Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެތިމަރަފުށި ޓެރަރިޒަމް ހުކުމް

ތ. ތިމަރަފުށީގައި ހަރުކަށި ފިކުރު ފަތުރައި، ރާއްޖޭގައި ޓެރަރިސްޓު ހަމަލާއެއް ދޭން ރޭވި މައްސަލައިގައި އެކަކު ފިޔަވައި އެންމެން މިނިވަންވެއްޖެ

9 އޮކްޓޯބަރު 2026 | ހުކުރު 09:23

ތިމަރަފުށީގައި ޓެރަރިސްޓު ހަމަލާއެއް ދޭން ރޭވި މައްސަލާގައި ދައުވާލިބުނު ހަތަރު މީހެއްގެ މައްޗަށް ކުށް ސާބިތުވާކަމަށް ކްރިމިނަލް ކޯޓުން ވަނީ ހުކުމްކޮށްފައި. މި މައްސަލާގައި ހިމެނޭ ތިން މީހަކު ބަންދުގައި ހޭދަކުރި މުއްދަތާއެކު އަދަބު ތަންފީޒުވެ މިނިވަންވެފައިވާއިރު، މިހާރު ބަންދުގައި ހުރީ އަށް އަހަރުގެ ޖަލު ހުކުމެއް އިއްވި އަލީ އަރުހަމް އެކަނި

ޝާއިން މުޙައްމަދު
ޝާއިން މުޙައްމަދު | 9 އޮކްޓޯބަރު 2026 | ހުކުރު 09:23
ތ. ތިމަރަފުށީގައި ހަރުކަށި ފިކުރު ފަތުރައި، ރާއްޖޭގައި ޓެރަރިސްޓު ހަމަލާއެއް ދޭން ރޭވި މައްސަލާގައި އެކަކު ފިޔަވައި އެންމެން މިނިވަންވެއްޖެ

ތ. ތިމަރަފުށީގައި ހަރުކަށި ފިކުރު ފަތުރައި، ރާއްޖޭގައި ޓެރަރިސްޓު ހަމަލާއެއް ދޭން ރޭވި މައްސަލާގައި އެކަކު ފިޔަވައި އެންމެން މިނިވަންވެއްޖެ | ޕޮލިސް

ތ. ތިމަރަފުށީގައި ހަރުކަށި ފިކުރު ފަތުރައި، ރާއްޖޭގައި ޓެރަރިސްޓު ހަމަލާއެއް ދޭން ރޭވި މައްސަލާގައި ދައުވާ އުފުލި މީހުންގެ ތެރެއިން ބައެއް މީހުންގެ މައްޗަށް ކުށް ސާބިތުވާކަމަށް ކްރިމިނަލް ކޯޓުން ހުކުމް ކޮށްފި އެވެ.

މި މައްސަލާގައި ޖުމްލަ ހަތް މީހެއްގެ މައްޗަށް ދައުލަތުން ދައުވާ އުފުލާފައިވާއިރު، އޭގެ ތެރެއިން ކުށް ސާބިތުވެފައިވަނީ ހަތަރު މީހެއްގެ މައްޗަށެވެ. މި މައްސަލައަކީ ތިމަރަފުށީގައި އޮޕަރޭޓްކުރި އައިސް ޖަމާއަތަށް ތާއީދުކުރާ ސެލްއަކުން ރާއްޖޭގައި ބޮޑު ހަމަލާއެއް ދޭން އުޅުނު ކަމަށް ބުނެ ފުލުހުން ތަހުގީގުކުރި މައްސަލައެކެވެ.

Advertisement - newsAdvertisement

ކްރިމިނަލް ކޯޓުން އިއްވި ހުކުމުގައިވާ ގޮތުން، ޓެރަރިސްޓު ޖަމާއަތަކަށް ތާއީދުކުރުމުގެ ކުށުގައި އަބްދުﷲ އިމާދު ތިން އަހަރަށް، އަލީ މުނީޒު އެއް އަހަރާއި ނުވަ މަހާއި އެއް ދުވަހަށް، އަދި އަލީ އަރުހަމް މުހައްމަދު ތިން އަހަރަށް ޖަލަށްލުމަށް ވަނީ ހުކުމްކޮށްފަ އެވެ. މީގެ އިތުރުން އަލީ އަރުހަމް މުހައްމަދުގެ މައްޗަށް ހަނގުރާމައަށް ދާން އުޅުމުގެ ކުށް ސާބިތުވެ، އެ ކުށުގެ އަދަބެއްގެ ގޮތުން އިތުރު ފަސް އަހަރުގެ ޖަލު ހުކުމެއް ވަނީ އިއްވާފަ އެވެ. އަދި އަދުލުއިންސާފު ގާއިމުކުރުމަށް ހުރަސްއެޅުމުގެ ކުށުގައި އަބްދުﷲ އިމާދާއި އިބްރާހީމް ލޫތު ކޮންމެ މީހަކު އެއް އަހަރާއި ހަތް މަހާއި ހަ ދުވަހަށް ޖަލަށްލުމަށް ވެސް ވަނީ ހުކުމްކޮށްފަ އެވެ.

މި މައްސަލާގައި ހިމެނޭ އަބްދުﷲ އިމާދާއި، އަލީ މުނީޒު އަދި އިބްރާހީމް ލޫތުގެ މައްޗަށް އިއްވި ޖަލު ހުކުމްތަކާ ގުޅިގެން ކޯޓުން ބުނެފައިވަނީ، އެ މީހުން ބަންދުގައި ހޭދަކުރި މުއްދަތު އުނިކުރުމުން ތަންފީޒުކުރަންޖެހޭ އިތުރު އަދަބެއް މިހާރު ނެތް ކަމަށެވެ. އެހެންކަމުން މި މައްސަލާގައި ދައުވާ ލިބުނު މީހުންގެ ތެރެއިން މިހާރު ބަންދުން މިނިވަންނުވެ ހުރީ ހަމައެކަނި އަލީ އަރުހަމް މުހައްމަދު ކަމަށް ކޯޓުގެ ނިންމުމުން އެނގެ އެވެ.

މި މައްސަލާގައި ދައުލަތުން އުފުލި އެހެން ބައެއް ދައުވާތައް ސާބިތުނުވާ ކަމަށް ކޯޓުން ވަނީ ކަނޑައަޅާފަ އެވެ. އޭގެ ތެރޭގައި ޓެރަރިޒަމްގެ އަމަލެއް ހިންގަން ރޭވުމާއި، ޓެރަރިޒަމަށް ހިތްވަރު ދިނުމާއި، ޓެރަރިސްޓު ޖަމާއަތެއްގެ މެންބަރަކަށް ވުމުގެ ދައުވާތައް ހިމެނެ އެވެ. މި ދައުވާތައް ސާބިތުނުވާ ކަމަށް ކޯޓުން ނިންމީ ހުށަހަޅާފައިވާ މޮބައިލް ފޯނަކުން ނެގިފައިވާ ޑާޓާގެ ނަޒާހާތްތެރިކަމާމެދު ސުވާލު އުފެދިފައިވާކަމަށް ބަޔާންކޮށެވެ. 

ދައުލަތުން މި މައްސަލާގައި ހިމެނޭ މީހުންގެ މައްޗަށް ދައުވާ އުފުލައި ކޯޓަށް ހުށަހަޅާފައިވަނީ 8 ފެބްރުވަރީ 2021 ގައެވެ. މި މައްސަލައިގެ ހެކިބަސް ނަގައި ނިމިފައިވަނީ 2026 ވަނަ އަހަރުގެ ޖަނަވަރީ މަހުގެ ތެރޭގަ އެވެ. އަދި މައްސަލައިގެ ޚުލާސާ ބަޔާން އިއްވައި އަޑުއެހުންތައް ނިންމާލާފައިވަނީ 2026 ވަނަ އަހަރުގެ އޭޕްރީލް މަހުގެ ތެރޭގައި އެވެ.

ކްރިމިނަލް ކޯޓުން މި މައްސަލައިގެ ހުކުމް އިއްވުމަށް މަޖިލިސް ބާއްވާފައިވަނީ 8 އޮކްޓޫބަރު ހެނދުނު 8:15 ގައި އެވެ.

މި މައްސަލާގައި ސާބިތުނުވާ ކަމަށް ކޯޓުން ނިންމި ދައުވާތައް އިސްތިއުނާފު ކުރުމާ މެދު ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން ވަނީ ވަކި ގޮތެއް ނިންމާނީ މައްސަލައިގެ ރިޕޯޓު ލިބުމުން ކަމަށް ބުނެފަ އެވެ. 

ކްރިމިނަލް ކޯޓްޓެރަރިޒަމްހަރުކަށި ފިކުރު

އެންމެ ހިނގާ

1

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާނެކަން ފައިސަލް އިއުލާނު ކުރައްވައިފި، ރަނިންމޭޓަކަށް މޭޔަރު އާޒިމް

2

ހުޅުމާލޭ އެކްސިޑެންޓު: 4 މީހެއްގެ ހާލު ސީރިއަސް، 3 މީހުން އެއް ސައިކަލަށް އަރައިގެން ދުއްވީ ވަންވޭއާ ޚިލާފަށް، އަދި ލައިސަންސެއްވެސް ނެތް!

3

ބާރު ސްޕީޑުގައި 3 މީހުން އަރައިގެން ދުއްވި ސައިކަލެއް ކޮންޓްރޯލުން ނެއްޓި، އެހެން ސައިކަލެއްގައި ޖެހި، ނުރައްކާތެރި އެކްސިޑެންޓެއް!

4

މިނިސްޓަރު އިހުސާން ސާފުކޮށް އެ ވިދާޅުވީ ސަރުކާރު ޤާނޫނަށްވުރެ މަތިކަން!

5

މާލެއާއި ހުޅުމާލޭގެ ބޮޑެތި މަގުތަކުގައި ދުވާ މީހުން އިތުރުވެ އާންމުންގެ ކަންބޮޑުވުން

އިތުރަށް ކިޔާލަން

09 އޮކްޓޯބަރު 2026

ބީއޯސީގެ ކަސްޓަމަރެއްގެ އެކައުންޓުން އޮޅުވާލައިގެން 150,000 ޑޮލަރު ޓްރާންސްފާ ކުރި މައްސަލައިގައި، އެ ބޭންކުގެ ކުރީގެ ވެރިއެއްގެ މައްޗަށް ކުށް ސާބިތުވެއްޖެ

09 އޮކްޓޯބަރު 2026
ބީއޯސީގެ ކަސްޓަމަރެއްގެ އެކައުންޓުން އޮޅުވާލައިގެން 150,000 ޑޮލަރު ޓްރާންސްފާ ކުރި މައްސަލައިގައި، އެ ބޭންކުގެ ކުރީގެ ވެރިއެއްގެ މައްޗަށް ކުށް ސާބިތުވެއްޖެ
07 އޮކްޓޯބަރު 2026

ސައްހަ ނޫން ޓީޓީތަކުގެ މައްސަލައިގައި 109 އަހަރަށް ޖަލަށް ހުކުމް ކުރި ޝިފާއު ގޭބަންދަށް!

07 އޮކްޓޯބަރު 2026
ސައްހަ ނޫން ޓީޓީތަކުގެ މައްސަލައިގައި 109 އަހަރަށް ޖަލަށް ހުކުމް ކުރި ޝިފާއު ގޭބަންދަށް!
05 އޮކްޓޯބަރު 2026

ރައީސް އޮފީހުގެ ކުރީގެ މުވައްޒަފު އީޝާގެ މައްޗަށް އުފުލާފައިވާ ގަޛުފުކުރުމުގެ ދައުވާގެ ޝަރީއަތް ސިއްރުކޮށް ބާއްވައިފި

05 އޮކްޓޯބަރު 2026
ރައީސް އޮފީހުގެ ކުރީގެ މުވައްޒަފު އީޝާގެ މައްޗަށް އުފުލާފައިވާ ގަޛުފުކުރުމުގެ ދައުވާގެ ޝަރީއަތް ސިއްރުކޮށް ބާއްވައިފި
05 އޮކްޓޯބަރު 2026

ތިނަދޫ ސިޓީގެ އާބާދީއާ ގުޅޭ މައްސަލައިގައި ޖިނާއީ ދައުވާކޮށްގެން އުޅެނީ ތިނަދޫއަށް ކުރިއެރުން އަންނަން ބޭނުންނުވާ ބަޔަކު އަޑީގައި ތިބީމައި: މޭޔަރު ސައުދު

05 އޮކްޓޯބަރު 2026
ތިނަދޫ ސިޓީގެ އާބާދީއާ ގުޅޭ މައްސަލައިގައި ޖިނާއީ ދައުވާކޮށްގެން އުޅެނީ ތިނަދޫއަށް ކުރިއެރުން އަންނަން ބޭނުންނުވާ ބަޔަކު އަޑީގައި ތިބީމައި: މޭޔަރު ސައުދު
02 އޮކްޓޯބަރު 2026

ޝައްމާން 25 އަހަރަށް ޖަލަށްލާން ކުރި ހުކުމް ހައިކޯޓުގައި އިސްތިއުނާފުކޮށްފި

02 އޮކްޓޯބަރު 2026
ޝައްމާން 25 އަހަރަށް ޖަލަށްލާން ކުރި ހުކުމް ހައިކޯޓުގައި އިސްތިއުނާފުކޮށްފި
02 އޮކްޓޯބަރު 2026

އާރްއޭއެފް މަރުކަޒަށް ހަމަލާދޭން ރޭވިކަމުގެ ތުހުމަތުގައި އީރާނުގެ ޕާސްޕޯޓު އޮތް މީހަކު ހައްޔަރުކޮށްފި

02 އޮކްޓޯބަރު 2026
އާރްއޭއެފް މަރުކަޒަށް ހަމަލާދޭން ރޭވިކަމުގެ ތުހުމަތުގައި އީރާނުގެ ޕާސްޕޯޓު އޮތް މީހަކު ހައްޔަރުކޮށްފި
30 ސެޕްޓެމްބަރު 2026

ރައީސް އޮފީހުގެ ކުރީގެ މުވައްޒަފު އީޝާގެ މައްޗަށް އުފުލާފައިވާ ދައުވާގެ ޝަރީއަތް ހޯމަ ދުވަހު ފަށަނީ

30 ސެޕްޓެމްބަރު 2026
ރައީސް އޮފީހުގެ ކުރީގެ މުވައްޒަފު އީޝާގެ މައްޗަށް އުފުލާފައިވާ ދައުވާގެ ޝަރީއަތް ހޯމަ ދުވަހު ފަށަނީ
30 ސެޕްޓެމްބަރު 2026

އާރަށު މައްސަލަ: ޔޫސުފް ނައީމަށް ވަކީލަކު އައްޔަނުކުރަން 10 ދުވަސް

30 ސެޕްޓެމްބަރު 2026
އާރަށު މައްސަލަ: ޔޫސުފް ނައީމަށް ވަކީލަކު އައްޔަނުކުރަން 10 ދުވަސް
29 ސެޕްޓެމްބަރު 2026

އެމްއެމްޕީއާރްސީ މައްސަލައިގައި ދައުލަތުން ރައީސް ޔާމީނާމެދު އަމަލުކުރަނީ ވަކި ޚާއްސަ ރޭވުމެއްގެ ދަށުން: ވަކީލުން

29 ސެޕްޓެމްބަރު 2026
އެމްއެމްޕީއާރްސީ މައްސަލައިގައި ދައުލަތުން ރައީސް ޔާމީނާމެދު އަމަލުކުރަނީ ވަކި ޚާއްސަ ރޭވުމެއްގެ ދަށުން: ވަކީލުން
29 ސެޕްޓެމްބަރު 2026

ޔާމީނު ހުށަހެޅުއްވި ޑޮލަރު މާރުކުރުމުގެ ދިފާއު ޝަރީއަތަށް ބަލައިނުގަތުމަށް ދައުލަތުން ކޯޓުގައި އެދިއްޖެ

29 ސެޕްޓެމްބަރު 2026
ޔާމީނު ހުށަހެޅުއްވި ޑޮލަރު މާރުކުރުމުގެ ދިފާއު ޝަރީއަތަށް ބަލައިނުގަތުމަށް ދައުލަތުން ކޯޓުގައި އެދިއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް