Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެމެލޭޝިއާ-ދިވެހިރާއްޖެ

މެލޭޝިއާއިން 100 މިލިއަން ޑޮލަރުގެ ފައިނޭންޝަލް ފެސިލިޓީއެއް ހަމަޖައިސައިދޭން މުއިއްޒު ސަރުކާރުން އެދިއްޖެ

15 ސެޕްޓެމްބަރު 2026 | އަންގާރަ 16:09

މެލޭޝިއާގެ ބޮޑުވަޒީރު ރާއްޖެއަށް ކުރައްވާ ދަތުރުފުޅުގައި، ދިވެހި ސަރުކާރުން އެދިފައިވާ 100 މިލިއަން ޑޮލަރުގެ ފައިނޭންޝަލް ފެސިލިޓީއެއް ދިނުމަށް އެ ގައުމުން އުސޫލެއްގެ ގޮތުން ވަނީ އެއްބަސްވެފައި. މީގެ އިތުރުން ދިފާއީ، އިގްތިސާދީ އަދި ތައުލީމީ ދާއިރާއިން ގުޅުން ބަދަހިކުރުމަށާއި، ރާއްޖޭގެ އިންފްރާސްޓްރަކްޗާ އަދި އިއާދަކުރަނިވި ހަކަތައިގެ ދާއިރާއިން އިންވެސްޓް ކުރުމަށް ދެ ގައުމުން ވަނީ މަޝްވަރާކޮށްފައި

ރާއްޖެ އެމްވީ | 15 ސެޕްޓެމްބަރު 2026 | އަންގާރަ 16:09
މެލޭޝިއާގެ ބޮޑުވަޒީރު އަންވަރު އިބްރާހިމް، ފުރަމާނަ ދަތުރުފުޅެއްގައި ދިވެހިރާއްޖެއަށް ވަޑައިގަތުމުން މަރުހަބާ ދަންނަވަނީ

މެލޭޝިއާގެ ބޮޑުވަޒީރު އަންވަރު އިބްރާހިމް، ފުރަމާނަ ދަތުރުފުޅެއްގައި ދިވެހިރާއްޖެއަށް ވަޑައިގަތުމުން މަރުހަބާ ދަންނަވަނީ | ރައީސް އޮފީސް

މެލޭޝިއާއިން 100 މިލިއަން ޑޮލަރުގެ ފައިނޭންޝަލް ފެސިލިޓީއެއް ހަމަޖައިސައިދޭން ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން އެދިއްޖެ އެވެ. މިކަން ހާމަވީ މެލޭޝިއާގެ ބޮޑު ވަޒީރު އަންވަރު އިބްރާހީމް މިހާރު ރާއްޖެ އަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިންނެވެ.

މީގެ އިތުރުން ދިވެހިރާއްޖެއާއި މެލޭޝިއާއާ ދެމެދު ދިފާއީ އަދި އިގްތިސާދީ ގުޅުން އިތުރަށް ބަދަހިކުރުމަށް އަންގާރަ ދުވަހު ވަނީ އެއްބަސްވެފަ އެވެ. މީގެ އިތުރުން، ދިވެހި ސަރުކާރުން އެދިފައިވާ 100 މިލިއަން ޑޮލަރުގެ ފައިނޭންޝަލް ފެސިލިޓީ ދިނުމަށް މެލޭޝިއާ ސަރުކާރުން އުސޫލެއްގެ ގޮތުން އެއްބަސްވެފައިވާކަން ދެ ގައުމުގެ އިސްވެރިން ވަނީ ހާމަކުރައްވާފަ އެވެ.

Advertisement - newsAdvertisement

މާލޭ ގައި ބޮޑުވަޒީރު އަންވަރު އިބްރާހީމާއެކު ބޭއްވި ގުޅިފައިވާ ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުން، ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ، ދެ ގައުމުގެ ދެމެދުގައި އޮތް ގުޅުން ދިފާއީ ދާއިރާއާއި އިސްލާމީ ކަންތައްތަކާ ބެހޭ ދާއިރާއަށް ފުޅާކުރުމަށް ނިންމާފައިވާ ކަމަށެވެ.

ރައީސް މުއިއްޒު ވަނީ ރާއްޖޭގައި ހުރި އިންވެސްޓްމަންޓް ފުރުސަތުތައް ބަލައި، ރާއްޖޭގައި އިންވެސްޓް ކުރުމަށް މެލޭޝިއާ ސަރުކާރަށާއި ވިޔަފާރިވެރިންނަށް ދައުވަތު އަރުވާފަ އެވެ. ވަކިން ހާއްސަކޮށް އިއާދަކުރަނިވި ހަކަތަ، ޑިޖިޓަލް އިންފްރާސްޓްރަކްޗާ، އިމާރާތްކުރުމުގެ ދާއިރާ އަދި އިސްލާމިކް ފައިނޭންސްގެ ދާއިރާއިން އިންވެސްޓް ކުރުމަށް ރައީސް ބާރުއެޅުއްވި އެވެ.

ބޮޑުވަޒީރު އަންވަރު އިބްރާހީމް ވިދާޅުވީ، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމް.އެމް.އޭ) އިން މެލޭޝިއާގެ މަރުކަޒީ ބޭންކު ކަމަށްވާ ބޭންކް ނެގާރާ މެލޭޝިއާގައި އެދިފައިވާ 100 މިލިއަން ޑޮލަރުގެ ފެސިލިޓީއަށް އެހީތެރިކަން ފޯރުކޮށްދިނުމަށް މެލޭޝިއާ ސަރުކާރުން އުސޫލެއްގެ ގޮތުން އެއްބަސްވެފައިވާ ކަމަށެވެ.

"މިކަމަށް އެހީތެރިވުމަށް އަޅުގަނޑުމެން އުސޫލެއްގެ ގޮތުން މިހާރު ވާނީ އެއްބަސްވެފައި،" އަންވަރު ވިދާޅުވި އެވެ. އަދި ދެ ގައުމުގެ މަރުކަޒީ ބޭންކުތައް ގުޅިގެން، އެންމެ އަވަސް މުއްދަތެއްގެ ތެރޭގައި މި އިންތިޒާމުތައް ހަމަޖެއްސުމަށް ބޭނުންވާ އުސޫލުތަކާއި މަސައްކަތްތައް ކުރިއަށް ގެންދާނެ ކަމަށްވެސް ބޮޑުވަޒީރު ވިދާޅުވި އެވެ.

މީގެ އިތުރުން، ދެ ގައުމުގެ ދެމެދުގައި އިގްތިސާދީ ގުޅުން ބަދަހިކުރެވިދާނެ އިތުރު ދާއިރާއެއްގެ ގޮތުގައި ބިމުގެ އަޑީގެ މައުދަންތައް ހޯދުމާއި ދިރާސާކުރުމުގެ ދާއިރާ އަންވަރު ފާހަގަކުރެއްވި އެވެ.

ދެ ގައުމުގެ ދެމެދުގައި ވިސާގެ ކަންކަން ލުއިފަސޭހަކުރުމަށާއި، މެލޭޝިއާއިން ދިވެހި ދަރިވަރުންނަށް ސްކޮލަޝިޕްގެ އިތުރު ފުރުސަތުތައް ހޯދައިދިނުމަށާއި، ދެ ގައުމު ގުޅިގެން ސައިންޓިފިކް ދިރާސާތައް ކުރުމަށްވެސް މި ބައްދަލުވުމުގައި އެއްބަސްވެފައިވެ އެވެ.

ޑރ. މުހައްމަދު މުއިއްޒުއަންވަރު އިބްރާހިމްމެލޭޝިއާދިވެހިރާއްޖެ-މެލޭޝިޔާބޭންކް ނެގާރާ މެލޭޝިއާ

އެންމެ ހިނގާ

1

އެމެރިކާއިން އީރާނަށް ހަމަލާދޭން ފެށި ދުވަހުގެ ހާމަނުކުރާ ވާހަކަތައް: އެމެރިކާގެ ހަމަލާތަކަށް ފަހު މަދު ގަޑިއިރުތަކެއްގެ ތެރޭގައި އީރާނުން އެފް-35 މަރުކާގެ ބޯޓެއްގެ މިޝަން ހުއްޓުވައި އެމެރިކާ ސިއްސުވާލި

2

އާދަޔާޚިލާފު ބާރުގަދަ "އެލް ނީނޯ" ގެ ނުރައްކާ ބޮޑުވަނީ، ވަގުތު ނަގާލެވޭކަށް ނެތް: އދ

3

ސިނަމާލެ ބްރިޖަށް އުރުނު ދެ ބޯޓު އަޑިއަށް ދާނެ ކަމަކަށް ގަބޫލެއް ނުކުރެވޭ: ނާޒިމް

4

އީރާނުން ބަޑިޖަހައި ވައްޓާލި އެމެރިކާގެ އަސްކަރީ ބޯޓުގައި އިން އެއާމަން ސަލާމަތްކުރުމަށް ހިންގި ނުރައްކާތެރި އޮޕަރޭޝަނުގެ ވާހަކަ

5

ބޭނުންކުރެވޭ ރިޒާވް ދަށަށް ދިއުމާއެކު ޑޮލަރު މާރުކުރުމުގެ ގަވާއިދަށް ސަރުކާރުން ބޮޑެތި ބަދަލުތަކެއް ގެނެސްފި

އިތުރަށް ކިޔާލަން

15 ސެޕްޓެމްބަރު 2026

ދީނީ މުއައްސަސާތައް ނިވާފަތްގަނޑަކަށް ހަދައިގެން ހިންގާ ކޮރަޕްޝަން ފޮރުވަން އައުގާފްގެ ނަމުގައި އައު ކުންފުންޏެއް!

15 ސެޕްޓެމްބަރު 2026
ދީނީ މުއައްސަސާތައް ނިވާފަތްގަނޑަކަށް ހަދައިގެން ހިންގާ ކޮރަޕްޝަން ފޮރުވަން އައުގާފްގެ ނަމުގައި އައު ކުންފުންޏެއް!
15 ސެޕްޓެމްބަރު 2026

ރާއްޖެއާއި މެލޭޝިއާގެ ގުޅުން އައު އުސްމިނަކަށް: ކަރަންސީ ސްވަޕް އަވަސްކޮށް، ގިނަ ދާއިރާތަކުން އެއްބާރުލުން ދޭން ނިންމައިފި

15 ސެޕްޓެމްބަރު 2026
ރާއްޖެއާއި މެލޭޝިއާގެ ގުޅުން އައު އުސްމިނަކަށް: ކަރަންސީ ސްވަޕް އަވަސްކޮށް، ގިނަ ދާއިރާތަކުން އެއްބާރުލުން ދޭން ނިންމައިފި
15 ސެޕްޓެމްބަރު 2026

ދިވެހިރާއްޖެ އާއި މެލޭޝިއާއާ ދެމެދު އިސްލާމީ ކަންކަމާއި ދިފާއީ ދާއިރާއިން އެހިތެރިކަން ފޯރުކޮށްދޭން އެމްއޯޔޫއެއްގައި ސޮއިކޮށްފި

15 ސެޕްޓެމްބަރު 2026
ދިވެހިރާއްޖެ އާއި މެލޭޝިއާއާ ދެމެދު އިސްލާމީ ކަންކަމާއި ދިފާއީ ދާއިރާއިން އެހިތެރިކަން ފޯރުކޮށްދޭން އެމްއޯޔޫއެއްގައި ސޮއިކޮށްފި
15 ސެޕްޓެމްބަރު 2026

ޕީއެންސީގެ ކޮންގްރެސްގައި ރައީސް މުއިއްޒު ގޮވާލެއްވީ ގައުމީ މަސްލަހަތު އިސްކޮށް، ޕާޓީގެ މަސްލަހަތު ކުރިއަށް ނެރެން!

15 ސެޕްޓެމްބަރު 2026
ޕީއެންސީގެ ކޮންގްރެސްގައި ރައީސް މުއިއްޒު ގޮވާލެއްވީ ގައުމީ މަސްލަހަތު އިސްކޮށް، ޕާޓީގެ މަސްލަހަތު ކުރިއަށް ނެރެން!
15 ސެޕްޓެމްބަރު 2026

މެލޭޝިއާގެ ބޮޑުވަޒީރަށް ރާއްޖެއިން ރަސްމީ ޢިއްޒަތުގައި މަރުޙަބާ ދަންނަވައިފި

15 ސެޕްޓެމްބަރު 2026
މެލޭޝިއާގެ ބޮޑުވަޒީރަށް ރާއްޖެއިން ރަސްމީ ޢިއްޒަތުގައި މަރުޙަބާ ދަންނަވައިފި
14 ސެޕްޓެމްބަރު 2026

މެލޭޝިއާގެ ބޮޑުވަޒީރު އަންވަރު އިބްރާހީމް، ފުރަމާނަ ދަތުރުފުޅެއްގައި ރާއްޖެ ވަޑައިގެންފި

14 ސެޕްޓެމްބަރު 2026
މެލޭޝިއާގެ ބޮޑުވަޒީރު އަންވަރު އިބްރާހީމް، ފުރަމާނަ ދަތުރުފުޅެއްގައި ރާއްޖެ ވަޑައިގެންފި
14 ސެޕްޓެމްބަރު 2026

މެލޭޝިއާގެ ބޮޑުވަޒީރު ރާއްޖެއަށް ކުރައްވާ ދަތުރުފުޅުގައި ދިފާޢީ ދާއިރާ އާއި އިސްލާމީ ކަންކަމާ ގުޅޭގޮތުން އެއްބާރުލުން ދިނުމަށް އެއްބަސްވުމުގައި ސޮއިކުރާނެ

14 ސެޕްޓެމްބަރު 2026
މެލޭޝިއާގެ ބޮޑުވަޒީރު ރާއްޖެއަށް ކުރައްވާ ދަތުރުފުޅުގައި ދިފާޢީ ދާއިރާ އާއި އިސްލާމީ ކަންކަމާ ގުޅޭގޮތުން އެއްބާރުލުން ދިނުމަށް އެއްބަސްވުމުގައި ސޮއިކުރާނެ
14 ސެޕްޓެމްބަރު 2026

އިސްރާއީލްގެ އުދުވާނާއި "ވަޒަންވެރިންގެ ޓެރަރިޒަމް" އާ ދެކޮޅަށް ބްރިކްސްއިން ތެދުވަންޖެހޭ: އަންވަރު އިބްރާހީމް

14 ސެޕްޓެމްބަރު 2026
އިސްރާއީލްގެ އުދުވާނާއި "ވަޒަންވެރިންގެ ޓެރަރިޒަމް" އާ ދެކޮޅަށް ބްރިކްސްއިން ތެދުވަންޖެހޭ: އަންވަރު އިބްރާހީމް
13 ސެޕްޓެމްބަރު 2026

ކޮންމެ ރަށެއްގެ ބަނދަރުގައި ރައީސް މުއިއްޒުގެ ފޮޓޯގައި "ކައްޒާބު" ލިޔެ ހަރުކުރަން ޖެހޭ: މައުރޫފް

13 ސެޕްޓެމްބަރު 2026
ކޮންމެ ރަށެއްގެ ބަނދަރުގައި ރައީސް މުއިއްޒުގެ ފޮޓޯގައި "ކައްޒާބު" ލިޔެ ހަރުކުރަން ޖެހޭ: މައުރޫފް
13 ސެޕްޓެމްބަރު 2026

ވައްކަން ކުރުމަކީ ހަމައެކަނި މީހެއްގެ އަޚުލާގަށް އަންނަ ބަދަލެއް ނޫން، އެފަދަ ތަނެއްގައި އެއްވެސް އަމާންކަމެއް، ރައްކާތެރިކަމެއް ނޯންނާނެ: ރައީސް މުއިއްޒު

13 ސެޕްޓެމްބަރު 2026
ވައްކަން ކުރުމަކީ ހަމައެކަނި މީހެއްގެ އަޚުލާގަށް އަންނަ ބަދަލެއް ނޫން، އެފަދަ ތަނެއްގައި އެއްވެސް އަމާންކަމެއް، ރައްކާތެރިކަމެއް ނޯންނާނެ: ރައީސް މުއިއްޒު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް