Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ފީފާ ވޯލްޑް ކަޕް 2018

ފީފާ ވޯލްޑް ކަޕުން ޕޮލެންޑް ޖާގަ ހޯދައިފި

މިއީ ޕޮލެންޑް ވޯލްޑް ކަޕަށް ކޮލިފައިވި އަށްވަނަ ފަހަރު

މުޙައްމަދު ޒާހިރު
މުޙައްމަދު ޒާހިރު, ރާއްޖެ އެމްވީ | 8 އޮކްޓޯބަރު 2017 | އާދީއްތަ 18:28
ފީފާ ވޯލްޑް ކަޕް ކޮލިފައިންގ ގްރޫޕް ސްޓޭޖްގެ ފަހު މެޗަށް ނިކުތް ޕޮލެންޑްގެ ފުރަތަމަ އެގާރަ

ފީފާ ވޯލްޑް ކަޕް ކޮލިފައިންގ ގްރޫޕް ސްޓޭޖްގެ ފަހު މެޗަށް ނިކުތް ޕޮލެންޑްގެ ފުރަތަމަ އެގާރަ

އަންނަ އަހަރު ރަޝިއާގައި ބާއްވާ ފީފާ ވޯލްޑް ކަޕުން ޕޮލެންޑް ޖާގަ ހޯދައިފި އެވެ.

ދުނިޔޭގެ ތަށްޓަށް ފުޓްބޯޅަ މުބާރާތުގެ ޖާގަ ޕޮލެންޑް ކަށަވަރު ކުރީ، ޔޫރަޕްގެ ކޮލިފައިންގ ގްރޫޕް ސްޓޭޖްގެ ފަހު މެޗު ކާމިޔާބުކޮށް، ގްރޫޕް އީގެ އެއްވަނަ ހޯދައިގެންނެވެ.

ވޯލްޑް ކަޕް ކޮލިފައިންގ ގްރޫޕް އީގައި އާދީއްތަ ދުވަހުގެ ރޭ، އަމިއްލަ ދަނޑުގައި މޮންޓެނީގްރޯގެ މައްޗަށް ޕޮލެންޑް ކުރި ހޯދީ ހަތަރު ލަނޑު ދެ ލަނޑުން ނެވެ.

މިމެޗުގެ ހަވަނަ މިނެޓުގައި ޕޮލެންޑަށް ކުރި ހޯދައިދިނީ ކްރިޒިސްޓޯފް މަޒިންސްކީ އެވެ. އޭގެ ދިހަ މިނިޓު ފަހުން ޕޮލެންޑަށް ލީޑު ފުޅާ ކޮށްދިނީ ކަމިލް ގްރޮސިކީ އެވެ.

މިނަތީޖާގައި އޮވެ މެޗުގެ ފުރަތަމަ ހާފްގެ ކުޅުން ނިމުނުއިރު، ދެވަނަ ހާފްގައި މޮންޓެނީގްރޯ އިން ދެލަނޑު ޖަހާ ނަތީޖާ ހަމަހަމަ ކުރި އެވެ.

78 ވަނަ މިނެޓުގައި މޮންޓެނީގްރޯގެ ފުރަތަމަ ލަނޑު ޖަހައިދިނީ ސްޓެފަން މުގޯސާ އެވެ. 83 ވަނަ މިނިޓު ފަހުން އެޓީމަށް ނަތީޖާ ހަމަހަމަ ކޮށްދިނީ ޒަރްކޯ ތޮމަސެވިޗެވެ.

މޮންޓެނީގްރޯ އިން ނަތީޖާ ހަމަހަމަ ކުރިތާ 2 މިނިޓުވެސް ނުވަނީސް ބަޔާން މިއުނިކްގެ ފޯވާޑް ރޮބަޓް ލެވަންޑޮވްސްކީ ވަނީ ޕޮލެންޑަށް ދެވަނަ ފަހަރަށް ލީޑު ނަގައިދީފައިވެ އެވެ. ޕޮލެންޑްގެ ފަހު ލަނޑަކީ 87 ވަނަ މިނެޓުގައި މޮންޓެނީގްރޯގެ ފިލިޕް ސްޓޮޖްކޮވިޗް އަތުން ބައިކޮޅަށް ވަން ލަނޑެކެވެ.

މިރޭ މޮންޓެނީގްރޯ ކޮޅަށް ޖެހި ލަނޑާއެކު ޕޮލެންޑްގެ ކެޕްޓަން ލެވަންޑޮވްސްކީ، ވޯލްޑް ކަޕް ކޮލިފައިންގ ބުރު ނިންމާލީ ލަނޑު ލިސްޓުގެ ކުރީގައި އޮވެގެންނެވެ. ވޯލްޑް ކަޕް ކޮލިފައިންގ ޔޫރަޕްގެ ގްރޫޕް ސްޓޭޖްގައި ކުޅުނު 10 މެޗުން ލެވަންޑޮވްސްކީ ވަނީ 16 ލަނޑު ޖަހާފައެވެ.

މިގްރޫޕްގައި މިރޭ ދެން ކުޅުނު ދެމެޗު ވެސް ނިމުނީ އެއްވަރު ވެގެންނެވެ. އަމިއްލަ ދަނޑުގައި ރޮމޭނިއާ އާއި ދެކޮޅަށް ޑެންމާކް ކުޅުނު މެޗު އެއް ލަނޑު އެއް ލަނޑުން އެއްވަރުވިއިރު، ކަޒަކިސްތާނާއި އަރްމީނިއާ ބައްދަލު ކުރި މެޗުވެސް ނިމުނީ ހަމަ މިނަތީޖާ އިންނެވެ.

ފީފާ ވޯލްޑް ކަޕް ކޮލިފައިންގައި ގްރޫޕް އީގެ މެޗުތައް ކުޅެ ނިމިފައިވާއިރު، ގްރޫޕްގެ އެއްވަނަ ޕޮލެންޑް ހޯދީ 10 މެޗުން 25 ޕޮއިންޓް ހަމަކޮށް ގެންނެވެ. 20 ޕޮއިންޓާއެކު ގްރޫޕްގެ ދެވަނަ ހޯދައިގެން ޑެންމާކް ވަނީ ފީފާ ވޯލްޑް ކަޕް ކޮލިފައިންގެ ޕްލޭ އޯފްގެ ޖާގަ ކަށަވަރު ކޮށްފައެވެ. މިގްރޫޕްގައި ހިމެނޭ އެހެން ގައުމުތަކަށް ބަލާއިރު، ތިންވަނާގައިވާ މޮންޓެނީގްރޯ އަށް ލިބިފައިވަނީ 16 ޕޮއިންޓެވެ. 13 ޕޮއިންޓާއެކު ރޮމޭނިއާ މިގްރޫޕްގެ ހަތަރުވަނަ ހޯދިއިރު، ފަސްވަނާގައިވާ އަރްމީނިއާ އަށް ލިބިފައިވަނީ 7 ޕޮއިންޓެވެ. 3 ޕޮއިންޓާއެކު މިގްރޫޕްގެ ފުލުގައި ވަނީ ކަޒަކިސްތާނެވެ.

ޕޮލެންޑް އެންމެ ފަހުން ފީފާ ވޯލްޑް ކަޕްގައި ވާދަކޮށްފައި ވަނީ 2006 ވަނަ އަހަރު ޖަރުމަނުގައި ބޭއްވި މުބާރާތުގައެވެ. އަންނަ އަހަރުގެ މުބާރާތް ވެގެންދާނީ ޕޮލެންޑް ވާދަކުރާ 8 ވަނަ ވޯލްޑް ކަޕަށެވެ. ޕޮލެންޑް ވަނީ 1974 ވަނަ އަހަރު ހުޅަނގު ޖަރުމަނުގައި ބޭއްވި މުބާރާތާއި، 1982 ވަނަ އަހަރު ސްޕެއިންގައި ބޭއްވި މުބާރާތުގެ ތިންވަނަ ހޯދާފައެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

އޮފީސް ހޭންޑްބޯލް: ފައިނަލްގެ ދެވަނަ ޖާގަ ޔޫތު މިނިސްޓްރީއަށް

އޮފީސް ހޭންޑްބޯލް: ފައިނަލްގެ ދެވަނަ ޖާގަ ޔޫތު މިނިސްޓްރީއަށް

09 ފެބުރުއަރީ 2017
ވެލެންސިއާގެ ޓާގެޓަކީ އޭއެފްސީ ކަޕްގެ ގްރޫޕް ސްޓޭޖުން ޖާގައެއް ހޯދުން: ފެސްކޯ

ވެލެންސިއާގެ ޓާގެޓަކީ އޭއެފްސީ ކަޕްގެ ގްރޫޕް ސްޓޭޖުން ޖާގައެއް ހޯދުން: ފެސްކޯ

07 ފެބުރުއަރީ 2017
ޗެމްޕިއަންސް ލީގުގެ ޖާގައަކަށް އެންމެ ފަހުވަގުތާ ޖެހެންދެންވެސް މަސައްކަތްކުރާނަން: ގާޑިއޯލާ

ޗެމްޕިއަންސް ލީގުގެ ޖާގައަކަށް އެންމެ ފަހުވަގުތާ ޖެހެންދެންވެސް މަސައްކަތްކުރާނަން: ގާޑިއޯލާ

02 ފެބުރުއަރީ 2017
ވައިޑީޕީ އަށް ބޮޑު ތަރުހީބެއް ލިބޭ، އެހެނަސް ޖާގައިގެ ދަތިކަން އިންތިހާއަށް ބޮޑު: ޝާޒް

ވައިޑީޕީ އަށް ބޮޑު ތަރުހީބެއް ލިބޭ، އެހެނަސް ޖާގައިގެ ދަތިކަން އިންތިހާއަށް ބޮޑު: ޝާޒް

26 ޖެނުއަރީ 2017
ވުމެންސް ވޮލީބޯލް ވޯލްޑް ޗެމްޕިއަންޝިޕް: ނޭޕާލް ޓީމު ރާއްޖެ އަތުވެއްޖެ

ވުމެންސް ވޮލީބޯލް ވޯލްޑް ޗެމްޕިއަންޝިޕް: ނޭޕާލް ޓީމު ރާއްޖެ އަތުވެއްޖެ

26 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

21 އެޕްރީލު
އެސްޓޯނިއާ ދަތުރު އަދި މޯލްޑިވްސް 2.0 ގެ ފަހަތުގައި އޮތް ސިއްރަކީ އިލެކްޓްރޯނިކް ވޯޓިން: މަޚްލޫފް
20251 އަހަރު ކުރިން
ރާއްޖެ

އެސްޓޯނިއާ ދަތުރު އަދި މޯލްޑިވްސް 2.0 ގެ ފަހަތުގައި އޮތް ސިއްރަކީ އިލެކްޓްރޯނިކް ވޯޓިން: މަޚްލޫފް

މަޖިލިސް އިންތިހާބުގެ ކެމްޕޭންގެ ތެރޭގައި ވޯޓު ގަތުމާއި ދައުލަތުގެ މުދަލާއި ވަސީލަތްތައް ނަހަމަ ގޮތުގައި ބޭނުންކޮށްފައިވޭ - ޓްރާންސްޕޭރެންސީ
20242 އަހަރު ކުރިން
ރާއްޖެ

މަޖިލިސް އިންތިހާބުގެ ކެމްޕޭންގެ ތެރޭގައި ވޯޓު ގަތުމާއި ދައުލަތުގެ މުދަލާއި ވަސީލަތްތައް ނަހަމަ ގޮތުގައި ބޭނުންކޮށްފައިވޭ - ޓްރާންސްޕޭރެންސީ

ހޫނުމިން 40ށް އަރާ، ސަމާލުވުމަށް އިލްތިމާސްކޮށްފި
20233 އަހަރު ކުރިން
ރާއްޖެ

ހޫނުމިން 40ށް އަރާ، ސަމާލުވުމަށް އިލްތިމާސްކޮށްފި

ކިޑްނީގެ ދުޅަހެޔޮކަމަށް ފެނުގެ މުހިންމުކަން
20224 އަހަރު ކުރިން
ސިއްހަތު

ކިޑްނީގެ ދުޅަހެޔޮކަމަށް ފެނުގެ މުހިންމުކަން

 ޗިކެން ޕަނީނީ ސޭންޑްވިޗް
20215 އަހަރު ކުރިން
ލައިފް ސްޓައިލް

ޗިކެން ޕަނީނީ ސޭންޑްވިޗް

ޝިމާ އަންދާލާފައިވާ ކަމަށް ބުނެ ލިބުނު މައުލޫމާތަކާ ގުޅިގެން ފުލުހުން ދެ ރަށެއް ބަލައި ފާސްކޮށްފި
20197 އަހަރު ކުރިން
ރާއްޖެ

ޝިމާ އަންދާލާފައިވާ ކަމަށް ބުނެ ލިބުނު މައުލޫމާތަކާ ގުޅިގެން ފުލުހުން ދެ ރަށެއް ބަލައި ފާސްކޮށްފި

ނިވާކަން ކުޑަ ހެދުންލައިގެން މޮޑެލްކުރުމުން އިލްމުވެރިން ރަތަށް، ސަރުކާރު ހިމޭނުން!
20188 އަހަރު ކުރިން
ރާއްޖެ

ނިވާކަން ކުޑަ ހެދުންލައިގެން މޮޑެލްކުރުމުން އިލްމުވެރިން ރަތަށް، ސަރުކާރު ހިމޭނުން!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު