުގެ މައްސަލަ ހައްލުކުރުމަށް އެންޓަޕްރައިސް ރިސޯސަސް ޕްލޭނިންގ (އީއާރުޕީ) އަދި ޑިޖިޓަލް އީ-ލޮޖިސްޓިކް ސިސްޓަމެއް ގާއިމު ކުރަމުން އަންނަ ކަމަށް ސްޓޭޓް ފާމަސުޓިކަލްސްގެ މެނޭޖިން ޑިރެކްޓަރ ޑރ. ޝާހު މާހިރު ވިދާޅުވެއްޖެ އެވެ.

ޕީއެސްއެމްގެ ޕްރޮގްރާމްއެއްގައި ވާހަކަ ދައްކަވަމުން ޑރ. މާހިރު ވިދާޅުވީ އަންނަ އަހަރަށް ބޭނުންވާ ބޭސް މިއަހަރު ފަހުކޮޅު ސްޓޮކް ކުރެވެން ޖެހޭނެ ކަމަށާއި މިހާރު މި ގާއިމު ކުރާ ސިސްޓަމްތަކުން ކުރިއަށް ބޭނުންވާ ބޭސް ދުރާލާ ލަފާކުރެވޭނެ ކަމަށެވެ.

ސްޓޭޓް ފާމަސުޓިކަލްސް އުފައްދައިގެން 10 މަސް ވެފައިވާއިރު ފާއިތުވެދިޔަ މުއްދަތުގެ ތެރޭގައި ކުރެވުނީ ޕެރެރަލް ސިސްޓަމެއް ގާއިމުކުރުމާއި، މީހުން ތަމްރީނު ކުރުމާއި، ބޭހުގެ ދަތިކަމަށް ހައްލު ހޯދޭނެ ގޮތް ދިރާސާ ކުރުމުގެ މަސައްކަތްތައްކަމަށް އޭނާ ވިދާޅުވިއެވެ.

މީގެ އިތުރުން ޖުލައި 1 ގައި ފާމަސީތައް ބެލެހެއްޓުމުގެ މަސައްކަތް ކޮށްފައިވާނެ ކަމަށް ޑރ. މާހިރު ވިދާޅުވި އެވެ.

މި އިލެކްޓްރޯނިކް ސިސްޓަމް ގާއިމްކުރެވުމުން އާންމު ބަލިތަކަށް ބޭނުންވާނީ ކިހާ ބޭހެއް ކަމާއި އެ ބޭސްތައް އެއް އަހަރާއި 2 އަހަރުގެ މުއްދަތަކަށް އޯޑަރ ކުރެވި ސްޓޮކް ކުރެވޭނެ ކަމަށް ޑރ. މާހިރު ވިދާޅުވެފައިވެ އެވެ.

މީގެއިތުރުން މި ސިސްޓަމް މި އަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގައި ގާއިމުކޮށް ނިމޭނެ ކަމަށް ޑރ. މާހިރު ވިދާޅުވި އެވެ.

ކުދި އާބާދީގައި ހާއްސަކޮށް ކުދިކުދި ރަށްރަށުގައި މިސާލަކަށް ދަންނަވަންޏާ ހަކުރުބަލީގެ ކިތައް މީހުންތޯ އެ ރަށުގައި ދިރިއުޅެނީ އެނގިއްޖެ ކަމަށްވަންޏާ މެދުނުކެނޑި އަޅުގަނޑުމެންނަށް ސްޓޮކް ކުރެވޭނެ އެރަށުގައި. އެބަ އެނގޭ އެ ބޭސްތައް ބޭނުން ކުރާނެކަން
ޑރ. ޝާހު މާހިރު

ރައީސް މުއިއްޒު ވެރިކަމަށް ވަޑައިގެންނެވި ފަހުން ބޭސް ނުލިބޭ ކަމުގެ ޝަކުވާ ގިނަ އަދަދެއްގެ ރައްޔިތުން އަންނަނީ ކުރަމުންނެވެ. އަދި ބޭސް ގެންނަން އިންޑިއާއަށް ބަރޯސާ ނުވެ، ޔޫރަޕުން ކޮލިޓީ ރަނގަޅު ބޭސް ގެންނާނެ ކަމަށް ވެސް ރައީސް މުއިއްޒު ވިދާޅުވެފައިވެ އެވެ.

ބޭސް ނުލިބުމުގެ މައްސަލަ ބޮޑުވެ، ރައީސް މުއިއްޒު ވަނީ މި މައްސަލަ ހައްލުކުރުމަށް އެސްޓީއޯ އަތުން ފާމަސީތައް ނަންގަވައި، ސްޓޭޓް ފާމަސުޓިކަލްސްގެ ނަމުގައި ކުންފުންޏެއް އުފައްދަވާ އެކުންފުންޏަށް ހަވާލުކުރައްވާފައެވެ. ނަމަވެސް މި ކުންފުނި އުފެއްދެވިތާ 10 މަސް ވެގެން ދިޔައިރު ވެސް، ބޭސް ލިބުމުގެ ދަތިތަކަށް ހައްލެއް ލިބިފައި ނުވާކަން އާންމު ރައްޔިތުން ފާހަގަކުރެ އެވެ.  

ސްޓޭޓް ފާމަސޫޓިކަލްއެސްޓީއޯޑރ. ޝާހު މާހިރު

އިތުރަށް ކިޔާލަން

21 ޖޫން 2026

މިއީ އާ ކަމެއް، އާ ވިސްނުމެއް، އާ ގޮތެއް ސިކުނޑީގަ ނެތް ސަރުކާރެއް: ބޮންޑާ

21 ޖޫން 2026
މިއީ އާ ކަމެއް، އާ ވިސްނުމެއް، އާ ގޮތެއް ސިކުނޑީގަ ނެތް ސަރުކާރެއް: ބޮންޑާ
19 ޖޫން 2026

އެސްޓީއޯގެ ފާމަސީތަކުގައި މަސައްކަތް ކުރާ 800 މުވައްޒަފުން ތިބީ ވަރަށް ބޮޑު ބިރުވެރިކަމެއްގެ ތެރޭގައި: ޝިފާޒު

19 ޖޫން 2026
އެސްޓީއޯގެ ފާމަސީތަކުގައި މަސައްކަތް ކުރާ 800 މުވައްޒަފުން ތިބީ ވަރަށް ބޮޑު ބިރުވެރިކަމެއްގެ ތެރޭގައި: ޝިފާޒު
17 ޖޫން 2026

މޯލްޑިވް ގޭހުން ވިޔަފާރި ތަކަށް ވިއްކާ ގޭހުގެ އަގު ބޮޑުކޮށްފި

17 ޖޫން 2026
މޯލްޑިވް ގޭހުން ވިޔަފާރި ތަކަށް ވިއްކާ ގޭހުގެ އަގު ބޮޑުކޮށްފި
08 ޖޫން 2026

އީދުގެ ކުރިން 15 ރުފިޔާ އަށް ލިބުނު ފިޔާ ކިލޯގެ އަގު 45 ރުފިޔާ އާއި ހަމައަށް އުފުލިއްޖެ

08 ޖޫން 2026
އީދުގެ ކުރިން 15 ރުފިޔާ އަށް ލިބުނު ފިޔާ ކިލޯގެ އަގު 45 ރުފިޔާ އާއި ހަމައަށް އުފުލިއްޖެ
07 ޖޫން 2026

ސަރުކާރުގެ ކުންފުނިތަކަށް ގާބިލްކަން ނެތް މިންވަރުން މަޝްރޫޢުތައް ހަވާލުކުރުމުން އޭގެ ނޭދެވޭ އަސަރު ކުރަނީ އާދައިގެ މުވައްޒަފުންނަށް: ނިޝާން

07 ޖޫން 2026
ސަރުކާރުގެ ކުންފުނިތަކަށް ގާބިލްކަން ނެތް މިންވަރުން މަޝްރޫޢުތައް ހަވާލުކުރުމުން އޭގެ ނޭދެވޭ އަސަރު ކުރަނީ އާދައިގެ މުވައްޒަފުންނަށް: ނިޝާން
20 މެއި 2026

ހިޔާލުފާޅުކުރުމުގެ މިނިވަންކަން ބޭނުންކުރުމުން ވަޒީފާއިން ވަކިކުރުމަކީ ބޭއިންސާފެއް، އެމްޑީޕީން އެފަރާތްތަކަށް އެހީވާނެ: މައުރޫފް

20 މެއި 2026
ހިޔާލުފާޅުކުރުމުގެ މިނިވަންކަން ބޭނުންކުރުމުން ވަޒީފާއިން ވަކިކުރުމަކީ ބޭއިންސާފެއް، އެމްޑީޕީން އެފަރާތްތަކަށް އެހީވާނެ: މައުރޫފް
09 މެއި 2026

ރާއްޖޭގައި އުޅޭ ބިދޭސީ މަސައްކަތްތެރިންނަށް ހަމަހަމަކަމާއެކު ސިއްހީ ހިދުމަތް ލިބޭނެ މަގު ފަހިކޮށްދިނުމަށް އދ. ގެ ސްޕެޝަލް ރެޕަޓުއާ ގޮވާލައްވައިފި

09 މެއި 2026
ރާއްޖޭގައި އުޅޭ ބިދޭސީ މަސައްކަތްތެރިންނަށް ހަމަހަމަކަމާއެކު ސިއްހީ ހިދުމަތް ލިބޭނެ މަގު ފަހިކޮށްދިނުމަށް އދ. ގެ ސްޕެޝަލް ރެޕަޓުއާ ގޮވާލައްވައިފި
08 މެއި 2026

ރާއްޖޭގައި ސިއްހީ ދާއިރާއަށް ބޭނުންވާ މުހިންމު އަސާސީ ބޭސްތަކާއި ސިއްހީ ސާމާނު ހޯދުމަށް ބޮޑެތި ގޮންޖެހުންތައް އެބަހުރި: އދ. ގެ ސްޕެޝަލް ރެޕަޓުއަރ

08 މެއި 2026
ރާއްޖޭގައި ސިއްހީ ދާއިރާއަށް ބޭނުންވާ މުހިންމު އަސާސީ ބޭސްތަކާއި ސިއްހީ ސާމާނު ހޯދުމަށް ބޮޑެތި ގޮންޖެހުންތައް އެބަހުރި: އދ. ގެ ސްޕެޝަލް ރެޕަޓުއަރ
07 މެއި 2026

ހަނޑޫ ހުސްވި ކަމަށް ބުނެ ރިޕޯޓް ކުރިކަމަށް ވިދާޅުވެ މިނިސްޓަރު ސައީދު ބޮޑު ދޮގެއް ހައްދަވައިފި

07 މެއި 2026
ހަނޑޫ ހުސްވި ކަމަށް ބުނެ ރިޕޯޓް ކުރިކަމަށް ވިދާޅުވެ މިނިސްޓަރު ސައީދު ބޮޑު ދޮގެއް ހައްދަވައިފި
06 މެއި 2026

ހަނޑުލުގެ ސްޓޮކް ދަށްވެ އެސްޓީއޯ ކާޑު ގުދަނުން ލިމިޓްކޮށް ހަނޑޫ ވިއްކަނީ!

06 މެއި 2026
ހަނޑުލުގެ ސްޓޮކް ދަށްވެ އެސްޓީއޯ ކާޑު ގުދަނުން ލިމިޓްކޮށް ހަނޑޫ ވިއްކަނީ!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު