Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެޔުނިވަރސިޓީ

އަމިއްލަ ކޮލެޖުތައް ޔުނިވަރސިޓީއެއްގެ ގޮތުގައި ރަޖިސްޓްރީކޮށްދޭނީ ކޮލެޖެއްގެ ގޮތުގައި ހިންގާތާ 15 އަހަރުވުމުން!

27 ސެޕްޓެމްބަރު 2026 | އާދީއްތަ 07:21

ރާއްޖޭގައި އަމިއްލަ ކޮލެޖުތައް ޔުނިވަރސިޓީއަށް ބަދަލުކުރެވޭނީ ކޮލެޖެއްގެ ގޮތުގައި 15 އަހަރު ހިންގުމާއެކު، ދެ އަހަރު ތެރޭ ޕީއެޗްޑީ ފެންވަރުގެ ކޯހެއް ފަށާނެ ކަމުގެ ޔަގީންކަން އޮތުމުން. މި ބަދަލާއެކު ޔުނިވަރސިޓީތަކަށް އަމިއްލަ ސަނަދު ދިނުމުގެ ބާރު ލިބިގެންދާއިރު، ރަޖިސްޓްރީވުމަށް 100،000 ރުފިޔާގެ ފީއެއް ދައްކަންޖެހޭ

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 27 ސެޕްޓެމްބަރު 2026 | އާދީއްތަ 07:21
2024 ވަނަ އަހަރުގެ ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ދަސްވެނިވުމުގެ ރަސްމިއްޔާތު

2024 ވަނަ އަހަރުގެ ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ދަސްވެނިވުމުގެ ރަސްމިއްޔާތު | ރައީސް އޮފީސް

ދިވެހިރާއްޖޭގައި ޔުނިވަރސިޓީތައް ރަޖިސްޓަރީކޮށް ހިންގުމުގެ ގަވާއިދު ގެޒެޓުކޮށް އާންމުކޮށްފި އެވެ.

މި ގަވާއިދުގެ ދަށުން ދިވެހިރާއްޖޭގައި ހިންގާ އަމިއްލަ ކޮލެޖުތަކަށް ޔުނިވަރސިޓީއެއްގެ ގޮތުގައި ރަޖިސްޓަރީވުމުގެ ފުރުސަތު ފަހިވެގެންދާނެ އެވެ.

Advertisement - newsAdvertisement

ގަވާއިދުގައިވާ ގޮތުން އަމިއްލަ ކޮލެޖުތައް ޔުނިވަރސިޓީއެއްގެ ގޮތުގައި ރަޖިސްޓަރީކޮށްދޭނީ ކޮލެޖެއްގެ ގޮތުގައި ހިންގާތާ ފަނަރަ އަހަރުވުމުންނެވެ. މީގެ އިތުރުން ބޭރު ގައުމެއްގައި އެ ގައުމެއްގެ ސަރުކާރުން ބަލައިގަންނަ ޔުނިވަރސިޓީއެއްގެ ގޮތުގައި ހިންގާތާ ދިހަ އަހަރުވުމާއެކު ތިން ދާއިރާއަކުން ބެޗެލާސް ޑިގްރީއާއި މާސްޓާސް ޑިގްރީއާ ދެމެދުގެ ކޯސްތައް ހިންގުމަކީ ވެސް ޝަރުތެއްކަމަށް ބުނެފައިވެ އެވެ.

މި ގަވާއިދުގެ ދަށުން ޔުނިވަރސިޓީއެއް ރަޖިސްޓަރީކުރުމާއެކު އެ އުފެދިގެން ދަނީ ވަކި ގާނޫނީ ޝަޚްސެއްގެ ގޮތުގައިކަމަށް ގަވާއިދުގައި ބުނެފައިވެ އެވެ.

ޔުނިވަރސިޓީއެއްގެ މަސްއޫލިއްޔަތުތަކުގެ ތެރޭގައި އިލްމީ ގޮތުން އެންމެ މަތީ ފެންވަރަށް ވާސިލުވުމަށްޓަކައި ހިންގަންޖެހޭ މަތީ ތައުލީމާއި ތަމްރީނުގެ ޕްރޮގްރާމްތައް ހިންގުމާއި ޔުނިވަރސިޓީގައި ހިންގާ ޕްރޮގްރާމާއި ތަމްރީނުތަކާ ގުޅިގެން ދޭންޖެހޭ ސަނަދުތަކާއި އެވޯޑުތައް ދިނުން ހިމެނެ އެވެ.

ޔުނިވަރސިޓީއެއްގެ ގޮތުގައި ރަޖިސްޓަރީކުރަން ޕްރޮޕޯޒަލް ހުށަހަޅާނީ އެކަމަށް މަތީ ތައުލީމާ ބެހޭ ވުޒާރާއިން ހާއްސަކުރާ ޕޯޓަލަށްކަމަށް ގަވާއިދުގައި ބުނެފައިވެ އެވެ. ޕްރޮޕޯޒަލް ބަލައިގަންނަތާ ތިން މަސްދުވަހުގެ ތެރޭގައި އެސެސްމަންޓް ރިޕޯޓު ތައްޔާރުކޮށް އެކަމާމެދު ގޮތެއް ނިންމަންޖެހޭކަމަށް ގަވާއިދުގައި ބަޔާންކޮށްފައިވެ އެވެ.

ޔުނިވަރސިޓީގެ މައި ކެމްޕަސް ރަޖިސްޓަރީކުރަން 100،000 ރުފިޔާގެ ފީއެއް ދައްކަންޖެހޭނެކަމަށް ވެސް ގަވާއިދުގައި ބުނެފައިވެ އެވެ. އަދި ޔުނިވަރސިޓީއަކަށް ވުމުން ދެ އަހަރުގެ ތެރޭގައި މަދުވެގެން ޕީއެޗްޑީ ލެވެލްގެ އެއް ޕްރޮގްރާމް ހިންގަންޖެހޭނެ އެވެ.

ޔުނިވަރސިޓީކޮލެޖްމަތީ ތައުލީމް

އެންމެ ހިނގާ

1

މީދޫ އިން ރައީސްގެ އަނބިކަނބަލުން ސާޖިދާގެ ބޮޑުބޭބެ އާއި ޕީއެންސީގެ ބަޔަކު ރާއްޖެޓީވީގެ ޓީމަށް ހަމަލާދޭން މަސައްކަތްކޮށް، މާރާމާރީ ހިންގައިފި

2

ރަސްމާލެ މަޝްރޫއާ ގުޅޭ ލިޔެކިޔުންތަކެއް ގެއްލިގެން ފުލުހުންގެ ފޮރެންސިކް ޓީމެއް ހައުސިންގ މިނިސްޓްރީ އަށް!

3

މަޖިލީހުގެ ރައީސް އަބްދުއްރަޙީމްގެ ޕާކިސްތާނު ދަތުރުފުޅު ގާނޫނީ އިމުން ބޭރުގައި! ރައީސް މުއިއްޒު ކޮބައިތޯ؟

4

ސޯސަންމަގުގައި ހިނގި ނުރައްކާތެރި އެކްސިޑެންޓް: އަނިޔާވި 26 އަހަރުގެ ޒުވާނާ ނިޔާވެއްޖެ

5

ރައީސް އުޅުއްވަނީ އިހުތިރާމް ކެމްޕެއިން ހިންގަވަން، މެޑަމް ސާޖިދާގެ އާއިލީ ބޭފުޅުން އުޅެނީ މާރާމާރީ ހިންގަން!

އިތުރަށް ކިޔާލަން

02 އެޕްރީލު 2026

2026 ވަނަ އަހަރުގެ ސްޓޫޑެންޓް ލޯނަށް އެދުމުގެ ފުރުޞަތު ހުޅުވާލައިފި

02 އެޕްރީލު 2026
2026 ވަނަ އަހަރުގެ ސްޓޫޑެންޓް ލޯނަށް އެދުމުގެ ފުރުޞަތު ހުޅުވާލައިފި
25 ސެޕްޓެމްބަރު 2025

ޔޫޑަބްލިއުސީ އިން ދިވެހި 3 ދަރިވަރަކަށް ބޭރުގެ ސްކޮލަރޝިޕް އެއް

25 ސެޕްޓެމްބަރު 2025
ޔޫޑަބްލިއުސީ އިން ދިވެހި 3 ދަރިވަރަކަށް ބޭރުގެ ސްކޮލަރޝިޕް އެއް
21 ސެޕްޓެމްބަރު 2025

ގަވާއިދާ ޚިލާފަށް ލަންކާގައި ހިންގާ ކޯސްތަކަށް ސަމާލުވުމަށް އެމްކިއުއޭއިން އިލްތިމާސްކޮށްފި

21 ސެޕްޓެމްބަރު 2025
ގަވާއިދާ ޚިލާފަށް ލަންކާގައި ހިންގާ ކޯސްތަކަށް ސަމާލުވުމަށް އެމްކިއުއޭއިން އިލްތިމާސްކޮށްފި
16 ސެޕްޓެމްބަރު 2025

ބީއެމްއެލްގެ އިންޓަރންޝިޕް ޕްރޮގްރާމަށް އެދި ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފި

16 ސެޕްޓެމްބަރު 2025
ބީއެމްއެލްގެ އިންޓަރންޝިޕް ޕްރޮގްރާމަށް އެދި ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފި
26 ޖޫން 2025

މި ފަސް އަހަރު ރައްޔިތުންނަށް ހިތްދަތިކަމާއި، ނާމާންކަމާ ކުރިމަތިލާން ޖެހޭނެ، މިކަމާ ދެކޮޅަށް ޒުވާނުން ނުކުންނަންޖެހޭ: ބިގޭ

26 ޖޫން 2025
މި ފަސް އަހަރު ރައްޔިތުންނަށް ހިތްދަތިކަމާއި، ނާމާންކަމާ ކުރިމަތިލާން ޖެހޭނެ، މިކަމާ ދެކޮޅަށް ޒުވާނުން ނުކުންނަންޖެހޭ: ބިގޭ
20 ޑިސެމްބަރު 2023

90 ސިކުންތު އަވަހަށް އިމްތިހާން ހުއްޓުވުމުން ޓީޗަރާ ދެކޮޅަށް ދައުވާކޮށްފި

20 ޑިސެމްބަރު 2023
90 ސިކުންތު އަވަހަށް އިމްތިހާން ހުއްޓުވުމުން ޓީޗަރާ ދެކޮޅަށް ދައުވާކޮށްފި
01 ޖޫން 2023

"ދިވެހި ދައުލަތް އޮތީ ދަރިވަރުންނާއެކީގައި"

01 ޖޫން 2023
"ދިވެހި ދައުލަތް އޮތީ ދަރިވަރުންނާއެކީގައި"
02 މާރިޗު 2023

މަތީ ތައުލީމު ދާއިރާގެ މަސައްކަތްތެރިންގެ މުސާރަ ބޮޑުކޮށްފި

02 މާރިޗު 2023
މަތީ ތައުލީމު ދާއިރާގެ މަސައްކަތްތެރިންގެ މުސާރަ ބޮޑުކޮށްފި
17 އޮކްޓޯބަރު 2022

މަތީ ތައުލީމާއި ތަމްރީނުގެ ބިލަށް އާއްމުންގެ ޚިޔާލު ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފި

17 އޮކްޓޯބަރު 2022
މަތީ ތައުލީމާއި ތަމްރީނުގެ ބިލަށް އާއްމުންގެ ޚިޔާލު ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފި
19 ސެޕްޓެމްބަރު 2022

ކޮލެޖް، ޔުނިވަސިޓީއަކަށް ބަދަލުވާ މުއްދަތު ކުޑަކުރަން މެންބަރުން ތާއިދުކުރޭ

19 ސެޕްޓެމްބަރު 2022
ކޮލެޖް، ޔުނިވަސިޓީއަކަށް ބަދަލުވާ މުއްދަތު ކުޑަކުރަން މެންބަރުން ތާއިދުކުރޭ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް