މެލޭޝިއާގައި ބާއްވާ ފެންޑާ ސުބަންގް ކަޕްގައި ބައިވެރިވުމަށް ހުޅުވާލައިފި
5 ސެޕްޓެމްބަރު 2026 | ހޮނިހިރު 06:51ދިވޭޝިއާ އިން އިންތިޒާމު ކޮށްގެން ބާއްވާ މި ފުޓްސަލް މުބާރާތް މިއަހަރު ބާއްވަން ނިންމާފައި ވަނީ ނޮވެމްބަރު މަހުގެ ހަތް ވަނަ ދުވަހު. މިއީ މެލޭޝިއާގައި ދިރިއުޅޭ ދިވެހިންނަށް ޚާއްސަކޮށްގެން ބާއްވާ މުބާރާތަކަށްވާއިރު، މުބާރާތުގައި ފިރިހެންް އަދި އަންހެން ޑިވިޝަން ހިމެނޭނެ. މިއަހަރަކީ މެލޭޝިއާގައި މި މުބާރާތް ބާއްވާ ހަ ވަނަ އަހަރު


މިދިޔަ އަހަރު އޮތް ސުބަންގް މުބާރާތުގެ ތެރެއިން | ސޯޝަލް މީޑިއާ
މެލޭޝިއާގައި ބާއްވާ ފެންޑާ ސުބަންގް ކަޕްގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިިފި އެވެ.
ދިވޭޝިއާ އިން އިންތިޒާމު ކޮށްގެން ބާއްވާ މި ފުޓްސަލް މުބާރާތް މިއަހަރު ބާއްވަން ނިންމާފައި ވަނީ ނޮވެމްބަރު މަހުގެ ހަތް ވަނަ ދުވަހު އެވެ. މިއީ މެލޭޝިއާގައި ދިރިއުޅޭ ދިވެހިންނަށް ޚާއްސަކޮށްގެން ބާއްވާ މުބާރާތަކަށްވާއިރު، މުބާރާތުގައި ފިރިހެންް އަދި އަންހެން ޑިވިޝަން ހިމެނޭނެ އެވެ. މިއަހަރަކީ މެލޭޝިއާގައި މި މުބާރާތް ބާއްވާ ހަ ވަނަ އަހަރެވެ.
މިއަހަރުގެ މުބާާރާތުގައި ބައިވެރިވުމުގެ ސުންގަޑި ހަމަވާނީ ނޮވެމްބަރު މަހުގެ އެއް ވަނަ ދުވަހުގެ ނިޔަލަށެވެ. އެއް ދުވަހުގެ މުއްދަތަކަށް ކުރިއަށްގެންދާ މި މުބާރާތް އޮތީ މެލޭޝިއާގެ އެކްސްޓްރީމް ޕާކް ސަންވޭ ސައުތު ކުއޭގަ އެވެ.
މުބާރާތުގެ ޤަވާއިދަށް ބަލާއިރު، ކޮންމެ ޓީމެއްގައި ވެސް 6 ކުޅުންތެރިންނާއި 8 ކުޅުންތެރިންނާ ދެމެދުގެ އަދަދެއް ހިމަނަން ޖެހެ އެވެ. އަދި ކޮންމެ ޓީމެއްގައި ދެ އޮފިޝަލުން ހިމަނަން ޖެހެ އެވެ.
ދިވޭޝިއާ އިން ބުނެފައިވާ ގޮތުގައި މުބާރާތުގެ މައިގަނޑު މަގުސަދަކީ މެލޭޝިއާގައި ދިރިއުޅޭ ދިވެހިންގެ މެދުގައި ފުޓްސަލްގެ ރޫހު އާލާކޮށް، އެކުވެރިކަމާއި އެއްބައިވަންތަން ގާއިމުކުރުން ކަމަށެވެ. އަދި ދުޅެހެޔޮ ސިއްހަތެއްގައި ތިބުމާ އެކު، އުފާވެރި ވަގުތުކޮޅެއް ހޯދައި ދިނުން ކަމަށް ވެސް ބުނެފައިވެ އެވެ.










