Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ ރޮހިންޖާ މުސްލިމުން

ރޮހިންޖާ ރެފިއުޖީންގެ ބޯޓެއް ބަންޑުންޖަހާލައި ކުޑަކުދިންތަކެއް މަރުވެއްޖެ

މަރުވި މީހުންގެ އަދަދު 12 އަށް އަރާ

އަބުދުﷲ މުހައްމަދު
އަބުދުﷲ މުހައްމަދު | 9 އޮކްޓޯބަރު 2017 | ހޯމަ 07:34
އޮފިޝަލުން ބުނެފައިވަނީ މިހާތަނަށް ފެނިފައިވަނީ 10 ކުއްޖަކާ އަންހެނަކާއި ފިރެހެނެއްގެ ހަށިގަނޑުކަމަށް

އޮފިޝަލުން ބުނެފައިވަނީ މިހާތަނަށް ފެނިފައިވަނީ 10 ކުއްޖަކާ އަންހެނަކާއި ފިރެހެނެއްގެ ހަށިގަނޑުކަމަށް

މިޔަންމާގައި ހިނގަމުންދާ ހަމަނުޖެހުންތަކުން ސަލާމަތްވުމަށް ބޯޓެއްގައި ދަތުރު ކުރަމުންދިޔަ ރޮހިންޖާ މުސްލިމުން ތިބި ބޯޓެއް ބަންގްލަދޭޝް ކައިރިން ބަންޑުން ޖަހާލައި މަދުވެގެން 12 މީހުން މަރުވެއްޖެ ކަމަށް އޮފިޝަލުން ބުނެފިއެވެ.

އަދީއްތަ ދުވަހުގެ ފަހުގެ ވަގުތެއްގައި ހިނގި މިހާދިސާގައި ނަފް ކޯރުގެ ތެރެއަށް އެތައް ބަޔަކުވަނީ ގެއްލިފައެވެ. ބެލެވިފައިވާ ގޮތުގައި ކުޑަކުދިންނާއެކު ބޯޓުގައި 100 މީހުން ތިބޭނެއެވެ.

މީހުން ހޯދުމުގެ މަސައްކަތް މިހާރު ދަނީ ކުރަމުންނެވެ.

މިޔަންމާގެ ރަޚައިން ސްޓޭޓްގައި އަސްކަރިއްޔާ އިން ހިންގަމުންދާ އޮޕަރޭޝަނާއެކު ހިންގަމުންދާ އަނިޔާވެރި އަމަލުތަކުން ސަލާމަތް ވުމަށް ބަންގްލަދޭޝްއަށް އެރުމަށް މަސައްކަތް ކުރި މިޔަންމާގެ އެތައް ބަޔަކު ވަނީ މަރުވެފައެވެ.

އާދީއްތަ ދުވަހު ބަންޑުން ޖަހާލި ބޯޓުން ދަތުރުކުރި މީހުންގެ ސީދާ އަދަދުވަނީ ސާފުވާގޮތް ނުވެފައެވެ. ބަންގްލަދޭޝްގެ ސަރަހައްދީ ރޮނގު ބަލަހައްޓާ ގާޑުން ވެސް ދެމުން ގެންދަނީ އަންދާސީ އަދަަދު ތަކެކެވެ. ގާޑުން ބުނަމުން ދަނީ 40 އާ 100 އާ ދެމެދުގެ އަދަދަކަށް މީހުން ތިބޭނެ ކަމަށެވެ.

އޮފިޝަލުން ބުނެފައިވަނީ މިހާތަނަށް ފެނިފައިވަނީ 10 ކުއްޖަކާ އަންހެނަކާއި ފިރެހެނެއްގެ ހަށިގަނޑު އެކަނި ކަމަށެވެ.

މިއީ މިޔަންމާއިން ބަންގްލަދޭޝްއަށް ހިޖުރަ ކުރުމަށް މަސައްކަތް ކުރާ ރޮހިންޖާ ރެފިއުޖީންނަށް ސިލްސިލާކޮށް ދިމާވަމުންދާ ހާދިސާތަކުގެ ތެރެއިން އެންމެ ފަހުން ހިނގި ހާދިސާއެވެ. ސެޕްޓެމްބަރު މަހުގެ ފަހު ކޮޅު ހިނގި މިބާވަތުގެ ހާދިސާއެއްގައި 60 މީހުން މަރުވި ކަމަށްވަނީ ބެެލެވިފައެވެ.

އެތައް ބަޔަކު އެއްގަމު މަގުން ސަރަހައްދީ ރޮނގު ހުރަސްކޮށް ބަންގްލަދޭޝްއަށް ވަންނައިރު އަނެއްބަޔަކު ދަނީ ކުދިކުދި މަސްބޯޓް ތަކުގައި ކަނޑު ހުރަސްކޮށް އެ ގައުމަށް ވަނުމަށް މަސައްކަތް ކުރަމުންނެވެ.

އިތުރަށް ކިޔާލަން

28 ޖުލައި 2017

މާޗްމަހު ރެފިއުޖީންގެ ބޯޓަކަށް ދިން ހަމަލާގެ ތުހުމަތު ސައުދީ ކޯލިޝަނަށް

28 ޖުލައި 2017
މާޗްމަހު ރެފިއުޖީންގެ ބޯޓަކަށް ދިން ހަމަލާގެ ތުހުމަތު ސައުދީ ކޯލިޝަނަށް
20 ޖުލައި 2017

މިޔަންމާގެ އަސްކަރީ ބޯޓެއް ވެއްޓުނީ މޫސުން ގޯސްވުމުގެ ސަބަބުން: ދައުލަތުގެ މީޑިއާ

20 ޖުލައި 2017
މިޔަންމާގެ އަސްކަރީ ބޯޓެއް ވެއްޓުނީ މޫސުން ގޯސްވުމުގެ ސަބަބުން: ދައުލަތުގެ މީޑިއާ
11 ޖުލައި 2017

އެމެރިކާގެ އަސްކަރީ މަތިންދާ ބޯޓެއް ވެއްޓި 16 މީހުން މަރުވެއްޖެ

11 ޖުލައި 2017
އެމެރިކާގެ އަސްކަރީ މަތިންދާ ބޯޓެއް ވެއްޓި 16 މީހުން މަރުވެއްޖެ
25 ޖޫން 2017

ކޮލަމްބިއާގައި ފަތުރުވެރިން ގޮވައިގެން ދަތުުކުރަމުން ދިޔަ ބޯޓެއް ފެތިއްޖެ

25 ޖޫން 2017
ކޮލަމްބިއާގައި ފަތުރުވެރިން ގޮވައިގެން ދަތުުކުރަމުން ދިޔަ ބޯޓެއް ފެތިއްޖެ
08 ޖޫން 2017

މިޔަންމާގެ އަސްކަރީ ބޯޓެއް ވެއްޓުން: 29 މީހެއްގެ ހަށިގަނޑު ފެނިއްޖެ

08 ޖޫން 2017
މިޔަންމާގެ އަސްކަރީ ބޯޓެއް ވެއްޓުން: 29 މީހެއްގެ ހަށިގަނޑު ފެނިއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު