Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެކްރިމިނަލް ކޯޓު

ބްރިޖްމަތީ ހެލްމެޓް ނާާޅާ އޮޝޯވެ އޮވެ ސައިކަލު ދުއްވި ކަމަށް ތުހުމަތުވާ މީހާ އިތުރު 30 ދުވަހަށް ބަންދަށް!

11 އޮކްޓޯބަރު 2026 | އާދީއްތަ 12:43

ސިނަމާލެ ބްރިޖުމަތީގައި ނުރައްކާތެރިކޮށް ސައިކަލު ދުއްވި މައްސަލައިގައި ހައްޔަރުކުރި ކ. މާފުށީ، އަހުމަދު ފާރިޒް 30 ދުވަހަށް ބަންދުކުރުމަށް ކްރިމިނަލް ކޯޓުން އަމުރުކޮށްފި. އޭނާގެ މައްޗަށް ފުލުހުންގެ ވާޖިބަށް ހުރަސްއެޅުމާއި މުދަލަށް ގެއްލުން ދިނުމުގެ ތުހުމަތު ކުރެވޭއިރު، ހާދިސާ ހިނގި ވަގުތު މަސްތުގެ ހާލަތުގައި ހުރިކަމަށް އޭނާ ވަނީ އިއުތިރާފުވެފައި. ފުލުހުންނަށް ފިލަން އުޅުމުގެ ތެރޭގައި އޭނާ ދުއްވި ސައިކަލު ފުލުހުންގެ ކާރުގައި ޖައްސާ ގޭނިގެންދާ ގޮތަށް ވެސް ދުއްވާފައިވާ ކޯޓު އަމުރުގައިވޭ

ޝާއިން މުޙައްމަދު
ޝާއިން މުޙައްމަދު | 11 އޮކްޓޯބަރު 2026 | އާދީއްތަ 12:43
ކްރިމިނަލް ކޯޓުގެ އިމާރާތް

ކްރިމިނަލް ކޯޓުގެ އިމާރާތް | ސޯޝަލް މީޑިއާ

ބްރިޖްމަތީ ހެލްމެޓް ނާާޅާ އޮޝޯވެ އޮވެ ސައިކަލު ދުއްވި ކަމަށް ތުހުމަތުވާ މީހަކު 30 ދުވަހުގެ މުއްދަތަށް ބަންދުކުރުމަށް ކްރިމިނަލް ކޯޓުން އަމުރުކޮށްފި އެވެ.

މި މައްސަލައިގައި ބަންދުކުރުމަށް އަމުރުކޮށްފައިވަނީ ކ. މާފުށީ، ސްނޯސްކައި، އަހުމަދު ފާރިޒް (26 އަހަރު) އެވެ. އޭނާ ބަންދުގައި ބަހައްޓަންވީ ތަނެއްގެ ގޮތުގައި ކޯޓުން ކަނޑައަޅާފައިވަނީ ކަސްޓޯޑިއަލް ޖަލުގަ އެވެ. 

Advertisement - newsAdvertisement

ކްރިމިނަލް ކޯޓުން ނެރުނު އަމުރުގައިވާ ގޮތުން، ފާރިޒް ބަންދުގައި ބެހެއްޓުމަށް ނިންމީ އޭނާ ބަންދުން ދޫކޮށްލައިފިނަމަ މުޖުތަމައުގެ ސަލާމަތަށް ނުރައްކާވެދާނެ ކަމަށް ފެންނާތީ އެވެ. މި މައްސަލައިގައި އޭނާގެ މައްޗަށް ތުހުމަތު ކުރެވެނީ ފުލުހުންގެ ވާޖިބަށް ހުރަސްއެޅުމާއި މުދަލަށް ގެއްލުން ދިނުމުގެ އިތުރުން، ނުރައްކާތެރިކޮށް އުޅަނދު ދުއްވުމުގެ ކުށެވެ. އޭނާގެ މައްޗަށް ކުރެވޭ ތުހުމަތުތަކަށް ބާރުދޭ އެކަށީގެންވާ މިންވަރުގެ ހެކި ފުލުހުން ވަނީ ކޯޓަށް ހުށަހަޅާފަ އެވެ. އޭގެ ތެރޭގައި ސީންއަށް ދިޔަ ފުލުހުންގެ ބަޔާންތަކާއި، ސީން އޮފް ކްރައިމް އޮފިސަރުންގެ ރިޕޯޓާއި، ސީސީޓީވީ ފޫޓޭޖްގެ ސްނެޕްޝޮޓްތައް ހިމެނެ އެވެ.

މި ހާދިސާ ހިނގި ގޮތާ ގުޅޭގޮތުން ފުލުހުން ކޯޓުގައި ބުނެފައިވަނީ، ފާރިޒް ސައިކަލު ދުއްވަމުން ދިޔައީ ތަކުރާރުކޮށް މަޑުކުރަން އެންގުމުން ވެސް އެއަށް އިޖާބަ ނުދީ، ވަންވޭއާ ޚިލާފަށް ކަމަށެވެ. އަދި އޭނާ ދުއްވި ސައިކަލު ފުލުހުންގެ ކާރުގައި ޖައްސައި، ގޭނިގެންދާ ގޮތަށް ވެސް ދުއްވާފައިވާ ކަމަށް ފުލުހުން ބުނެފައިވެ އެވެ. ނަމަވެސް ފާރިޒް ކޯޓުގައި ބުނެފައިވަނީ ފުލުހުންގެ ކާރުގައި ސައިކަލުން ޖެއްސީ ނޫން ކަމަށާއި، ފުލުހުން އޭނާގެ ސައިކަލުގައި ކާރުން ޖައްސައި ވައްޓާލީ ކަމަށެވެ.

މީގެ އިތުރުން، ފާރިޒް ހެލްމެޓް ނާޅައި ސިނަމާލެ ބްރިޖް މަތިން ސައިކަލު ދުއްވި ކަމަށާއި، އެ ވަގުތު އޭނާ ހުރީ މަސްތުގެ ހާލަތުގައި ކަމަށް އޭނާ އަމިއްލައަށް އިއުތިރާފުވެފައިވާ ކަމަށް ކޯޓު އަމުރުގައި ބުނެފައިވެ އެވެ. މަސްތުގެ ހާލަތުގައި ހުރެ އުޅަނދު ދުއްވުމަކީ ދުއްވާ މީހާގެ ފުރާނައަށާއި މަގުމަތީގައި އުޅޭ އެހެން މީހުންގެ ފުރާނައަށް އޮތް ނުރައްކަލެއްކަން ފަނޑިޔާރު ވަނީ ފާހަގަކުރައްވާފަ އެވެ. ނަމަވެސް ސައިކަލު މަތީގައި އޮށޯވެގެން އޮވެ ސައިކަލު ދުއްވި ކަމަށް ކުރެވޭ ތުހުމަތަށް ފާރިޒް ވަނީ އިންކާރުކޮށްފަ އެވެ.

ކްރިމިނަލް ކޯޓުގެ އިސް ގާޒީ އާދަމް މުހައްމަދު ނެރުއްވި މި އަމުރުގައި، ފާރިޒް ބަންދުގައި ބެހެއްޓުމަށް ނިންމާފައިވަނީ ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 59 ވަނަ މާއްދާއާއި 60 ވަނަ މާއްދާއަށް ރިއާޔަތްކޮށްފަ އެވެ. މި ބަންދުގެ މުއްދަތު ހަމަވާނީ އަންނަ ނޮވެންބަރު މަހުގެ 10 ވަނަ ދުވަހަށެވެ.

ކްރިމިނަލް ކޯޓްސިނަމާލެ ބުރިޖުނުރައްކާތެރި ދުއްވުން

އެންމެ ހިނގާ

1

ކޮންމެ މީހަކުވެސް އެމީހަކު އުފައްދާ ކުނިބުނި އަމިއްލައަށް ސާފުކުރުން ޖެހޭނެ ކަމަށް ބުނެ ޣައްޒާއާ ބެހޭގޮތުން ދެއްކި ވާހަކަތަކަށް، ރަސްމާލޭގެ ބޮޑު ސަރަހައްދެއް ދީފައިވާ އީގަލް ހިލްސްގެ ވެރިޔާ އަލައްބާރަށް ގިނަ ބައެއްގެ ނުރުހުން!

2

ރަސްމާލޭގެ ބޮޑު ސަރަހައްދެއް ދީފައިވާ އީގަލް ހިލްސްގެ ވެރިޔާ އަލައްބާރު ޔަހޫދީންގެ ކައިވެނީގެ ހަފުލާއެއްގައި ދުޢާކުރި މަައްސަލަ، މިއީ އަނިޔާ ލިބެމުންދާ ފަލަސްތީނުގެ އަޚުންނާއި އުޚުތުންނަށް ކުރެވޭ ފުރައްސާރައެއް!

3

ރާއްޖޭގައި ހަރުކަށި ފިކުރު ފެތުރެމުންދާދިއުމާ މެދު ރައީސް ނަޝީދު ކަންބޮޑުވުން ފާޅުކުރައްވައިފި

4

ގަލޮޅު ގެއަކަށް ބަޔަކު ވަދެ ފޭރުނު މައްސަލައެއް!

5

މުޅިރާއްޖެ އަލައްބާރެއްގެ "ދަށަށް", ރަސްމާލެ ހޯދަން އަލައްބާރު "ވަތަށް"

އިތުރަށް ކިޔާލަން

09 އޮކްޓޯބަރު 2026

ތ. ތިމަރަފުށީގައި ހަރުކަށި ފިކުރު ފަތުރައި، ރާއްޖޭގައި ޓެރަރިސްޓު ހަމަލާއެއް ދޭން ރޭވި މައްސަލައިގައި އެކަކު ފިޔަވައި އެންމެން މިނިވަންވެއްޖެ

09 އޮކްޓޯބަރު 2026
ތ. ތިމަރަފުށީގައި ހަރުކަށި ފިކުރު ފަތުރައި، ރާއްޖޭގައި ޓެރަރިސްޓު ހަމަލާއެއް ދޭން ރޭވި މައްސަލައިގައި އެކަކު ފިޔަވައި އެންމެން މިނިވަންވެއްޖެ
09 އޮކްޓޯބަރު 2026

ބީއޯސީގެ ކަސްޓަމަރެއްގެ އެކައުންޓުން އޮޅުވާލައިގެން 150,000 ޑޮލަރު ޓްރާންސްފަރ ކުރި މައްސަލައިގައި، އެ ބޭންކުގެ ކުރީގެ ވެރިއެއްގެ މައްޗަށް ކުށް ސާބިތުވެއްޖެ

09 އޮކްޓޯބަރު 2026
ބީއޯސީގެ ކަސްޓަމަރެއްގެ އެކައުންޓުން އޮޅުވާލައިގެން 150,000 ޑޮލަރު ޓްރާންސްފަރ ކުރި މައްސަލައިގައި، އެ ބޭންކުގެ ކުރީގެ ވެރިއެއްގެ މައްޗަށް ކުށް ސާބިތުވެއްޖެ
07 އޮކްޓޯބަރު 2026

ސައްހަ ނޫން ޓީޓީތަކުގެ މައްސަލައިގައި 109 އަހަރަށް ޖަލަށް ހުކުމް ކުރި ޝިފާއު ގޭބަންދަށް!

07 އޮކްޓޯބަރު 2026
ސައްހަ ނޫން ޓީޓީތަކުގެ މައްސަލައިގައި 109 އަހަރަށް ޖަލަށް ހުކުމް ކުރި ޝިފާއު ގޭބަންދަށް!
05 އޮކްޓޯބަރު 2026

ރައީސް އޮފީހުގެ ކުރީގެ މުވައްޒަފު އީޝާގެ މައްޗަށް އުފުލާފައިވާ ގަޛުފުކުރުމުގެ ދައުވާގެ ޝަރީއަތް ސިއްރުކޮށް ބާއްވައިފި

05 އޮކްޓޯބަރު 2026
ރައީސް އޮފީހުގެ ކުރީގެ މުވައްޒަފު އީޝާގެ މައްޗަށް އުފުލާފައިވާ ގަޛުފުކުރުމުގެ ދައުވާގެ ޝަރީއަތް ސިއްރުކޮށް ބާއްވައިފި
05 އޮކްޓޯބަރު 2026

ތިނަދޫ ސިޓީގެ އާބާދީއާ ގުޅޭ މައްސަލައިގައި ޖިނާއީ ދައުވާކޮށްގެން އުޅެނީ ތިނަދޫއަށް ކުރިއެރުން އަންނަން ބޭނުންނުވާ ބަޔަކު އަޑީގައި ތިބީމައި: މޭޔަރު ސައުދު

05 އޮކްޓޯބަރު 2026
ތިނަދޫ ސިޓީގެ އާބާދީއާ ގުޅޭ މައްސަލައިގައި ޖިނާއީ ދައުވާކޮށްގެން އުޅެނީ ތިނަދޫއަށް ކުރިއެރުން އަންނަން ބޭނުންނުވާ ބަޔަކު އަޑީގައި ތިބީމައި: މޭޔަރު ސައުދު
02 އޮކްޓޯބަރު 2026

ޝައްމާން 25 އަހަރަށް ޖަލަށްލާން ކުރި ހުކުމް ހައިކޯޓުގައި އިސްތިއުނާފުކޮށްފި

02 އޮކްޓޯބަރު 2026
ޝައްމާން 25 އަހަރަށް ޖަލަށްލާން ކުރި ހުކުމް ހައިކޯޓުގައި އިސްތިއުނާފުކޮށްފި
30 ސެޕްޓެމްބަރު 2026

ރައީސް އޮފީހުގެ ކުރީގެ މުވައްޒަފު އީޝާގެ މައްޗަށް އުފުލާފައިވާ ދައުވާގެ ޝަރީއަތް ހޯމަ ދުވަހު ފަށަނީ

30 ސެޕްޓެމްބަރު 2026
ރައީސް އޮފީހުގެ ކުރީގެ މުވައްޒަފު އީޝާގެ މައްޗަށް އުފުލާފައިވާ ދައުވާގެ ޝަރީއަތް ހޯމަ ދުވަހު ފަށަނީ
30 ސެޕްޓެމްބަރު 2026

އާރަށު މައްސަލަ: ޔޫސުފް ނައީމަށް ވަކީލަކު އައްޔަނުކުރަން 10 ދުވަސް

30 ސެޕްޓެމްބަރު 2026
އާރަށު މައްސަލަ: ޔޫސުފް ނައީމަށް ވަކީލަކު އައްޔަނުކުރަން 10 ދުވަސް
29 ސެޕްޓެމްބަރު 2026

އެމްއެމްޕީއާރްސީ މައްސަލައިގައި ދައުލަތުން ރައީސް ޔާމީނާމެދު އަމަލުކުރަނީ ވަކި ޚާއްސަ ރޭވުމެއްގެ ދަށުން: ވަކީލުން

29 ސެޕްޓެމްބަރު 2026
އެމްއެމްޕީއާރްސީ މައްސަލައިގައި ދައުލަތުން ރައީސް ޔާމީނާމެދު އަމަލުކުރަނީ ވަކި ޚާއްސަ ރޭވުމެއްގެ ދަށުން: ވަކީލުން
29 ސެޕްޓެމްބަރު 2026

ޔާމީނު ހުށަހެޅުއްވި ޑޮލަރު މާރުކުރުމުގެ ދިފާއު ޝަރީއަތަށް ބަލައިނުގަތުމަށް ދައުލަތުން ކޯޓުގައި އެދިއްޖެ

29 ސެޕްޓެމްބަރު 2026
ޔާމީނު ހުށަހެޅުއްވި ޑޮލަރު މާރުކުރުމުގެ ދިފާއު ޝަރީއަތަށް ބަލައިނުގަތުމަށް ދައުލަތުން ކޯޓުގައި އެދިއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް