Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެމުސާރައިގެ އޮނިގަނޑަށް ގެންނަ ބަދަލު

މަތީ ތައުލީމު ދާއިރާގެ މަސައްކަތްތެރިންގެ މުސާރަ ބޮޑުކޮށްފި

ރައީސް ވިދާޅުވީ މުސާރައަށް އައިސްފައިވާ ބަދަލަކީ ގާތްގަނޑަކަށް 59 އިންސައްތަ ކުރިއެރުމެއް ކަމަށް

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު | 2 މާރިޗު 2023 | ބުރާސްފަތި 09:51
ޤައުމީ ޔުނިވަރސިޓީ

ޤައުމީ ޔުނިވަރސިޓީ

މަތީ ތައުލީމާއި ތަމްރީނުގެ ދާއިރާގެ މުވައްޒަފުންގެ މުސާރަ އަށް ބަދަލު ގެނެސްފިއެވެ.

ރައީސް ޞާލިހު މިކަން އިޢުލާންކުރައްވާފައި ވަނީ ބުރާސްފަތި ދުވަހު ހިރިލަންދޫ ސްކޫލަށް 71 އަހަރު ފުރުނު މުނާސަބާ ފާހަގަކުރުމަށް ބޭއްވެވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުންނެވެ. ރައީސް ވިދާޅުވީ މާރޗް 1 އިން ފެށިގެން އެ ދާއިރާގެ މުސާރަ އަށް ބަދަލު ގެންނަވާފައިވާ ކަމަށެވެ. އެގޮތުން ތައުލީމީ ދާއިރާ ހަރުދަނާކުރެވޭނީ ތަމްރީން ދޭ މީހާއަކީ އެކަމަށް ވަގުތު ދެވޭނެ ޤާބިލު މީހަކަށް ވެގެން ކަމަށް ރައީސް ވިދާޅުވިއެވެ. އަދި ޤައުމީ ޔުނިވަރސިޓީ އާއި ޕޮލިޓެކްނިކް އަދި އިސްލާމިކް ޔުުނިވަރސިޓީގެ މުވައްޒަފުންގެ މުސާރަ ދެން ލިބޭނީ މުސާރަ އަށް ގެނައި ހެޔޮ ބަދަލުތަކާ އެކުގައި ކަމަށް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ކުރިން ގައުމީ ޔުނިވަރސިޓީގެ ލެކްޗަރާއަކަށް ލިބުނު މުސާރަ އަކީ 18880 ކަމަށާއި މިހާރު ގެނައި ބަދަލަށް ފަހު އިތުރު ވަގުތާ ނުލައި ލެކްޗަރާއިންނަށް މަހަކު 29900 ރުފިޔާ ލިބޭނެ ކަމަށެވެ. އަދި އެއީ ގާތްގަނޑަކަށް 59 އިންސައްތަ ކުރިއެރުމެއް ކަމަށެވެ.

މަތީ ތައުލީމުގެ ޚިދުމަތް ދޭ ފަރާތްތަކުގެ މުސާރައަށް ގެނައި ބަދަލުގެ އިތުރު ތަފްސީލު ހާމަކުރައްވަމުން ރައީސް ވިދާޅުވީ ސީނިއަރ ލެކްޗަރާއަކަށް މިހާރު ލިބެނީ 20831 ރުފިޔާ ކަމަށާއި އަލަށް ގެނައި ބަދަލާއެކު ސީނިއަރ ލެކްޗަރާއަކަށް 34000 ރުފިޔާ އޯވަރޓައިމާއި ނުލައި ލިބޭނެ ކަމަށެވެ. މީގެ އިތުރުން އެސިސްޓެންޓް ޕޮރޮފެސަރެއްގެ މުސާރަ 23500 ރުފިޔާ އިން 39400 އަށް އިތުރުވެގެންދާނެ ކަމަށާއި، އެސޯސިއޭޓް ޕްރޮފެސަރެއްގެ މުސާރަ 26000 ރުފިޔާ އިން 45000 ރުފިޔާ އަށް އިތުރުވާނެ ކަމަށެވެ. އަދި މެނޭޖްމެންޓު ލެވެލްގައި މަސައްކަތް ކުރާ މީހުންގެ މުސާރަ އަށް ވެސް ހެޔޮ ބަދަލުތަކެއް އަންނާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ޑީންއެއްގެ މުސާރަ 30000 ރުފިޔާ އިން 38000 އަށް އިތުރުކުރައްވާފައިވާ ކަމަށެވެ. އަދި ރަޖިސްޓްރާގެ މުސާރަ 32000 ރުފިޔާ އިން 42000 ރުފިޔާ އަށް އިތުރުކުރައްވާފައިވާ ކަމަށާއި ޑެޕިއުޓީ ވައިސް ޗާންސިލަރެއްގެ މުސާރަ 39000 އިން 48000 ރުފިޔާ އަށް އިތުރުކުރައްވާފައިވާކަމަށެވެ. ހަމައެހެންމެ އެސޯސިއޭޓް ލެކްޗަރާއިންގެ މުސާރަ 14700 ރުފިޔާ އިން 26000 ރުފިޔާ އަށް އިތުރުކުރައްވާފައިވާ ކަމަށާއި، ވޮކޭޝަނަލް އެޑިއުކޭޝަން ދާއިރާގައި މަސައްކަތް ކުރާ ލެކްޗަރާއެއްގެ މުސާރަ 17000 ރުފިޔާ އިން 19000 ރުފިޔާ އަށް އަދި ސީނިއާ ލެކްޗަރާއެއްގެ މުސާރަ 19000 ރުފިޔާ އިން 34000 ރުފިޔާ އަށް އިތުރުކުރައްވާފައިވާ ކަމަށެވެ. މި ބަދަލާއެކު ޖުމްލަ 767 މުވައްޒަފަކަށް އަހަރެއްގެ މައްޗަށް 62 މިލިއަން ރުފިޔާ ހޭދަކުރުމަށް ހަމަޖެހިފައިވާކަމަށް ވެސް ރައީސް ވިދާޅުވިއެވެ.

އަދި މި ކަމާއި ގުޅޭ އިތުރު ތަފްސީލު ކުރިއަށް އޮތް ދެތިން ދުވަހުގެ ތެރޭގައި ފިނޭންސް މިނިސްޓްރީ އާއި ހަޔަރ އެޑިއުކޭޝަން މިނިސްޓްރީ އިން ހާމަކުރާނެ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.

ސަރުކާރު މުވައްޒަފުންގެ މުސާރަތަކަށް ހެޔޮ ބަދަލެއް ގެނައުމަށް ކުރަމުންދާ މަސައްކަތުގެ ދަށުން އެންމެ ފުރަތަމަ ބަދަލު ގެނެސްފައިވަނީ ތައުލީމީ ދާއިރާގައި މަސައްކަތް ކުރާ މުދައްރިސުންގެ މުސާރައަށެވެ. މިގޮތުން، މިދިޔަ އަހަރުން ފެށިގެން ސަރުކާރުން ވަނީ ޓީޗަރުންގެ މުސާރަ ބޮޑުކޮށްފައެވެ.

މި އަހަރު ރިޔާސީ ބަޔާން އިއްވަވަމުން ރައީސް ވަނީ މެއި މަހުގެ 1 ވަނަ ދުވަހުން ފެށިގެން ސިއްޙީ ދާއިރާގެ މުވައްޒަފުންގެ މުސާރަ ބޮޑު ކުރައްވާނެކަމަށް ވިދާޅުވެފައެވެ. މީގެ އިތުރުން ސަރުކާރުގެ ވުޒާރާތަކުގައި 35 އިންސައްތަ އެލަވަންސް ނުލިބި މިހާރު ތިބި ހުރިހާ މުވައްޒަފުންނަށް 1 މޭއިން ފެށިގެން މި އެލަވަންސް ލިބެން ފަށާނެ ކަމަށް ވެސް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ. ހަމައެހެންމެ ރައީސް ވިދާޅުވެފައިވަނީ ޕޭ ހާމަނައިޒް ކުރުން ނިމިގެން ދާއިރު ޝަރުއީ ދާއިރާއާއި އިމާމުންނާއި މުދިމުންނާއި އަދި ޖުމްލަކޮށް ސިވިލް ސަރވިސްގެ ހުރިހާ މުވައްޒަފުން ޝާމިލްވާނެ ކަމަށެވެ.

ޔުނިވަރސިޓީރައީސުލްޖުމްހޫރިއްޔާގެ އޮފީސް މިނިސްޓްރީ އޮފް އެޑިއުކޭޝަން

އިތުރަށް ކިޔާލަން

11 ޑިސެމްބަރު 2025

މުއިއްޒޫ ހެޔޮ ނުވާނެ. ތިގޮތަށް ދެފުށް ނުދެއްކިއްޔާ ރަނގަޅީ.!

11 ޑިސެމްބަރު 2025
މުއިއްޒޫ ހެޔޮ ނުވާނެ. ތިގޮތަށް ދެފުށް ނުދެއްކިއްޔާ ރަނގަޅީ.!
27 ނޮވެމްބަރު 2025

ހުއްދަތައް 3 ދުވަސް ތެރޭގައި ދިނުމަށް ޓޫރިޒަމް އެންޑް އެންވަޔަރަންމަންޓް މިނިސްޓްރީ އަށް މުއިއްޒު އަންގަވައިފި

27 ނޮވެމްބަރު 2025
ހުއްދަތައް 3 ދުވަސް ތެރޭގައި ދިނުމަށް ޓޫރިޒަމް އެންޑް އެންވަޔަރަންމަންޓް މިނިސްޓްރީ އަށް މުއިއްޒު އަންގަވައިފި
12 ނޮވެމްބަރު 2025

ފުވައްމުލައް ފެނަށް ޖެހުން: ސަރުކާރުން ބުނި ގަޑިއަށް ފެން ދޫނުކުރެވުނު، އަދިވެސް މައްސަލަ ހައްލު ނުވޭ

12 ނޮވެމްބަރު 2025
ފުވައްމުލައް ފެނަށް ޖެހުން: ސަރުކާރުން ބުނި ގަޑިއަށް ފެން ދޫނުކުރެވުނު، އަދިވެސް މައްސަލަ ހައްލު ނުވޭ
05 އޮކްޓޯބަރު 2025

އައްޑޫ ސިޓީ ކައުންސިލް އެކުލަވާލާފައިވާ ގޮތަށް ބަދަލު ގެނައުމާ ގުޅޭ ވޯޓު މި މަހުގެ ތެރޭގައި ނެގުމަށް ނިންމައިފި

05 އޮކްޓޯބަރު 2025
އައްޑޫ ސިޓީ ކައުންސިލް އެކުލަވާލާފައިވާ ގޮތަށް ބަދަލު ގެނައުމާ ގުޅޭ ވޯޓު މި މަހުގެ ތެރޭގައި ނެގުމަށް ނިންމައިފި
30 ސެޕްޓެމްބަރު 2025

ޔޫޓިއުބް ޗެނަލް ގެއްލުނުތާ 9 ދުވަސް ވީއިރުވެސް، ސައިބަރ ސެކިއުރިޓީ ބޭފުޅުން ހީނާ އަށް އަޕްޑޭޓެއް ނުދެއްވާ!

30 ސެޕްޓެމްބަރު 2025
ޔޫޓިއުބް ޗެނަލް ގެއްލުނުތާ 9 ދުވަސް ވީއިރުވެސް، ސައިބަރ ސެކިއުރިޓީ ބޭފުޅުން ހީނާ އަށް އަޕްޑޭޓެއް ނުދެއްވާ!
29 ސެޕްޓެމްބަރު 2025

ދިވެހި ޕޭޕަރާއި މެދު ގިނަ ދަރިވަރުންނާއި ބެލެނިވެރިންގެ ކަންބޮޑުވުން އޮތް ނަމަވެސް މިނިސްޓަރ ވިދާޅުވީ އެއްވެސް މައްސަލައެއް ނެތް ކަމަށް

29 ސެޕްޓެމްބަރު 2025
ދިވެހި ޕޭޕަރާއި މެދު ގިނަ ދަރިވަރުންނާއި ބެލެނިވެރިންގެ ކަންބޮޑުވުން އޮތް ނަމަވެސް މިނިސްޓަރ ވިދާޅުވީ އެއްވެސް މައްސަލައެއް ނެތް ކަމަށް
27 ސެޕްޓެމްބަރު 2025

ކައުންސިލް ތަށް ތަޅު އެޅުވާ އިސްލާހު ތަސްދީގު ނުކޮށް ރައީސް އޮފީހުގައި ތާށިކޮއްފައި ބޭއްވުމަކީ ގާނޫނާއި ހިލާފުވުމެއް: މޭޔަރު ނިޒާރު

27 ސެޕްޓެމްބަރު 2025
ކައުންސިލް ތަށް ތަޅު އެޅުވާ އިސްލާހު ތަސްދީގު ނުކޮށް ރައީސް އޮފީހުގައި ތާށިކޮއްފައި ބޭއްވުމަކީ ގާނޫނާއި ހިލާފުވުމެއް: މޭޔަރު ނިޒާރު
25 ސެޕްޓެމްބަރު 2025

ރައީސް މުއިއްޒު ބައިވެރި ވެވަޑައިގެންނެވި ޖަލްސާ، ކިނބިދޫ ކައުންސިލްގެ ރައީސް ބޮއިކޮޓްކޮށްފި

25 ސެޕްޓެމްބަރު 2025
ރައީސް މުއިއްޒު ބައިވެރި ވެވަޑައިގެންނެވި ޖަލްސާ، ކިނބިދޫ ކައުންސިލްގެ ރައީސް ބޮއިކޮޓްކޮށްފި
23 ސެޕްޓެމްބަރު 2025

ރައީސް އޮފީހުގެ ޔޫޓިއުބް ޗެނަލް ގެއްލިއްޖެ!

23 ސެޕްޓެމްބަރު 2025
ރައީސް އޮފީހުގެ ޔޫޓިއުބް ޗެނަލް ގެއްލިއްޖެ!
21 ސެޕްޓެމްބަރު 2025

މީޑިއާ ކޮންޓްރޯލް ކުރާ ގާނޫނު ރައީސް މުއިއްޒު ވިދާޅުވެފައެއް ނެތް: ނިޝާން

21 ސެޕްޓެމްބަރު 2025
މީޑިއާ ކޮންޓްރޯލް ކުރާ ގާނޫނު ރައީސް މުއިއްޒު ވިދާޅުވެފައެއް ނެތް: ނިޝާން
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު