Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެސްރީލަންކާ

ގަވާއިދާ ޚިލާފަށް ލަންކާގައި ހިންގާ ކޯސްތަކަށް ސަމާލުވުމަށް އެމްކިއުއޭއިން އިލްތިމާސްކޮށްފި

ހުއްދަ ދީފައިވާ މިންގަނޑުތަކާ ޚިލާފަށް، ހަޔަރ ޑިޕްލޮމާއިން މަތީގެ ޓަރޝަރީ ޕްރޮގްރާމްތައް އެހެން ޤައުމުތަކާ ގުޅިގެން ލަންކާގައި ހިންގާކަން ވަނީ ފާހަގަކުރެވިފަ

ފަޒީލް އަބްދުލް ލަތީފް
ފަޒީލް އަބްދުލް ލަތީފް, ރާއްޖެ އެމްވީ | 21 ސެޕްޓެމްބަރު 2025 | އާދީއްތަ 11:59
އެމްކިއުއޭގެ ސީއީއޯ ފިޒާނާ ރަޝީދު

އެމްކިއުއޭގެ ސީއީއޯ ފިޒާނާ ރަޝީދު

ސްރީލަންކާގެ ކަމާ ބެހޭ އިދާރާތަކުން ހުއްދަ ދީފައިވާ މިންގަނޑާ ޚިލާފަށް މަތީ ތަޢުލީމުދޭ ޕްރޮގުރާމްތަކެއް ހިންގަމުންދާތީ، އެޤައުމުގައި ކިޔެވުމަށް ދިއުމުގެ ކުރިން ސަމާލުވުމަށް މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީ (އެމްކިއުއޭ) އިން އިލްތިމާސްކޮށްފިއެވެ.

މިކަމާ ގުޅިގެން އެމްކިއުއޭ އިން ނެރުނު ބަޔާނުގައި ފާހަގަކޮށްފައިވާ ގޮތުގައި، ސްރީލަންކާގެ ޓަރޝަރީ އެންޑް ވޮކޭޝަނަލް އެޑިއުކޭޝަން ކޮމިޝަނުން ކަނޑައަޅާފައިވާ މިންގަނޑުތަކާ ޚިލާފަށް އެޤައުމުގެ ބައެއް މަރުކަޒުތަކުން ތަޢުލީމީ ޕްރޮގްރާމްތައް ހިންގަމުންދާކަން ވަނީ ފާހަގަކުރެވިފައެވެ. މީގެ އިތުރުން، ހުއްދަ ދީފައިވާ މިންގަނޑުތަކާ ޚިލާފަށް، ހަޔަރ ޑިޕްލޮމާއިން މަތީގެ ޓަރޝަރީ ޕްރޮގްރާމްތައް އެހެން ޤައުމުތަކާ ގުޅިގެން ހިންގާކަންވެސް ވަނީ ފާހަގަކުރެވިފައެވެ.

Advertisement - newsAdvertisement

މި މައްސަލައާ ގުޅިގެން އެމްކިއުއޭ އިން ވަނީ މިފަދަ ގަވާއިދާ ޚިލާފު ޕްރޮގްރާމްތަކުގެ ސެޓްފިކެޓްތައް މީގެ ފަހުން ޤަބޫލުނުކުރާނެކަމަށް ސާފުކޮށް ބަޔާންކޮށްފައެވެ. އަދި ލަންކާގައި ކިޔެވުމަށް ދިއުމުގެ ކުރިން އެމްކިއުއޭ އިން ދޫކުރާ "އިންޓެންޑެޑް" ލިޔުން ހޯދުމަކީ ކޮންމެހެން މުހިންމު ކަމެއްކަމަށް އެ އޮތޯރިޓީން ވަނީ އިރުޝާދު ދީފައެވެ.

ސްރީލަންކާގެ މަތީ ތަޢުލީމުގެ ނިޒާމުގައި، ޓަރޝަރީ އެންޑް ވޮކޭޝަނަލް އެޑިއުކޭޝަން ކޮމިޝަނުން ހުއްދަ ދެމުން އަންނަނީ ހަމައެކަނި ހަޔަރ ޑިޕްލޮމާ އިން ދަށުގެ ޓަރޝަރީ ޕްރޮގްރާމްތަކަށެވެ. ޑިގްރީއަށްވުރެ މަތީ ފެންވަރުގެ ޕްރޮގްރާމްތަކަށް ހުއްދަ ދިނުމުގެ އިޚްތިޞާސް ލިބިގެންވަނީ ޔުނިވަރސިޓީ ގްރާންޓްސް ކޮމިޝަނާއި، މިނިސްޓްރީ އޮފް އެޑިއުކޭޝަން އަދި ހަޔަރ އެޑިއުކޭޝަން އެންޑް ވޮކޭޝަނަލް އެޑިއުކޭޝަނަށެވެ.

އެމްކިއުއޭ އިން އިތުރަށް ސާފުކޮށްދީފައިވާ ގޮތުގައި، އެ އޮތޯރިޓީން ޤަބޫލުކުރާނީ ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑަށް ފެތޭ، އަދި އެ ފެންވަރުގެ ޕްރޮގްރާމަކަށް ވަނުމަށް ކަނޑައަޅާފައިވާ އެންޓްރީ ކްރައިޓީރިއާ ފުރިހަމަވާ ޕްރޮގްރާމްތައް އެކަންޏެވެ. އަދި މި ޕްރޮގްރާމްތަކަކީ ލަންކާގެ ކަމާބެހޭ އިދާރާތަކުން ހުއްދަ ދީފައިވާ މަތީ ތަޢުލީމުދޭ މަރުކަޒުތަކުން ހިންގާ ޕްރޮގްރާމްތަކަށް ވާންޖެހޭނެއެވެ.

ވީމާ، ދިވެހި ދަރިވަރުން ސްރީލަންކާގައި ކިޔެވުމަށް ފެށުމުގެ ކުރިން، އެ ދަރިވަރަކު ކިޔަވަން ގަސްދުކުރާ މަރުކަޒަކީ ސަނަދުތަކުގެ ފެންވަރު ބެލުމުގެ ގަވާއިދުގައި ބަޔާންކުރާ މިންގަނޑަށް ފެތޭ މަރުކަޒެއްތޯ ބެލުމަށާއި، އެ ޕްރޮގްރާމަކީ އެމްކިއުއޭ އިން ޤަބޫލުކުރާ ޕްރޮގްރާމެއްކަން ކަށަވަރުކުރުމަށް އެ އޮތޯރިޓީން ވަނީ އާންމުންނަށް އިލްތިމާސްކޮށްފައެވެ.

ސްރީލަންކާއެމްކިއުއޭމަތީ ތައުލީމްސަނަދުޓަރޝަރީ ތަޢުލީމްދިވެހިރާއްޖެ-ލަންކާ ގުޅުން

އިތުރަށް ކިޔާލަން

11 ޑިސެމްބަރު 2025

ސިއްހީ ދާއިރާ ތަރައްގީ ކުރުމަށް ވޯލްޑް ބޭންކުން ސްރީލަންކާ އަށް 150 މިލިއަން ޑޮލަރުގެ އެހީދޭން އެއްބަސްވެއްޖެ

11 ޑިސެމްބަރު 2025
ސިއްހީ ދާއިރާ ތަރައްގީ ކުރުމަށް ވޯލްޑް ބޭންކުން ސްރީލަންކާ އަށް 150 މިލިއަން ޑޮލަރުގެ އެހީދޭން އެއްބަސްވެއްޖެ
07 ޑިސެމްބަރު 2025

ތޫފާނު ދިތުވާ: ގެއްލުންވި އާއިލާތަކަށް ޔުނިވާސަލް އެންޓަޕްރައިޒެސް އިން 100،000 އެމެރިކާ ޑޮލަރުގެ އެހީ އެއް

07 ޑިސެމްބަރު 2025
 ތޫފާނު ދިތުވާ: ގެއްލުންވި އާއިލާތަކަށް ޔުނިވާސަލް އެންޓަޕްރައިޒެސް އިން 100،000 އެމެރިކާ ޑޮލަރުގެ އެހީ އެއް
04 ޑިސެމްބަރު 2025

ތޫފާން ދިތުވާގެ ސަބަބުން ސްރީލަންކާގެ އިގްތިސާދަށް ބޮޑެތި ގޮންޖެހުންތަކެއް!

04 ޑިސެމްބަރު 2025
ތޫފާން ދިތުވާގެ ސަބަބުން ސްރީލަންކާގެ އިގްތިސާދަށް ބޮޑެތި ގޮންޖެހުންތަކެއް!
02 ޑިސެމްބަރު 2025

ސްރީލަންކާ އަށް އެހީ ފޯރުކޮށްދިނުމަށް އިންޑިއާ އިން ހުރަސް އެޅި ކަމަށް ޕާކިސްތާނުން ބުނެފި

02 ޑިސެމްބަރު 2025
ސްރީލަންކާ އަށް އެހީ ފޯރުކޮށްދިނުމަށް އިންޑިއާ އިން ހުރަސް އެޅި ކަމަށް ޕާކިސްތާނުން ބުނެފި
01 ޑިސެމްބަރު 2025

ސްރީލަންކާ: ތޫފާނުގެ ސަބަބުން މިހާތަނަށް 334 މީހުން މަރުވެ، 370 މީހުން އަދިވެސް ގެއްލިފައިވާ ކަމަށް ރިޕޯޓު ކޮށްފި

01 ޑިސެމްބަރު 2025
ސްރީލަންކާ: ތޫފާނުގެ ސަބަބުން މިހާތަނަށް 334 މީހުން މަރުވެ، 370 މީހުން އަދިވެސް ގެއްލިފައިވާ ކަމަށް ރިޕޯޓު ކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު