Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއެމްޑީޕީ

އެމްޑީޕީގެ އެތެރޭގެ އިންތިޚާބަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

10 އޮކްޓޯބަރު 2026 | ހޮނިހިރު 06:52

އެމްޑީޕީގެ އެކި ދާއިރާތަކުގެ އިސް މަގާމުތަކަށް މީހުން އިންތިޚާބު ކުރުމަށް ބާއްވާ އެތެރޭގެ އިންތިޚާބުގައި ކުރިމަތިލުމުގެ ފުރުސަތު، ކަނޑައެޅިފައިވާ ޝަރުތުތަކާއެކު އެ ޕާޓީން މިހާރު ވަނީ ހުޅުވާލާފައި. މި އިންތިޚާބުގައި ވާދަކުރަން ބޭނުންވާ ފަރާތްތަކުން އޮކްޓޫބަރު މަހުގެ 25 ވަނަ ދުވަހުގެ މެންދުރު 14:00 ގެ ކުރިން ފޯމު ހުށަހަޅަންޖެހޭނެ ކަމަށް އެ ޕާޓީން މައުލޫމާތުދޭ

ޝާއިން މުޙައްމަދު
ޝާއިން މުޙައްމަދު | 10 އޮކްޓޯބަރު 2026 | ހޮނިހިރު 06:52
‏ އެމްޑީޕީ ކޮންގްރެސް 2026 ގެ ތެރެއިން

‏ އެމްޑީޕީ ކޮންގްރެސް 2026 ގެ ތެރެއިން | އެމްޑީޕީ

މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ 2026 ވަނަ އަހަރުގެ އެތެރޭގެ އިންތިޚާބަށް ކުރިމަތިލުމަށް އެ ޕާޓީން ހުޅުވާލައިފި އެވެ.

އެމްޑީޕީން ނެރެފައިވާ އިއުލާނުގައިވާ ގޮތުން، މި އިންތިޚާބުގައި ޕާޓީގެ އެކި ދާއިރާތަކުގެ މަގާމުތަކަށް ކުރިމަތިލުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވާލާފަ އެވެ.

Advertisement - newsAdvertisement

މި އިންތިޚާބުގައި ކުރިމަތިލެވޭ މަގާމުތަކުގެ ތެރޭގައި އަތޮޅު އަދި ސިޓީއަކުން ގައުމީ މަޖިލިސްއަށް އިންތިހާބު ކުރާ މެންބަރުންނާއި، ރަށު އަދި ސިޓީ ދާއިރާތަކުގެ މެންބަރުންގެ އިތުރުން، ރަށު އަދި ސިޓީ ދާއިރާތަކުގެ ރައީސުންނާއި، ނައިބު ރައީސުންނާއި، ސެކްރެޓަރީން ހިމެނެ އެވެ. މީގެ، އިތުރުން އަންހެނުންގެ ރޫހުގެ ރައީސާއިންނާއި، ޒުވާނުންގެ ހިތްވަރުގެ ރައީސުންނާއި، އަންހެނުންގެ ރޫހުން ގައުމީ މަޖިލީހަށް އިންތިހާބު ކުރާ މެންބަރުން އަދި ޒުވާނުންގެ ހިތްވަރުން ގައުމީ މަޖިލީހަށް އިންތިހާބުކުރާ މެންބަރުން ހިމެނެ އެވެ. ކޮންމެ ދާއިރާއަކުން ވެސް މި މަގާމުތަކަށް މީހުން އިންތިޚާބު ކުރާނެ ކަމަށް އެ ޕާޓީން މައުލޫމާތުދެ އެވެ.

އިންތިޚާބަށް ކުރިމަތިލާ ކެންޑިޑޭޓުންގެ ކިބައިގައި ހުންނަންޖެހޭ ޝަރުތުތަކުގެ ތެރޭގައި، 20 އޮކްޓޫބަރު 2026 ވަނަ ދުވަހުގެ މެންދުރުފަހު 2 ގެ ކުރިން އެމްޑީޕީގެ ދަފްތަރުގައި ރަޖިސްޓްރީވެފައިވާ މެންބަރަކަށް ވުން ހިމެނެ އެވެ. ވަކިން ޚާއްސަކޮށް ޒުވާނުންގެ ހިތްވަރުގެ މަގާމުތަކަށް ކުރިމަތިލާ ފަރާތްތަކަކީ އުމުރުން 18 އަހަރާއި 31 އަހަރާ ދެމެދުގެ މީހުންނަށް ވާންޖެހޭނެ ކަމަށް އިއުލާނުގައި ބަޔާންކޮށްފައިވެ އެވެ.

މި އިންތިޚާބުގައި ރަށު އަދި ސިޓީ ދާއިރާތަކުގެ ގައުމީ މަޖިލިސް މެންބަރުންގެ ގޮތުގައި ކޮންމެ ރަށަކުން 500 އަށް ވުރެ ޕާޓީއަށް ނިސްބަތްވާ މެންބަރުން ގިނަ ނަމަ 2 މެންބަރުން އިންތިހާބު ކުރާނެ އެވެ. އަދި 1000 އަށް ވުރެ އިތުރު ނަމަ އިތުރު 1 މެންބަރަކު އިންތިހާބު ކުރާނެ އެވެ. މީގެ އިތުރުން ކޮންމެ ސިޓީއެއްގެ އިންތިހާބީ ދާއިރާއަކުން 2 މެންބަރުން އިންތިހާބު ކުރާނެ އެވެ. 

އެމްޑީޕީން ބުނި ގޮތުގައި އިންތިޚާބަށް ކުރިމަތިލުމަށް އެދޭ ފޯމު ހުށަހެޅުމުގެ ސުންގަޑިއަކީ 25 އޮކްޓޫބަރު 2026 ވާ އާދިއްތަ ދުވަހުގެ މެންދުރުފަހު 14:00 އެވެ. އަދި އިންތިޚާބާ ގުޅޭ އިތުރު މައުލޫމާތާއި ފޯމު ހުށަހަޅަންޖެހޭ އުސޫލުތައް އެ ޕާޓީގެ ރަސްމީ ވެބްސައިޓް މެދުވެރިކޮށް ލިބެން ހުންނާނެ އެވެ.

މޯލްޑިވްސް ޑިމޮކްރެޓިކް ޕާޓީއެމްޑީޕީ އެތެރޭގެ އިންތިޚާބު 2026

އެންމެ ހިނގާ

1

ކޮންމެ މީހަކުވެސް އެމީހަކު އުފައްދާ ކުނިބުނި އަމިއްލައަށް ސާފުކުރުން ޖެހޭނެ ކަމަށް ބުނެ ޣައްޒާއާ ބެހޭގޮތުން ދެއްކި ވާހަކަތަކަށް، ރަސްމާލޭގެ ބޮޑު ސަރަހައްދެއް ދީފައިވާ އީގަލް ހިލްސްގެ ވެރިޔާ އަލައްބާރަށް ގިނަ ބައެއްގެ ނުރުހުން!

2

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާނެކަން ފައިސަލް އިއުލާނު ކުރައްވައިފި، ރަނިންމޭޓަކަށް މޭޔަރު އާޒިމް

3

ރަސްމާލޭގެ ބޮޑު ސަރަހައްދެއް ދީފައިވާ އީގަލް ހިލްސްގެ ވެރިޔާ އަލައްބާރު ޔަހޫދީންގެ ކައިވެނީގެ ހަފުލާއެއްގައި ދުޢާކުރި މަައްސަލަ، މިއީ އަނިޔާ ލިބެމުންދާ ފަލަސްތީނުގެ އަޚުންނާއި އުޚުތުންނަށް ކުރެވޭ ފުރައްސާރައެއް!

4

މާލެއާއި ހުޅުމާލޭގެ ބޮޑެތި މަގުތަކުގައި ދުވާ މީހުން އިތުރުވެ އާންމުންގެ ކަންބޮޑުވުން

5

ރަސްމާލެ މަޝްރޫއަކީ ރާއްޖޭގައި ކާފަރުން ދާއިމީކޮށް ވަޒަންވެރިވެ، އެހެން ދީންތަކަށް އުޅުމުގެ މިނިވަންކަން ހޯދުމަށް ހުޅުވޭ ދޮރަކަށް ވެގެން ހިނގައިދާނެ: ޝެއިހް ނިޝާން

އިތުރަށް ކިޔާލަން

03 އޮކްޓޯބަރު 2026

މުހިންމު ނިންމުންތަކާއެކު އެމްޑީޕީގެ 5 ވަނަ ކޮންގްރެސް ނިންމާލައިފި

03 އޮކްޓޯބަރު 2026
މުހިންމު ނިންމުންތަކާއެކު އެމްޑީޕީގެ 5 ވަނަ  ކޮންގްރެސް ނިންމާލައިފި
01 އޮކްޓޯބަރު 2026

ޝުއޫރު ފާޅުކޮށްފައިވާ ޕޯސްޓަރުތަކާ އެކު، އެމްޑީޕީގެ ކޮންގްރެސްގައި ރައީސް މުއިއްޒުގެ އިސްތިއުފާ އަށް ގޮވާލައިފި

01 އޮކްޓޯބަރު 2026
ޝުއޫރު ފާޅުކޮށްފައިވާ ޕޯސްޓަރުތަކާ އެކު، އެމްޑީޕީގެ ކޮންގްރެސްގައި ރައީސް މުއިއްޒުގެ އިސްތިއުފާ އަށް ގޮވާލައިފި
31 އޯގަސްޓު 2026

އެންމެ ލަސްވެގެން އަންނަ އަހަރުގެ ޖެނުއަރީގެ ނިޔަލަށް އެމްޑީޕީ ޤައުމީ މަޖިލިސް އިންތިޚާބު ބާއްވަން ފާސްކޮށްފި

31 އޯގަސްޓު 2026
އެންމެ ލަސްވެގެން އަންނަ އަހަރުގެ ޖެނުއަރީގެ ނިޔަލަށް އެމްޑީޕީ ޤައުމީ މަޖިލިސް އިންތިޚާބު ބާއްވަން ފާސްކޮށްފި
26 އޯގަސްޓު 2026

އެމްޑީޕީގެ ޑެޕިއުޓީ ޗެއަރޕާސަންގެ މަގާމުން އަހުމަދު އަބްދުﷲ އިސްތިއުފާ ދެއްވައިފި

26 އޯގަސްޓު 2026
އެމްޑީޕީގެ ޑެޕިއުޓީ ޗެއަރޕާސަންގެ މަގާމުން އަހުމަދު އަބްދުﷲ އިސްތިއުފާ ދެއްވައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް