Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއެމްޑީޕީ

ޓީޗަރުން ތައުލީމީ ދާއިރާ ދޫކޮށް ދަނީ ސްކޫލްތަކުގެ އިދާރީ މަސައްކަތްތަކާއި އެހެނިހެން މަސައްކަތްތަކުގައި މަސްއޫލުވެގެން އުޅެން ޖެހުމުން: އަނޫޝާ

13 އޮކްޓޯބަރު 2026 | އަންގާރަ 09:13

ޓީޗަރުންނަށް ކުރިމަތިވާ އިދާރީ މަސައްކަތްތަކާއި މުސާރައިގެ މައްސަލަތަކާ ހުރެ ދާއިރާ ދޫކޮށް ދިއުމުގެ ސަބަބުން، ދަރިވަރުންގެ ކިޔެވުމަށް ބޮޑެތި ގެއްލުންތަކެއްވަމުންދާ ކަމަށް އެމްޑީޕީގެ އެޑިއުކޭޝަން ކޮމިޓީން ބުނެފި. ދަރިވަރުންނަށް ނަފްސާނީ ގޮތުން ކުރިމަތިވާ ޕްރެޝަރުތައް ކުޑަކުރުމަށް މިނިސްޓްރީން މިކަންކަން ބަލައި ހައްލުކޮށްދިނުމަށް އެ ކޮމިޓީން ވަނީ ގޮވާލާފައި

ޝާއިން މުޙައްމަދު
ޝާއިން މުޙައްމަދު | 13 އޮކްޓޯބަރު 2026 | އަންގާރަ 09:13
އެމްޑީޕީގެ އެޑިއުކޭޝަން ކޮމިޓީގެ މެންބަރު އަނޫޝާ އަބްދުލްލަތީފް

އެމްޑީޕީގެ އެޑިއުކޭޝަން ކޮމިޓީގެ މެންބަރު އަނޫޝާ އަބްދުލްލަތީފް | ރާއްޖެ އެމްވީ

ޓީޗަރުންނަށް އިދާރީ މަސައްކަތްތަކާއި އެހެނިހެން މަސައްކަތްތަކުގައި މަސްއޫލުވެގެން އުޅެން ޖެހުމުގެ ސަބަބުން ތައުލީމީ ދާއިރާ ދޫކޮށް ޓީޗަރުންދާ ކަމަށް އެމްޑީޕީގެ އެޑިއުކޭޝަން ކޮމިޓީގެ މެންބަރު އަނޫޝާ އަބްދުލްލަތީފް ވިދާޅުވެއްޖެ އެވެ.

އެމްޑީޕީގެ އެޑިއުކޭޝަން ކޮމިޓީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން އަނޫޝާ ވިދާޅުވީ، ޓީޗަރުން ތައުލީމީ ދާއިރާ ދޫކޮށް ދިޔުމުން ގްރޭޑް 10 ގައި ކިޔަވާ ދަރިވަރުންނަށް ޓީޗަރެއް ނުލިބިގެން ސިލަބަސް ނުނިމި އޯލެވަލް ކައިރިވެފައި ހުންނަ ހާލަތްތަކުގައި ކުދިންނަށް ވަރަށް ބޮޑު ގެއްލުމެއް ލިބޭ ކަމަށެވެ. 

Advertisement - newsAdvertisement

ބައެއް ސްކޫލްތަކުން ޓީޗަރެއް ނުލިބިގެން މަސްދުވަސް ވަންދެން މަޑުކުރަން ޖެހޭ ކަން ފާހަގަކުރައްވާ އަނޫޝާ ވިދާޅުވީ، ސްކޫލްތަކަށް ޓީޗަރުން ލިބެނީ އެޑިއުކޭޝަން މިނިސްޓްރީގައި އިންނަ ޕްރޮޓޮކޯލްއެއްގެ ދަށުން ޓީޗަރު ނަން މިނިސްޓްރީން ފޮނުވުމުން ކަމަށެވެ. 

އެހެންވީމަ މިކަހަލަ ލޯންގް ޕްރޮސީޖާއެއް އޮންނަ ކަމެއްގެ ތެރޭގައި އޮއްވާ، ޓީޗަރުންނަށް މިހާ ބޮޑު ޕްރެޝަރތަކެއް ދިނީމަ މިވާ ގޮތަކީ ޓީޗަރުން މި ކަންކަމުން ކިޔަވައިދިނުމުގެ ފީލްޑް އިން ފޫހިވެގެން ދާތަން އަޅުގަނޑުމެންނަށް މިފެންނަނީ ދެން ގިނަ ފަހަރު ބައެއް ޓީޗާސްއިންނާ ވާހަކަދައްކާލީމަ އަޅުގަނޑުމެންނަށް މައުލޫމާތު ލިބިފައި މިވަނީ އެޑްމިނިސްޓްރޭޓިވް ވޯކް އެބޭފުޅުންނަށް ކުރަން ޖެހުމާއި އަދި އޭގެ އިތުރުން ވެސް ގިނަ ވަގުތު ސްކޫލް ތެރޭ އެހެން ކަންކަމުގައި މަސްއޫލުވެ ކަންކަން ކުރަން އެބޭފުޅުންނަށް ޖެހިވަޑައިގަންނަވާތީވެ، އެބޭފުޅުންނަށް މި ކިޔަވާ ދިނުމަށް ހޭދަކުރަން ޖެހޭ ވަގުތު ނުވަތަ އެދޭން ޖެހޭ ވަގުތުތައް ނުދެވުމުގެ ސަބަބުން މި ފީލްޑް އިން ފޫހިވެ ދާން މިޖެހޭ ސަބަބަކީ
އަނޫޝާ އަބްދުލްލަތީފް 

އިތުރަށް އަނޫޝާ ވިދާޅުވީ ޓީޗަރުންގެ މުސާރައަށް ގެނައި ބަދަލުތަކުގެ ސަބަބުން ވެސް ހިތްހަމަނުޖެހިގެން ޓީޗަރުން ދާއިރާ ދޫކޮށްފައިދާ މަންޒަރު ފެންނަ ކަމަށެވެ. 

މީގެ އިތުރުން، އަނޫޝާ ވަނީ ސްކޫލް ވަގުތު ނިންމާފައި އެކިއެކި ޓިއުޝަނަށް ދިޔުން ފަދަ އެކިއެކި ހަރަކާތްތަކުގައި ދަރިވަރުން އުޅެން ޖެހުމުގެ ސަބަބުން ވަރަށް ބޮޑަށް ޕްރެޝަރު އަންނަ ކަމަށާއި، މި ކަންކަން ހަމަޖެއްސުމުގައި ދަރިވަރުންނަށް ނަފްސާނީ ވަރަށް ގިނަ ކަންކަމާއި ކުރމަތިލާން ޖެހޭ ކަމަށް ވިދާޅުވެފަ އެވެ. 

އެހެންކަމުން، މިފަދަ ކަންކަން އެޑިއުކޭޝަން މިނިސްޓްރީން ބަލަން ޖެހޭ ކަމަށް އަނޫޝާ ވިދާޅުވި އެވެ. އަދި ކިޔަވާ ކުދިން ހެލްޕް ލައިންގެ ބޭނުން ހިފުމަށް ވެސް އަނޫޝާ ވަނީ އެދިވަޑައިގެންފައި އެވެ.  

އަނޫޝާ އަބްދުލްލަތީފްއެމްޑީޕީޓީޗަރުން

އެންމެ ހިނގާ

1

ކެބިނެޓްގައި ހޭދަކުރި ދުވަސްވަރު ރަސްމާލެ ޕްރޮޖެކްޓާ ގުޅުންހުރި އެއްވެސް ކަމެއް ހިއްސާކޮށްފައެއް ނެތް، އޭރު ވެސް އަނެއްކާ އެހާ ސިއްރިޔާތުގައި ގެންގޮސްފައި އޮތީތޯ؟: ޚަލީލު

2

މުޅިރާއްޖެ އަލައްބާރެއްގެ "ދަށަށް", ރަސްމާލެ ހޯދަން އަލައްބާރު "ވަތަށް"

3

ރާއްޖޭގައި ހަރުކަށި ފިކުރު ފެތުރެމުންދާދިއުމާ މެދު ރައީސް ނަޝީދު ކަންބޮޑުވުން ފާޅުކުރައްވައިފި

4

"އަހަންނަކީ ޚައިރާތުކުރާ މީހެއް ނޫން" ކަމަށް ބުނެ ޣައްޒާއާ ގުޅޭގޮތުން އަލައްބާރު ދެއްކެވި ވާހަކަތަކަށް ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވެއްޖެ

5

އިންތިޚާބާ ދިމާކޮށް ދިން ހަމަލާތަކާއެކު ސުލްހައިގެ ވާހަކަތައް ފެށުމުގެ ފުރުސަތު ހަނިވެއްޖެ: ޕުޓިން

އިތުރަށް ކިޔާލަން

13 އޮކްޓޯބަރު 2026

ގްރޭޑް އެކެއްގެ ދަރިވަރުންގެ މަންހަޖަށް ގެންނަ ބަދަލުތައް ސްކޫލްތަކާއި ޕްރިންސިޕަލުންނާއި އަދި ޓީޗަރުންނަށް ވެސް ހިއްސާ ނުކުރާތީ އެމްޑީޕީ އިން ކަންބޮޑުވުން ފާޅުކޮށްފި

13 އޮކްޓޯބަރު 2026
ގްރޭޑް އެކެއްގެ ދަރިވަރުންގެ މަންހަޖަށް ގެންނަ ބަދަލުތައް ސްކޫލްތަކާއި ޕްރިންސިޕަލުންނާއި އަދި ޓީޗަރުންނަށް ވެސް ހިއްސާ ނުކުރާތީ އެމްޑީޕީ އިން ކަންބޮޑުވުން ފާޅުކޮށްފި
09 އޮކްޓޯބަރު 2026

އެމްޑީޕީގެ ވެރިކަމެއް ވެގެން ދާނީ މިހާރު ގައުމަށް ދިމާވެފައި ހުރި ހުރިހާ މައްސަލަތަކަކަށް ހައްލު ގެނެވޭ ވެރިކަމަކަށް: ފައިސަލް

09 އޮކްޓޯބަރު 2026
އެމްޑީޕީގެ ވެރިކަމެއް ވެގެން ދާނީ މިހާރު ގައުމަށް ދިމާވެފައި ހުރި ހުރިހާ މައްސަލަތަކަކަށް ހައްލު ގެނެވޭ ވެރިކަމަކަށް: ފައިސަލް
08 އޮކްޓޯބަރު 2026

ރަސްމާލެއިން ބޭރު ބަޔަކަށް ބިން ދޭން ހަދާފައިވާ އެއްބަސްވުންތަކަށް އިހުތިރާމެއް ނުކުރާނަން: މޭޔަރު އާޒިމް

08 އޮކްޓޯބަރު 2026
ރަސްމާލެއިން ބޭރު ބަޔަކަށް ބިން ދޭން ހަދާފައިވާ އެއްބަސްވުންތަކަށް އިހުތިރާމެއް ނުކުރާނަން: މޭޔަރު އާޒިމް
08 އޮކްޓޯބަރު 2026

އެމްޑީޕީއަށް އެންމެ ބޭނުންޖެހިފައިވާ ވަގުތުތަކުގައި އަބަދުވެސް ހުރީ ޕާޓީއާ އެކު: ފައިސަލް

08 އޮކްޓޯބަރު 2026
އެމްޑީޕީއަށް އެންމެ ބޭނުންޖެހިފައިވާ ވަގުތުތަކުގައި އަބަދުވެސް ހުރީ ޕާޓީއާ އެކު: ފައިސަލް
08 އޮކްޓޯބަރު 2026

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާނެކަން ފައިސަލް އިއުލާނު ކުރައްވައިފި، ރަނިންމޭޓަކަށް މޭޔަރު އާޒިމް

08 އޮކްޓޯބަރު 2026
އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާނެކަން ފައިސަލް އިއުލާނު ކުރައްވައިފި، ރަނިންމޭޓަކަށް މޭޔަރު އާޒިމް
04 އޮކްޓޯބަރު 2026

މި ސަރުކާރުން އަތުލި ފްލެޓުތައް އެމްޑީޕީގެ ވެރިކަމެއްގައި އަލުން ހަވާލުކޮށް އެ އެއްބަސްވުންތަކަށް އިހުތިރާމު ކުރާނަން: ސޯލިހު

04 އޮކްޓޯބަރު 2026
މި ސަރުކާރުން އަތުލި ފްލެޓުތައް އެމްޑީޕީގެ ވެރިކަމެއްގައި އަލުން ހަވާލުކޮށް އެ އެއްބަސްވުންތަކަށް އިހުތިރާމު ކުރާނަން: ސޯލިހު
04 އޮކްޓޯބަރު 2026

ރިޔާސީ އިންތިޚާބު ކާމިޔާބު ކުރެވިއްޖެނަމަ މަޖިލީހުގެ އިންތިޚާބަށް ދިއުމުގެ ކުރިން ''ބޮޑު ބަދަލުތައް'' ގެންނާނަން: ފައްޔާޒު

04 އޮކްޓޯބަރު 2026
ރިޔާސީ އިންތިޚާބު ކާމިޔާބު ކުރެވިއްޖެނަމަ މަޖިލީހުގެ އިންތިޚާބަށް ދިއުމުގެ ކުރިން ''ބޮޑު ބަދަލުތައް'' ގެންނާނަން: ފައްޔާޒު
04 އޮކްޓޯބަރު 2026

ވެރިކަން ލިބިއްޖެނަމަ ފަތުރުވެރިކަމުގެ ސިނާއަތަށް ގާނޫނީ ރައްކާތެރިކަން ހޯދައިދޭނަން: ފައްޔާޒު

04 އޮކްޓޯބަރު 2026
ވެރިކަން ލިބިއްޖެނަމަ ފަތުރުވެރިކަމުގެ ސިނާއަތަށް ގާނޫނީ ރައްކާތެރިކަން ހޯދައިދޭނަން: ފައްޔާޒު
04 އޮކްޓޯބަރު 2026

ޖީއެމްއާރަށް އެއަރޕޯޓު ދިނުމުން ލާދީނީ ޓެގު އެޅުވި ބޭފުޅުންގެ އަމަލުތައް މިއަދު ހުރީ ގައުމިއްޔަތާ ޚިލާފަށް: ފައްޔާޒު

04 އޮކްޓޯބަރު 2026
ޖީއެމްއާރަށް އެއަރޕޯޓު ދިނުމުން ލާދީނީ ޓެގު އެޅުވި ބޭފުޅުންގެ އަމަލުތައް މިއަދު ހުރީ ގައުމިއްޔަތާ ޚިލާފަށް: ފައްޔާޒު
03 އޮކްޓޯބަރު 2026

އެމްޑީޕީގެ ގައުމީ މަޖިލީހުގެ އިންތިހާބު ނޮވެމްބަރު 27 ގައި ބާއްވަން ނިންމައިފި

03 އޮކްޓޯބަރު 2026
އެމްޑީޕީގެ ގައުމީ މަޖިލީހުގެ އިންތިހާބު ނޮވެމްބަރު 27 ގައި ބާއްވަން ނިންމައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް