Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ރާއްޖޭގެ މަތީ ތައުލީމު

ކޮލެޖް، ޔުނިވަސިޓީއަކަށް ބަދަލުވާ މުއްދަތު ކުޑަކުރަން މެންބަރުން ތާއިދުކުރޭ

ކޮލެކް ޔުނިވަސިޓީއަކަށް ބަދަލުވާ މުއްދަތު 15 އަހަރަށް ވެގެންދިއުމަކީ މައްސަލައެއް ނޫން

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް, ރާއްޖެ އެމްވީ | 19 ސެޕްޓެމްބަރު 2022 | ހޯމަ 07:40
އެމްއެންޔޫގެ ދަރިވަރުންތަކެއް

އެމްއެންޔޫގެ ދަރިވަރުންތަކެއް

ރާއްޖޭގައި ކޮލެޖުގެ ގޮތުގައި މެދު ކެނޑުމެއްނެތި ހިންގާތާ 15 އަހަރު ވެފައިވާ ތަޢުލީމުދޭ މަރުކަޒުތަކަށް ޔުނިވާސިޓީގެ ދަރަޖަ ލިބޭ ގޮތަށް ދިވެހިރާއްޖޭގެ މަތީ ތައުލިމާއި ތަމްރީނުގެ ޤާނޫނަށް ހުށަހަޅާފައިވާ އިސްލާހަށް ގިނަ މެންބަރުން ތާއިދުކޮށްފިއެވެ.

ތުލުސްދޫ ދާއިރާގެ މެމްބަރު އިބްރާހިމް ނަސީމް ހުށަހެޅުއްވި މި ބިލުގައި ބުނެފައިވަނީ ކޮލެޖެއް ހިންގާތާ 20 އަހަރުވުމުން ޔުނިވަރސިޓީއަކަށް ބަދަލުވާން އޮންނަ މުއްދަތު 15 އަހަރަށް ކުޑަކުރުމަށެވެ. މި އިސްލާހުގައި އިތުރަށް ބުނެފައި ވަނީ ފަސް ދާއިރާއެއްގެ ތެރެއިން މަދުވެގެން ތިން ދާއިރާއިން ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ޑިގްރީ ލެވެލް އަދި މާސްޓާސް ލެވެލްގެ ޕްރޮގުރާމުތައް އެކޮލެޖަކުން ނުވަތަ ބޭރުގެ ޔުނިވާސިޓީއަކުން ހިންގަން ޖެހޭނެކަމަށެވެ.

Advertisement - newsAdvertisement

އެ އިސްލާހުގައި ބުނާ ގޮތުން މި ޕްރޮގުރާމުތައް ހިންގާ ކޮލެޖުތަކުގައި ކިޔަވާ 500 ކުދިން ތިބެންޖެހެއެވެ. ނުވަތަ ބައިނަލް އަގުވާމީ ކޮލިޓީ އެޝުއަރެންސް ޖަމާއަތެއްގެ މެމްބަރެއްގެ ގޮތުގައި މަދުވެގެން ހޭދަކޮށްފައިވާ ކޮލެޖަކަށް އެ ކޮލެޖެއް ވާން ޖެހޭނެއެވެ. ރާއްޖެއިން ބޭރުގެ ޔުނިވާސިޓީތަކާއި، ޖަމާއަތްތަކާއި އެކު ބައިނަލްއަގުވާމީ ފެންވަރުގެ ދިރާސާތައް ހިންގުމުގެ ތަޖުރިބާ ލިބުމުގެ އިތުރުން އެކޮލެޖެއްގެ ޕްރޮގްރާމުތަކުގައި ކިޔަވައިދޭ ލެކްޗަރާއިންގެ މަދުވެގެން %10 މުވައްޒިފުންނަކީ ޕީއެޗްޑީ ނުވަތަ ހަޔަ ޕްރޮފެޝަނަލް ޑިޕްލޮމާ ހާސިލްކޮށްފައިވާ ބަޔަކަށް ވާންޖެހޭނެ ކަމަށް ވެސް އެ އިސްލާހުގައި ވަނީ ބުނެފައެވެ.

މި އިސްލާހަށް ބަހުސްކުރައްވަމުން ބާރަށު ދާއިރާގެ މެންބަރު އަހުމަދު އަބްދުﷲ ވިދާޅުވީ ތައުލީމި ސިޔާސަތަށް ގެނެވޭ ބަދަލާއި، މިފަދަ ގާނޫނުތަކުން ފަހިކޮށްދެވޭ މަގުތަކުން ދިވެހިރާއްޖެއަށް، ރާއްޖެއިން ބެރުގެ އެތައް ދަރިވަރުންނެއް އަންނަ ގޮތަށް ބަދަލުވެގެން ދިއުމަކީ ކުރެވިދާނެ ކަމެއް ކަމަށެވެ. ކޮލެޖެއް ގޮތުގައި ހިންގާ ތަނެއް ހިންގާތާ އަހަރުތަކެއް ވެގެންދިޔައީމާ، ނޫނީ 15 އަހަރު ދުވަހު ހިންގާ ބައިނަލްއަގުވާމީ މިންގަނޑުތަކަށް ހިންގާނަމަ ނޫނީ ބައެއް ރިސަރޗް ކުރާ ތަންތަނާއެކު ނޫނީ ދުނިޔޭގެ ފެންވަރުގައި އެ މަސައްކަތް ކޮލެޖްތަކަށް ހިންގާނަމަ ކޮލެޖް ޔުނިވަރސިޓީއަށް ބަދަލުކުރުމަކީ މުހިންމުކަމެއް ކަމަށެވެ.  

މެންބަރު މުހައްމަދު އަބްދުﷲ ވަނީ ކޮލެކް ޔުނިވަރސިޓީއަކަށް ބަދަލުވާ މުއްދަތު 15 އަހަރަށް ވެގެންދިއުމަކީ މައްސަލައެއް ނޫން ކަމަށް ވިދާޅުވެފައެވެ.

މި އިސްލާހާއި ގުޅޭގޮތުން ހިންނަވަރު ދާއިރާގެ މެންބަރު ޖީހާން މަހުމޫދު ވިދާޅުވީ މި އިސްލާހުތަކާއި ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާކުރުމަކީ އެދޭކަމެއް ކަމަށެވެ. އަދި މިހާރު މިހުށަހަޅާފައިވާ އިސްލާހުގެ ތެރޭގައި އެންމެ މުހިންމު އިސްލާހަކީ، ދިވެހިރާއްޖޭގައި ހިންގާ ކޮލެޖެއް ޔުނިވަރސިޓީއަކަށް ބަދަލުވެގެންދާއިރު ނުވަތަ ޔުނިވަރސިޓީ ފެންވަރުގައި އެއްވެސް މަރުކަޒަކުން ތައުލީމް ދޭން، ހުއްދަ ދެވިގެންދާއިރު އެތަނަކީ 20 އަހަރުވަންދެން މެދުނުކެނޑި ރާއްޖޭގައި ތައުލީމް ފޯރުކޮށްދީފައިވާ މަރުކަޒެއްގެ ގޮތުގައި އޮތުމުގެ ބަދަލުގައި، 15 އަހަރުގެ މުއްދަތަކަށް ތައުލީމް ފޯރުކޮށްދީފައިވާ މުއްދަތު ކުޑަކުރުމަށް ހުށަހަޅާފައިވާ އިސްލާހު ކަމަށެވެ.

މެންބަރު ޖީހާން ވިދާޅުވީ މިކަންކަމަށް ރިއާޔަތްކޮށް މި އިސްލާހު ބަލައިގަންނަ ކަމުގައިވާނަމަ، 15 އަހަރުގެ މުއްދަތަށް ތަޖްރިބާގެ ލެވެލް ދަށްކުރާކަމުގައިވާނަމަ ޑޮކްޓަރޭޓް ލެވެލްއަށް ކިޔަވާފައި ތިބި މުވައްޒަފުންގެ އަދަދު 10 އިންސައްތައިން 15 އިންސައްތައަށް އިތުރުވާންޖެހޭނެ ކަމަށް ދެކެވަޑައިގަންނަވާ ކަމަށެވެ.

ބިލާއި ގުޅޭގޮތުން ވާހަކަ ދައްކަވަމުން ކެނދިކުޅުދޫ ދާއިރާގެ މެންބަރު އަހުމަދު އީސާ ވިދާޅުވީ ބިލު އެންމެ ފުރިހަމަ ނޫން ކަމަށާއި، އެހެންނަމަވެސް، މި ކޮންސެޕްޓަކީ ރައްޔިތުންގެ މަޖިލީހުން އަލުން ރިއާޔަތްކުރަންޖެހޭ ކޮންސެޕްޓެއްކަމަށް ބަލައި ހަޔަރއެޑިއުކޭޝަންގެ ގާނޫނުގެ ތެރެއަށް ގެންނަންޖެހޭ ކޮންސެޕްޓެއް ކަމަށް ރިއާޔަތްކުރާތީ ބިލު ބަލައިގަނެ ކަމާއި ގުޅުންހުރި ކޮމިޓީއަށް ފޮނުވަން ތާއިދުކުރައްވާ ކަމަށެވެ.

ޔުނިވަރސިޓީކޮލެޖްރައްޔިތުންގެ މަޖިލިސް

ކޮމެންޓް

އިތުރަށް ކިޔާލަން

މިނިސްޓަރު ސައީދަށް އެނގޭ އެކައްޗެއް ވެސް ނެތީތަ؟ ބަންކަރިން އިން ލިބުނު އާމްދަނީ ނޭނގުނުތާ ދެވުނު ވަޒީފާގެ އަދަދު ވެސް ނޭނގުނު!

މިނިސްޓަރު ސައީދަށް އެނގޭ އެކައްޗެއް ވެސް ނެތީތަ؟ ބަންކަރިން އިން ލިބުނު އާމްދަނީ ނޭނގުނުތާ ދެވުނު ވަޒީފާގެ އަދަދު ވެސް ނޭނގުނު!

28 އޮކްޓޯބަރު 2025
ކުރީ ސަރުކާރުން މާލޭ ރައްޔިތުންނަށް ދިން ގޯތިތައް ވެސް މުއިއްޒު ސަރުކާރުން އަތުލަން އުޅޭ ކަމުގެ އިޝާރާތެއް

ކުރީ ސަރުކާރުން މާލޭ ރައްޔިތުންނަށް ދިން ގޯތިތައް ވެސް މުއިއްޒު ސަރުކާރުން އަތުލަން އުޅޭ ކަމުގެ އިޝާރާތެއް

28 އޮކްޓޯބަރު 2025
އިބިލީހުގެ ކައިވެންޏަށް ވީ ޓެކްސީ ލައިނުގެ ޚިދުމަތް، މި ފަހަރު ބަހަނާ އަކީ ރާއްޖެއަށް ލޮނުގެ އަސަރު ކުރާތީ ވެހިކަލް މޮޑިފައި ކުރަން ޖެހުން

އިބިލީހުގެ ކައިވެންޏަށް ވީ ޓެކްސީ ލައިނުގެ ޚިދުމަތް، މި ފަހަރު ބަހަނާ އަކީ ރާއްޖެއަށް ލޮނުގެ އަސަރު ކުރާތީ ވެހިކަލް މޮޑިފައި ކުރަން ޖެހުން

27 އޮކްޓޯބަރު 2025
ދިވެހިންނާ ކައިވެނިކޮށްގެން ރާއްޖޭގައި ދިރިއުޅޭ ބިދޭސީންނަށް އާސަންދަ ދޭން ހުށަހެޅި ގަރާރު ކޮމިޓީއަށް

ދިވެހިންނާ ކައިވެނިކޮށްގެން ރާއްޖޭގައި ދިރިއުޅޭ ބިދޭސީންނަށް އާސަންދަ ދޭން ހުށަހެޅި ގަރާރު ކޮމިޓީއަށް

22 އޮކްޓޯބަރު 2025
"ރައްޔިތުންނަށް ކަމެއް ކޮށްދޭކަށް ލާރިއެއް ނުހުރޭ، ޑްރޯން އެތެރެކޮށްގެން ވަގު ލާރި ހަދަން ވީމަ ލާރި ހުރޭ"

"ރައްޔިތުންނަށް ކަމެއް ކޮށްދޭކަށް ލާރިއެއް ނުހުރޭ، ޑްރޯން އެތެރެކޮށްގެން ވަގު ލާރި ހަދަން ވީމަ ލާރި ހުރޭ"

21 އޮކްޓޯބަރު 2025

އަހަރުތަކުން މިއަދު

12 ޖެނުއަރީ
މެމްބަރު ޒިޔާދުގެ ފޯމުގައި ހެކިވެރިންގެ ގޮތުގައި ސޮއިކޮށްފައިވަނީ ރ. އަލިފުށީ އައިމިނަތު އަލީ އާއި ސ.ހުޅުދޫ އަލީ އިޒްހާން
20251 އަހަރު ކުރިން
ރާއްޖެ

މެމްބަރު ޒިޔާދުގެ ފޯމުގައި ހެކިވެރިންގެ ގޮތުގައި ސޮއިކޮށްފައިވަނީ ރ. އަލިފުށީ އައިމިނަތު އަލީ އާއި ސ.ހުޅުދޫ އަލީ އިޒްހާން

ސަރުކާރުގެ ކެންޑިޑޭޓު ބަލިކުރައްވައި، ބޮޑު ތަފާތަކުން އާޒިމް ގޮނޑި ކާމިޔާބުކުރައްވައިފި
20242 އަހަރު ކުރިން
ރާއްޖެ

ސަރުކާރުގެ ކެންޑިޑޭޓު ބަލިކުރައްވައި، ބޮޑު ތަފާތަކުން އާޒިމް ގޮނޑި ކާމިޔާބުކުރައްވައިފި

ކުރީގެ ރައީސް މައުމޫން ހޮސްޕިޓަލްގައި އެޑްމިޓްކޮށްފި
20233 އަހަރު ކުރިން
ރާއްޖެ

ކުރީގެ ރައީސް މައުމޫން ހޮސްޕިޓަލްގައި އެޑްމިޓްކޮށްފި

ރާޝިދުގެ ކެމްޕެއިނަށް ވަޑައިގެންނެވުމުން، ހުސައިންގެ ދަރިކަނބަލުން ނަޝާއަށް ހޫނު ތަރުހީބެއް!
20224 އަހަރު ކުރިން
ރާއްޖެ

ރާޝިދުގެ ކެމްޕެއިނަށް ވަޑައިގެންނެވުމުން، ހުސައިންގެ ދަރިކަނބަލުން ނަޝާއަށް ހޫނު ތަރުހީބެއް!

ރިސޯޓު މުވައްޒަފުން ކަރަންޓީނު ނުވެ، އާއިލާ ކައިރިއަށް ދެވެންޖެހޭ: ޑރ މައުސޫމް
20215 އަހަރު ކުރިން
ރާއްޖެ

ރިސޯޓު މުވައްޒަފުން ކަރަންޓީނު ނުވެ، އާއިލާ ކައިރިއަށް ދެވެންޖެހޭ: ޑރ މައުސޫމް

ރައީސް ސޯލިހްގެ ނަސޭހަތް: އަގުބޮޑު މެޑެލް ކަމުގައި ހަދަންވީ ރިވެތި އަދަބާއި އިސްލާމީ އަހްލާގު
20197 އަހަރު ކުރިން
ރާއްޖެ

ރައީސް ސޯލިހްގެ ނަސޭހަތް: އަގުބޮޑު މެޑެލް ކަމުގައި ހަދަންވީ ރިވެތި އަދަބާއި އިސްލާމީ އަހްލާގު

ދަރިފުޅު ބަނޑަށް މަރުވެފައިވާތާ ހަފްތާއެއް، އަދިވެސް ބަނޑުން ދަރިފުޅު ނުނަގާ!
20188 އަހަރު ކުރިން
ރާއްޖެ

ދަރިފުޅު ބަނޑަށް މަރުވެފައިވާތާ ހަފްތާއެއް، އަދިވެސް ބަނޑުން ދަރިފުޅު ނުނަގާ!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު