Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއައްްޑޫ ސިޓީ

ފޭދޫ ސްކޫލްގައި ކުރިއަށްދާ ބޭސިކް ކެޑޭޓް ކޭމްޕްގެ ތެރެއިން ގިނަ އަދަދެއްގެ ކުދިންތަކެއް ހޮޑުލެވި ބޭރަށް ހިންގާތީ ފަރުވާ ދެނީ!

24 އޯގަސްޓު 2026 | ހޯމަ 14:09

ފޭދޫ ސްކޫލްގެ ކެޑޭޓް ކޭމްޕްގެ ގިނަ ދަރިވަރުންތަކަކަށް ކާނާ ވިހަވެގެން ފަރުވާދޭން ފެށުމާ ގުޅިގެން، އެޗްއާރްސީއެމުން އެ މައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ތަހުގީގު ކުރަން ވަނީ ފަށާފައި. މި ހާދިސާގައި 31 ކުއްޖަކަށް އެކި ހޮސްޕިޓަލްތަކުގައި ފަރުވާ ދެމުންދާއިރު، އެއްވެސް ކުއްޖެއްގެ ހާލު ސީރިއަސް ނޫން ކަމަށް މައުލޫމާތު ލިބޭ

އަމްނާ އިމާދު
އަމްނާ އިމާދު | 24 އޯގަސްޓު 2026 | ހޯމަ 14:09
އައްޑޫ ސިޓީ، އެކުއެޓޯރިއަލް ހޮސްޕިޓަލް. މި ހޮސްޕިޓަލްގައި 7 ކުއްޖަކަށް ދަނީ ފަރުވާ ދެމުން

އައްޑޫ ސިޓީ، އެކުއެޓޯރިއަލް ހޮސްޕިޓަލް. މި ހޮސްޕިޓަލްގައި 7 ކުއްޖަކަށް ދަނީ ފަރުވާ ދެމުން

އައްޑޫ ސިޓީ ފޭދޫގައި ހުންނަ ފޭދޫ ސްކޫލްގައި ކުރިއަށްދާ ބޭސިކް ކެޑޭޓް ކޭމްޕްގެ ތެރެއިން ގިނަ އަދަދެއްގެ ކުދިންތަކެއް ހޮޑުލެވި ބޭރަށް ހިންގާތީ ފަރުވާ ދޭން ފަށައިފި އެވެ.

ހޯމަ ދުވަހު ރާއްޖެއެމްވީއަށް މައުލޫމާތުދިން ބެލެނިވެރިއެއް ބުނީ، މި ކެންޕްގައި ގިނަ އަދަދެއްގެ ކުދިންތަކެއް ކާނާވިހަވި ކަމަށް ބެލެވޭ ކަމަށެވެ. އަދި މި މައްސަލަ ދިމާވީ ހޯމަ ދުވަހުގެ ހެނދުނުގެ ވަގުތެއްގައި ކަަމަށެވެ.

Advertisement - newsAdvertisement

ހޮޑުލެވި، ބޭރަށް ހިންގާތީ ފޭދޫ ސިއްހީ މަރުކަޒުގައި 12 ކުދިންނަށް އަދި މަރަދޫ ސިއްހީ މަރުކަޒުގައި 12 ކުދިންނަށް އެޑްމިޓްކޮށްގެން ފަރުވާ ދެމުން އަންނަ ކަމަށާއި، އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލުގައި 7 ކުއްޖަކަށް ފަރުވާ ދެމުން އަންނަ ކަމަށް މައުލޫމާތު ލިބެ އެވެ.

ފަރުވާ ދެމުން އަންނަނީ އެ ސްކޫލުގެ ގްރޭޑް 7 އަދި 8 ގެ ދަރިވަރުންތަކަކަށްވާއިރު، އެއްވެސް ކުއްޖެއްގެ ހާލަ ސީރިއަސް ނޫން ކަމަށް ވެސް މައުލޫމާތު ލިބެ އެވެ.

އައްޑޫ އިކުއަޓޯރިއަލް ހޮސްޕިޓަލް (އޭއީއެޗް) އިން ބުނީ މަޑުމަޑުން ކުދީންގެ ހާލަތު ރަނގަޅުވަމުން އަންނަ ކަމަށާއި، ފަރުވާ ދެމުންދާ ކުދީންގެ ފަރާތުން ފެންނަނީ އެއްކަހަލަ އަލާމާތްތަކެއް ކަމަށެވެ. އެއީ  ބޭރަށްހިންގުމާއި ހޮޑުލެވުމުގެ އިތުރުން ބަނޑުގައި ރިއްސުން ކަމަށް އެ ހޮސްޕިޓަލުން ބުނެފައިވެ އެވެ. ނަމަވެސް މި މައްސަލަ ދިމާވި ސީދާ ސަބަބެއް ހާމަކޮށްފައިނުވެ އެވެ. 

މީގެ އިތުރުން މި މައްސަލައާ ގުޅިގެން އެކްސްގައި އެޗްއާރްސީއެމުން ބުނީ، އައްޑޫ ސިޓީ ބޭސިކް ކެޑޭޓް ކޭމްޕުގައި ބައިވެރިވި ދަރިވަރުން ކާނާ ވިހަވެ ބައެއް ކުދިން ހާލުދެރަވެ ހޮސްޕިޓަލުގައި އެނދުމަތިކުރަން ޖެހުމަކީ އެ ކޮމިޝަނުން ނުހަނު ކަންބޮޑުވާ ކަމެއް ކަމަށެވެ. އަދި މި ހާދިސާ މޮނިޓަރކުރަމުންދާ ކަމަށް އެ ކޮމިޝަނުން ބުނެފައިވެ އެވެ.

މިކަން ހިނގާދިޔަ ގޮތް ހައްސާސް މައްސަލައެއްގެ ގޮތުގައި ތަހުގީގު ކުރާނެކަން ފާހަގަކޮށް އެޗްއާރްސީއެމުން ބުނީ، މިބާވަތުގެ ކަންކަން ތަކުރާރު ނުވާނޭ ގޮތެއްގެ މަތިން ކަމާބެހޭ އިދާރާތައް ކަންކަން ބައްޓަންކޮށް، ބަލަހައްޓަން ޖެހޭ ކަމަށެވެ. 

ރާއްޖޭގެ ހުރިހާ ސަރުކާރު ސްކޫލެއްގައި މިހާރު ދަނީ ކޭމްޕްތައް ހިންގަމުންނެވެ. އަދި މަދުން ނަމަވެސް މިފަދަ ހާދިސާތައް ހިނގަމުންދިއުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށާއި މިއީ ކަންބޮޑުވާ ބޮޑު މައްސަލައެއް ކަމަށް ގިނަ ބެލެނިވެރިން ދަނީ ބުނަމުންނެވެ.

އައްްޑޫ ސިޓީފޭދޫ ސްކޫލްބޭސިކް ކެޑޭޓް ކޭމްޕްއެޗްއާރްސީއެމް

އެންމެ ހިނގާ

1

މޫސާ އިބްރާހީމް މަރާލި މައްސަލައިގައި ކުށް ސާބިތުވެ، މުހައްމަދު އިބްރާހީމް އަށް މަރުގެ ހުކުމް!

2

ގެއްލުނު ނާފިއުގެ އާއިލާ އިން އާދޭހާއެކު ސަރުކާރުގައި އަދިވެސް އެދެނީ އޭނާގެ ހަށިގަނޑު ހޯދައި ދިނުމަށް!

3

އީރާންގެ އިޤްތިސާދަށް ނުރައްކާ ކުރިމަތިވެއްޖެ، އެކަމާ ސަރުކާރުން ލަދުގަނޭ: އީރާންގެ ރައީސް ޕެޒެޝްކިއާން

4

ދުނިޔޭގެ ބޮކްސިން ޗެމްޕިއަންކަން ދެ ފަހަރު ހޯދާފައިވާ ޓެޓޭ ގަޔަށް ބަޑިޖަހާ މަރާލައިފި

5

ގަތަރުގައި ހައްޔަރުކޮށްފައި ތިބި އީރާނުގެ ޕައިލެޓުންގެ ސިއްހީ ހާލަތު ވަރަށް ބޮޑަށް ގޯސްވަމުންދާ ކަމަށާއި މިހާރުން މިހާރަށް އެމީހުން ހަވާލުކުރުމަށް އީރާނުން އިންޒާރުދީފި

އިތުރަށް ކިޔާލަން

24 އޯގަސްޓު 2026

އައްޑޫ ފެނަކައިން އެއް ހަފުތާގެ ތެރޭގައި 200 ވަރަކަށް މުވައްޒަފުން ވަކިކޮށްފި: މެންބަރު ދީދީ

24 އޯގަސްޓު 2026
އައްޑޫ ފެނަކައިން އެއް ހަފުތާގެ ތެރޭގައި 200 ވަރަކަށް މުވައްޒަފުން ވަކިކޮށްފި: މެންބަރު ދީދީ
17 އޯގަސްޓު 2026

ރައީސް، ރައީސް، އައްޑޫ ސިޓީ އަށް އޮތީ ކޮން ޕްރޮޖެކްޓްތަކެއްތޯ؟

17 އޯގަސްޓު 2026
ރައީސް، ރައީސް، އައްޑޫ ސިޓީ އަށް އޮތީ ކޮން ޕްރޮޖެކްޓްތަކެއްތޯ؟
17 އޯގަސްޓު 2026

ރާއްޖޭގެ އިޤްތިސާދީ ހާލަތު ބަދަލުކޮށް ރައްޔިތުންނަށް ފުދުންތެރި ދިރިއުޅުމެއް ހޯދައިދެވޭނީ އެމްޑީޕީއަށް: ޝާހިދު

17 އޯގަސްޓު 2026
ރާއްޖޭގެ އިޤްތިސާދީ ހާލަތު ބަދަލުކޮށް ރައްޔިތުންނަށް ފުދުންތެރި ދިރިއުޅުމެއް ހޯދައިދެވޭނީ އެމްޑީޕީއަށް: ޝާހިދު
14 އޯގަސްޓު 2026

އެމްޑީޕީގެ ވެރިކަން ނިމުމާއެކު މުޅި ރާއްޖޭގެ ތަރައްގީ އަދި އިގްތިސާދު ބިލާހަކަށްވެ ނެތިގޮސްފި: ނާޒިލް

14 އޯގަސްޓު 2026
އެމްޑީޕީގެ ވެރިކަން ނިމުމާއެކު މުޅި ރާއްޖޭގެ ތަރައްގީ އަދި އިގްތިސާދު ބިލާހަކަށްވެ ނެތިގޮސްފި: ނާޒިލް
14 އޯގަސްޓު 2026

ރާއްޖޭގެ ރައްޔިތުން އެދުނު ކޮންމެ ކަމެއް އިސްލާހުކޮށް ބަދަލުކޮށްލި ފަހުލަވާނުން ތިބީ އެމްޑީޕީގައި: ޝާހިދު

14 އޯގަސްޓު 2026
ރާއްޖޭގެ ރައްޔިތުން އެދުނު ކޮންމެ ކަމެއް އިސްލާހުކޮށް ބަދަލުކޮށްލި ފަހުލަވާނުން ތިބީ އެމްޑީޕީގައި: ޝާހިދު
14 އޯގަސްޓު 2026

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާނެކަން ޝާހިދު އިއުލާނުކުރައްވައިފި

14 އޯގަސްޓު 2026
އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާނެކަން ޝާހިދު އިއުލާނުކުރައްވައިފި
14 އޯގަސްޓު 2026

ސަވާހިލި އަނބުރާ އައްޑޫގެ ރައްޔިތުންނާ ހަވާލުކުރާނަން: ޝާހިދު

14 އޯގަސްޓު 2026
ސަވާހިލި އަނބުރާ އައްޑޫގެ ރައްޔިތުންނާ ހަވާލުކުރާނަން: ޝާހިދު
14 އޯގަސްޓު 2026

އެމްޑީޕީގެ ރައީސް ޝާހިދަށް އައްޑޫ އިން ހޫނު މަރުހަބާއެއް!

14 އޯގަސްޓު 2026
އެމްޑީޕީގެ ރައީސް ޝާހިދަށް އައްޑޫ އިން ހޫނު މަރުހަބާއެއް!
07 އޯގަސްޓު 2026

ރައްޔިތުންގެ އަމިއްލަ ޖީބަށް އާމްދަނީ ލިބޭ ކަން ކަމަށް ރައީސް މުއިއްޒުގެ ސަރުކާރުން ދަނީ ހުރަސްއަޅަމުން: މެންބަރު ނާޒިލް

07 އޯގަސްޓު 2026
ރައްޔިތުންގެ އަމިއްލަ ޖީބަށް އާމްދަނީ ލިބޭ ކަން ކަމަށް ރައީސް މުއިއްޒުގެ ސަރުކާރުން ދަނީ ހުރަސްއަޅަމުން: މެންބަރު ނާޒިލް
30 ޖުލައި 2026

މިސަރުކާރުން ގޫގުލްއަށް އައްޑޫއިން ބިން ދޭން ނިންމީ އައްޑޫ ސިޓީ ކައުންސިލަށް ނޭނގި: މޭޔަރު ނިޒާރު

30 ޖުލައި 2026
މިސަރުކާރުން ގޫގުލްއަށް އައްޑޫއިން ބިން ދޭން ނިންމީ އައްޑޫ ސިޓީ ކައުންސިލަށް ނޭނގި: މޭޔަރު ނިޒާރު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް