Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއައްްޑޫ ސިޓީ

އައްޑޫ ސިޓީ ފެނަކައިގައި މަސައްކަތްކުރަމުން ދިޔަ އެތަށް މުވައްޒަފުންނެއް ވަޒީފާއިން ވަކިކުރުމާއި ގުޅިގެން އިހުތިޖާޖުކޮށްފި

27 އޯގަސްޓު 2026 | ބުރާސްފަތި 13:32

އައްޑޫ ފެނަކައިގެ 200 އަށްވުރެ ގިނަ މުވައްޒަފުން ވަޒީފާއިން ވަކިކުރުމާ ގުޅިގެން، ސަރުކާރާ ދެކޮޅަށް އެ ސިޓީގައި އިހުތިޖާޖު ކޮށްފި. ކުންފުނިތައް ރައިޓް ސައިޒްކުރުމުގެ ނަމުގައި ގިނަ ބައެއްގެ ވަޒީފާ ގެއްލެމުންދާތީ، އައްޑޫ މޭޔަރާއި މަޖިލިސް މެންބަރުން ވަނީ އާއިލާތައް ބިކަވަމުންދާ ކަމަށް ބުނެ ކަންބޮޑުވުން ފާޅުކޮށްފައި

ޝާއިން މުޙައްމަދު
ޝާއިން މުޙައްމަދު | 27 އޯގަސްޓު 2026 | ބުރާސްފަތި 13:32
އައްޑޫ ސިޓީ ފެނަކައިގައި މަސައްކަތް ކުރަމުން ދިޔަ އެތަށް މުވައްޒަފުންނެއް ވަޒީފާއިން ވަކި ކުރުމާއި ގުޅިގެން އިހުތިޖާޖުކުރަނީ

އައްޑޫ ސިޓީ ފެނަކައިގައި މަސައްކަތް ކުރަމުން ދިޔަ އެތަށް މުވައްޒަފުންނެއް ވަޒީފާއިން ވަކި ކުރުމާއި ގުޅިގެން އިހުތިޖާޖުކުރަނީ | ސޯޝަލް މީޑިއާ

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން އައްޑޫ ސިޓީ ފެނަކައިގައި މަސައްކަތް ކުރަމުން ދިޔަ އެތަށް މުވައްޒަފުންނެއް ވަޒީފާއިން ވަކި ކުރުމާއި ގުޅިގެން އައްޑޫ ސިޓީގައި އިހުތިޖާޖުކޮށްފި އެވެ. 

ބުރާސްފަތި ދުވަހު ކުރިއަށްގެންދިޔަ މި އިހުތިޖާޖުގައި އައްޑޫ ސިޓީގެ މޭޔަރު އަލީ ނިޒާރު ވެސް ބައިވެރިވެވަޑައިގެންނެވި އެވެ.

Advertisement - newsAdvertisement

މި އިހުތިޖާޖުގައި ވަނީ ޕޯސްޓަރުތައް ހިފައިގެން ނުކުމެ ރައީސް މުއިއްޒުގެ ސަރުކާރަށް ވަރަށް ބޮޑަށް ފާޑުކިޔާފަ އެވެ. 

އެގޮތުން، ރައީސް މުއިއްޒު އުޅުއްވަނީ ކޮން ކަމެއް ނުކުރެއްވިގެންތޯ ވަނީ ސުވާލު އުފައްދާފަ އެވެ. އަދި ލާމަރުކަޒީ ނިޒާމު ފުނޑާލާފައިވާ ކަމަށާއި ރައްޔިތުން މަޖިލީހުގައި އައްޑޫ ސިޓީއަށް ނިސްބަތްވާ ޕީއެންސީ މެންބަރުން ތިއްބެވީ ނިދިކުރައްވާފައި ކަމަށް ބުނެ ޝުއޫރު ފާޅުކޮށްފައިވެ އެވެ. 

މި އިހުތިޖާޖުގައި ބުނީ އައްޑޫ ސިޓީ ފެނަކައިން 202 ވަޒީފާ ގެއްލުވާލާފައިވާ ކަމަށާއި 133 އާއިލާ ބިކަކޮށްލާފައިވާ ކަމަށެވެ. އަދި އާއްމު ރައްޔިތުންގެ ވަޒީފާ ގެއްލުވާލަމުންދާއިރު، ސަރުކާރުގެ އިދާރާތަކުގެ ވެރިން ތިއްބެވީ ނާޗަރަންގީ ކުޅުއްވަން ކަމަށް ބުނެ ވެސް ޝުއޫރު ފާޅުކޮށްފައި ވެއެވެ. 

އައްޑޫ ސިޓީގައި ކުރި އިހުތިޖާޖުގެ ތެރެއިން

އައްޑޫ ސިޓީގައި ކުރި އިހުތިޖާޖުގެ ތެރެއިން | ސޯޝަލް މީޑިއާ

މި ސަރުކާރުން މުވައްޒަފުންނަށް ވަޒީފާގެ ބިރު ދައްކަމުން އަންނަ ކަމަށާއި، އެއް ހަފުތާގެ ތެރޭގައި އައްޑޫ ސިޓީ ފެނަކައިގައި މަސައްކަތް ކުރާ 200 އެއްހާ މުވައްްޒަފުން ވަކިކޮށްފައިވާ ކަމަށް ވިދާޅުވެ މަރަދޫ ދާއިރާގެ މެންބަރު އަހުމަދު ދީދީ ވެސް ވަނީ ކަންބޮޑުވުން ފާޅުކުރައްވާފަ އެވެ.  

ރައިޓް ސައިޒް ކުރުމުގެ ނަމުގައި ސަރުކާރުގެ ކުންފުނިތަކުން ދަނީ މުވައްޒަފުން މަދު ކުރަމުންނެވެ. ޕީސީބީ އިން ކުންފުނިތަކަށް އަންގާފައި ވަނީ 33 އިންސައްތަ މުވައްޒަފުން މަދު ކުރުމަށެވެ. އެކަމުގެ ސަބަބުން، 13،000 އަށް ވުރެ ގިނަ މުވައްޒަފުންގެ ވަޒީފާ ގެއްލޭނެ ކަމަށް އަންދާޒާ ކުރެވިފައިވާއިރު، އިދިކޮޅު އެމްޑީޕީ އިން ވެސް އަންނަނީ އެކަމުގެ ކަންބޮޑުވުން ފާޅުކުރަމުންނެވެ.

އައްްޑޫ ސިޓީއިހުތިޖާޖު

އެންމެ ހިނގާ

1

ރަޝިޔާގެ ހުއްދަ ނެތި އެމެރިކާ އެއަރ ފޯސްގެ ބޯޓެއް ވެރި ރަށް މޮސްކޯގައި ޖައްސައިފި

2

ރާއްޖެ ޓީވީގެ އާމިރު ސަލީމަށް ހަމަލާދޭން ސަރުކާރު ހިންގާ ޕާޓީން ބަޔަކަށް ފައިސާދިންކަމުގެ މައުލޫމާތު ލިބިގެން މައްސަލަ ފުލުހަށް ހުށަހަޅައިފި

3

10 ބާވަތުގެ ސައީދު އާއި އިތުރު 23 ބާވަތުގެ މުހައްމަދު ސައީދު

4

މިސް ވޯރލްޑުގައި ދިވެހިރާއްޖެ ތަމްސީލު ކުރާ އީމާ އޭޝިއާ އާއި އޯޝޭނިއާ ރީޖަންގެ ގަދަ 5 ގައި ހިމެނިއްޖެ

5

ޓްރަމްޕްގެ ދަރިކަލުން ބެރޮންގެ ފުރާނަ އަށް ނުރައްކާވާ ގޮތަށް އީރާން އިން ދެއްކި މަންޒަރާއެކު، ސީކްރެޓް ސަރވިސް އެލާޓުގައި!

އިތުރަށް ކިޔާލަން

24 އޯގަސްޓު 2026

ފޭދޫ ސްކޫލްގައި ކުރިއަށްދާ ބޭސިކް ކެޑޭޓް ކޭމްޕްގެ ތެރެއިން ގިނަ އަދަދެއްގެ ކުދިންތަކެއް ހޮޑުލެވި ބޭރަށް ހިންގާތީ ފަރުވާ ދެނީ!

24 އޯގަސްޓު 2026
ފޭދޫ ސްކޫލްގައި ކުރިއަށްދާ ބޭސިކް ކެޑޭޓް ކޭމްޕްގެ ތެރެއިން ގިނަ އަދަދެއްގެ ކުދިންތަކެއް ހޮޑުލެވި ބޭރަށް ހިންގާތީ ފަރުވާ ދެނީ!
24 އޯގަސްޓު 2026

އައްޑޫ ފެނަކައިން އެއް ހަފުތާގެ ތެރޭގައި 200 ވަރަކަށް މުވައްޒަފުން ވަކިކޮށްފި: މެންބަރު ދީދީ

24 އޯގަސްޓު 2026
އައްޑޫ ފެނަކައިން އެއް ހަފުތާގެ ތެރޭގައި 200 ވަރަކަށް މުވައްޒަފުން ވަކިކޮށްފި: މެންބަރު ދީދީ
17 އޯގަސްޓު 2026

ރައީސް، ރައީސް، އައްޑޫ ސިޓީ އަށް އޮތީ ކޮން ޕްރޮޖެކްޓްތަކެއްތޯ؟

17 އޯގަސްޓު 2026
ރައީސް، ރައީސް، އައްޑޫ ސިޓީ އަށް އޮތީ ކޮން ޕްރޮޖެކްޓްތަކެއްތޯ؟
17 އޯގަސްޓު 2026

ރާއްޖޭގެ އިޤްތިސާދީ ހާލަތު ބަދަލުކޮށް ރައްޔިތުންނަށް ފުދުންތެރި ދިރިއުޅުމެއް ހޯދައިދެވޭނީ އެމްޑީޕީއަށް: ޝާހިދު

17 އޯގަސްޓު 2026
ރާއްޖޭގެ އިޤްތިސާދީ ހާލަތު ބަދަލުކޮށް ރައްޔިތުންނަށް ފުދުންތެރި ދިރިއުޅުމެއް ހޯދައިދެވޭނީ އެމްޑީޕީއަށް: ޝާހިދު
14 އޯގަސްޓު 2026

އެމްޑީޕީގެ ވެރިކަން ނިމުމާއެކު މުޅި ރާއްޖޭގެ ތަރައްގީ އަދި އިގްތިސާދު ބިލާހަކަށްވެ ނެތިގޮސްފި: ނާޒިލް

14 އޯގަސްޓު 2026
އެމްޑީޕީގެ ވެރިކަން ނިމުމާއެކު މުޅި ރާއްޖޭގެ ތަރައްގީ އަދި އިގްތިސާދު ބިލާހަކަށްވެ ނެތިގޮސްފި: ނާޒިލް
14 އޯގަސްޓު 2026

ރާއްޖޭގެ ރައްޔިތުން އެދުނު ކޮންމެ ކަމެއް އިސްލާހުކޮށް ބަދަލުކޮށްލި ފަހުލަވާނުން ތިބީ އެމްޑީޕީގައި: ޝާހިދު

14 އޯގަސްޓު 2026
ރާއްޖޭގެ ރައްޔިތުން އެދުނު ކޮންމެ ކަމެއް އިސްލާހުކޮށް ބަދަލުކޮށްލި ފަހުލަވާނުން ތިބީ އެމްޑީޕީގައި: ޝާހިދު
14 އޯގަސްޓު 2026

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާނެކަން ޝާހިދު އިއުލާނުކުރައްވައިފި

14 އޯގަސްޓު 2026
އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާނެކަން ޝާހިދު އިއުލާނުކުރައްވައިފި
14 އޯގަސްޓު 2026

ސަވާހިލި އަނބުރާ އައްޑޫގެ ރައްޔިތުންނާ ހަވާލުކުރާނަން: ޝާހިދު

14 އޯގަސްޓު 2026
ސަވާހިލި އަނބުރާ އައްޑޫގެ ރައްޔިތުންނާ ހަވާލުކުރާނަން: ޝާހިދު
14 އޯގަސްޓު 2026

އެމްޑީޕީގެ ރައީސް ޝާހިދަށް އައްޑޫ އިން ހޫނު މަރުހަބާއެއް!

14 އޯގަސްޓު 2026
އެމްޑީޕީގެ ރައީސް ޝާހިދަށް އައްޑޫ އިން ހޫނު މަރުހަބާއެއް!
07 އޯގަސްޓު 2026

ރައްޔިތުންގެ އަމިއްލަ ޖީބަށް އާމްދަނީ ލިބޭ ކަން ކަމަށް ރައީސް މުއިއްޒުގެ ސަރުކާރުން ދަނީ ހުރަސްއަޅަމުން: މެންބަރު ނާޒިލް

07 އޯގަސްޓު 2026
ރައްޔިތުންގެ އަމިއްލަ ޖީބަށް އާމްދަނީ ލިބޭ ކަން ކަމަށް ރައީސް މުއިއްޒުގެ ސަރުކާރުން ދަނީ ހުރަސްއަޅަމުން: މެންބަރު ނާޒިލް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް