Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއަންހެން ކުދިންގެ ދުވަސް

އަންހެން ކުދިން ބާރުވެރިކުރުވަން ދުރުވިސްނޭ ސިޔާސަތުތަކެއް ތަންފީޒު ކުރާނަން: ރައީސް މުއިއްޒު

11 އޮކްޓޯބަރު 2026 | އާދީއްތަ 09:14

ބައިނަލްއަގުވާމީ އަންހެން ކުދިންގެ ދުވަހާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ދެއްވި މެސެޖުގައި، އަންހެން ކުދިން ބާރުވެރިކުރުވައި އެކުދިންގެ ހައްގުތައް ރައްކާތެރިކުރުމަށް ބައިނަލްއަގުވާމީ މުޖުތަމައާއެކު ރާއްޖެއިން އަބަދުވެސް މަސައްކަތްކުރާނެކަމުގެ ޔަގީންކަން ވަނީ ދެއްވާފައި. މީގެ އިތުރުން، އަންހެން ކުދިންނަށް ތައުލީމާއި އެކި ދާއިރާތަކުން ފުރުސަތުތައް ފަހިކޮށްދިނުމަކީ ގައުމުގެ މުސްތަގުބަލަށް ކުރެވޭ މުހިންމު އިންވެސްޓެއްކަން އެ ދެކަނބަލުން ފާހަގަކުރެއްވި

އަމްނާ އިމާދު
އަމްނާ އިމާދު | 11 އޮކްޓޯބަރު 2026 | އާދީއްތަ 09:14
ސަރުކާރުން އަލަށް ފެށި "ރައްޔިތުންގެ އަޑު" ސިލްސިލާގައި ރައީސް މުއިއްޒު ރައްޔިތުންނާ ބައްދަލު ކުރައްވަނީ.

ސަރުކާރުން އަލަށް ފެށި "ރައްޔިތުންގެ އަޑު" ސިލްސިލާގައި ރައީސް މުއިއްޒު ރައްޔިތުންނާ ބައްދަލު ކުރައްވަނީ. | ރައީސް އޮފީސް

ސަރުކާރުގެ އަމާޒަކީ ޒުވާން އަންހެނުންނާއި އަންހެންކުދިންގެ ގާބިލުކަން އެންމެ ފުރިހަމަ ގޮތުގައި ހިފުމަށް ދުރުވިސްނޭ ސިޔާސަތުތައް ތަންފީޒުކޮށް، އެފަދަ ފުރުސަތުތައް ފަހިކޮށްދިނުން ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ. 

ބައިނަލްއަގުވާމީ އަންހެން ކުދިންގެ ދުވަހުގެ މުނާސަބަތުގައި އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް މުއިއްޒު ވިދާޅުވީ، ދުނިޔޭގެ އެކި ކަންކޮޅުތަކުގައިވާ އަންހެން ކުދިންގެ ހައްގުތައް ކުރިއެރުވުމަށާއި ރައްކާތެރި ކުރުމަށް ރާއްޖެއިން އަބަދުވެސް ބައިނަލްއަގުވާމީ މުޖުތަމައާއެކު ދެމިއޮންނާނެ ކަމަށެވެ. 

Advertisement - newsAdvertisement

ރައީސް މުއިއްޒު ވިދާޅުވީ، އަންހެން ކުދިންނާއި ޒުވާން އަންހެނުން ބާރުވެރިކުރުވައި، އެކުދިންގެ ގާބިލުކަން އެންމެ ފުރިހަމައަށް ހިފުމަށް މަގުފަހިކޮށްދިނުމަކީ ސަރުކާރުގެ މުހިންމު އަމާޒެއް ކަމަށެވެ. އަދި މުސްތަގުބަލުގެ ލީޑަރުންގެ ގޮތުގައި އެކުދިން ބިނާކުރުމަށާއި، ރައްކާތެރި އަދި އެހީތެރި މާހައުލެއްގައި ގައުމީ ތަރައްގީއަށް މާނަހުރި ޚިދުމަތްތަކެއް ކުރުމަށް ފުރުސަތު ހޯދައިދިނުމަށް އެކަށައަޅަންޖެހޭ ސިޔާސަތުތައް ކުރިއެރުވުމުގައި މި ސަރުކާރުން އަބަދުވެސް ދެމިއޮންނާނެ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

މިފަދަ އުންމީދުތައް ހަގީގަތަކަށް ހެދުމަށްޓަކައި އާއިލާތަކާއި މުޖުތަމައުތަކުން ފެށިގެން، ކަމާބެހޭ އެންމެހައި ފަރާތްތައް ޝާމިލުވާ ގޮތަށް މުޅި މުޖުތަމައުގެ އެއްބާރުލުން ބޭނުންވާކަން ރައީސް މުއިއްޒު ފާހަގަކުރެއްވި އެވެ. އަދި މިއަދު އަންހެން ދަރިންނަށް ކުރާ އިންވެސްޓަކީ، އެންމެންނަށްވެސް ހަމަހަމަ، އެންމެން ޝާމިލުވާ، އަދި ފާގަތި މުސްތަގުބަލެއް ބިނާކުރުމަށް ކުރެވޭ އިންވެސްޓެއް ކަމަށްވެސް އެމަނިކުފާނު ވިދާޅުވި އެވެ.

މީގެ އިތުރުން މި ދުވަހާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު ދެއްވި މެސެޖުގައި، ރާއްޖެއާއި ދުނިޔޭގެ އެކި ކަންކޮޅުތަކުގައިވާ އަންހެން ކުދިންގެ ހިތްވަރާއި، އުންމީދުތަކާއި، ނިމުމެއްނެތް ގާބިލުކަން ވަނީ ފާހަގަކުރައްވާފަ އެވެ. އަންހެން ކުދިންނަކީ ލީޑަރުންނާއި، އައު އީޖާދުތައް އުފައްދާ އަދި ހެޔޮ ބަދަލުތައް ގެނެސްދޭ ބައެއްކަން ފާހަގަކުރައްވައި، އެކުދިންގެ އަޑާއި، ހުނަރާއި އިސްނެގުމަކީ ވަރުގަދަ އަދި ވިލުންވެރި މުޖުތަމައުތަކެއް ބިނާކުރުމަށް ވަރަށް ބޮޑު އެހީތެރިކަމެއް ފޯރުކޮށްދޭ ކަންކަން ކަމަށް އެކަމަނާ ވިދާޅުވި އެވެ.

ސާޖިދާ ވިދާޅުވީ، އަންހެން ކުދިން ބާރުވެރިކުރެވިއްޖެނަމަ އެކުދިން ހަމައެކަނި ބަދަލުކޮށްލަނީ އަމިއްލަ ދިރިއުޅުން ނޫން ކަމަށާއި، އެކުދިން އުފުލަނީ މުޅި ގައުމުގެ މުސްތަގުބަލު ކަމަށެވެ.

އެގޮތުން ތައުލީމާއި، އާންމު ޚިދުމަތްތަކާއި، ވިޔަފާރިވެރިކަމާއި، ކުޅިވަރާއި އަދި މުޖުތަމަޢުގެ އިސްފަންތީގައި އަންހެން ކުދިންނާއި ޒުވާން އަންހެނުން އަދާކުރަމުންދާ ފާހަގަކޮށްލެވޭ ފަދަ މުހިންމު ދައުރު ރާއްޖެއިން ފެންނަމުންދާ ކަމަށް ސާޖިދާ ވިދާޅުވި އެވެ. އަދި އެކުދިންގެ އަގުނުކުރެވޭ ފަދަ ޚިދުމަތްތަކާއި ކާމިޔާބީތަކަކީ ވަރުގަދަ އަދި ދެމެހެއްޓެނިވި ގައުމެއް ބިނާކުރުމުގައި މުހިންމު ދައުރެއް އަދާކުރާ ކަންކަން ކަމުގައި އެކަމަނާ ވިދާޅުވި އެވެ.

ބައިނަލްއަގުވާމީ އަންހެން ކުދިންގެ ދުވަސްޑރ. މުހައްމަދު މުއިއްޒުސާޖިދާ މުޙައްމަދު

އެންމެ ހިނގާ

1

ކޮންމެ މީހަކުވެސް އެމީހަކު އުފައްދާ ކުނިބުނި އަމިއްލައަށް ސާފުކުރުން ޖެހޭނެ ކަމަށް ބުނެ ޣައްޒާއާ ބެހޭގޮތުން ދެއްކި ވާހަކަތަކަށް، ރަސްމާލޭގެ ބޮޑު ސަރަހައްދެއް ދީފައިވާ އީގަލް ހިލްސްގެ ވެރިޔާ އަލައްބާރަށް ގިނަ ބައެއްގެ ނުރުހުން!

2

ރަސްމާލޭގެ ބޮޑު ސަރަހައްދެއް ދީފައިވާ އީގަލް ހިލްސްގެ ވެރިޔާ އަލައްބާރު ޔަހޫދީންގެ ކައިވެނީގެ ހަފުލާއެއްގައި ދުޢާކުރި މަައްސަލަ، މިއީ އަނިޔާ ލިބެމުންދާ ފަލަސްތީނުގެ އަޚުންނާއި އުޚުތުންނަށް ކުރެވޭ ފުރައްސާރައެއް!

3

ރަސްމާލެ މަޝްރޫއަކީ ރާއްޖޭގައި ކާފަރުން ދާއިމީކޮށް ވަޒަންވެރިވެ، އެހެން ދީންތަކަށް އުޅުމުގެ މިނިވަންކަން ހޯދުމަށް ހުޅުވޭ ދޮރަކަށް ވެގެން ހިނގައިދާނެ: ޝެއިހް ނިޝާން

4

ރާއްޖޭގައި ހަރުކަށި ފިކުރު ފެތުރެމުންދާދިއުމާ މެދު ރައީސް ނަޝީދު ކަންބޮޑުވުން ފާޅުކުރައްވައިފި

5

ގަލޮޅު ގެއަކަށް ބަޔަކު ވަދެ ފޭރުނު މައްސަލައެއް!

އިތުރަށް ކިޔާލަން

10 އޮކްޓޯބަރު 2026

އޯގާތެރި އަދި ހަމަހަމަ ނަފްސާނީ ސިއްހަތުގެ ނިޒާމެއް ބިނާކުރުމުގެ މަަސައްކަތް ކުރަން ޖެހޭ: ރައީސް މުއިއްޒު

10 އޮކްޓޯބަރު 2026
އޯގާތެރި އަދި ހަމަހަމަ ނަފްސާނީ ސިއްހަތުގެ ނިޒާމެއް ބިނާކުރުމުގެ މަަސައްކަތް ކުރަން ޖެހޭ: ރައީސް މުއިއްޒު
05 އޮކްޓޯބަރު 2026

މުދައްރިސުންގެ އާންމު ހާލަތާއި ދުޅަހެޔޮ ކަމަށް އިސްކަންދީ، މަސައްކަތުގެ ބުރަ ލުއިކޮށްދޭނަން: ރައީސް މުއިއްޒު

05 އޮކްޓޯބަރު 2026
މުދައްރިސުންގެ އާންމު ހާލަތާއި ދުޅަހެޔޮ ކަމަށް އިސްކަންދީ، މަސައްކަތުގެ ބުރަ ލުއިކޮށްދޭނަން: ރައީސް މުއިއްޒު
04 އޮކްޓޯބަރު 2026

މުއިއްޒުގެ ހެޔޮފުޅުކަން ދައްކަން އަނެއްކާވެސް އުނބަށް

04 އޮކްޓޯބަރު 2026
މުއިއްޒުގެ ހެޔޮފުޅުކަން ދައްކަން އަނެއްކާވެސް އުނބަށް
01 އޮކްޓޯބަރު 2026

ރާއްޖޭގެ މިނިވަންކަމާއި އިސްތިޤްލާލަށް ބުރޫއަރަނީ ވެރިންނަށް ތަނެއްދޮރެއް ނޭނގޭތީ، "ގަމާރުން" ވެރިކަމުގައި ބަހައްޓަން ޖެހުނީމަ ކަމަށް ވިދާޅުވެ ރައީސް ނަޝީދުގެ ވަރުގަދަ ރައްދެއް މުއިއްޒު އަށް!

01 އޮކްޓޯބަރު 2026
ރާއްޖޭގެ މިނިވަންކަމާއި އިސްތިޤްލާލަށް ބުރޫއަރަނީ ވެރިންނަށް ތަނެއްދޮރެއް ނޭނގޭތީ، "ގަމާރުން" ވެރިކަމުގައި ބަހައްޓަން ޖެހުނީމަ ކަމަށް ވިދާޅުވެ ރައީސް ނަޝީދުގެ ވަރުގަދަ ރައްދެއް މުއިއްޒު އަށް!
29 ސެޕްޓެމްބަރު 2026

ސަރުކާރު އަދި ދައުލަތް! މިނިވަންކަމުގެ މާނަ ފަހުމުވުމަށް އުނދަގޫ ހާލަތެއްގައި

29 ސެޕްޓެމްބަރު 2026
ސަރުކާރު އަދި ދައުލަތް! މިނިވަންކަމުގެ މާނަ ފަހުމުވުމަށް އުނދަގޫ ހާލަތެއްގައި
26 ސެޕްޓެމްބަރު 2026

ރަސްމާލެ ޕްރޮޖެކްޓަށް ސަރުކާރުން އެއްވެސް ސޮވްރިން ގެރެންޓީއެއް އަދި ޓެކްސް ލުޔެއް ނުދޭ، ބިން ދެނީ ހަމައެކަނި ކުއްޔަށް: ރައީސް މުއިއްޒު

26 ސެޕްޓެމްބަރު 2026
ރަސްމާލެ ޕްރޮޖެކްޓަށް ސަރުކާރުން އެއްވެސް ސޮވްރިން ގެރެންޓީއެއް އަދި ޓެކްސް ލުޔެއް ނުދޭ، ބިން ދެނީ ހަމައެކަނި ކުއްޔަށް: ރައީސް މުއިއްޒު
24 ސެޕްޓެމްބަރު 2026

ރައީސް މުއިއްޒުގެ އަމަލުފުޅުތަކުގެ ސަބަބުން ދިވެހި ރައްޔިތެކޭ ބުނަންވެސް މިއަދު ވަނީ ޖޯކަކަށް: ތަޒްމީލް

24 ސެޕްޓެމްބަރު 2026
ރައީސް މުއިއްޒުގެ އަމަލުފުޅުތަކުގެ ސަބަބުން ދިވެހި ރައްޔިތެކޭ ބުނަންވެސް މިއަދު ވަނީ ޖޯކަކަށް: ތަޒްމީލް
22 ސެޕްޓެމްބަރު 2026

ވަޒީފާގެ ބިރުގައި ރައްޔިތުން ކުރާ ކަންކަމަކީ ސަރުކާރަށް ތާއީދު ކުރުމެކޭ ނުބުނެވޭނެ: ނާޒިލް

22 ސެޕްޓެމްބަރު 2026
ވަޒީފާގެ ބިރުގައި ރައްޔިތުން ކުރާ ކަންކަމަކީ ސަރުކާރަށް ތާއީދު ކުރުމެކޭ ނުބުނެވޭނެ: ނާޒިލް
21 ސެޕްޓެމްބަރު 2026

ރައީސުން ޖަލުގައި ތިއްބެވި ހާލަތާ މެދު ރައީސް މުއިއްޒު އެހާ ކަންބޮޑުވެވަޑައިގަންނަވާ ނަމަ، އެތަން 'ޕެންޓް ހައުސް' އަކަށް ބަދަލުކޮށް ފައިވް ސްޓަރ ފެންވަރަށް ބަދަލުކުރަންވީ ނޫންތޯ: ރައީސް ޔާމީން

21 ސެޕްޓެމްބަރު 2026
ރައީސުން ޖަލުގައި ތިއްބެވި ހާލަތާ މެދު ރައީސް މުއިއްޒު އެހާ ކަންބޮޑުވެވަޑައިގަންނަވާ ނަމަ، އެތަން 'ޕެންޓް ހައުސް' އަކަށް ބަދަލުކޮށް ފައިވް ސްޓަރ ފެންވަރަށް ބަދަލުކުރަންވީ ނޫންތޯ: ރައީސް ޔާމީން
20 ސެޕްޓެމްބަރު 2026

ޔާމީންގެ ފޮޓޯގެ އަނެއް ފަރާތުގައި މުއިއްޒު ލިޔުއްވި ވާހަކަތައް

20 ސެޕްޓެމްބަރު 2026
ޔާމީންގެ ފޮޓޯގެ އަނެއް ފަރާތުގައި މުއިއްޒު ލިޔުއްވި ވާހަކަތައް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް