Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެމަނީ ލޯންޑްރިންގ

އެމްއެމްޕީއާރްސީގެ ޚިޔާނާތުގެ ފައިސާއިން 1.5 ލައްކަ ޑޮލަރު މޮންޓިލިއަން އިންޓަނޭޝަނަލްގެ އެކައުންޓަށް ޖަމާކޮށް ބޭނުންކުރި މައްސަލައިގައި އެ ކުންފުނީގެ މައްޗަށް މަނީ ލޯންޑްރިންގގެ ދައުވާކުރަނީ

5 އޮކްޓޯބަރު 2026 | ހޯމަ 13:48

އެމްއެމްޕީއާރްސީގެ ޚިޔާނާތުގެ ފައިސާގެ ތެރެއިން 1.5 ލައްކަ ޑޮލަރު މޮންޓިލިއަން އިންޓަނޭޝަނަލްގެ އެކައުންޓަށް ޖަމާކޮށް ބޭނުންކުރި މައްސަލައިގައި، އެ ކުންފުނީގެ މައްޗަށް މަނީ ލޯންޑްރިންގގެ ދައުވާކުރަން އޭސީސީން ވަނީ ނިންމާފައި. ކުރީގެ ނައިބު ރައީސް އަދީބުގެ އާއިލީ މަސްލަހަތު އޮންނަ މި ކުންފުންޏަށް ލިބުނު ފައިސާ އަނބުރާ ހޯދުމަށް އެމްއެމްޕީއާރްސީއަށް އެންގުމަށް ވެސް އެ ކޮމިޝަނުން ވަނީ ނިންމާފައި

ޝާއިން މުޙައްމަދު
ޝާއިން މުޙައްމަދު | 5 އޮކްޓޯބަރު 2026 | ހޯމަ 13:48
މޮންޓިލިއަން އިންޓަނޭޝަނަލް ޕްރައިވެޓް ލިމިޓެޑް އަކީ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ އާއިލީ މަސްލަހަތު އޮންނަ ކުންފުންޏެއް

މޮންޓިލިއަން އިންޓަނޭޝަނަލް ޕްރައިވެޓް ލިމިޓެޑް އަކީ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ އާއިލީ މަސްލަހަތު އޮންނަ ކުންފުންޏެއް | ރައީސް އޮފީސް

މޮންޓިލިއަން އިންޓަނޭޝަނަލް ޕްރައިވެޓް ލިމިޓެޑްގެ މައްޗަށް މަނީ ލޯންޑްރިންގގެ ދައުވާ ކޮށްދިނުމަށް އެދި ޕްރޮސިކިއުޓަރ ޖެނެރަލް (ޕީޖީ) އޮފީހަށް ފޮނުވަން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ނިންމައިފި އެވެ.

ހޯމަ ދުވަހު އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ބުނީ، އެ ކޮމިޝަނާއި ދިވެހި ފުލުހުންގެ ޚިދުމަތް ގުޅިގެން ކުރިއަށްގެންދިޔަ ޖޮއިންޓް އިންވެސްޓިގޭޝަންގެ ދަށުން، މޮންޓިލިއަން އިންޓަނޭޝަނަލް ޕްރައިވެޓް ލިމިޓެޑްގެ މައްޗަށް މަނީ ލޯންޑްރިންގ ކުށުގެ ދައުވާ ކޮށްދިނުމަށް އެދި ޕީޖީ އޮފީހަށް 4 އޮކްޓޯބަރ 2026 ގައި ފޮނުވުމަށް ނިންމާފައިވާ ކަމަށެވެ. 

Advertisement - newsAdvertisement

އެގޮތުން، މި މައްސަލައިގެ ތަހުގީގަށް ފާހަގަކުރެވިފައިވާ ގޮތުގައި، އެމްއެމްޕީއާރްސީގެ ޚިޔާނާތުގެ ފައިސާގެ ތެރެއިން ގިނަ އަދަދެއްގެ ފައިސާ އެސްއޯއެފް ޕްރައިވެޓް ލިމިޓެޑްގެ ނަމުގައި ބޭންކް އޮފް މޯލްޑިވްސްގައި ހުޅުވާފައިވާ ޑޮލަރު އެކައުންޓުގެ ދެ ޗެކަކުން، ހ. ސާމަރާ، އަހުމަދު އަދީބު އަބްދުލްޣަފޫރު މެދުވެރިކޮށް މޮންޓިލިއަން އިންޓަނޭޝަނަލް ޕްރައިވެޓް ލިމިޓެޑްގެ އެކައުންޓަށް ޖަމާކޮށްފައިވާ ކަމަށް އޭސީސީ އިން ބުނެ އެވެ. 

އެ ފައިސާއަކީ ކުށްކޮށްގެން ހޯދާފައިވާ ފައިސާކަމަށް އެދުވަސްވަރު މޮންޓިލިއަން އިންޓަނޭޝަނަލް ޕްރައިވެޓް ލިމިޓެޑް ހިންގުމުގައި އިސްކޮށް އުޅުނު ފަރާތަށް ޝައްކުކުރެވޭނެ ހާލަތެއް އޮއްވައި، އެ ފައިސާ މޮންޓިލިއަންގެ އެކައުންޓަށް ޖަމާކޮށް އެ ފައިސާ ބޭނުންކޮށްފައިވާކަން ވެސް ތަހުޤީޤަށް ފާހަގަކުރެވިފައިވާ ކަމަށް ބުނެފައިވެ އެވެ. 

މިމައްސަލައިގައި ދައުވާ ކޮށްދިނުމަށް އެދި ފޮނުވާފައިވަނީ ޤާނޫނު ނަންބަރު 2014/10 (މަނީލޯންޑްރިންގ އަދި ޓެރަރިޒަމަށް ފައިނޭންސްކުރުން ހުއްޓުވުމުގެ ޤާނޫނު) ގެ 53 ވަނަ މާއްދާއާއި އެ ޤާނޫނުގެ 58 ވަނަ މާއްދާގެ ދަށުންނެވެ.

އެސްއޯއެފްގެ ދެ ޗެކަކުން މޮންޓިލިއަންއަށް ޖަމާކޮށްފައިވާ $150,000.00 (އެއްލައްކަ ފަންސާސް ހާސް އެމެރިކާ ޑޮލަރު) އަނބުރާ ހޯދުމަށް އެމްއެމްޕީއާރްސީއަށް އެންގުމަށް ވެސް އޭސީސީ އިން ވާނީ ނިންމާފަ އެވެ.

މި މައްސަލައިގައި ހިމެނޭ މޮންޓިލިއަނަކީ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު  ޓޫރިޒަމް މިނިސްޓަރުކަމަށް ވަޑައިގަތުމުގެ ކުރިން އޭނާގެ 35 އިންސައްތަ ހިއްސާ އޮތް ކުންފުންޏެކެވެ. ނަމަވެސް ފަހުން އެ ހިއްސާ އަދީބުގެ ބައްޕަގެ ނަން މައްޗަށް ވަނީ ބަދަލުކޮށްފަ އެވެ. 

އެންޓި ކޮރަޕްޝަން ކޮމިޝަންމަނީ ލޯންޑަރިންގޕީޖީ އޮފީސްއަޙްމަދު އަދީބު ޢަބްދުލްޣަފޫރު

އެންމެ ހިނގާ

1

މެލޭޝިއާގައި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި ދިވެހި އަންހެން ދަރިވަރަކު ނިޔާވެއްޖެ

2

ފެނަކަ އުވާލައި ސްޓެލްކޯއަށް ބަދަލުކުރުމަށް ނިންމި ނިންމުމާއެކު، ހެޑް އޮފީހުގެ މުވައްޒަފުންނަށް ވާންވީ ގޮތެއް ނޭނގި މުވައްޒަފުން ބޮޑު ހާސްކަމެއްގައި!

3

ދ.މީދޫގައި ރާއްޖެޓީވީގެ "ހާލު ކިހިނެއް" ޕްރޮގްރާމް ބޮޑު ސްކްރީންގައި ދެއްކުމަށް ކުރި މަސައްކަތަށް ހުރަސްއަޅައިފި، ޕީއެންސީ ޓިކެޓުގައި އިންތިޚާބުވި ކައުންސިލު ރައީސް އެންގެވީ ޕްރޮގްރާމް ދެއްކުމަކީ މަސްލަހަތު ނަގާލުންކަމަށް!

4

މުއިއްޒުގެ ހެޔޮފުޅުކަން ދައްކަން އަނެއްކާވެސް އުނބަށް

5

ޗައިނާގެ އިންޒާރުތަކަށް ބެލުމެއްނެތި އެމެރިކާއިން ޓައިވާނަށް އާ އަސްކަރީ މަތިންދާބޯޓުތައް ފޮނުވަން ފަށައިފި

އިތުރަށް ކިޔާލަން

29 ސެޕްޓެމްބަރު 2026

ނަމާލް ރާޖަޕަކްސަ އޮކްޓޫބަރު 6 އާ ހަމައަށް ބަންދުގައި ބަހައްޓަން ކޯޓުން އަމުރުކޮށްފި

29 ސެޕްޓެމްބަރު 2026
ނަމާލް ރާޖަޕަކްސަ އޮކްޓޫބަރު 6 އާ ހަމައަށް ބަންދުގައި ބަހައްޓަން ކޯޓުން އަމުރުކޮށްފި
22 ސެޕްޓެމްބަރު 2026

ވޭޕްގެ ވިޔަފާރިކޮށް މަނިލޯންޑަރ ކުރާ ކަމުގެ ތުހުމަތުގައި ހިންގި އޮޕަރޭޝަނެއްގައި ވޭޕް ކާޓްރިޖްތަކެއް ހޯދާ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފި

22 ސެޕްޓެމްބަރު 2026
ވޭޕްގެ ވިޔަފާރިކޮށް މަނިލޯންޑަރ ކުރާ ކަމުގެ ތުހުމަތުގައި ހިންގި އޮޕަރޭޝަނެއްގައި ވޭޕް ކާޓްރިޖްތަކެއް ހޯދާ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފި
20 ސެޕްޓެމްބަރު 2026

ގިނަ އަދަދެއްގެ ބޭރު ފައިސާ ފޮރުވައިގެން ފުރަން ދިޔަ ބަންގްލަދޭޝްގެ 6 މީހުންގެ ބަންދަށް 10 ދުވަސް، މަނީ ލޯންޑަރިންގެ ތުހުމަތަށް އެންމެން ވެސް އިންކާރު ކުރޭ!

20 ސެޕްޓެމްބަރު 2026
ގިނަ އަދަދެއްގެ ބޭރު ފައިސާ ފޮރުވައިގެން ފުރަން ދިޔަ ބަންގްލަދޭޝްގެ 6 މީހުންގެ ބަންދަށް 10 ދުވަސް، މަނީ ލޯންޑަރިންގެ ތުހުމަތަށް އެންމެން ވެސް އިންކާރު ކުރޭ!
06 ސެޕްޓެމްބަރު 2026

ސަރުކާރު މުވައްޒަފުންނަށް ވަޒީފާގެ ބިރުދައްކައި ގަދަބާރުން ޕީއެންސީއަށް ވައްދަމުންދާ މައްސަލަ އޭސީސީއަށް ހުށަހަޅައިފި

06 ސެޕްޓެމްބަރު 2026
ސަރުކާރު މުވައްޒަފުންނަށް ވަޒީފާގެ ބިރުދައްކައި ގަދަބާރުން ޕީއެންސީއަށް ވައްދަމުންދާ މައްސަލަ އޭސީސީއަށް ހުށަހަޅައިފި
31 އޯގަސްޓު 2026

ކަޅު ބާޒާރުގައި ޑޮލަރުގެ ވިޔަފާރި ކުރަމުން އައި ބިދޭސީންތަކެއް ހައްޔަރަށް: 3 އަހަރުތެރޭ 1.6 މިލިއަން ޑޮލަރާއި 54 މިލިއަން ރުފިޔާ އެކައުންޓުތަކުގައި ދައުރުކޮށްފައިވޭ!

31 އޯގަސްޓު 2026
ކަޅު ބާޒާރުގައި ޑޮލަރުގެ ވިޔަފާރި ކުރަމުން އައި ބިދޭސީންތަކެއް ހައްޔަރަށް: 3 އަހަރުތެރޭ 1.6 މިލިއަން ޑޮލަރާއި 54 މިލިއަން ރުފިޔާ އެކައުންޓުތަކުގައި ދައުރުކޮށްފައިވޭ!
31 އޯގަސްޓު 2026

ޓައުންޝިޕް މަޝްރޫއުގައި ކޮރަޕްޝަން ހިމެނޭކަމަށް ބުނެ ހުށަހެޅި މައްސަލައިގެ ތަހުގީގު އޭސީސީ އިން ފަށައިފި

31 އޯގަސްޓު 2026
ޓައުންޝިޕް މަޝްރޫއުގައި ކޮރަޕްޝަން ހިމެނޭކަމަށް ބުނެ ހުށަހެޅި މައްސަލައިގެ ތަހުގީގު އޭސީސީ އިން ފަށައިފި
27 އޯގަސްޓު 2026

އިހަވަންދިއްޕޮޅުގައި ބަނދަރު ތަރައްގީކުރަން 100 މިލިއަން ޑޮލަރު އިންވެސްޓްކުރަން ސަރުކާރުން ގެނައި ކެޕިޓަލް އޭޝިއާ އިންވެސްޓްމަންޓުން އެއްކަމެއްވެސް ނުކުރޭ، ފަހުން ފަޅާއެރީ އެއީ މަނީ ލޯންޑަރިން ހިންގާ ކުންފުންޏެއް ކަމަށް

ޖަލަށް ފޯނާއި ޑްރަގް ވެއްދުމުގެ ތުހުމަތުގައި ހައްޔަރުކުރި އިތުރު އޮފިސަރަކާއެކު ނަސޭހަތުގެ އެއްބަސްވުން ހަދަން ހުށަހަޅައިފި

27 އޯގަސްޓު 2026
ޖަލަށް ފޯނާއި ޑްރަގް ވެއްދުމުގެ ތުހުމަތުގައި ހައްޔަރުކުރި އިތުރު އޮފިސަރަކާއެކު ނަސޭހަތުގެ އެއްބަސްވުން ހަދަން ހުށަހަޅައިފި
26 އޯގަސްޓު 2026

ކުޅިވަރު އެސޯސިއޭޝަންތަކާއި ޖަމިއްޔާ ޖަމާއަތްތަކަށް އާމްދަނީ ލިބޭ ގޮތްތަކާއި ކުރާ އެންމެހައި ހަރަދުތައް ހާމަކުރުމަށް ގާނޫނުން ލާޒިމު ކުރުވުމަށް އޭސީސީ އިން ލަފާ ދީފި

26 އޯގަސްޓު 2026
ކުޅިވަރު އެސޯސިއޭޝަންތަކާއި ޖަމިއްޔާ ޖަމާއަތްތަކަށް  އާމްދަނީ ލިބޭ ގޮތްތަކާއި ކުރާ އެންމެހައި ހަރަދުތައް ހާމަކުރުމަށް ގާނޫނުން ލާޒިމު ކުރުވުމަށް އޭސީސީ އިން ލަފާ ދީފި
26 އޯގަސްޓު 2026

ފަނޑިޔާރުންގެ މައްސަލަ ނުފޫޒަށް ލެނބުމެއްނެތި ބަލަމުންދާނެކަމަށް ބުނެ އޭސީސީ އިން ބަޔާނެއް ނެރުނުތާ ދޮޅު އަހަރު، އަދި އެއިން ފަނޑިޔާރަކާ ސުވާލެއް ކޮށްނުލާ!

26 އޯގަސްޓު 2026
ފަނޑިޔާރުންގެ މައްސަލަ ނުފޫޒަށް ލެނބުމެއްނެތި ބަލަމުންދާނެކަމަށް ބުނެ އޭސީސީ އިން ބަޔާނެއް ނެރުނުތާ ދޮޅު އަހަރު، އަދި އެއިން ފަނޑިޔާރަކާ ސުވާލެއް ކޮށްނުލާ!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް