Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެސިއްޙީ މަރުކަޒުތައް ބޮޑުކުރުން

4 ރަށެއްގެ ސިއްޙީ މަރުކަޒުގެ ޖާގަ ބޮޑުކުރަން ހަވާލުކޮށްފި

4 ރަށެއްގެ ސިއްޙީ މަރުކަޒުގެ ޖާގަ ބޮޑު ކުރުމުގެ މަސައްކަތް ހަވާލު ކުރި 5 މަސް ދުވަހުން ނިންމާ ގޮތަށް

އިދުހާމް ނަޢީމް
އިދުހާމް ނަޢީމް, ރާއްޖެ އެމްވީ | 19 ސެޕްޓެމްބަރު 2022 | ހޯމަ 13:27
ހެލްތު މިނިސްޓްރީން ނަރުދޫގެ ސިއްޙީ މަރުކަޒު ބޮޑުކުރުމުގެ އެއްބަސްވުމުގައި ސޮއި ކުރުން

ހެލްތު މިނިސްޓްރީން ނަރުދޫގެ ސިއްޙީ މަރުކަޒު ބޮޑުކުރުމުގެ އެއްބަސްވުމުގައި ސޮއި ކުރުން

4 ރަށެއްގެ ސިއްޙީ މަރުކަޒުގެ ޖާގަ ބޮޑުކުރުމަށް، އެކްސްޓެންޝަން ޢިމާރާތުގެ މަސައްކަތްތައް ކޮންޓްރެކްޓަރުންނާ ހަވާލުކޮށްފިއެވެ.

ހެލްތު މިނިސްޓްރީން ހޯމަ ދުވަހު ހަވާލު ކޮށްފައިވަނީ ށ. ފީވަށް، ށ. ނަރުދޫ، ށ. ޅައިމަގު، އަދި އއ. މަތިވެރީގެ ސިއްޙި މަރުކަޒުތަކުގެ މަސައްކަތެވެ. މީގެ ތެރެއިން ނަރުދުއާއި ޅައިމަގުގެ މަސައްކަތް ކްލޭ ލިމިޓެޑް ލައިބިލިޓީ ޕަރޓްނަރޝިޕްއާ ހަވާލުކޮށްފައިވާއިރު ފީވަކުގެ ސިއްޙީ މަރުކަޒުގެ މަސައްކަތް ޕާސްޓްލައިން ޕްރައިވެޓް ލިިމިޓެޑާ އަދި މަތިވެރީގެ ސިއްޚީ މަރުކަޒުގެ މަސައްކަތް ހަވާލު ކުރީ ރައިޒާ ޕްރައިވެޓް ލިމިޓެޑާއެވެ.

Advertisement - newsAdvertisement

ހެލްތު މިނިސްޓްރީން މައުލޫމާތު ދޭ ގޮތުގައި މި ސިއްޙީ މަރުކަޒުތަކުގެ ޖާގަ އިތުރު ކުރުމުގެ މަސައްކަތުގެ ދަށުން އިމާރާތް ހެދުމާއި، އިމާރާތުގެ ޕޯޓިކޯ ނުވަތަ ފެންޑާ ހެދުން ހިމެނެއެވެ. މި ހުރިހާ ސިއްޙި މަރުކަޒެއްގެ މަސައްކަތް ވެސް ހަވާލުކޮށްފައިވަނީ 5 މަސް ދުވަހުގެ ތެރޭގައި ނިންމާ ގޮތަށެވެ.

ނަރުދޫގެ މަސައްކަތް ހަވާލުކޮށްފައިވަނީ ހަތަރު މިލިޔަން ދެލައްކަ ވިހިހާސް ތިރީސް ހަތް ރުފިޔާ ސާޅީސް ހަތަރު ލާރި (4،220،037.44) އަށެވެ. އަދި ޅައިމަގުގެ މަސައްކަތް ހަވާލުކޮށްފައިވަނީ ހަތަރު މިލިޔަން ތިންލައްކަ ސާޅިސް ތިންހާސް ހަތްސަތޭކަ ތިރީސް އައް ރުފިޔާ ތޭވީސް ލާރި (4،343،738.23) އަށެވެ.

މީގެ އިތުރުން ފީވަކުގެ ސިއްޙީމަރުކަޒުގެ އެކްސްޓެންޝަން އިމާރާތުގެ މަސައްކަތް ތިންމިލިއަން ހަލައްކަ އަށްޑިހަ ހަހާސް ދުއިސައްތަ އެއް ރުފިޔާ އަށްލާރި (3،686،201.08) އަށްހަވާލުކޮށްފައިވާއިރު މަތިވެރި ސިއްޙީ މަރުކަޒުގެ މަސައްކަތް ހަވާލުކުރީ ހަތަރު މިލިއަން އަށްލައްކަ ރުފިޔާ (4،800،000) އަށެވެ.

ސަރުކާރުން އަންނަނީ އަތޮޅުތަކުގައިހުރި ސިއްޙީ މަރުކަޒުތަކުގެ ފެންވަރު ރަނގަޅުކޮށް ޚިދުމަތްތައް ފުޅާކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން ގިނަ ރަށްރަށުގެ ސިއްޙީ މަރުކަޒުގެ ޖާގަ އިތުރުކުރުމަށް އެކްސްޓެންޝަން ޢިމާރާތް ހެދުމާއި އާބާދީ ބޮޑެތި ރަށްރަށުގެ ސިއްޙީ މަރުކަޒުތައް ހޮސްޕިޓަލް ފެންވަރަށް ތަރައްޤީކުރުމުގެ މަސައްކަތްތައް މިހާރުވެސް ދަނީ ކުރަމުންނެވެ.

ހެލްތު މިނިސްޓްރީށ. ނަރުދޫށ. ފީވައްށ.ޅައިމަގުމަތިވެރި

އިތުރަށް ކިޔާލަން

21 ސެޕްޓެމްބަރު 2025

ކުނި މެނޭޖްކުރާ ވެމްކޯ އަށް ސިއްހީ މަރުކަޒު އަޕްގްރޭޑް ކުރުމަަށް ހަވާލުކޮށްފި

21 ސެޕްޓެމްބަރު 2025
ކުނި މެނޭޖްކުރާ ވެމްކޯ އަށް ސިއްހީ މަރުކަޒު އަޕްގްރޭޑް ކުރުމަަށް ހަވާލުކޮށްފި
21 އޯގަސްޓު 2025

ސަރުކާރަށް ފާޑުކިޔާތީ ޅައިމަގު ފެނަކަ ބްރާންޗުގެ ސްޓޭޝަން މެނޭޖަރ އާއި ޑެޕިއުޓީ ސްޓޭޝަން މެނޭޖަރ ސަސްޕެންޑުކޮށްފި

21 އޯގަސްޓު 2025
ސަރުކާރަށް ފާޑުކިޔާތީ ޅައިމަގު ފެނަކަ ބްރާންޗުގެ ސްޓޭޝަން މެނޭޖަރ އާއި ޑެޕިއުޓީ ސްޓޭޝަން މެނޭޖަރ ސަސްޕެންޑުކޮށްފި
19 އޯގަސްޓު 2025

މަތިވެރީ ގައި އެއަރޕޯޓެއް ތަރައްގީ ކުރަނީ

19 އޯގަސްޓު 2025
މަތިވެރީ ގައި އެއަރޕޯޓެއް ތަރައްގީ ކުރަނީ
05 އޯގަސްޓު 2025

ސަރުކާރުން ފައިސާ ނުދޭތީ، ފީއަލީ ޞިއްޙީ މަރުކަޒުގެ މަސައްކަތް ހުއްޓި، ތަން ރޫޅާލަނީ

05 އޯގަސްޓު 2025
ސަރުކާރުން ފައިސާ ނުދޭތީ، ފީއަލީ ޞިއްޙީ މަރުކަޒުގެ މަސައްކަތް ހުއްޓި، ތަން ރޫޅާލަނީ
18 ޖުލައި 2025

"މޯލްޑިވްސް ސްޕެކްސް 2030" އިނީޝިއޭޓިވް އިފްތިތާޙްކޮށްފި

18 ޖުލައި 2025
"މޯލްޑިވްސް ސްޕެކްސް 2030" އިނީޝިއޭޓިވް އިފްތިތާޙްކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު