Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެފުށިދިއްގަރު ފަޅު

ރާއްޖޭގެ އެންމެ އަގުބޮޑު އެއް ރައުސްމާލަކީ "ރަސްމާލެ"، އެތަން ކުއްޔަށް ދިނުމާ ދެކޮޅުހަދަން ޖެހޭ: ޝަމްހީދު

23 ސެޕްޓެމްބަރު 2026 | ބުދަ 05:10

ފުށިދިއްގަރު ފަޅާއި އެނބޫދޫ ފަޅު ފަދަ ދައުލަތުގެ އަގުބޮޑު ރައުސްމާލުތައް މަޖިލީހަށް ސިއްރުން ބޭރުގެ ފަރާތްތަކަށް ކުއްޔަށް ދިނުމަކީ ގައުމުގެ މުސްތަގުބަލަށް ގެއްލުންވާނެ ކަމެއް ކަމަށް މެންބަރު ޑރ. ޝަމްހީދު ވިދާޅުވެއްޖެ. ރައްޔިތުންގެ ޓެކްސް ފައިސާއިން ހިއްކާ ބިންތަކުން ދައުލަތަށް އެކަށީގެންވާ މަންފާ ނުލިބޭ ގޮތަށް ހަދާ އެއްބަސްވުންތަކުގެ ގާނޫނީ ސައްހަކަމާ މެދު ސުވާލު އުފައްދަވައި، މިފަދަ ކަންކަން ދެފުށް ފެންނަ ގޮތަކަށް ކުރިއަށް ގެންދިއުމަށް އޭނާ ގޮވާލެއްވި

ޝާމާ ޝުއައިބް
ޝާމާ ޝުއައިބް | 23 ސެޕްޓެމްބަރު 2026 | ބުދަ 05:10
ރައްޔިތުންގެ މަޖިލީހުގެ ހުޅުމާލޭ ދެކުނު ދާއިރާގެ މެންބަރު ޑރ. އަހްމަދު ޝަމްހީދު ވާހަކަ ދައްކަވަނީ

ރައްޔިތުންގެ މަޖިލީހުގެ ހުޅުމާލޭ ދެކުނު ދާއިރާގެ މެންބަރު ޑރ. އަހްމަދު ޝަމްހީދު ވާހަކަ ދައްކަވަނީ | ރާއްޖެއެމްވީ

ފުށިދިއްގަރު ފަޅާއި އެނބޫދޫ ފަޅަކީ ދިވެހިރާއްޖޭގެ މުސްތަގުބަލުގެ ތަރައްގީއާ ސީދާ ގޮތުން ގުޅިފައިވާ، ދައުލަތުގެ އެންމެ އަގުބޮޑު ދެ ރައުސްމާލު ކަމަށާ އެތަންތަން ކުއްޔަށް ދެވިގެން ނުވާނެ ކަމަށް، ރައްޔިތުންގެ މަޖިލީހުގެ ހުޅުމާލެ ދެކުނު ދާއިރާގެ މެންބަރު ޑރ. އަހްމަދު ޝަމްހީދު ވިދާޅުވެއްޖެ އެވެ. 

އެކްސްގައި ހިއްސާ ކުރެއްވި ޕޯސްޓެއްގައި ޑރ. ޝަމްހީދު ވިދާޅުވީ މިފަދަ މުހިންމު ސަރަހައްދުތައް ބޭރުގެ ފަރާތްތަކަށް ދިގު މުއްދަތަކަށް ކުއްޔަށް ދިނުމާ މެދު ކަންބޮޑުވެވަޑައިގަންނަވާ ކަމަށެވެ. 

Advertisement - newsAdvertisement

ޑރ. ޝަމްހީދު ވިދާޅުވީ، އޭރަކު ވެރިކަމުގައި ހުންނަވާ ބޭފުޅަކަށް އެކަނި ލިބިވަޑައިގަންނަވާ އިހުތިޔާރެއްގެ ދަށުން، ޤައުމުގެ މިފަދަ މުހިންމު ސަރަހައްދުތައް ބޭރުގެ ފަރާތްތަކަށް ދިގު މުއްދަތަކަށް ކުއްޔަށް ދިނުމަކީ އެއްގޮތަކަށް ވެސް ކޮށްގެންވާނެ ކަމެއް ނޫން ކަމަށެވެ. ދިވެހިރާއްޖޭގެ ގާނޫނު އަސާސީގައި، ސަރުކާރު ޖަވާބުދާރީ ކުރުވުމުގެ އެންމެ މަތީ ޒިންމާ ރައްޔިތުންގެ މަޖިލީހާ މަތިކޮށްފައިވާއިރު، މަޖިލީހަށް ވެސް ސިއްރުން ދައުލަތުގެ މިފަދަ އަގުހުރި މުދާ ވިއްކައި ނުވަތަ ކުއްޔަށް ދޫކޮށްގެން ނުވާނެ ކަމަށް އޭނާ މެންބަރު ވިދާޅުވި އެވެ. 

މީގެ އިތުރުން، ރައްޔިތުންގެ ޓެކްސް ފައިސާ އިން ބިން ހިއްކުމަށްފަހު، އެ ބިން ހިއްކުމަށް ދިޔަ ޚަރަދު ވެސް ދައުލަތަށް އަނބުރާ ނުލިބޭ ގޮތަށް ހަދާ އެއްބަސްވުންތަކުގެ ގާނޫނީ ސައްހަކަމާމެދު ޑރ. ޝަމްހީދު ވަނީ ބޮޑެތި ސުވާލުތަކެއް އުފައްދަވާފަ އެވެ. ހުޅުމާލޭގެ ބިމުގެ އަގުތަކަށް ބަލާއިރު، މި ސަރަހައްދުތަކުގެ ބިމުގެ އަގު ގާތްގަނޑަކަށް 10 ބިލިއަން ޑޮލަރާއި 17 ބިލިއަން ޑޮލަރާ ދެމެދުގެ އަދަދަކަށް އަރާނެ ކަމަށް އޭނާ ލަފާކުރެއްވި އެވެ.

ގައުމުގެ އިގުތިސާދީ ކުރިއެރުމަށް ބޮޑެތި އިންވެސްޓްމަންޓްތައް ބޭނުންވާކަން ފާހަގަކުރައްވަމުން ޑރ. ޝަމްހީދު ވިދާޅުވީ، ވަކި ފަރާތްތަކަކަށް ނާޖާއިޒު މަންފާ ލިބޭގޮތަށް އަދި ދައުލަތަށް ގެއްލުންވާ ގޮތަށް އެކުލާވާލާ އެއްބަސްވުންތަކަށް "ނޫނެކޭ" ބުނަންޖެހޭ ކަމަށެވެ. މިފަދަ ކަންކަމަކީ ދެފުށް ފެންނަ ގޮތަކަށް، ރައްޔިތުންގެ މަޖިލީހުގެ ތެރެއިން ބަލައި ޗެކް ކުރެވިގެން ކުރިއަށްދާންޖެހޭ ކަންކަން ކަމަށްވެސް އޭނާ ވިދާޅުވި އެވެ.

މި މައްސަލައާ ގުޅިގެން ޑރ. ޝަމްހީދު އިތުރަށް ވިދާޅުވީ، ދައުލަތުގެ މުދަލާއި ބިމަކީ ރައްޔިތުންގެ ހައްގަކަށްވާއިރު، އެ ތަންތަނުން ލިބޭ މަންފާ ސީދާ ގޮތެއްގައި ދައުލަތަށާއި ރައްޔިތުންނަށް ލިބޭނެކަން ކަށަވަރުކުރަން ޖެހޭނެ ކަމަށެވެ. އަދި ދައުލަތަށް ބޮޑެތި ގެއްލުންވާ ގޮތަށް ހިންގާ މިފަދަ މުއާމަލާތްތަކުގެ ސަބަބުން ޤައުމުގެ މުސްތަޤުބަލަށް އޭގެ ނޭދެވޭ އަސަރު ކުރާނެ ކަމުގެ އިންޒާރު ވެސް އޭނާ ވަނީ ދެއްވާފަ އެވެ.

ފުށިދިއްގަރު ފަޅުއެނބޫދޫ ފަޅުޑރ. އަހްމަދު ޝަމްހީދު

އެންމެ ހިނގާ

1

ޑޮލަރުގެ ދަތިކަން އިންތިހާއަށް ބޮޑުވެ ސަރުކާރުން އެންމެ ފަހުން އަމިއްލަ ފަރާތަކުން އެތައް ލައްކަ ޑޮލަރެއް ދަރަންޏަށް ނަގައިފި

2

އަމީނީ މަގުގައި ފަހުން އެޅި ތާރުގަނޑު އަލުން ނަގާ މަންޒަރު!

3

ރަޝިޔާގެ އިންތިޚާބުގެ ވަގުތީ ނަތީޖާއިން ކުރީގައި އުޅެނީ 'ޔުނައިޓެޑް ރަޝިޔާ'

4

އީރާނުން އަތުލައިގަތް އެމެރިކާގެ ކަނޑުއަޑީގެ ޑްރޯން "ރިވާސް އިންޖިނިއަރ" ކުރުމުގެ މަސައްކަތް ފަށައިފި

5

ކުރީގެ ކޮންޓްރޯލަރ އޮފް އިމިގްރޭޝަން އަދި ސަރުކާރުގެ މަތީ މަގާމުތަކެއް ފުރުއްވި ޑރ. މުހައްމަދު އަލީ އަވަހާރަވެއްޖެ

އިތުރަށް ކިޔާލަން

23 ސެޕްޓެމްބަރު 2026

މި ސަރުކާރަކީ ރައްޔިތުންނަށް ބޭނުންވެފައި ހުރި ކަންކަމަށްވުރެ، އަމިއްލަ އެޖެންޑާ ކުރިއަރުވަން މަސައްކަތް ކުރާ ސަރުކާރެއް: ޝަމްހީދު

23 ސެޕްޓެމްބަރު 2026
މި ސަރުކާރަކީ ރައްޔިތުންނަށް ބޭނުންވެފައި ހުރި ކަންކަމަށްވުރެ، އަމިއްލަ އެޖެންޑާ ކުރިއަރުވަން މަސައްކަތް ކުރާ ސަރުކާރެއް: ޝަމްހީދު
23 ސެޕްޓެމްބަރު 2026

އެމްޑީޕީގެ ހުރިހާ ލީޑަރުން ވެސް ތިބީ ގައުމު ސަލާމަތްކުރަން މަސައްކަތްކުރަން ތައްޔާރަށް، ޕްރައިމަރީއަށްފަހު ޕާޓީ ބައިބައިވާނެހެން ހިއެއް ނުވޭ: ޝަމްހީދު

23 ސެޕްޓެމްބަރު 2026
އެމްޑީޕީގެ ހުރިހާ ލީޑަރުން ވެސް ތިބީ ގައުމު ސަލާމަތްކުރަން މަސައްކަތްކުރަން ތައްޔާރަށް، ޕްރައިމަރީއަށްފަހު ޕާޓީ ބައިބައިވާނެހެން ހިއެއް ނުވޭ: ޝަމްހީދު
15 ސެޕްޓެމްބަރު 2026

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ޑރ. ޝަމްހީދު ވާދަކުރައްވަނީ

15 ސެޕްޓެމްބަރު 2026
އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ޑރ. ޝަމްހީދު ވާދަކުރައްވަނީ
03 ސެޕްޓެމްބަރު 2026

ސަރުކާރުގެ ވެރިން ބޭނުންވަނީ ބާރުތައް ނުހައްގުން ހޯދައި، ރޫހާނީ ލީޑަރުންގެ ގޮތުގައި ތިބެން: ޝަމްހީދު

03 ސެޕްޓެމްބަރު 2026
ސަރުކާރުގެ ވެރިން ބޭނުންވަނީ ބާރުތައް ނުހައްގުން ހޯދައި، ރޫހާނީ ލީޑަރުންގެ ގޮތުގައި ތިބެން: ޝަމްހީދު
27 އޯގަސްޓު 2026

ދައުލަތުގެ ހުރިހާ ބާރެއް މިހާރު އޮތީ ރައީސް އޮފީހުގެ ތެރޭގައި: މެންބަރު ޝަމްހީދު

27 އޯގަސްޓު 2026
ދައުލަތުގެ ހުރިހާ ބާރެއް މިހާރު އޮތީ ރައީސް އޮފީހުގެ ތެރޭގައި: މެންބަރު ޝަމްހީދު
26 އޯގަސްޓު 2026

އެމްއެމްއޭ އަކީ ރައީސް އޮފީހުން ހިންގާ ތަނެއް، ބޭރު ފައިސާގެ މައްސަލައަށް ގާނޫނެއް ހަދައިގެން ހައްލު ނުކުރެވޭނެ: މެންބަރު ޝަމްހީދު

26 އޯގަސްޓު 2026
އެމްއެމްއޭ އަކީ ރައީސް އޮފީހުން ހިންގާ ތަނެއް، ބޭރު ފައިސާގެ މައްސަލައަށް ގާނޫނެއް ހަދައިގެން ހައްލު ނުކުރެވޭނެ: މެންބަރު ޝަމްހީދު
20 އޯގަސްޓު 2026

ބޭރުފައިސާގެ ބިލަށް ކޮމިޓީން އިސްލާހު ގެނައީ ފަންނީ އެއްވެސް ބޭފުޅެއްގެ ލަފާ ހޯދުމެއް ނެތި: ޝަމްހީދު

20 އޯގަސްޓު 2026
ބޭރުފައިސާގެ ބިލަށް ކޮމިޓީން އިސްލާހު ގެނައީ ފަންނީ އެއްވެސް ބޭފުޅެއްގެ ލަފާ ހޯދުމެއް ނެތި: ޝަމްހީދު
18 އޯގަސްޓު 2026

މިއަދު ރާއްޖޭގައި 76 ބިލިއަން ރުފިޔާއާ ހަމައަށް ފައިސާ އެނބުރޭ، ޑޮލަރު ޝޯޓޭޖް އައިސްގެން އުޅެނީ ބޭކާރު ހަރަދު ކުރާތީ: މެންބަރު ޝަމްހީދު

18 އޯގަސްޓު 2026
މިއަދު ރާއްޖޭގައި 76 ބިލިއަން ރުފިޔާއާ ހަމައަށް ފައިސާ އެނބުރޭ، ޑޮލަރު ޝޯޓޭޖް އައިސްގެން އުޅެނީ ބޭކާރު ހަރަދު ކުރާތީ: މެންބަރު ޝަމްހީދު
18 އޯގަސްޓު 2026

މިއަދު ފެންނަމުންދަނީ ބާރުތައް ދޫކޮށްލައި، ލާމަރުކަޒުކޮށް ޤައުމު ހިންގަން ސަރުކާރު ބިރުން އުޅޭ މަންޒަރު: ޝަމްހީދު

18 އޯގަސްޓު 2026
މިއަދު ފެންނަމުންދަނީ ބާރުތައް ދޫކޮށްލައި، ލާމަރުކަޒުކޮށް ޤައުމު ހިންގަން ސަރުކާރު ބިރުން އުޅޭ މަންޒަރު: ޝަމްހީދު
17 އޯގަސްޓު 2026

މެންބަރު ޝަމްހީދު ކިޔާދެއްވީ ނ.އަތޮޅުގައި އޮތް ފަޅު އެސްއީޒެޑްގެ ދަށުން ޓައުންޝިޕްއަށް ބަދަލުވި ގޮތާއި ލިބުނު ގެއްލުން!

17 އޯގަސްޓު 2026
މެންބަރު ޝަމްހީދު ކިޔާދެއްވީ ނ.އަތޮޅުގައި އޮތް ފަޅު އެސްއީޒެޑްގެ ދަށުން ޓައުންޝިޕްއަށް ބަދަލުވި ގޮތާއި ލިބުނު ގެއްލުން!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް