Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެފ. ނިލަންދޫ

ނިލަންދޫ ނަރުދަމާގެ މަސައްކަތް ލަސްވެ ރައްޔިތުންނަށް ބޮޑު ތަކުލީފެއް: ނަޖިސް ބޭރުކުރަނީ ބައުޒަރު ބޭނުންކޮށްގެން!

10 އޮކްޓޯބަރު 2026 | ހޮނިހިރު 07:25

ނިލަންދޫގެ ނަރުދަމާ ނިޒާމު ގާއިމުކުރުމުގެ މަޝްރޫއު ލަސްވުމުގެ ސަބަބުން، މަގުމަތީގެ ޖަންކްޝަންތަކުން ނަޖިސް ބޭރުވެ ރައްޔިތުންނަށް ބޮޑެތި ތަކުލީފުތަކަކާ ވަނީ ކުރިމަތިލާން ޖެހިފައި. މި މައްސަލައާ ގުޅިގެން ކައުންސިލް މެންބަރު ޝަފީގު ވިދާޅުވީ، އެމްޑަބްލިޔުއެސްސީއާ ހަވާލުކޮށްފައިވާ މި މަސައްކަތް ނުނިމި ދިގުލައިގެންދާތީ، ކޮންމެ ދުވަހަކު ބައުޒަރު ބޭނުންކޮށްގެން ނަޖިސް ހުސްކުރަން ޖެހުމުގެ ކަންބޮޑުވުން އިންތިހާއަށް އެބަ އޮތް ކަމަށް

އަމްނާ އިމާދު
އަމްނާ އިމާދު | 10 އޮކްޓޯބަރު 2026 | ހޮނިހިރު 07:25

ފ.ނިލަންދޫގެ ފެނާއި ނަރުދަމާގެ މަޝްރޫއު ކުރިއަށްދާ ގޮތުން ކަންބޮޑުވުން ފާޅުކުރައްވާ، އެރަށުގެ ކައުންސިލް މެންބަރު އަހުމަދު ޝަފީގު ރާއްޖެޓީވީއަށް އިންޓަވިއު ދެއްވަނީ | ރާއްޖެއެމްވީ

ފ. ނިލަންދޫގެ ނަރުދަމާ ނިޒާމު ގާއިމުކުރުމުގެ އަމަލީ މަސައްކަތް އެކަށީގެންވާ ދުވެއްޔެއްގައި ކުރިއަށް ނުގޮސް ދިގުލައިގެން ދިއުމުގެ ސަބަބުން، އެ ރަށުގެ މަގުތަކުން ނަޖިސް ބޭރުކުރުމަށް ކޮންމެ ދުވަހަކު ބައުޒަރު ބޭނުންކުރަން ޖެހި ރައްޔިތުންނަށް ބޮޑެތި ތަކުލީފުތަކަކާ ކުރިމަތިލާން ޖެހިއްޖެ އެވެ.

މި މައްސަލައާ ގުޅޭގޮތުން ރާއްޖެޓީވީއަށް ދެއްވި އިންޓަވިއުއެއްގައި ނިލަންދޫ ކައުންސިލްގެ މެންބަރު އަހުމަދު ޝަފީގު ވިދާޅުވީ، ރަށުގެ މަގުމަތީގައި ހުންނަ ޖަންކްޝަންތަކުން ފުރިގެން ބޭރުވާ ނަޖިސް ނެގުމުގެ މަސައްކަތް 24 ގަޑިއިރު ހުއްޓުމެއް ނެތި ކުރަން ޖެހިފައިވާ ކަމަށެވެ.

Advertisement - newsAdvertisement

މޫސުން ގޯސްވެ ވިއްސާރަވާ ދުވަސްވަރު ދުވާލެއްގެ މައްޗަށް 20 އާއި 30 އާ ދެމެދުގެ އަދަދަކަށް ބައުޒަރު ފުރައިގެން ނަޖިސް އުކަން ޖެހޭ ކަމަށާއި، މިކަމުގެ ސަބަބުން އާންމު ދަތުރުފަތުރަށާއި ހިނގާބިނގާވެ އުޅުމަށް ބޮޑެތި ދަތިތަކެއް ކުރިމަތިވަމުންދާ ކަން އޭނާ ވިދާޅުވި އެވެ.

ނަމަވެސް، މި ހާލަތުގައި ވެސް ރައްޔިތުންނަށް ދިމާވާ ތަކުލީފު ކުޑަކުރުމަށްޓަކައި ހުއްޓުމެއް ނެތި ބުރަ މަސައްކަތް ކުރަމުންދާ މުވައްޒަފުންގެ މަސައްކަތް ޝަފީގު ފާހަގަކުރެއްވި އެވެ. 

މީގެ އިތުރުން އެރަށުގައި ގާއިމުކުރަމުންދާ ޕަންޕް ސްޓޭޝަންއާ ގުޅޭގޮތުން ޝަފީގު ވިދާޅުވީ، އެމްޑަބްލިޔުއެސްސީއާ ހަވާލުކޮށްގެން ކުރިއަށްގެންދާ މި މަޝްރޫއަކީ 500 ދުވަހުގެ ތެރޭގައި ނިންމުމަށް ހަވާލުކުރެވުނު މަޝްރޫއެއް ކަމަށެވެ. ނަމަވެސް، މަޝްރޫއުގެ މުއްދަތު ހަމަވާން ގާތްގަނޑަކަށް 100 އެއްހާ ދުވަހަށް ވެފައި އޮއްވައި، ކައުންސިލް އިންތިޚާބާ ދިމާކޮށް ފެށި މި މަސައްކަތް ކުރިއަށް ދަނީ ވަރަށް ލަސް ދުވެއްޔެއްގައި ކަމަށް އޭނާ ވިދާޅުވި އެވެ. 

މި މަޝްރޫއުގެ ދަށުން ޕަންޕް ސްޓޭޝަންގެ ގޮތުގައި 5 ތަނެއްގެ މަސައްކަތް މިހާރު ވެސް ކުރިއަށްދާކަން ފާހަގަކުރައްވައި ޝަފީގު ވިދާޅުވީ، މިއަދާ ހަމައަށް އައިއިރު އެއިން އެއްވެސް ތަނެއްގެ މަސައްކަތް އެއްކޮށް ނިމިފައި ނުވާ ކަމަށެވެ. އަދި  މަސައްކަތް އެއްކޮށް ހުއްޓިފައި ނެތް ނަމަވެސް، މަސައްކަތުގެ ދުވެލި މާބޮޑަށް ދަށްވުމުގެ ސަބަބުން ނިލަންދޫ ރައްޔިތުން އުފުލަންޖެހިފައިވާ ތަކުލީފުތަކަށް އަވަސް ހައްލެއް ނުލިބި ދިގުލައިގެންދާތީ އެކަމުގެ ކަންބޮޑުވުން އިންތިހާއަށް އެބައޮތް ކަމަށް ޝަފީގު ވިދާޅުވި އެވެ. 

އަހުމަދު ޝަފީގުއެމްޑަބްލިޔުއެސްސީ ފ. ނިލަންދޫފެނާއި ނަރުދަމާގެ ނިޒާމު

އެންމެ ހިނގާ

1

ކޮންމެ މީހަކުވެސް އެމީހަކު އުފައްދާ ކުނިބުނި އަމިއްލައަށް ސާފުކުރުން ޖެހޭނެ ކަމަށް ބުނެ ޣައްޒާއާ ބެހޭގޮތުން ދެއްކި ވާހަކަތަކަށް، ރަސްމާލޭގެ ބޮޑު ސަރަހައްދެއް ދީފައިވާ އީގަލް ހިލްސްގެ ވެރިޔާ އަލައްބާރަށް ގިނަ ބައެއްގެ ނުރުހުން!

2

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާނެކަން ފައިސަލް އިއުލާނު ކުރައްވައިފި، ރަނިންމޭޓަކަށް މޭޔަރު އާޒިމް

3

ރަސްމާލޭގެ ބޮޑު ސަރަހައްދެއް ދީފައިވާ އީގަލް ހިލްސްގެ ވެރިޔާ އަލައްބާރު ޔަހޫދީންގެ ކައިވެނީގެ ހަފުލާއެއްގައި ދުޢާކުރި މަައްސަލަ، މިއީ އަނިޔާ ލިބެމުންދާ ފަލަސްތީނުގެ އަޚުންނާއި އުޚުތުންނަށް ކުރެވޭ ފުރައްސާރައެއް!

4

މާލެއާއި ހުޅުމާލޭގެ ބޮޑެތި މަގުތަކުގައި ދުވާ މީހުން އިތުރުވެ އާންމުންގެ ކަންބޮޑުވުން

5

ރަސްމާލެ މަޝްރޫއަކީ ރާއްޖޭގައި ކާފަރުން ދާއިމީކޮށް ވަޒަންވެރިވެ، އެހެން ދީންތަކަށް އުޅުމުގެ މިނިވަންކަން ހޯދުމަށް ހުޅުވޭ ދޮރަކަށް ވެގެން ހިނގައިދާނެ: ޝެއިހް ނިޝާން

އިތުރަށް ކިޔާލަން

27 ސެޕްޓެމްބަރު 2026

ރައީސް މުއިއްޒުއަކަށް ތާއީދެއް ނެތް، މާތްﷲ އަށް ތެދުވެރިނުވި މީހަކު ރައްޔިތުންނަކަށް ވެސް ތެދުވެރިއެއް ނުވާނެ: ޖަލީލް

27 ސެޕްޓެމްބަރު 2026
ރައީސް މުއިއްޒުއަކަށް ތާއީދެއް ނެތް، މާތްﷲ އަށް ތެދުވެރިނުވި މީހަކު ރައްޔިތުންނަކަށް ވެސް ތެދުވެރިއެއް ނުވާނެ: ޖަލީލް
27 ސެޕްޓެމްބަރު 2026

"ރައީސަކު ވެރިކަމަށް ގެނައުމަށް ނުކުރާހާ މަސައްކަތް މުއިއްޒު ވެރިކަމަށް ގެނައުމަށް ކުރެވުނު، މިހާ އަވަހަށް ތާއީދު ގެއްލުނު ވެރިއަކުވެސް ނެތް"

27 ސެޕްޓެމްބަރު 2026
"ރައީސަކު ވެރިކަމަށް ގެނައުމަށް ނުކުރާހާ މަސައްކަތް މުއިއްޒު ވެރިކަމަށް ގެނައުމަށް ކުރެވުނު، މިހާ އަވަހަށް ތާއީދު ގެއްލުނު ވެރިއަކުވެސް ނެތް"
11 ސެޕްޓެމްބަރު 2026

ބ. ފުޅަދޫގައި ކުރީ ސަރުކާރުން ފެށި ފެނުގެ ނިޒާމް ގާއިމުކުރުމުގެ މަސައްކަތް މި ސަރުކާރު އައިފަހުން އެއްވެސް ވަރަކަށް ކުރިއަށް ނުދޭ!

11 ސެޕްޓެމްބަރު 2026
ބ. ފުޅަދޫގައި ކުރީ ސަރުކާރުން ފެށި ފެނުގެ ނިޒާމް ގާއިމުކުރުމުގެ މަސައްކަތް މި ސަރުކާރު އައިފަހުން އެއްވެސް ވަރަކަށް ކުރިއަށް ނުދޭ!
10 ސެޕްޓެމްބަރު 2026

ނިލަންދޫ ޖެންޑަރ އިމާރާތުގައި ފެންބޮޑުވުމުން އެމްއެންޑީއެފް އިން އެހީތެރިކަން ފޯރުކޮށްދީފި

10 ސެޕްޓެމްބަރު 2026
ނިލަންދޫ ޖެންޑަރ އިމާރާތުގައި ފެންބޮޑުވުމުން އެމްއެންޑީއެފް އިން އެހީތެރިކަން ފޯރުކޮށްދީފި
07 ސެޕްޓެމްބަރު 2026

ދިރާގުގެ މެޖޯރިޓީ ހިއްސާ ސަރުކާރަށް ހޯދައި، އެމްޑަބްލިއުއެސްސީ ސައްތައިން ސައްތަ ދިވެހި ކުންފުންޏަކަށް ހަދަނީ

07 ސެޕްޓެމްބަރު 2026
ދިރާގުގެ މެޖޯރިޓީ ހިއްސާ ސަރުކާރަށް ހޯދައި، އެމްޑަބްލިއުއެސްސީ ސައްތައިން ސައްތަ ދިވެހި ކުންފުންޏަކަށް ހަދަނީ
13 އޯގަސްޓު 2026

ލާމަރުކަޒީ ނިޒާމަށް ގެންނަ ބަދަލުތަކުގެ ސަބަބުން ސަރުކާރުގެ ވެރިންނަށް ރަަަށްތަކަށް ނޭރޭނެ ދުވަސް އަންނާނެ: ޝަފީގު

13 އޯގަސްޓު 2026
ލާމަރުކަޒީ ނިޒާމަށް ގެންނަ ބަދަލުތަކުގެ ސަބަބުން ސަރުކާރުގެ ވެރިންނަށް ރަަަށްތަކަށް ނޭރޭނެ ދުވަސް އަންނާނެ: ޝަފީގު
13 އޯގަސްޓު 2026

ކުރީގެ ރައީސް ސޯލިހުގެ ސަރުކާރުގައި، ނެއްލައިދޫގައި ކުރިއަށްގެންދިޔަ ފެނާއި ނަރުދަމާ ނިޒާމު ގާއިމުކުރުމުގެ މަޝްރޫއުގެ އަމަލީ މަސައްކަތް ނިންމައިފި

13 އޯގަސްޓު 2026
ކުރީގެ ރައީސް ސޯލިހުގެ ސަރުކާރުގައި، ނެއްލައިދޫގައި ކުރިއަށްގެންދިޔަ ފެނާއި ނަރުދަމާ ނިޒާމު ގާއިމުކުރުމުގެ މަޝްރޫއުގެ އަމަލީ މަސައްކަތް ނިންމައިފި
09 އޯގަސްޓު 2026

ހިރިމަރަދޫ ރައްޔިތުންގެ އަސާސީ ހައްގުތައް ގެއްލެމުންދާތީ އެމްޑީޕީ އިން އެކަން އެޗްއާރްސީއެމްގެ ސަމާލުކަމަށް ގެނެސްފި

09 އޯގަސްޓު 2026
ހިރިމަރަދޫ ރައްޔިތުންގެ އަސާސީ ހައްގުތައް ގެއްލެމުންދާތީ އެމްޑީޕީ އިން އެކަން އެޗްއާރްސީއެމްގެ ސަމާލުކަމަށް ގެނެސްފި
29 ޖުލައި 2026

ނާލާފުށީގައި ފެނާއި ނަރުދަމާގެ މަސައްކަތް ލަސްވެ ރައްޔިތުން ނަޖިސް ފެނުން ތާހިރުވާންޖެހޭ ހިސާބުގައި އޮތުމުން ރައީސަށް އާދޭހެއް!

29 ޖުލައި 2026
ނާލާފުށީގައި ފެނާއި ނަރުދަމާގެ މަސައްކަތް ލަސްވެ ރައްޔިތުން ނަޖިސް ފެނުން ތާހިރުވާންޖެހޭ ހިސާބުގައި އޮތުމުން ރައީސަށް އާދޭހެއް!
09 ޖުލައި 2026

ފެނަކައިގެ ކުރީގެ އެމްޑީ މުއާޒް، އެމްޑަބްލިއުއެސްސީގެ ޑީއެމްޑީ އަކަށް އައްޔަނުކޮށްފި

09 ޖުލައި 2026
ފެނަކައިގެ ކުރީގެ އެމްޑީ މުއާޒް، އެމްޑަބްލިއުއެސްސީގެ ޑީއެމްޑީ އަކަށް އައްޔަނުކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް